ލިޔުމުގެ ހުލާސާ: ހަނިމާދޫއަކީ ފުޓްބޯޅައިގައި ދިގު ތާރީޚެއް އޮތް ރަށެކެވެ. ޒަމާނަށް އަންނަމުންދިޔަ ބަދަލުތަކާއިއެކު ފުޓްބޯޅަ ކުޅެން ބޭނުން ކުރެވެމުން އައިސްފައިވާ ދަނޑުތައް ވެސް އައީ ބަދަލުވަމުންނެވެ. މިގޮތުން މި ލިޔުމުގައި ކިޔުންތެރިންނަށް ހިއްސާ ކޮށްލަން ގަސްތުކުރަނީ ހަނިމާދޫގައި މިހާރު ފުޓްބޯޅަ ކުޅެން ބޭނުން ކުރަމުން އަންނަ ދަނޑުގެ ބިން އަލިކޮށް ބޭނުން ކުރަން ފެށުނު ހިސާބުން މިއަދާ ހިސާބައް އެތަނުގެ ކަންކަން ހިނގާދިޔަ ގޮތުގެ މައްޗަށެވެ. ހަނިމާދޫގައި މިހާރު ފުޓްބޯޅަ ކުޅުމަށް ބޭނުން ކުރެވެމުންދާ...
އިބްރާހިމް ޚަލީލް
ޙައްޤުތަކުގެ ވާހަކަ އަކީ އަބަދުވެސް ބޮޑު ވާހަކައެކެވެ. އިރުއިރުކޮޅާ އަޑު އިވެނީ ކޮންމެވެސް ބަޔަކު ކޮންމެވެސް ޙައްޤުތަކެއްގެ ވާހަކަ ދައްކާ އަޑެވެ. އިންސާނީ ޙައްޤުތަކެވެ. ޖަނަވާރުންގެ ޙައްޤުތަކެވެ. މިދޭތެރެއަކުން އެއްބަޔަކު މިޔަރު ހިފުމުގެ ހުއްދަ ދޭން ގޮވާލި އިރު އަނެއްބަޔަކު މިޔަރުގެ ޙައްޤުގަވެސް ވަކާލާތު ކުރިއެވެ. މިހެން ގޮސް ވަރަށް ނުބައި ހިސާބަކަށް ވެސް ދެއެވެ. އިންސާނީ ޙައްޤުތަކުން ގޮފިގޮފިވެގެން އަންނަ “ޙައްޤު” ތަކުގެ ތެރެއަށް އެޢަމަލެއް ކުރުމުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޤައުމެއް ހަލާކ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ދިވެހިރާއްޖޭގައި ދަނޑުވެރިކަމާއި ގަސް ހެއްދުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ މަސައްކަތެކެވެ. އެއްބަޔަކު ވިޔަފާރީގެ ގޮތުގައެވެ. އަނެއްބަޔަކު ހުސް ވަގުތު ފައިދާހުރި ގޮތުގައި ފުރައިލުމަށް އުފަލެއް ކަމުގައި ދެކިގެންނެވެ. ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށްރަށާއި މީހުންވެސް އެބައުޅެއެވެ. ނަމަވެސް މި މަސައްކަތުގައި ޝާމިލުވާ ގިނަ ބައެއްގެ ފަރާތުން ފެންނަނީ ވަރަށް ގޯސް އާދަތަކެކެވެ. އޭގެ ތެރެއިން އެއް އާދައަކީ ގަހަށް ދޭ ކާނާތަކާ ބެހޭ އަސާސީ މަޢުލޫމާތު ނެތި ގަސްތަކަށާއި ދަނޑުބިމަށް ގެއްލުން ލިބޭ...
ހުބާ ޕްލާންޓްސް
ބައެއް މިސާލުބަސްތައް ބައެއް ރަށްރަށާއި ގުޅިފައިވާ ފަދައިން ބައެއް މިސާލުބަސްތައް ގުޅިފައިވަނީ ބައެއް މީސްމީހުންގެ ނަންނަމާއެވެ. މިހެން ވުމުގެ ސަބަބުން މިފަދަ ބަސްތައް މިސާލުބަސް ގޮތުގައި ކިޔައި އުޅުމުން އެއީ އެރަށަކަށް ނުވަތަ އެ މީހަކަށް ކުރެވޭ މަލާމާތެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ. ނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ މަލާމާތަކަށްވުރެ ބޮޑަށް ފަޚުރެކެވެ. ސަބަބަކީ އެކަންކަމުގެ ސަބަބުން ދިވެހިބަހަށް ކުރިއެރުންތަކެއް ލިބިގެން ދާދިއުމެވެ. ކަށިކޭލަކީ ކަށިކެޔޮ ގަހުގައި އަޅާ މޭވާއެވެ. ރާ...
