މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (03:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ރީނދޫ ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (02:30 އިން 06:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (02:30 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކޮލަމް

1,330 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 72 ވަނަ ޞަފްޙާ

ފަންގަސްގެ ސަބަބުން ލައްޖެހުން ކޮންޓްރޯލުކުރުމަށް، އަމިއްލައަށް ތައްޔާރުކުރެވިދާނެ ބޭހެއް

ފަންގަސްގެ ސަބަބުން ލައްޖެހުން ކޮންޓްރޯލުކުރުމަށް، އަމިއްލައަށް ތައްޔާރުކުރެވިދާނެ ބޭހެއް

އަހަރެމެން ހައްދައިއުޅޭ ގަސްގަހުގައި ތަފާތު ވައްތަރުގެ ލައް ޖެހުމަކީ ވަރަށް ޢާއްމު ކަމެކެވެ. ލަކަކީ ފަންގަސް ބައްޔެކެވެ. އާމުކޮށް ލައްޖަހަނީ ގަހުގެ ފަތްތަކުގައި ކަމަށް ވިއަސް ބައެއް ފަހަރު ގަހުގައި އަޅާތަކެތީގައާއި މައިގަނޑާއި އޮފިތަކުގައިވެސް ލައްޖަހައެވެ. ލައްޖެހުމުން ގަހުގެ ހެދުމަށް ހުރަސް އެޅި ގަސް މަރުވާ ފަހަރު އަންނައިރު ގަހުގައި އަޅާތަކެތި ބޭނުންނުކުރެވި ދާތަން އާދެއެވެ. ފަންގަސް ބަލިތަކަށް ކޮންމެހެން ފިހާރައިން ގަންނަ ފަންގިސައިޑެއް ބޭނުން ނުކޮށްވެސް ފަރުވާކުރެވިދާނެއެވެ. އެގޮތުން މިފަހަ...

ހުބާ ޕްލާންޓްސް
ގުރުނޑުބަލީގެ ވައްތަރުތަކާއި ބަލީގެ ފަރުވާ - ހުބާ ޕްލާންޓްސް

ގުރުނޑުބަލީގެ ވައްތަރުތަކާއި ބަލީގެ ފަރުވާ - ހުބާ ޕްލާންޓްސް

ގުރުނޑުބައްޔަކީ ކޮބާ؟ : ގުރުނޑުބައްޔަކީ ފަތުގައި ޤުދުރަތީގޮތުން ހިނގާ ނިޒާމުތަކަށް ތަފާތު ސަބަބުތަކާހުރެ ހުރަސް އެޅުމުން ފަތްތައް ރޫޖެހުމަށް ނުވަތަ މައްޗަށް ނުވަތަ ތިރިއަށް ކައިރިފަށް އޮޅުމަށް އަދި މިއިން ކޮންމެވެސް އެއް ބަދަލަކާ އެކީގައި ފަތްތައް ހަރުވެ އޮމާންކަން ގެއްލި ރާޅުކަމެެއް އައިސް ހުންނަން ޖެހޭ ސައިޒަށް ވުރެ ފަތްތައް ކުދިވުމަށް ކިޔާ ނަމެކެވެ.  ދަނޑުވެރިކަމުގެ ބަހުރުވާގައި ގުރުނޑަކީ އޭގެ ޒާތުގައި ބައްޔެކެވެ. މި ބަލީގެ އަސަރު ފަތްތަކުގެ އިތުރުން، ކުރިތަކާއި ގަހުގައި އަޅާ ތަކެއްޗަށް ކޮށް...

ހުބާ ޕްލާންޓްސް
މައްސަލަ މަދު މުޖުތަމަޢަކަށް، އަބަދުވެސް ހިތުގައި ބަހައްޓަންވީ 3 ކަމެއް

