މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކޮލަމް

1,330 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 37 ވަނަ ޞަފްޙާ

ސިލްސިލާ ވާހަކަ: ޝިކާޔަތު (6)

ސިލްސިލާ ވާހަކަ: ޝިކާޔަތު (6)

ކުރީގެ އަދަދާއިގުޅޭ، އުފަލުން ހުރެ ޝަހާނާ ގެއަށް އައިސް ވަނުމާއިއެކު އެންމެ ފުރަތަމަވެސް ފެނުނީ ކަންބޮޑުވެފައިވާ ފާއިޒާގެ މޫނެވެ. ކަންބޮޑުވުމާއިއެކު ހިތްހަމަ ނުޖެހުންވެސް ކޮންމެވެސް ވަރަކަށް އެ މޫނުން ޝަހާނާއަށް ފާހަގަ ކުރެވުނެވެ. ޝަހާނާ ނުހަނު ޖެހިލުންވެ ބިރުވެސް ގަތެވެ. މީގެ ކުރިން ފާއިޒާއަކީ އެގޮތަށް މޫނު ހަދައިގެން ހުންނަ މީހެއް ނޫނެވެ. އެހެންކަމުން އޭނާއަށް އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ. އޭރު ފާއިޒާ އިނީ މަދު ގޯންޏެއް އޮއްސާލައިގެން މަދު ފަޅާށެވެ. ޝަހާނާ ފެނުމުންވެސް އެއްވެސް […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޝިކާޔަތު (5)

ސިލްސިލާ ވާހަކަ: ޝިކާޔަތު (5)

ކުރީގެ އަދަދާއިގުޅޭ، ” ދަރިފުޅު ވައެއް ލައްވައިގެން އަދި ބައްޕަ ފަކުރެއް ނުގަންނާނެ! އެކަމަކު ތިޔަ ކަހަލަ ކަންތައްތައް އާދަ އަކަށް ވެއްޖެނަމަ މާދަމާ އެހެން މަޖްލީހެއްގައިވެސް ތިކަން ކުރެވިދާނެ..” ޝާކިރު ނުހަނު ލޯބިން ބުނެލިއެވެ. އެއާއިއެކު ޝަހާނާ އިސްޖަހާލިއެވެ. ކުއްލިއަކަށް ޝަހާނާ އިސްޖަހާލުމުން ޖާވިދްގެ ހިތް އަވަސްވެގެން ދިޔައެވެ. ބައްޕަގެ ވާހަކައިން ބައްޕައާއި މެދު އޭނާގެ އަންހެނުންގެ ވިސްނުން ހުރީ ކިހިނެއްކަން ނޭނގޭ ޙާލު ޖާވިދަށް އުނދަގޫވާން ފެށިއެވެ. *** ޝަހާނާއާއި ޖާވިދް ތިބީ ކޮޓަރީގައެވެ....

ސަލާމާ ޢަބްދުލް ޢަލީމް
ދަރިފުޅުގެ ފުރާނަ ސަލާމަތް ނުކުރެވޭނެކަން އެނގުމުން ވެސް ދެއްކީ ގަދަ ހިތްވަރު

ދަރިފުޅުގެ ފުރާނަ ސަލާމަތް ނުކުރެވޭނެކަން އެނގުމުން ވެސް ދެއްކީ ގަދަ ހިތްވަރު

ދަރީންނަކީ އަޅުގަނޑުމެންގެ ހިތުގެ މޭވާއެވެ. ޙަޔާތުގެ އުފާވެރިކަމެވެ. އަދި ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. ދަރީން ލިބުމާއިއެކު ދިރިއުޅުމުގެ މިސްރާބް ބަދަލު ވެގެން ދެއެވެ. ދެމަފިރިންގެ ހުރިހާ އުފަލަކާއި، ވަގުތުތަކެއް އެދަރީންނަށްޓަކައި ހުސްކުރެވެއެވެ. މުޅި ދިރިއުޅުން ބިނާ ކުރެވެނީވެސް ހަމައެކަނި ދަރިންނަށްޓަކައެވެ. ދަރިންގެ އުފަލާއި ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައެވެ. އަދި އެދަރިންގެ މުސްތަޤްބަލާއި ކުރިމަގަށްޓަކައެވެ. ދައްކަން މިއުޅެނީ މިދެންނެވި ފަދައިން ދަރީންނާއިމެދު ވިސްނަމުންދިޔަ ވަރަށްވެސް ކ...