އިބްރާހިމް ޚަލީލް
އިންސާނުން އެ މީހުންގެ ޙަޔާތައް ވަކިޚާއްޞަ ބައިވެރިއަކު ހޯދުން އެއީ މުޙިއްމު ކަމެއްތޯއެވެ؟ އަދި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ބާއެވެ؟ މިއީ ކޮށްލަން ރަނގަޅު ސުވާލުތަކެކެވެ. މި ސުވާލުތަކަށް އިލާހީ ޖަވާބެއް އޮތްތޯ ބަލަމާ އަންނާށެވެ! އިންސާނީ ނަސްލު ޤިޔާމަތްދުވަހާއި ޖެހެންދެން ދުނިޔޭގައި ދެމިއޮތުން އެއީ އިންސާނުން ވުޖޫދުކުރެއްވުމުގެ ކުރިން ވެސް، ޚާލިޤްވަންތަ ﷲ، ބަޝަރިއްޔަތުގެ ކިބައިގައި ލައްވާފައިވާ އަސާސީ ސިފައެކެވެ. އެ އިލާހު ވަޙީކުރައްވަނީ، ﴿وَإِذْ قَالَ رَبُّكَ لِلْمَلاَئِكَةِ إِنِّي جَاعِلٌ...
އައްޝައިޚް މުޙައްމަދު އަފްޟަލް
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އާފަލު ގަސްތަކުގެ ފޮޓޯ ފޮނުވުމަށް ހުބާ ޕްލާންޓްސް އިން ވާނީ ދާދިފަހުން އެދިފައެވެ. މިގޮތުން ރާއްޖޭގެ އުތުރާއި ދެކުނުން އެކި ރަށްރަށުގައި ހުރި އާފަލު ގަސްތަކުގެ ފޮޓޯ ވަނީ ލިބިފައެވެ. އަދި އެ ގަސްތަކުގެ ވެރީން އެއް ޕްލެޓްފޯމަކަށް ގެނެވި ޕޯލްތަކެއް ކުރިއަށް ގެންދެވުނެވެ. މި ފަހަރު މިގެނެސްދެނީ މިގޮތުން ލިބުނު ފޮޓޯތަކާއި ޕޯލްތަކުގެ ނަތީޖާ އަދި ފާހަގަކުރެވުނު ކަންކަމާއި އެންމެ ރަނގަޅުގޮތުގައި އާފަލު ގަސް އިންދައި ހެއްދުމުގައި ސަމާލުވާންވީ ކަންކަމެވެ. […]
ހުބާ ޕްލާންޓްސް
ދިވެހިރާއްޖޭގައި ހުރި އިޖުތިމާޢީ މައްސަލަތަކާ ބެހޭ ގޮތުން އެކިއެކި ބޭފުޅުން ވާހަކަ ދައްކަވާތާ އެތައް އަހަރެކެވެ. ޓީވީ ތަކާއި ރޭޑިޔޯ ޕްރޮގްރާމު ތަކުގައިވެސް އެކަން ކުރެއެވެ. އަދި އާންމު ރައްޔިތުންނަށް ބައިވެރިވެލައި ޝުޢޫރެއް ހިއްސާކޮށްލުމުގެ ފުރުސަތު ބައެއް ފަހަރު ލިބެއެވެ. އެކަމަކު އޮންނަނީ ދައްކަން ބޭނުންވާ ވާހަކަ ނުދެއްކިފައެވެ. ވަގުތު ވެސް ނޯންނަނީއެވެ. ފުރުސަތުތައް ވެސް މަދީއެވެ. ވާހަކަ ދައްކާލަން ބޭނުންވާ ރާގާއި ބަހުރުވައިން ވާހަކަ ނުދެއްކޭތީ ވެސް އެ މަންސަތައް ކަމަކު ނުދެއެވެ. އެ ހުރިހާ […...
