ގައިދީއަކު، އަމިއްލައަށް ސިމެންތި އައްޓެއްގަައި ބޮލުން ޖެހުމުން އަނިޔާވެ ފަރުވާއަށް މާލެ ގެނެސްފި
މާލެ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސަރވިސް ގުޅިގެން މިއަދު ފަތިހުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު، ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މިއަދު ހިންގި މި އޮޕަރޭޝަންގައި އަމިއްލަ ނަފްސަށް އަނިޔާކުރި ގައިދީ ގެ އިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި އިތުރު 2 ގައިދީ […]