މައްސަލަ މަދު މުޖުތަމަޢަކަށް، އަބަދުވެސް ހިތުގައި ބަހައްޓަންވީ 3 ކަމެއް

އަބޫ ހުރައިރާގެ އަރިހުން ރިވާވެފައިވެއެވެ. ޤިޔާމަތްދުވަހުން އެންމެފުރަތަމަ އެމީހަކާ މެދު ޤަޟާ ކުރެވޭނީ ޝަހީދަކާ މެދުއެވެ. (މީނާއަކީ އޭނާގެ ޒުވާން ދުވަސްވަރު ކެރިގެން ދުޝްމަނުންނާ ކުރިމަތިލައި ހަނގުރާމަކޮށް ޝަހީދު ވެގެން ދިޔަ މީހެކެވެ.) އޭނާ ހާޒިރު ކުރެވި، ﷲ، އޭނާއަށް ދެއްވި ނިޢުމަތްތައް އޭނާއަށް އަންގަވައިދެއްވުމަށްފަހު، އެނިޢުމަތްތަކާއެކު އޭނާ ޢަމަލުކުރީ ކިހިނަކުންތޯ އޭނާއާ ސުވާލުކުރެވޭނެއެވެ. އެހިނދު މުޖާހިދު ބުނާނެތެވެ. “އަހަރެން އިބަ ﷲގެ މަގުގައި ޖިހާދު ކޮށް އެންމެފަހުން ޝަހީދުވީއެވެ.” ދެން...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
މަނަދޫއަށް ފުޓްބޯޅަ ތަޢާރަފުވިގޮތް

މަނަދޫއަށް ފުޓްބޯޅަ ތަޢާރަފުވިގޮތް

މަނަދޫއަށް ފުޓްބޯޅަ ތަޢާރަފުވީ އަލްފާޟިލް ވެލިދޫގޭ މޫސާ ދީދީގެ އަތޮޅުވެރިކަމުގައެވެ. އެ ދުވަސްވަރަކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީންގެ ވެރިކަމުގެ ދުވަސްވަރެވެ. އެ ދުވަސްވަރު މޫސާ ދީދީގެ އިތުރުން މާލޭގެ ކަމުވޮށިވެގެންވާ އެހެން ދެ ބޭފުޅަކު ވެސް މަނަދޫގައި އުޅުއްވިއެވެ. އެއީ ނ. އަތޮޅުގެ ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު ނ.ތ ޙަސަން ދީދީ އާއި މުޙައްމަދު އަމީން 1950 ވަނަ އަހަރު އުފެއްދެވި ކުޅިވަރު މުންތަޒިމްގެ ގަލޮޅު ކުލަބުގެ ވަކީލު އަލްފާޟިލް އަޙްމަދު ޢަލީ ދީދީ […]

ޢަބްދުﷲ ސަޢީދު
ސިހުރު ހާހޫރައިގެ ހަނގުރާމަ: އެކުޅިވަރު މީހުން ދާކޮންމެރަށަކުން މީހުން ފައިބަންޖެހެނީ ރަށްގިރާތީ

ސިހުރު ހާހޫރައިގެ ހަނގުރާމަ: އެކުޅިވަރު މީހުން ދާކޮންމެރަށަކުން މީހުން ފައިބަންޖެހެނީ ރަށްގިރާތީ

ނ. ކުރެދިވަރަކީ ރާއްޖޭގައި މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. ރަސްކަމާ ގުޅުންއޮތް ރަށެކެވެ. އެހެނަސް އެއީ މިހާރު ފަޅުރަށެކެވެ. ކުރެދިވަރަކީ ދިވެހިންގެ ތެރެއިން ދިވެހި ތާރީޚު ފުރަތަމަ ލިޔުއްވި އަލްޤާޒީ ޙަސަން ތާޖުއްދީންގެ އަނބިކަބަލުންގެ ރަށެކެވެ. ނަމަވެސް އެއީ ކޮން ނަމެއްކިޔާ އަނބިކަނބަލެއް ކަމެއް ނޭނގެއެވެ. ތާޖުއްދީންގެ ކާފަ ދަރިކަލުން އަލްޤާޒީ އިބްރާހިމް ސިރާޖުއްދީން ނިޔާވެ ވަޅުލެވިފައި އޮތީ އެރަށުގައެވެ. މާހާނަ ގަލުގައި އޮތީ “…ނިޔ...

ޢަބްދުﷲ ސަޢީދު
ބެލެނިވެރިންނަށް: ސްކްރީން ދޮށުގައި ކުދިން ހޭދަކުރާ ވަގުތު ކޮންޓްރޯލް ކުރުން