ޢަބްދުﷲ ސަޢީދު
السلام عليكم ތިޔަ ލޮބުވެތި ކިޔުންތެރިންނަށް އިސްލާމީ ރިވެތި ސަލާމުން ސަލާމް ކުރުމަށްފަހު، ކޮންމެ އިންސާނެއްގެ ޙަޔާތަށް ވަރަށް ބޭނުން ހިފޭނެ ދެ ޖުމްލައެއް ލިޔެލާނަމެވެ. މިއީ ދެ ކަލިމަ އެކެވެ. އެއަށް ތިންވަނަ ކަލިމާއެއް ނުވެއެވެ. ތައުޙީދުގެ ހުރިހާ ބާވަތަކާއި ވައްތަރެއް މި ދެ ކަލިމައިން ތަޙްޤީޤު ކުރެވޭވަރުގެ މުހިއްމު ދެ ކަލިމައެވެ. ﷲގެ އަޅާ އޭނަގެ ފާފަތަކާ މެދު މެނުވީ ބިރުގަންނަ ކަމުގައި ނުވެއެވެ. އަދި އޭނާގެ ވެރިރައްބަށް މެނުވީ އުންމީދު ކުރާކަމުގައި ނުވެއެވެ. الله […]
އައްޝައިޚް މުޙައްމަދު އަފްޟަލް
ފާއިތުވި 6 އަހަރު ދުވަހާއި އަޅާބަލާއިރު 2020 ވަނަ އަހަރު އަތޮޅު ތެރެއިން މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓްކޮށްފައިވާ ނިސްބަތްވަނީ ވެރިރަށް މާލެއަށް ވުރެއް އިތުރުވެފައެވެ. މިއީ އަތޮޅުތެރޭގެ ހިތްގައިމު ދިރިއުޅުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިއީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން ވިސްނާލަން ޖެހޭ، އަދި ސަމާލުވާން ޖެހޭ ވަރަށް ނުރައްކާތެރި ސިގުނަލެކެވެ. ފާރަވެރިވެ އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ބޮޑު އަދި ބިރުވެރި މައްސަލައެކެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ...
އަލީ އަހުސަން
އަޅުގަޑުމެން ކޮންމެ މީހެއްގެ ވެސް ދިރިއުޅުން ބިނާކުރަނީ އެމީހަކަށް ލިބޭ އެއްޗަކުންނެވެ. ރަގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި ބުރަކޮށް މަސައްކަތް ކުރަންޖެހެއެވެ. އަދި ހީވާގިކަމާއި މުރާލިކަމާއިއެކު މަސައްކަތްކުރާ މީހަކަށް މާތްﷲ ރަގަޅުގޮތް މިންވަރު ކުރައްވައެވެ. އެއީ ގުދުރަތީ ގާނޫނެވެ. އެހެންނަމަވެސް، މީހާގެ ހަޔާތް ބާއްޖަވެރިވެ އުފާފާގަތިކަންމަތީ ތިމާގެ ހަޔާތް ވޭތިކުރުމުގެ ނަސީބުވެރިންނަކީ ތިމާގެ ފުށުން އެހެންމީހުންނަށް ދޭ މީހުންނެވެ. އެހެންމީހަކަށް ދޭ މީހަކަށްވުމަށްޓަކައި ތިމާޔަކީ މަހުޖަނަކަށް ވާކަށ...
މުޙައްމަދު ޝިހާބް
ފަލިތަންޑަކީ ފަލީގެ ދޫ ހަރުކޮށްފައި އޮންނަ ދަނޑިއަށް ކިޔާ ނަމެކެވެ. ބޮއްކުރާގައި ބޭނުންކުރާ ފަލިތަންޑުގެ އާންމު ދިގުމިނަކީ ހަތަރު ފޫޓު ނުވަތަ ފަސް ފޫޓޫގެ މިންވަރެވެ. ފަލިތަންޑު އާންމުކޮށް ހުންނަ ސިފައަށް ބަލައިލާއިރު އެ ހުންނަނީ ވަށްކޮށް އެއްކޮޅަށް ކުޑަކޮށް ހިމަވާގޮތަށް މަށާ ރީތިކޮށްފައެވެ. ކުދި އޮޑިތަކަށް ފަލިތަންޑު ހެދުމުގައި ބޭނުން ކުރެވޭ އެއް ބާވަތުގެ ލަކުޑިއަކީ ހިރުނދު ދަނޑިއެވެ. ހިރުނދަކީ ފަޅައިގެން ދިއުން ކުޑަ ލަކުޑިއެކެވެ. އެދުރުބެއަކީ ކުޑަކުޑަ ބޮއްކުރައެއް ގެންގުޅޭ މީހެކެވެ. އެދުރުބޭގެ...
