Skip to main content

އައިޝަތު ނަސާޔާ

Viewer
🇲🇻 ތިލަދުން Desk
345 Stories
17 Reads

Published on ތިލަދުން (Thiladhun) by އައިޝަތު ނަސާޔާ

ފުނަދޫގައި އެއަރ މޮނިޓަރިންގ ސެންސަރއެއް ގާއިމް ކުރުމަށް ސޮއިކޮށްފި
Thiladhunmathi News

ފުނަދޫގައި އެއަރ މޮނިޓަރިންގ ސެންސަރއެއް ގާއިމް ކުރުމަށް ސޮއިކޮށްފި

ށ. ފުނަދޫގައި އެއާ މޮނިޓަރިންގ ސެންސަރއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ފުނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިއެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ކަމަށެވެ. މިރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުންވެސް ބައެއް ބޭފުޅުން ބައިވެރިވެފައިވެ އެވެ. އެގޮތުން 3 ދުވަސްތެރޭ...

ފޭދޫ ވޮލީކޯޓުގައި ލައިޓް ޖަހައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ފޭދޫ ވޮލީކޯޓުގައި ލައިޓް ޖަހައިދޭނެ ފަރާތެއް ހޯދަނީ

ށ. ފޭދޫ ވޮލީކޯޓުގައި ލައިޓް ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިބީލަމުގެ ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެއިދާރާއިން ދޫކުރާ “ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް” ފުރިހަމަކުރެއްވުމަށްފަހު 15 މާރިޗު 2022 ވާ އަންގާރަދުވަހުގެ 11:00 ގެ ކުރިން އެއިދާރާއަށް ނުވަތަ...

ހއ. އަތޮޅުގައި ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯހެއް ފަށައިފި
Thiladhunmathi News

ހއ. އަތޮޅުގައި ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯހެއް ފަށައިފި

ހއ. އަތޮޅަށް ހުޅުުވާލައިގެން ހިންގާ ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯސް މިއަދު އެ އަތޮޅު ވެރިރަށް ދިއްދޫގައި ފަށައިފިއެވެ. މިކޯހަކީ ހއ. އަތޮޅު ކައުންސިލާއި މޯލްޑިވްސް ސްވިމިންގް އެންޑް ލައިފް ސޭވިންގް ސްކިލްސް ޓްރެއިނިންގެ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. 25 ބައިވެރިންނާއި ފެށުމަށް ހަމަޖެހިފައިވާ މިކޯހުގައި ދިއްދޫގެ ބައެއް ޒުވާނުންގެ އިތުރުން ސްކޫލްގެ ބައެއް ދަރިވަރުންވެސް ހިމެނެއެވެ. މިކޯސް ތަޢާރަފް ކުރުމުގެ ގޮތުން މިއަދު ހެނދުނު ދިއްދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވ...

ފުނަދޫ އަންހެނުން ކޮމެޓީގެ "ދަންދާނަ ބާޒާރު 3" އަންނަ ހޮނިރު ދުވަހު ބާއްވަނީ
Thiladhunmathi News

ފުނަދޫ އަންހެނުން ކޮމެޓީގެ "ދަންދާނަ ބާޒާރު 3" އަންނަ ހޮނިރު ދުވަހު ބާއްވަނީ

  އަންހެނުންގެ ދުވަހާއި ގުޅިގެން ށ . ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ކުރިއަށް ގެންދާ “ދަންދާނަ ބާޒާރު” ސިލްސިލާގެ ތިން ވަނަ ބާޒާރު، “ދަންދާނަ 3” އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ. މިފަހަރުގެ ބާޒާރު ކުރިއަށް ގެންދަން ނިންމާފައިވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުގައެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ، މިފަހަރުގެ ދަންދާނަ ޕްރޮގްރާމް ކުރިއަ...