ބެލެނިވެރިންނަށް: ސްކްރީން ދޮށުގައި ކުދިން ހޭދަކުރާ ވަގުތު ކޮންޓްރޯލް ކުރުން

އެކާވީސްވަނަ ޤަރުނުގެ ތަރައްޤީއިން އެކައްޗަކަށް އަޅުގަނޑުމެންނަށް އެންމެގިނައިން ލިބުނު އެއްޗަކީ ސްކުރީނެވެ. ސްކުރީނާ ނުލާ މިއަދު ކުރަންޖެހޭ ގިނަ ކަންކަން ނުކުރެވެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބިލަށް ފައިސާ ދެއްކުމާ، ޒަކާތް ދެއްކުމާ، ޤުރްއާން ކިޔެވުމާއި ފޮތް ކިޔުމުގެ އިތުރުން މުނިފޫހި ފިލުވުމަށް މިއަދު ގިނަ މީހުން ތިބެނީ ކޮންމެވެސް ސްކުރީނެއްގެ ކުރިމަތީގައެވެ. މިއާއެކު ދެން ފާހަގަވެގެންދިޔަ ކަމަކީ، ދިރިއުޅުން ފަސޭހަކުރަން ގެނައި ޓެކްނޮލޮޖީގެ މި އާއީޖާދުތަކާއެކު ދިރިއުޅުމުގެ ބިޒީކަން އިތުރުވެގ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ތިލަދުންމަތީ ހުނަރުވެރިން: ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރަމުން އަންނަ އުންމީދީ ޒުވާނެއް

ތިލަދުންމަތީ ހުނަރުވެރިން: ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރަމުން އަންނަ އުންމީދީ ޒުވާނެއް

ކޮންމެކޮންމެ ދާއިރާއަކުން ކުރިއަށް ދިޔުމަށް ދިގު މުއްދަތަކަށް ކޮލެޖަށް ގޮސް މޮޅެތި ސެޓްފިކްޓްތަކެއް ހޯދުން މުހިންމެ ނޫނެވެ. ބޭނުންވަނީ ހިތްވަރެވެ. ހިންމަތާއިއެކު މަސައްކަތް ކުރުމެވެ. ހދ.ނައިވާދޫއަށް އުފަން އެ ރަށު ކާނިގަސްދޮށުގޭ، އުމުރުން އެންމެ 21 އަހަރުގެ އަލީ ހަނީން (ހަނީން) ސާބިތު ކޮށްދެމުން އަންނަނީ އެކަމެވެ. ހަނީން ތަޢުލީމް ހާސިލް ކޮށްފައިވަނީ ޖަމާލުއްދީން ސްކޫލުންނެވެ. ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު އަމިއްލަ މަސައްކަތުން ވެބްސައިޓް ހެދުމާއި ވެބްސައިޓް ޑިވެލޮޕް ކުރުމުގެ މަސައްކަތް ހ...

އިބްރާހިމް ޚަލީލް
އުތީމު އާދަމްބޭގެ ގަލަމުން: ސަޤާފަތުގެ ތެރެއިން ބަދަލުވަމުން އަންނަ ދިވެހި މަސްވެރިކަން

އުތީމު އާދަމްބޭގެ ގަލަމުން: ސަޤާފަތުގެ ތެރެއިން ބަދަލުވަމުން އަންނަ ދިވެހި މަސްވެރިކަން

އާދަކާދައާ ޘަޤާފަތު ބަދަލުވަމުން ދެއެވެ. ކަންކަމުގެ މައްޗަށް ލޯހުޅުވި އެކަންކަމާބެހޭ ގިނަގޮތްތައް ފެންނަމުންދާ ވަރަކުންނެވެ. ތަރައްޤީގެ ފާލަމުގައި ކުރިޔަށް ފިޔަވަޅު އެޅޭ މިންވަރަކުންނެވެ. ތިމާމެންކުރާ މަސައްކަތެއް ކަމަށްވިޔަސް އެކަމެއް އެހެންމީހުން ކޮށްއުޅޭގޮތް ފެނި ތަޢާރަފްވެ އެކަމެއްގެ ތެރެއަށް ވަދެވެމުންދާ ނިސްބަތަކުން ނެވެ. ކަމާބެހޭ އައު އުފެއްދުން ތަކާ ވަޞީލަތްތައް ލިބި އަތްމަތިވާ ފެންވަރަކުންވެސް މެއެވެ. ދިވެހިންނަކީ މަސްވެރި ބައެކެވެ. ދިވެހިރާއްޖޭގައި ގިނަވާނީ މަސްވެރިންނެވެ. ޒަމާނުއްސުރެ...

އުތީމު އާދަމް ޢަބްދުއްރަޙްމާން
ބެލެނިވެރިންނަށް: ވީޑިއޯ ގޭމް ކުޅުމުން ދަރިން ދުރުކުރުވާނީ ކިހިނެތް؟

