Skip to main content

މުޙައްމަދު މާއިލް ހަސަން

Viewer
🇲🇻 ތިލަދުން Desk
160 Stories
14 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު މާއިލް ހަސަން

ށ. އަތޮޅު ހޮސްޕިޓަލުގައި ތައިރޮއިޑްގެ ކާމިޔާބު އޮޕަރޭޝަންއެއް ކޮށްފި
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލުގައި ތައިރޮއިޑްގެ ކާމިޔާބު އޮޕަރޭޝަންއެއް ކޮށްފި

ށ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއި އެކީ ތައިރޮއިޑްގެ އޮޕަރޭޝަންއެއް ކޮށްފިއެވެ. އެ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ފަރާތުން މިއަދު ވަނީ ކާމިޔާބު ކަމާއި އެކު ތައިރޮއިޑްގެ އޮޕަރޭޝަންއެއްކޮށްފައިކަމަށެވެ. އެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ 25 އަހަރުގެ އަންހެނަކު އެއްފަހަރަށްވުރެ ގިނަ ފަހަރު ބައިގެންދިޔުމުގެ ސަބަބުން އެ ހޮސްޕިޓަލުގައި ހަރަކާތްތެރިވާ އަންހެނުންގެ ޑޮކްޓަރު ވަނީ މިކަންއިތުރަށް ދިރާސާކޮށްފައިކަމަށެވެ. އަދި އިތުރު ތަހުލީލުތ...

އިނގިރޭސިވިލާތުގައި ކޯވިޑް-19 ވެކްސިން އަންނަ ހަފްތާގައި ދޭންފަށަނީ
International

އިނގިރޭސިވިލާތުގައި ކޯވިޑް-19 ވެކްސިން އަންނަ ހަފްތާގައި ދޭންފަށަނީ

ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި، ވެކްސިންއެއްގެ އިންތިޒާރުގައި މުޅި ދުނިޔެ މަޑުޖެހިފައި އޮތް އިރު، އިނގިރޭސިވިލާތުން މި ރޭހުގެ ކުރި ހޯދައި އަންނަ ހަފްތާގާއި ޢާންމުނަށް ވެކްސިން ދިނުމަށް ނިންމައިފިއެވެ. މި ނިންމުމާއި އެކު، އިނގިރޭސިވިލާތް ވެގެން ގޮސްފައި މިވަނީ މި ބަލިމަޑުކަމަށް ވެކްސިންއަަކަށް ހުއްދަދިން ފުރަތަމަ ޤައުމަށެވެ. އިނގިރޭސިވިލާތުގެ މެޑިސިން ރެގިޔުލޭޓަރ އެމް.އެޗް.އާރް.އޭ އިން ބުނާ ގޮތުގައި މި ވެކްސިންއާއި އެކު ކޯވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް 95% ގެ ގެ...

ގައިދުރުކަން ކަށަވަރުކުރުމަށް ރިސޯޓުތަކުގައި ތަފާތު ގޮތްތަކެއް!
Raajje

ގައިދުރުކަން ކަށަވަރުކުރުމަށް ރިސޯޓުތަކުގައި ތަފާތު ގޮތްތަކެއް!

ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ހީނަރުވެފައިވާ ޓޫރިޒަމްގެ ސިނާޢަތުގައި އަލުން ފައިތިލަ ސާބިތުކުރުމަށް ދިވެހިރާއްޖެ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، ކޯވިޑް-19 ގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންވެސް ތަބާވާން ޖެހޭ ވަކި ޤަވާއިދުތަކެއް އެޗްޕީއޭގެ ލަފާގެ މަތިން ވަނީ އެކުލަވާލާފައެވެ. މި ގޮތުން އެންމެ ބޮޑު އެއް އިސްކަމެއް ދޭން ޖެހެނީ ދޭދޭ މީހުންގެ ދެމެދުގައި ގައިދުރުކަން އިސްކުރުމަށެވެ. އެހެން ޤައުމުތަކާއި ޚިލާފަށް، ރާއްޖޭގެ ގިނަ ރިސޯޓުތަކުން ޤައިދުރުކަން ކަށަވަރުކުރަނީ ވަރ...