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޝިކާޔަތު (4)

ސިލްސިލާ ވާހަކަ: ޝިކާޔަތު (4)

ކުރީގެ އަދަދާއިގުޅޭ، ” މާލޭ އަންހެން ކުދިން ވަރަށް ރީތިވާނެޔޭ ކިޔާތީ އަޑުއަހަން! އެމީހުން ރީތި ވާނެއެއްނު އަވިކޮޅެއްގައި ނުޖެހި ހަތަރުދަމު ގޭގައި އޭސީގެ ފިނީގައި އައިސްފެން ބޮއިބޮއިގެން ތިބޭނީ.. އެތެރެހަށިވެސް ބޭރުހަންގަނޑުވެސް ފިނިވީމަ ދެން ދޮންވާނެއެއްނު.. އަހަރެމެން މިއުޅެނީ އަބަދު އަވީގައި! އަވިން ތާފަނާ ވެފައި ހުންނަ ފެން ބޮއިގެން ހަށިގަނޑުން އާވި އަރާ! ދެން ކިޔަންވެއްޖެ މޫނުގައި ހާދަ ބިއްސެކޭ ތިޔަ ނަގަނީ؟” ޝަހާނާގެ ވާހަކައިން ޖާވިދް ހުރީ ބަނޑަށް ހީލަ ހީލައެވެ. ޝަހާނާ […]

ސަލާމާ ޢަބްދުލް ޢަލީމް
މަންމަގެ ހަނދާނުގައި ތުއްތު ޝާޔަންގެ އިޙްސާސްތައް ބަންޑުންކޮށްލައިފި!

މަންމަގެ ހަނދާނުގައި ތުއްތު ޝާޔަންގެ އިޙްސާސްތައް ބަންޑުންކޮށްލައިފި!

“މަގޭ ލޯބި މަންޒިލް.. މަގޭ ހިތުގެ ނޫރާ.. މަގޭ މަންމައަށް މިހިތުން ކުރާ މިއީ ދުޢާއޭ.. މަގޭ މަންމަ ހީލީމާ، އެލިބޭ އަރާމާ.. އެމަންޒަރު ހަނދާންވާތީ ކުރާ މިއީ ދުޢާއޭ..” މިއީ އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ގައި ގދ. އަތޮޅު މަދަރުސާގެ ދަރިވަރު ޝާޔަން ބިންތި އަޙްމަދު ހުށައަޅައިދިން ލަވައިގެ ފެށުމެވެ. ލަވައެއްގެ ސިފައިގައި އެ ތުއްތު ކުއްޖާ ހުށަހަޅައިދީފައި އެވަނީ އެހިތުގެ އާދޭހެވެ. އުދާސްތަކެވެ. އަދި އެ ކުޑަކުޑަ ހިތުގައި މަންމައަށްޓަކައި އުފެދެމުންދާ […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޝިކާޔަތު (3)

ސިލްސިލާ ވާހަކަ: ޝިކާޔަތު (3)

ކުރީގެ ޢަދަދާއިގުޅޭ،  ” ނެތްތަ ރަން އޮނގޮއްޓިއެއް؟ ޖާވިދަށްވެސް އެނގެއެއްނު އަހަރެންގެ މި ދޮން އިނގިލިތަކަށް ރިއްސެއް ނުގުޅޭނެކަން…” ޝަހާނާގެ ދެވަނަ ޖުމްލައިން ޖާވިދްގެ ހިތްމަރާލިއެވެ. ޝަހާނާދެކެ އޭނާ އިންތިހާ ދަރަޖައަށް ލޯބިވެއެވެ. ޝަހާނާ އޭނާގެ އަތުން ބީވެދާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ. ޝަހާނާއަކީ އޭނާގެ ފުރަތަމަ ލޯތްބަށްވެފައި އޭނާއަށްވުރެ ރީތި އިންސާނެއް ޖާވިދްގެ ލޮލަކަށް ފެނިފައެއްވެސް ނުވެއެވެ. ” އެކަމަކު އަހަންނަށް ރީތީ ރިއްސޭ! ” ޝަހާނާގެ އިނގިލީގައި އަނގޮއްޓި އަޅުވާލަމުން ޖ...