ބެލެނިވެރިންނަށް: ވީޑިއޯ ގޭމް ކުޅުމުން ދަރިން ދުރުކުރުވާނީ ކިހިނެތް؟

ދުނިޔެ ބަވަނަވަމުން، ތަރައްޤީވަމުން، ތަހުޒީބުވަމުން މިދާ ބާރުމިނުގައި ބާރަށް އުދުހޭ ދޫނިތަކަށްވުރެވެސް ބާރަށް އުދުހެމުން ގޮސް އެތައް އަލިއަހަރެއް ހުރަސްކޮށްފި ކަހަލައެވެ. ހީވެސްނުކުރާހާ އަވަސްމިނެއްގައެވެ. އިއްޔެ ކުޑަކުދިން ފަރުމަތިން ބޮލިހޮވަމުން، ވަލުތެރޭން ގޮބު ހޮވަމުން، މޫދުގައި ކަނދުފަތި ދުއްވަމުން މަޖާނެގި ދުވަސްތައް މިއަދު މާޒީވެ ގޮސްފިއެވެ. އަދުގެ ކުޑަކުދިންނަށް މިބުނެވުނު ކަންތައްތަކަކީ ވަރަށް އުނދަގޫ، “އެޑްވެންޗަރަސް” ކަންތައްތަކަކެއްކަމުގައި ޤަބޫލުކުރެވިދާނެއެވެ. ނަމަވެސް އިއްޔެގެ ކުޑ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
''ސަންބޯސާ'' ދުލެއް ނުކުރާނެ

''ސަންބޯސާ'' ދުލެއް ނުކުރާނެ

”ސަންބޯސާ”އަކީ ކުރީއްސުރެ އުތުރުގެ ރަށްތަކުގައި ތައްޔާރުކޮށް އުޅޭ ކެއުމުގެ ބާވަތެކެވެ. އުތުރުގައި ނޫނަސް ”ސަންބޯސާ” ތައްޔާރުކޮށް އުޅުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ. އުތުރުގެ ހދ. ފިނޭ މީހުން ތައްޔާރުކުރާ ގޮތަށް ފިނޭ މީހުންގެ ރަހަތަކާއިއެކު ”ސަންބޯސާ” ތައްޔާރު ކުރާނެ ގޮތް ބަލައިލަމާ ހިންގަވާށެވެ. ތަފާތުތައް އެނގޭނެއެވެ. ޔަޤީންވާ އެއްކަމެއް އެބައޮތެވެ. ފިނޭގެ ރަހަތަށް މީރުވެފައި، ކަމުދާނެ ކަމެވެ. ސަންބޯސާއަކީ ކުރީ ޒަމާނުއްސުރެ ފިނޭގައި ކޭމަށް ލުމަށް، ފާތިހާތަކަށް، ހަވީރު ސަޔަށް އަދި ކައިވެނީގެ ހަފު...

ޝިއުނާ އާދަމް
ބަލިވެ އިނުމަށް ގަސްތު ކުރިންސުރެ "ފޯލިކް އެސިޑް" މުހިންމު!

ބަލިވެ އިނުމަށް ގަސްތު ކުރިންސުރެ "ފޯލިކް އެސިޑް" މުހިންމު!

ަދަރިމައިވާ ޢުމުރުގައި (15އަހަރާއި 49 އަހަރާއި ދެމެދު) ކޮންމެ އަންހެނަކުވެސް އެމީހެއްގެ އަމިއްލަ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ސަމާލުކަންދިނުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކެއްވެއެވެ. މިގޮތުން ބަލިވެ އިނުމުގެ ކުރިން ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި ފޯލިކް އެސިޑް ބޭނުންކުރަން ފެށުމަކީ ބަނޑުގައިވާ ކުޑަދަރި ފުޅު ދުޅަހެޔޮ ޞިއްޙަތަކާއިއެކު ހެދިބޮޑުވުމަށް ވަރަށް މުހިއްމު ކަމެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ތާޒާ މޭވާ، ތަރުކާރީ އަދި ގޮވާމާއި ގޮވާމުގެ ބާވަތްތައް، ސަރުބީ މަދުން ހިމެނި ފައިވާ ކިރ...

ތިލަދުން
ރަށްރަށުގެ ނަން ފިލާ

ރަށްރަށުގެ ނަން ފިލާ

އޮނަވިހި ސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ އެޓޯލްސް މިނިސްޓްރީން އަތޮޅުތަކުގެ ރަށްރަށުގެ ނަމާ ބެހޭގޮތުން އަތޮޅު އޮފީސްތަކަށް ސިޓީފުޅެއް ފޮނުއްވިއެވެ. އެއީ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ނަމާއި އެ ރަށެއް ރަމުޒުކޮށްދޭ ކޮންމެ ވެސް އެއްޗެއް ބޭނުންކޮށްގެން މޮނިއުމަންޓެއް ބެހެއްޓުމާ ބެހޭ ގޮތުން ފޮނުއްވި ސިޓީފުޅެކެވެ. ނަމާއި މޮނިއުމަންޓް ހުންނަންވީ ގޮތުގެ ނަމޫނާއަކާއެކު ފޮނުއްވި އެ ސިޓީފުޅާ ގުޅިގެން އެ ގޮތަށް ޢަމަލުކުރީ ކިތައް ރަށުގައި ކަމެއް ނޭނގެއެވެ. ކޮންމެ ރަށެއްގައި ވެސް […]

