ކީރިތި ރަސޫލާ ގެނެސްދެއްވި ފޮތާއި ގޮތުގައި ވަރުގަދައަށް ހިފެހެއްޓުމަށް ހުތުބާގައި ގޮވައިލައިފި
ކީރިތި ރަސޫލާ ގެނެސްދެއްވި ފޮތާއި ގޮތުގައި ވަރުގަދައަށް ހިފެހެއްޓުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވައިލައިފިއެވެ. ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރަބީއުލް އައްވަލުގެ މައްސަރުގެ މައްޗަށް އަލިއަޅުވައްވާފައިވާ ހުތުބާގައި ވަނީ އެކަލޭގެފާނުގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައި، ހުރިހައި ޢަމަލުތަކެއްގައި ވެސް ކީރިތި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ވެސް ގޮވައިލާފައެވެ. މީގެ އިތުރުން ރަބީއުލް އައްވަލު މަހަކީ ބަރަކާތުން ފުރިގެންވާ މަހެއް ކަމަށާއި މި މަހަކީ އާލަމްތަތަކަށް ރަހުމަތެއް...