ފިނިފެންމަލަށް ނިސްބަތްކޮށް މަހަކަށް ނަން ދީފި
Raajje

ފިނިފެންމަލަށް ނިސްބަތްކޮށް މަހަކަށް ނަން ދީފި

ރާއްޖެއާއި ސްރީލަންކާއިން ފެންނަ މަހެއް ކަމަށްވާ ރޯސް ވެއިލްޑް ފެއާރީ ރާސް (wrasse fairy veiled-Rose) އަށް ފިނިފެންމަލަށް ނިސްބަތްކޮށް ނަން ކިޔައިފިއެވެ. މިމަހުގެ ސައިންޓިފިކް ނަން ދެވިފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް ކިރިލެބްރަސް ފިނިފެންމާ (finifenmaa Cirrhilabrus) މިހެނެވެ. މިމަހާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ފިޝަރީޒް މިނިސްޓްރީއިން ވިދާޅުވީ މިމަސް ފެންނަނީ ފަރުތަކުގެ 70-40 މީޓަރު އަޑިން ކަމަށެވެ. މިމަހަކީ ދިރޭ ކުދިމަސް އެކްސްޕޯޓް ވިޔަފާރީގައި މިހާރވެސް ބޭނުންކުރަމުނ...

އެމެރިކާގެ މަޝްހޫރު ޓްރެވަލް ގްރޫޕަކާއި އާއެކު ރާއްޖެ އިޝްތިހާރުކުރުމުގެ ކެންޕެއިނެއް ފަށައިފި
Business

އެމެރިކާގެ މަޝްހޫރު ޓްރެވަލް ގްރޫޕަކާއި އާއެކު ރާއްޖެ އިޝްތިހާރުކުރުމުގެ ކެންޕެއިނެއް ފަށައިފި

އެމެރިކާގެ މަޝްހޫރު “އައިޑީ ޓްރެވަލް ގްރޫޕް” އާއެކު ރާއްޖެ އިޝްތިހާރުކުރުމުގެ ވަރަށް ހާއްސަ ކެންޕެއިނެއް ވިޒިޓް މޯލްޑިވްސްއިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އިން ބުނެފިއެވެ. އެމް.އެމް.ޕީ.އާރު.ސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި މިކެންޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލްގެ ނިޔަލަށެވެ. އައިޑީ ޓްރެވަލް ގްރޫޕް އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މަތީ ފަންތީގެ ފަތ...

ބިޔަ ބޮޑެތި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ނުދާތީ، ހއ އަތޮޅު ކައުންސިލުން ހާއްސަ ރިޕޯޓެއް ހުށަހަޅަނީ
Thiladhunmathi News

ބިޔަ ބޮޑެތި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ނުދާތީ، ހއ އަތޮޅު ކައުންސިލުން ހާއްސަ ރިޕޯޓެއް ހުށަހަޅަނީ

ހއ. އަތޮޅުގެ ތަރައްޤީއަށް ހުރި ބިޔަ މަޝްރޫޢުތައް ބަރު ދުވެލީގައި ކުރިއަށް ނުދާތީ ހާއްސަ ރިޕޯޓެއް ތައްޔާރުކުރުމަށް ހއ. އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ. އެކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެކައުންސިލްގެ 04 ވަނަ ދައުރުގެ 34 ވަނަ އާންމު ބައްދަލުވުމުގައި، އެޖެންޑަރ ކުރެވުނު، ޚިދުމަތް ތަކާއިގުޅިގެން ގުޅުހުންހުރި ވުޒާރާތަކަށް ޒިޔާރަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއްނިންމުމަށް ކުރެވުނު ބަހުސްގަ އެވެ. ހއ. އަތޮޅުގެ ކުރިއެރުމާ ލާބަޔަށް ހުރި ބިޔަ ބޮޑު މަޝްރޫޢުތަކާއި ނަފާހުރި ޕްރޮޖެކްޓްތައް އެހ...