ޢަބްދުﷲ ސަޢީދު
ޖިންސީ ގުނަވަން ބަދަލުކޮށް، މުޅި ދިރިއުޅުން ބަރުބާދު ކޮށްލި މީހެއްގެ ވާހަކަ

ޖިންސީ ގުނަވަން ބަދަލުކޮށް، މުޅި ދިރިއުޅުން ބަރުބާދު ކޮށްލި މީހެއްގެ ވާހަކަ

“މާގިނަ ދުވަހެއްނުވެ، އަހަރެންގެ ހަށިގަނޑުގައިވަނީ އަންހެނެއްގެ ޖިންސީ ގުނަވަނެއް ނޫންކަމާއި، އެއީ ހުޅުވިފައިވާ ޒަހަމެއްގޮތަށް އަހަންނަށް ދެކެވެންފެށުނެވެ. އަހަންނަށް ލިބުނު ނުރައްކާތެރި ހިތްވަރު ތަކެއްގެ ސަބަބުން އަހަރެންވީ (ޙަޤީޤަތް އެނގުމުން) ކަނުވެފައެވެ.” 27 އަހަރުގެ ޒުވާނަކު އޭނާއަށް ކުރެވުނު ހިތާމަވެރި އަދި މޮޔަ ކަމެއްގެ ވާހަކަ ކިޔައިދިނެ. އަދުގެ ދުނިޔޭގެ ތަހުޒީބީ ޤައުމުތަކުން ދަނީ ވަރަށް ނުރައްކާތެރި ކެންސަރެއް މުޅި ދުނިޔެއަށް ފަތުރަމުންނެވެ. އެއްވެސް އަސްލެއް، ޙަޤީޤަތެއް ނެތް ޚިޔާލުތަކެ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ތަރިކައާއި ސަގާފަތުން ފައިދާ

ތަރިކައާއި ސަގާފަތުން ފައިދާ

އައްޑޫ ސިޓީ ހިތަދޫގައި އޮންނަ ނޭޗަރ ޕާކު ބަލާލަން ދިޔަ ދުވަހެވެ. ގުދުރަތީ ހިތްގައިމު އެތައް މަންޒަރެއް ދުށީމެވެ. ތާރީޚީ އެތައް ވާހަކައެއްގެ އަޑު އެހީމެވެ. ވަރަށް ހިތްގައިމު ރީތި ފޮޓޯތަކެއް ނެގީމެވެ. އެ ދުވަހު ހިތަށް އެރިއެވެ. ރާއްޖޭގައި މީގެ ނޭޗަރ ޕާކުތައް ބައިވަރެވެ. އެ ތަންތަން ކޮންމެވެސް ދުވަހަކުން ޕާކުތަކަކަށް ވާނެއެވެ. ރަށްރަށުގައި ހުރި ކުޅިތަކާއި ފާތަކާއި ހިތްގައިމު ތުނޑިތަކާއި ތިލަ ފަޅުތަކާއި ކުދި ފުށިތަކާއި ހުރާގަނޑުތަކަކީ ވެސް ހަމަ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ […]

ޢަބްދުﷲ ސަޢީދު
ފުރަތަމަ ފާހަގަކުރި ރާއްޖެ އިސްލާމްވި ދުވަހާއި އޭގެ ފަހުން އެ ދުވަސް

ފުރަތަމަ ފާހަގަކުރި ރާއްޖެ އިސްލާމްވި ދުވަހާއި އޭގެ ފަހުން އެ ދުވަސް

ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން ޝައިޚުލް އިސްލާމް ހުކުރު މިސްކިތުގެ މިންބަރުގައި އެ ހުންނެވީ ހުކުރު ނަމާދުގެ ޚުޠުބާ ދެއްވާށެވެ. އޭރު އެ މިސްކިތުގައި ދިވެހި ދައުލަތް އޭރު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރުލްއަޢުޒަމް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވެސް ހާޒިރުވެވަޑައިގެން އިންނެވިއެވެ. ދައުލަތުގެ ވަޒީރުންނާއި އަމީރުންނާއި ކަމުވޮށިވެގެންވާ ބޭފުޅުން ވެސް ތިއްބެވިއެވެ. އެކި އުމުރުފުރައިގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ހުކުރު ނަމާދަށް ހާޒިރުވެ ތިއްބެވެ....

ޢަބްދުﷲ ސަޢީދު