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޝިކާޔަތު (2)

ސިލްސިލާ ވާހަކަ: ޝިކާޔަތު (2)

ކުރީގެ އަދަދާއިގުޅޭ، “ޝަހާނާ؟ ވަދީފާގޭ ޝަހާނާ؟ އޯހް! އެ މަންޖެގެ ގޮތެއް ނޭނގެ! އެކަމަކު ގައިމުވެސް އެ ވަދީފާއަކީ ވަރަށް މުށްބާރު ދަހި މީހެކޭ ބުނާތީ އަހަން.. އަނެއްކޮޅުން ތަޢުފީޤަކީ އަތުންފައިން މަސައްކަތެއް ކުރާ މީހެއްނޫން. ކުރަން އެނގޭވެސް މީހެއް ނޫން..  ވަދީފާވެސް އެހާ މުށްބާރުވަނީ އަސްލު އެހެންވެ! އާނ އޭނަ ހޯދާ ފައިސާ ހުސްވީމަ ހުސްވީތާ..” ޝާކިރު އެހެން ބުނި އަޑު ގޭތެރެއިން ނިކުތް ޖާވިދަށް ރީތިކޮށް އަޑުއިވުނެވެ. އެއާއިއެކު ޝާކިރުގެ އިތުރުން ފާއިޒާއަށްވެސް ޖާވިދު […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޝިކާޔަތު (ފުރަތަމަ ބައި)

ސިލްސިލާ ވާހަކަ: ޝިކާޔަތު (ފުރަތަމަ ބައި)

ފެހިކަންގަދަ، ފަތްބޯ ގަސްތަކުން މަލަމަތީގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އިރުވައި މޫސުމުގެ މަޑު ދުވަހެއްކަމުން ރާޅުވެސް އޭގެ ދައުރު އަދާކުރަމުންދަނީ ނުހަނު ކަންނެތްކަމާއިއެކުއެވެ. ދިޔަވަރު ހިކިފައި އޮތުމުގެ ސަބަބުން ގޮނޑުދޮށުގައި އޮތް އާނުގަނޑުވެސް އޮތީ ހިކިފައެވެ. މޫދުގައި އުޅޭ ކުދިކުދި މަސްތަކަށް ބަލަން އިން މާކަނާ އުދުހިގަތީ، ދޮންވެލިގަނޑުމަތީގައި އިން ޝަހާނާ އެއްލި ގާކޮޅުގޮސް އެސޮރު ގައިގައި ޖެހުމުންނެވެ. ޝަހާނާގެ މޫނުމަތިން އޭރުވެސް ފެންނަމުންދިޔައީ ފޫހިކަމުގެ އަސަރުތަކެވެ...

ސަލާމާ ޢަބްދުލް ޢަލީމް
ތަޤްވާގެ ބުރުގާ!

ތަޤްވާގެ ބުރުގާ!

އިސްލާމްދީން ގޮވައިލައްވަނީ ހަމައެކަނި ބޭރުފުށުގެ ޢަމަލުތައް ސީދަ ކުރުމަކަށް ނޫނެވެ. އެތެރެފުށާއި ބޭރުފުށުގެ ޢަމަލުތައް ސީދާ ކުރުމަށެވެ. ޙަޤީޤީ މާނައިގައި ދީނީ އަމުރުފުޅުތަކަށް ތަބާވުމަކީ ވެސް އެއީއެވެ. އާދެ، ބުރުގާ އަޅަން ވީ ފުރަތަމަ ހިތުގައެވެ. މި ތަނުގައި ބުރުގާގެ މުރާދަކީ ފޭރާމެވެ. ނަމަވެސް ކޮންމެކޮންމެ ފޭރާމެއް ނޫނެވެ. އެއީ އިސްލާމްދީނުގައި ބަޔާން ކުރައްވާފައި ވާ ފަދައިން ޢައުރަ ނިވާ ވާ ފަދަ ފޭރާމެވެ. ހިތުގެ މުރާދަކީ ތަޤްވާއެވެ. ނުވަތަ ތަޤްވާވެރިކަމެވެ. ޖުމްހޫރު ޢިލްމުވެރިންގެ ރައުޔުގައި އަ...