ފައިބެ އަހަރު، ހދ އަތޮޅުގެ އާބާދީ އަށް އިތުރުވީ 357 މީހުން
Thiladhunmathi News

ފައިބެ އަހަރު، ހދ އަތޮޅުގެ އާބާދީ އަށް އިތުރުވީ 357 މީހުން

ހދ އަތޮޅުގެ އާބާދީ އަށް އަހަރެއްގެ ތެރޭގައި 357 މީހުން އިތުރުވެފައިވާކަމަށް އެއަތޮޅު ކައުންސިލުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އެކައުންސިލުން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް އެއަތޮޅު ގެ އާބާދީ އަކީ 28،094 އެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 28،451 މީހުންނަށް އިތުރުވެފައިވާކަމަށް އެކައުންސިލުން އިއްޔެ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަކީ […]

ފިއްލަދޫގައި ޕޮލިސް ޑެސްކެއް ގާއިމް ކުރުމަށް ބަޖެޓް ފާސްކޮށްފި
Thiladhunmathi News

ފިއްލަދޫގައި ޕޮލިސް ޑެސްކެއް ގާއިމް ކުރުމަށް ބަޖެޓް ފާސްކޮށްފި

ހއ. ފިއްލަދޫގައި ޕޮލިސް ޑެސްކެއް ގާޢިމް ކުރުމަށް ފިއްލަދޫ ކައުންސިލުން ބަޖެޓް ފާސްކޮށްފި އެވެ. މިކަން އެކައުންސިލުން އިއްޔެ އާންމުކުރީ، އެކައުންސިލްގެ 3 ވަނަ ދައުރުގެ 26 ވަނަ އާއްމު ބައްދަލުވުމުގައި ނިންމާފައިވާ މުހިއްމު ނިންމުންތައްކުގެ ތެރޭގަ އެވެ. އެރަށުގައި ޕޮލިސް ޑެސްކެއް ގާއިމް ކުރުމަށް -/415000 ރުފިޔާގެ ސަޕްލަމެންޓަރީ ބަޖެޓް ފާސްކޮށްފައި ވަނީ އެކައުންސިލް މެމްބަރުންގެ އިއްތިފާޤުންނެވެ. މީގެ އިތުރުން އެކައުންސިލްއިން ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަ...

ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ހއ. މަޑުލު ތުނޑިން ވެލިނަގަނީ، ހައްލެއްނެތް މައްސަލައެއް ނުބެލޭ!
Thiladhunmathi News

ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ހއ. މަޑުލު ތުނޑިން ވެލިނަގަނީ، ހައްލެއްނެތް މައްސަލައެއް ނުބެލޭ!

ހއ. އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލު ތުނޑިން ވެލިނަގަމުންދާ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ. އާއްމު ފަރާތަކުން ވެލިނަގަމުން ދާ މަންޒަރު ރިކޯޑުކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ބުނެފައިވަނީ އެރަށުން ވެލިނަގަމުންދަނީ އެރަށުގައި މަސައްކަތްކުރާާ ފަރާތުންކަމަށެވެ. މިމަންޒަރުތައް ނަގާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ މެންދުރު 13:10 ގަ އެވެ. “މައުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލަވަނީ މީގެކުރިން 2 ފަހަރަކު ފެންމަތިވެ ފުލުހުންގެ ސަމާލުކަމަށް ގެނެވި މިކަމަށް އަލިމަގެއްނ...

ށ އަތޮޅު ކައުންސިލުން އެއަތޮޅުގެ ރަށްރަށަށް ޒިޔާރަތް ކުރަނީ
Thiladhunmathi News

ށ އަތޮޅު ކައުންސިލުން އެއަތޮޅުގެ ރަށްރަށަށް ޒިޔާރަތް ކުރަނީ

ށ އަތޮޅު ކައުންސިލްގެ ފަރާތުން އެއަތޮޅުގެ ރަށްރަށަށް ޒިޔާރާތް ކުރުމުގެ ދަތުރު މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރައިޝަމް ވިދާޅުވީ، މިދަތުރަކީ ށ. އަތޮޅުގެ ކައުންސިލްގެ މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ޕްރޮގްރާމަތަކާއި ފަސް އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާ ބެހޭ މަޢުލޫމާތު ރަށްރަށުގައި ހުރި ދަޢުލަތުގެ މުއައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ކުލަބުޖަމް...

