Skip to main content

އަޙްމަދު އަރުޝަމް

Viewer
🇲🇻 ތިލަދުން Desk
328 Stories
19 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު އަރުޝަމް

ހަނިމާދޫން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 48 އަށް
Thiladhunmathi News

ހަނިމާދޫން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 48 އަށް

ހދ. ހަނިމާދޫން އިތުރު ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 48 ކަށް އަރައިފިއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އިއްޔެ އެރަށުން ނެގުނު 59 ސާމްޕަލްގެ ތެރެއިން، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު 9 ސާމްޕަލް ވަނީ ބައްޔަށް ޕޮޒިޓިވްވެފައި ކަމަށެވެ. އެރަށުން އިއްޔެ ވެސް ވަނީ 9 މީހަކު ޕޮޒިޓިވްވެފައެވެ. މި މީހުންނަކީ ޖޫން 19 ވަނަ ދުވަހު ނެގި 59 ސާމްޕަލް ގެ ތެރެއިން ޕޮޒިޓިވްވި 09 މީހެކެވެ. […]

ފިއްލަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 13 އަށް އަރައިފި
Thiladhunmathi News

ފިއްލަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 13 އަށް އަރައިފި

ހއ. ފިއްލަދޫން އިތުރު 4 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 13 އަށް އަރައިފިއެވެ. ފިއްލަދޫ ކައުންސިލުން މިއަދު ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވެފައިވާ 8 ފަރާތެއްގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް ފަހު މިމަހު 19 ވަނަ ދުވަހު ނެގުނު 47 ސާމްޕަލްގެ ނަތީޖާ މިއަދު 14:30 ގައި ލިބިފައިވާކަމަށެވެ. އޭގެތެރެއިން އިތުރު 4 ފަރާތެއް ކޯވިޑް ބައްޔައް ޕޮޒިޓިވް ވުމާއިއެކު، “ޖޫން 17 ފިއްލަދޫ ކްލާސްޓާ”އާއި ގުޅިގެން މިހާތަނަށް 13 މީހެއް […]

"ނަފުރަތުގެ އަމަލު" ބަޔާން ކުރާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ވައިކަރަދޫ ކައުންސިލުން ގޮވާލައިފި
Thiladhunmathi News

"ނަފުރަތުގެ އަމަލު" ބަޔާން ކުރާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ވައިކަރަދޫ ކައުންސިލުން ގޮވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސޭން ހުށަހަޅާފައިވާ “ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ހދ. ވައިކަރަދޫ ކައުންސިލުން ގޮވައިލައިފިއެވެ. އެ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހެޅިފައިވާ އިސްލާހުގައި ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރިކަމަށް އެ ކައުންސިލުން ފާހަގަކުރާކަމަށެވެ. އެގޮތ...

ކައުންސިލްތަކުގެ އެސްޖީއިންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ކައުންސިލްތަކުގެ އެސްޖީއިންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގެ ގޮތުން، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށް ހުޅުވާލައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށްފައިވާ ގޮތުން، ރަށު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބެޗެލަރސް ޑިގްރީއެއް...

މުށިމަހުން ވައިކަރަދޫއަށް އުފާވެރިކަން!
Thiladhunmathi News

މުށިމަހުން ވައިކަރަދޫއަށް އުފާވެރިކަން!

މަސްވެރިކަމަކީ ޒަމާނުއްސުރެއް އަހަރުމެން ދިވެހީން ކާންބޯން ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއްމަސައްކަތެވެ. މިއަދާހަމައަށް އާދެވުނުއިރު، ދިވެހިން އަންނަނީ ތަފާތު އެކި ވައްތަރުގެ މަސްވެރިކަން ކުރަމުންނެވެ. ބޮޑުކަންނެލީގެ މަސްވެރިކަމުން ފެށިގެން އެންމެ ކުދި ފާނާއިގެ މަސްވެރިކަން ހިމެނެއެވެ. މިގޮތަށް ކުރެވޭ މަސްވެރިކަމުގެ ތެރެއިން، ދިވެހިންގެ ތެރޭގައި މަޝްހޫރު އެއްކަމަކީ މުށިމަހުގެ މަސްވެރިކަމެވެ. މީސް މީޑިއާގެ ޖާދޫގައި ޖެހި ފޯނަށް ބަލަހައްޓައިން އިންވަގުތު އަޅުގަނޑުގެ ކަޅި ހުއްޓުނީ، ބަ...

"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލުގެ ކަންބޮޑުވުންތައް އަދާލަތުން ރައީސް އާއި ހިއްސާކޮށްފި
Raajje

"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލުގެ ކަންބޮޑުވުންތައް އަދާލަތުން ރައީސް އާއި ހިއްސާކޮށްފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބ. ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޙިސާން ހުސެއިން ހުށަހަޅުއްވާފައިވާ “ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލުގައި ހުރި ކަންބޮޑުވުންތައް، އަދާލަތު ޕާޓީން ރައީސް އިބުރާހިމް މުޙައްމަދު ޞާލިހުއާއި ހިއްސާކުރައްވައިފިއެވެ. ސަރުކާރުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ރައީސް މިއަދު އަދާލަތު ޕާޓީގެ ލީޑަރޝިޕާ ބައްދަލުކުރައްވާ، ނަފްރަތުގެ އަމަލުތަކާ ގުޅޭގޮތުން ޤާނޫނުލްޢުޤޫބާތަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ ބިލާ މެދު ހު...