ޝެއިޚް ޝަފީއު އަބްދުﷲ
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (ފަހުބައި)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (ފަހުބައި)

ކުރީގެ އަދަދާއިގުޅޭ، ” ހެޔޮނުވާނެ ހުއްޓާލާ! ތިހާވަރު ވާކަށް އަދި ނުވެޔޭ އުޝާ! އަހަރެން ދެއްކީ ދޮގު ވާހަކަ ތަކެއްތަ؟ އަހަރެން މިރޭ ވިސްނީ އަހަންނަކީ އުޝާގެ ފިރިމީހާގެ ގޮތުގައި… އަހަރެން މިރޭ މިދެއްކި ވާހަކަ ތަކަކީ އެ ހައިޞިއްޔަތުން ދެއްކި ވާހަކަތަކެއް.. އަހަރެން މިރޭ މުޅިންވެސް ވިސްނީ އުޝާއަށް އުފާ ހޯދައިދޭނެ ގޮތްގޮތް. އެއްވެސް ޙާލެއްގައި ނޫޙު ބާކީ ކުރުމެއްނޫން އަހަރެންގެ މަޤްޞަދަކީ.. އުޝާ ހިތްދަތިވާ އެއްވެސް ކަމެއް އަހަރެން ނުކުރާނެކަން އުޝާއަށް އޮޅުނީތީ އަހަރެން […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (44)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (44)

ކުރީގެ އަދަދާއިގުޅޭ، ” މަންމަމެންނާ ވާހަކަ ދައްކާފައި ދުވަހެއް ކަނޑައަޅަންވީދޯ! ނަދާގެ މަންމަމެންވެސް އަންނާނެއެއްނު.. އަނެއްކާވެސް ދެވަނަ ބާބެއް ފަށަންވީ..” ހެމުން ހެމުން ޒައިން އެހެން ބުނެލުމާއިއެކު މަންމާއޭ ކިޔާ ޒަޔާ ގޮވާލި އަޑަށް ސިހިފައި ދެމީހުންނަށްވެސް ބަލައިލެވުނީ އެދިމާލަށެވެ. އޭރު ކުއްލިއަކަށް ގޮނޑުދޮށަށް ބިންދާލި ރާޅަކާއިއެކު ޒަޔާ މޫދަށް ދަމައިގަންނަނީއެވެ. ފެނުނު މަންޒަރުގެ ބިރުވެރިކަމާއިއެކު ޒައިންއަށްވެސް ދުއްވައިގަނެވުނީ އެދިމާލަށެވެ. ރޮއިގަންނަމުން ނަދާވެސް ދެވުނުހާ ބާރަކަށް އެދި...

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (43)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (43)

ކުރީގެ އަދަދާއިގުޅޭ، ” ނޫޙުގެ ބައްޕައަކީ ޒައިންކަން ނޫޙުއަށް އެނގޭ ދުވަހަކުން ކިހިނެއްބާ ވާނީ؟” ނަވީންގެ ސުވާލުން އުޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ” ކޮންމެ ގޮތެއް ވިޔަސް ޒައިންއަކީ ނޫޙު ނުދަންނަ މީހެއް ނޫން.. ބޭބެ ކިޔައިގެން އެއްގެއެއް ތެރޭގައި ބޮޑުވީ! ދެން ކުއްލިއަކަށް އެއީ ބައްޕަކަން އެނގުމުން ނޫޙު އުޝާދެކެ ރުޅި އެއް ނާންނާނެތަ؟” ނަވީންގެ ދެވަނަ ސުވާލުން އުޝާގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ. ” ބައެއްފަހަރު ހިތަށް އަރާ ތިހެންވެސް.. އެކަމަކުވެސް […]