"ޕާލޭ އެއާ ޗެލެންޖް" ގައި ބޮޑު ކާމިޔާބީއެއް ހޯދި ނޮޅިވަރަންފަރު ސްކޫލަށް އިނާމު ހަވާލުކޮށްފި
Thiladhunmathi News

"ޕާލޭ އެއާ ޗެލެންޖް" ގައި ބޮޑު ކާމިޔާބީއެއް ހޯދި ނޮޅިވަރަންފަރު ސްކޫލަށް އިނާމު ހަވާލުކޮށްފި

ޕާލޭ ފޯ ދަ އޯޝަންސް އިން ރާއްޖޭގެ ހުރިހާ ސްކޫލް ތަކަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ 2021”  ގައި ބޮޑު ކާމިޔާބެއް ހޯދި ހދ. ނޮޅިވަރަންފަރު ސްކޫލަށް ޕާލޭގެ ފަރާތުން އިނާމު ހަވާލުކޮށްފިއެވެ. ޕާލޭ އިން ކުރިއަަށް ގެންދިޔަ މި ހަރަކާތުގައި ޓާގެޓްއެއްގެ ގޮތުގައި 3 މައިލް ސްޓޯންއެއް ކަނޑައަޅާފައިވާއިރު މުޅި ރާއްޖެއިން ވެސް 2 މައިލްސްޓޯން ހާސިލްވި 3 ސްކޫލްގެ ތެރެއިން އެއް ސްކޫލް ގެ ގޮތުގައި ނޮޅިވަރަންފަރު ސްކޫލް […]

ފިނޭ އަންހެނުންގެ ކޮމިޓީން ހައްދާފައިވާ ބަރަބޯ ބާޒާރަށް ނެރެފި
Thiladhunmathi News

ފިނޭ އަންހެނުންގެ ކޮމިޓީން ހައްދާފައިވާ ބަރަބޯ ބާޒާރަށް ނެރެފި

ހދ. ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ހައްދަމުންދާ ދަނޑުތަކުގައިވާ ބައެއް ބާވަތްތައް ބާޒާރަށް ނެރެފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފިނޭ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސާ ޝަކީބާ އަލީ ވިދާޅުވީ މިމަސައްކަތަކީ އެކޮމިޓީއަށް އާމްދާނީ ހޯދުމުގެ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިހާތަނަށް އެދަނޑުތަކުގައި ހައްދާފައިވާ ތަކެތީގެ ތެރޭގައި ބަރަބޯ، ދަނޑި އަލުވި، ރަންގު ކައްޓަލައިގެ އިތުރުން...

އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދު
Thiladhunmathi News

އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދު

ހއ. އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނިންމައިފިއެވެ. އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމާފައި މިވަނީ އެރަށުަގއި ކޯވިޑް-19 ގެ ގިނަ ކޭސްތަކެއް މިދުވަސްކޮޅު ފެންނަމުން ދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެރަށުގެ ޓާސްކްފޯސްއިން ކައުންސިލަށް އެގޮތަށް ލަފާ ދެއްވާފައިވާތީއެވެ. އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގ...

ފީވަކު އަންހެނުންގެ ކޮމޮޓީއިން އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި
Thiladhunmathi News

ފީވަކު އަންހެނުންގެ ކޮމޮޓީއިން އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ މަރިޔަމް ރީޝާ ވިދާޅުވީ މި ޕްރޮގްރާމަކީ ކޮންމެ މަހަކު އެއް ފަހަރު ނުވަތަ ދެފަހަރު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މިއަދުގެ ހަރަކާތުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެވޭ ގޮތް ނުވި ނަމަވެސް އެކޮމިޓީގެ މެމްބަރުން ވަނީ އެހަރަކާތް ކުރިއަށް ގެންގޮސްފައެވ...