ޖަޕާނު މަތިން ފެނުނު ގިނިހިލަ، ފެނުނީ ބޮޑު އަލިފާން ބޯޅައެއްގެ ސިފައިގައި
International

ޖަޕާނު މަތިން ފެނުނު ގިނިހިލަ، ފެނުނީ ބޮޑު އަލިފާން ބޯޅައެއްގެ ސިފައިގައި

ޖަޕާނުގެ މަތިން ފެނުނު ގިނިހިލައިގެ ވާހަކައިން މިއަދު މިވަނީ މީސް މީޑިޔާ ފުރާލާފައެވެ. ގިނަ ބަޔަކަށް މި މަންޒަރު ފެނުމާއި އެކު ފޯނުތަކުގެ ކެމެރާތަކުގެ ޒަރީޢާއިން މި މަންޒަރުވަނީ ވަރަށް ވެސް ރީތިކޮށް ރެކޯޑުކޮށް މުޅި މީސްމީޑިޔާއަށް ބަންޑުންކޮށްލާފައެވެ. ޖަޕާނު މަތިން މި ފެނުނު ގިނިހިލަ އެންމެ ރީތިކޮށް ފެނިފައިވަނީ ޖަޕާނުގެ މެދު އަދި ހުޅަނގުގެ އަވަށްތަކަށެވެ. މަންޒަރު ދުށް މީހުން އަދި ފޮޓޯ/ވީޑިޔޯގެ ޒަރީޢާއިން ފެންނަ ފެނުމަށް މި ގިނިހިލަ އާދަޔާ ޚިލާފަށް އަލިގަދައެވެ. އެއްބަޔަކު […]

އިންޑޮނޭޝިޔާގެ އަލިފާން ފަރުބަދައެއް ގޮވައި އެތައްހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް
International

އިންޑޮނޭޝިޔާގެ އަލިފާން ފަރުބަދައެއް ގޮވައި އެތައްހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް

އިންޑޮނޭޝިޔާގެ ނުސާ ތެންގާރާ ހިސާބުގައި ހުރި އަލިފާން ފަރުބަދައެއް ގޮވައި އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް އެ ޤައުމުގެ ސަރުކާރުން ފަށައިފިއެވެ. މިހާތަނަށް މަޢުލޫމާތު ލިބޭ ގޮތުގައި މި އަލިފާން ފަރުބަދަ ގޮވައި، އެ ފަރުބަދަ ގޮވުމުގެ ސަބަބުން 4 ކިލޯމީޓަރު ދުރަށް އަލިފާނާއި ދުމުގެ އަސަރު ދަނީ ކުރަމުންނެވެ. އަދި މި ކަމުގެ ސަބަބުން މިހާތަނަށް 2700 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އިންޑޮނޭޝިޔާއަކީ މި ފަދަ […]

ރާއްޖޭގެ ރައްޔިތުން ތިބީ ފަލަޞްޠީނުގެ ރައްޔިތުންނާއިއެކު: ރައީސް
Raajje

ރާއްޖޭގެ ރައްޔިތުން ތިބީ ފަލަޞްޠީނުގެ ރައްޔިތުންނާއިއެކު: ރައީސް

ދިވެހިރާއްޖޭގެ ރައްޔިތުން ތިބީ ފަލަޞްޠީނުގެ ރައްޔިތުންނާއި އެކު ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ”އިންޓަރނޭޝަނަލް ޑޭ އޮފް ސޮލިޑާޓްރީ ވިތް ފަލަޞްޠީން” ފާހަގަ ކުރުމުގެ ގޮތުން ކުރެއްވެވި ޓްވީޓެއްގައެވެ. އެ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ރައްޔިތުން ތިބީ ފަލަޞްޠީނުގެ ރައްޔިތުންނާއިއެކު ތެދުވެ ކަމަށާއި، އެ ޤައުމުގެ ކަރާމަތާއި ރައްކާތެރިކަން އަދި ޤައުމިއްޔަތު ދިފާޢު ކުރުމަށްވެސް ދިވެހި ރައްޔިތުން މި ތިބީ ފަ...