ސަލާމާ ޢަބްދުލް ޢަލީމް
"މާތް ﷲގެ ރަހުމަތުން އުންމީދު ކަނޑާލައިގެން ނުވާނެ"

"މާތް ﷲގެ ރަހުމަތުން އުންމީދު ކަނޑާލައިގެން ނުވާނެ"

ޝައިތާނާ، އިންސާނާއަށް ވަސްވާސްދީ މާޔޫސްކޮށްލި ނަމަވެސް މާތް ﷲގެ ރަހުމަތުން އުންމީދު ކަނޑާލައިގެން ނުވާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ. “ތައުބާގެ އަހައްމިއްޔަތުކަމާ އޭގެ ދައުރު”ގެ މައްޗަށް އަލިއަޅުވާލައި ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ މުއުމިނުންތަކުންނަށް އޮތީ ފާފައެއް ކުރިވިއްޖެނަމަ، ތައުބާވެ މާތް ﷲގެ މަގަށް ރުޖޫއަވުން ކަމަށެވެ. ތައުބާވުން ލަސްކޮށްގެން ސަލާމަތްތެރިކަމެއް ނުލިބޭނެކަން ހަނދާންކޮށްދީ ޚުތުބާގައި ބުނީ ތައުބާވާ މީހާ ހިތުގެ އަޑިން މާތް ﷲގެ ފުއްސެވުމަށް އެދެން...

މުޙައްމަދު އަފްރާޙް
ފާލުބަލާ މީހުން ކައިރިއަށް ދިޔުމުގެ ނުރައްކާތެރިކަން!

ފާލުބަލާ މީހުން ކައިރިއަށް ދިޔުމުގެ ނުރައްކާތެރިކަން!

ފާލުބެލުމަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައި އޮންނަ ނުބައި ޢާދައެކެވެ. ފަހަރެއްގައި އެ ކަމުގެ ނުރައްކާތެރިކަން އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ނޭނގެނީ ކަމަށް ވެދާނެއެވެ. އެހެންކަމުން މި ލިޔުމުގައި ބަލައިލަން މި އުޅެނީ އެ ކަމުގެ ނުރައްކާތެރިކަމާ ބެހޭގޮތުންނެވެ. ދީނީ ނަޒަރަކުންނެވެ. ފާލުބެލުމާއި އަތްބެލުން ފަދަ ކަންކަން ހިމެނެނީ ޣައިބުގެ ޢިލްމަށް ދަޢުވާ ކުރުމުގެ ތެރޭގައެވެ. އެއީ މާތްﷲ އާ ޝަރީކު ކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި އެގޮތުން ބުނެވިދާނެއެވެ. ޣ...

ޝެއިޚް ޝަފީއު އަބްދުﷲ
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (42)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (42)

ކުރީގެ އަދަދާއިގުޅޭ، ” ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ޙަޤީޤަތެއްކަމުގައި އުޝާ ޤަބޫލުކުރަނީތަ؟ އެގޭގައި އުޝާ އުޅުނު އިރު އަހަރެންގެ ލޮލަށް އުޝާ ނުފެނި ކިތައް ދުވަސް މިދިޔައީ؟ އެކަމަކު އަހަރެން އެއްވެސް ޝަކުވާއެއް ކުރިތަ؟ މިއަދު އަހަރެން ވަރަށް ދެރަވެއްޖެ! ” ނަވީން ބުންޏެވެ. އެއާއިއެކު ޖާބިރުގެ ކޯލް އައިސްގެން ނަވީން ނިކުމެގެން ދިޔައެވެ. ނަވީން ދިޔުމުން އުޝާވެސް ހިނގައިގަތެވެ. އެމީހުން ސިޓިންގރޫމަށް ދިޔައިރު އިރު ސަލީމްއާއި ނޫރާ  ގޮއްސިއެވެ. ” ދެން ބައްޕަ ކަންތައްކުރި […]

ސަލާމާ ޢަބްދުލް ޢަލީމް