ރާއްޖޭގައި އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރަން ހުއްދަ ދީފި
News

ރާއްޖޭގައި އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރަން ހުއްދަ ދީފި

ކޯވިޑް-19 ބަލިން ދިފާއުވުމަށް އުފައްދާފައިވާ އެސްޓްރަޒެނެކާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފި އެވެ. އެމްއެފްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ “އެސްޓްރަޒެނެކާ ފާރމަސޫޓިކަލް ކޮމްޕެނީ” ނަމަކަށް ކިޔާ ބޭސް ދިރާސާކޮށް އުފެއްދި “ކޯވިޑް-19 ވެކްސިން އަސްޓްރާޒެނެކާ”، ރާއްޖެގައި ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީއިން، މިއަދުން ފެށިގެން ދީފައިވާ ކަމަށެވެ. މި ހުއްދަ ދީފައިވާނީ މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް “ރެސްޓްރިކްޓެޑް ޔޫސް އިން އ...

މަހަކަށްވުރެ ގިނަދުވަސްފަހުން ގޮއިދޫ މޮނިޓަރިން އުވާލައިފި
Thiladhunmathi News

މަހަކަށްވުރެ ގިނަދުވަސްފަހުން ގޮއިދޫ މޮނިޓަރިން އުވާލައިފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން، ށ. ގޮއިދޫ މޮނިޓަރިން އުވާލައިފި އެވެ. ގޮއިދޫ މޮނިޓަރިން ހާލަތުން ވީއްލާފައި މިވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނައިތާ 1 މަސްދުވަހަށް ވުރެ ގިނަދުވަސް ފަހުންނެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ހުސްވި މެއި މަހުގެ 11 ވަނަ ދުވަހުއެވެ. އެ ހާލަތުން ވީއްލީ މިރޭގެ 22:28 އިން ފެށިގެންނެވެ. ގޮއިދޫ މޮނިޓަރިން ހާލަތަށް ގެނައީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އެރަށުން ނެގުނު ރެންޑަމް ސާމްޕަލްތަކުން ބައެއް ސާމްޕަލްތައް ޕޮޒިޓިވްވުމުންނެވެ. […]

ތިލަދުންމަތިން "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު ބަަލައިގަތުމަށް "ނޫނެކޭ" ބުނީ މޮސްޓާ އެކަނި
Thiladhunmathi News

ތިލަދުންމަތިން "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު ބަަލައިގަތުމަށް "ނޫނެކޭ" ބުނީ މޮސްޓާ އެކަނި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ބ.ތުޅައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހިސާން ހުސޭނު ހުށަހަޅާފައިވާ “ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލު މަޖިލީހުގެ ތަޅުމަށް ބަލައިގަތުމަށް، ބޮޑު ތިލަދުންމަތީގެ މެންބަރުންގެ ތެރެއިން “ނޫނެކޭ” ބުނީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެކަންޏެވެ. ރައްޔިތުންގެ މަޖިލީހުގައި ބޮޑު ތިލަދުންމަތީގެ 15 މެންބަރުން ތިއްބެވިއިރު، މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވެފައިވަނީ 7 މެންބަރުންނެވެ. މީގެތެރެއިން 6 މެންބަރުން ފެންނަކަ...

"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލަށް ވޯޓުދޭން ނޮޅިވަރަމު ރައްޔިތުން ނޭދޭ: ކައުންސިލް
Thiladhunmathi News

"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލަށް ވޯޓުދޭން ނޮޅިވަރަމު ރައްޔިތުން ނޭދޭ: ކައުންސިލް

ރައްޔިތުންގެ މަޖިލީހުގެ ބ.ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހިސާން ހުސައިން މިފަހުން ހުށަހަޅާފައި ވާ “ނަފުރަތުގެ އަމަލު” ބަޔާން ކޮއްދޭ ބިލާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް އެ ބިލާ ދެކޮކަމަށް ، ހދ. ނޮޅިވަރަމް ކައުންސިލުން ބުނެފިއެވެ. ނޮޅިވަރަމު ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރ 7/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގުޅޭ ބިލުގައި ނޮޅިވަރަމު ރައްޔިތުން ކަންބ...

"އެމްކިއުއޭ" ގެ އެޑްވައިސަރީ ބޯޑު އެކުލަވާލައިފި
News

"އެމްކިއުއޭ" ގެ އެޑްވައިސަރީ ބޯޑު އެކުލަވާލައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ  ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައި އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އުފައްދަވައި ބޯޑަށް މެންބަރުން ޢައްޔަންކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ “މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ” އަށް، އެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ސީއީއޯގެ މަޤާމަށް ރައީސް ޢައްޔަންކުރައްވާފައި ވަނީ ދަފްތަރު ނަންބަރު 2968، ޑރ. ޢަބ...