އިބްރާހިމް ޚަލީލް
ތިމާ ކަމެއްކުރިގޮތުން ނުވަތަ ކަންކަން ހުންނަގޮތުން، އެއިން ކަމަކާ ހިތްހަމަނުޖެހިފައި ހުރި މީހަކާ މިއަދު ދިމާވިތޯއެވެ؟ މީހުންގެ ތެރޭގައި ނުވަތަ ތިމާގެ ކުރިމަތީގައި ތިމާގެ ރަނގަޅު ވާހަކަ ދައްކާ މީހުންނާމެދު ހިތްހަމަޖެހި އެއީ ތިމާޔަށް ރަނގަޅު ގާތްމީހުންގެ ގޮތުގައި ދުށުމަކީ އިންސާނީ ތަބީއަތުގެ ސިފައެކެވެ. މީގެ އެންމެ މަތީ ދަރަޖައަކީ، ތަންތަނުގައި ތިމާޔަށް ސަނާކިޔާ ތިމާގެ މޮޅުކަމާއި ހެޔޮކަމާއި ރަގަޅުކަމުގެ ވާހަކަ އެހެންމީހުންލައްވާ ދެއްކުވުމަށް ލޯބިކުރުމެވެ. ގިނަމީހުން ދެކެނީ، އެމީހުންނަށް ސަނާކިޔާ ޚ...
މުޙައްމަދު ޝިހާބް
އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) ސިރީ ކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުން ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވަނީސް، ހިޖުރައިން 1116 ވަނަ އަހަރުގެ ރަމަޟާންމަހު (ޖަނަވަރީ 1705)،ގެ ތެރޭގައި އޭގެކުރީގައި ރަސްކަންކުރައްވާފައިވާ އިސްދޫ ދަރިކޮޅުގެ އައްސުލްޠާން ޙަސަން (ދިހަވަނަ) އާއި އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނާ ދެ ބޭފުޅުން ނަވެއްގައި އިންޑިއާގެ ސޫރަތުން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަށް ވަޑައިގެންނެވިއެވެ. އެ ދެ ބޭފުުޅުން މަސައްކަތް ކ...
ޢަބްދުﷲ ސަޢީދު
އެމީހެއްގެ ޙަޔާތުގައި ﷲ އަށް އުރެދި އެއިލާހުގެ ރަސޫލުންނަށް މަލާމާތްކޮށް، އެ ރަސޫލުންނަށް ތަބާވީ މީހުންނަށް އަނިޔާ ކުރުމުގައި ހައްދުފަހަނަޅާފައިވާ މީހާ އަށް ދުނިޔެ މަތީގައި ލިބުނު އެއްވެސް ފުރުޞަތެއްގައި ތައުބާވުން އިޚްތިޔާރުނުކޮށް ހުރެ، މަރުގެ ސަކަރާތުގެ ވަގުތު އައިސް ޖެހުމުން ޝަހާދަތްކިޔައި އިސްލާމްވާން ބޭނުއްވިއެއްކަމަކު، އެ ވަގުތަކީ ޝަހާދަތުގެ ދެ ކަލިމައިން ފައިދާ ނުކުރާ ވަގުތެއް ނޫނެވެ. ކުއްލި ސިހުމާއި ރިހުމާއި ވޭން ތަޙައްމަލު ކުރަންޖެހޭ ވަގުތު އިންސާނުންނަށް އޭނާ ހެއްދްވި ފަރާތް ހަނދުމަވެއ...
އައްޝައިޚް މުޙައްމަދު އަފްޟަލް
ސިގިރޭޓް ބުއިން ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުން ހެއްޔެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެއިން ނުހަނު ގިނަ ގެއްލުންތަކެއް ވާކަމެއްކަންވެސް އެނގޭ ނޫންހެއްޔެވެ. އެކަން ކުރަނީ ސިއްހަތަށް ނުރައްކާތެރި ކަމެއްކަން އެނގި ތިބެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުންފަދަ ދެވިހިފާފައިވާ ކަންކަމަކީ ދޫކޮށްލުމަށް ފަސޭހަ ކަންކަމެއް ނޫނެވެ. އެހެން ނަމަވެސް މިފަދަ ކޮންމެ ގޮންޖެހުމެއް ދިމާވާ ހިނދު، އަދި އަލުން އެކަން ކުރާ ހިތްވާ ކޮންމެ ފަހަރަކު ހުއްޓާލަން ނިންމި ސަބަބު ހަނދާންކުރުން މުހިނ...
ތިލަދުން