"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު އަނބުރާ ގެންދެވުމަށް ނެއްލައިދޫ ކައުންސިލުން ގޮވާލައިފި
Thiladhunmathi News

"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު އަނބުރާ ގެންދެވުމަށް ނެއްލައިދޫ ކައުންސިލުން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަަށް ހުށަހަޅާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކުރާ ބިލު އަނބުރާ ގެންދެވުމަށް ދިވެހި ސަރުކާރަށް ހދ. ނެއްލައިދޫ ކައުންސިލުން ގޮވާލައިފި އެވެ. އެކައުންސިލުން މިހެން ގޮވާލާފައިވަނީ އެކައުންސިލްގެ ހުރިހާ މެންބަރުން ސޮއިކުރައްވާ ނެރުއްވި ނޫސް ބަޔާނެއްގައެވެ. އެބަޔާނުގައި ވަނީ، ޤާނޫނު ނަންބަރު 9/2014 ( ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބ. ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހިސާ...

މިސްކިތްތަކުގައި މަސްތުގެ ހާލުގައި ތިބިކަމުގެ ތުހުމަތުގައި 15 މީހަކު ހައްޔަރުކޮށްފި
Raajje

މިސްކިތްތަކުގައި މަސްތުގެ ހާލުގައި ތިބިކަމުގެ ތުހުމަތުގައި 15 މީހަކު ހައްޔަރުކޮށްފި

އެއްވެސް ބޭނުމެއްނެތި މިސްކިތްތަކަށް ވަދެ މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ތުހުމަތުގައި 15 މީހަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި މި މީހުންނަކީ މީގެ ކުރިންވެސް މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހުންކަމަށާއި، އަދި އެއީ ކުށުގެ ވެށީގައި އުޅޭ ބައެއް ކަމަށެވެ. މި މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 7 މީހަކު ރިމާންޑް ސެންޓަރުގައި 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި […]

ހިމަބިހި ނައްތާލި ޑޮކްޓަރުގެ ނަޒަރުގައި ކޮވިޑް-19 ނައްތާ ނުލެވޭނެ
International

ހިމަބިހި ނައްތާލި ޑޮކްޓަރުގެ ނަޒަރުގައި ކޮވިޑް-19 ނައްތާ ނުލެވޭނެ

70 ގެ އަހަރުތަކުގައި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ހިމަބިހި ފުރިހަމަކަމާއެކު ނައްތާލުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ގުޅިގެން އެންމެ އިސްކޮށް އެހީވި އެޕިޑެމިއޮލޮޖިސްޓު، އުމުރުން 77 އަހަރުގެ ޑރ. ލެރީ ބްރިލިއެންޓު ގަބޫލު ކުރައްވާ ގޮތުގައި ކޮވިޑް-19 ދުނިޔެއިން ނައްތާނުލެވޭނެއެވެ. ޢެމެރިކާގެ ނޫސް ވެބްސައިޓެއް ކަމަށްވާ “ޑެއިލީ ބީސްޓް” އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ލެރީ ބުނެފައިވަނީ، ރަނގަޅަށް ބަލައިފި ނަމަ މިހާރުވެސް އެމެރިކާގެ ބައެއް ހިސާބުތަކުގައި ކޮވިޑުގެ އ...

ސަޢޫދީގެ "ތަވައްކަލްނާ" އެޕްލިކޭޝަން ބޭނުންކުރަން ފަށާ ޤައުމުތަކުގެ ތެރޭގައި ރާއްޖެެ
Raajje

ސަޢޫދީގެ "ތަވައްކަލްނާ" އެޕްލިކޭޝަން ބޭނުންކުރަން ފަށާ ޤައުމުތަކުގެ ތެރޭގައި ރާއްޖެެ

ސަޢޫދީ ޢަރަބިއްޔާގެ “ތަވައްކަލްނާ” އެޕްލިކޭޝަން ބޭނުންކުރަން ފަށާ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެވެ. މި އެޕްލިކޭޝަނަކީ ކޮވިޑް-19 އާ ގުޅިގެން ސަޢޫދީގެ ހެލްތު މިނިސްޓްރީއިން އެޕްރޫވްކޮށް، އެންމެހާ ފަރާތްތަކުގެ ސިއްހީ ޙާލަތު ދެނެގަތުމަށާއި، ކޮންޓެކްޓް ޓްރޭސިންއަށް އެގައުމުގައި ރަސްމީކޮށް ބޭނުންކުރާ އެޕްލިކޭޝަނެވެ. ސަޢޫދީގައި އެއްތަނުން އަނެއްތަނަށް ވަދެ ނިކުތުމުގެ ހުއްދަ ދެނީވެސް މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ދެނެގަތުމަށްްފަހުގައެވެ. ދިވެހިރާއްޖޭގެ ފޮރ...