ނިއުކްލިއަރ ސައިންޓިސްޓެއް އަވަހާރަކޮށްލުން: އީރާނުން ބުނަނީ ބަދަލު ހިފާނެ ކަމަށް
International

ނިއުކްލިއަރ ސައިންޓިސްޓެއް އަވަހާރަކޮށްލުން: އީރާނުން ބުނަނީ ބަދަލު ހިފާނެ ކަމަށް

އިރާނުގެ ނިއުކްލިއަރ ޕްރޮގުރާމުގައި މުހިންމު ނިއުކްލިއަރ ސައިންޓިސްޓެއް ކަމަށްވާ ޕްރެފެސަރު މުޙްސިން ފަޚްރީޒާދޭ މަހާބާދީ އަވަހާރަކޮށްލާފައިވާއިރު، އެކަމަށް ބަދަލުހިފަން ނިންމާފައިވާކަން އީރާނުން އދ. ގެ ސަލާމަތީ މަޖިލީހަށް ރަސްމީކޮށް އަންގައިފިއެވެ. އެ ޤައުމުން ހާމަކުރާ ގޮތުގައި، މި ސައިންޓިސްޓު މަރާލާފައިވަނީ އޭނާގެ ކާރުގައި ބޭރުގައި ހިނގި ހަމަލާތަކެއްގައިއެވެ. އަދި އިރާނުން މިހާރު މި ހަމަލާގެ ފަހަތުގައި އިޒްރޭލުން ވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ. މި ސައިންޓިސްޓު އަވަހާރަކޮށްލާފައިވާއިރު އޭނާގެ...

ރަޝިޔާއިން އުފެއްދި ވެކްސިންގެ 100 މިލިޔަން ޑޯޒް އިންޑިޔާގައި އުފައްދަނީ
International

ރަޝިޔާއިން އުފެއްދި ވެކްސިންގެ 100 މިލިޔަން ޑޯޒް އިންޑިޔާގައި އުފައްދަނީ

ކޯވިޑް-19 އާއި ދެކޮޅަށް ރަޝިޔާއިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ސްޕަޓްނިކް ވެކްސިންގެ 100 މިލިޔަން ޑޯޒް އުފެއްދުމަށް އަވައްޓެރި އިންޑިޔާއިން ތައްޔާރުވެއްޖެއެވެ. އިންޑިޔާގެ ބޭސް އުފެއްދުމުގައި ނަން މަޝްހޫރު ހެޓެރޯ އިން މި ވެކްސިންގެ 100 މިލިޔަން ޑޯސޭޖް އުފައްދާނެކަމަށް މިހާރުވަނީ ބުނެފައެވެ. “ހެޓެރޯ، އިންޑިޔާގެ އެންމެ މަޝްހޫރު އެއް ބޭސް އުފައްދާ ކުންފުނި މިހާރުވަނީ ކޯވިޑް-19 އާއި ދެކޮޅަށް ރެޖިސްޓަރ ކޮށްފައިވާ ފުރަތަމަ ވެކްސިންގެ100 މިލިޔަން ޑޯސޭޖް އުފެއްދުމަށް އެއްބަސްވެފައި.” . ރަޝިޔަ...

ހއ. އަތޮޅު ހޮސްޕިޓަލްގެ ވޭތުވެދިޔަ 11 މަހުގެ ތަފާސް ހިސާބުތައް ޢާންމުކޮށްފި
Thiladhunmathi News

ހއ. އަތޮޅު ހޮސްޕިޓަލްގެ ވޭތުވެދިޔަ 11 މަހުގެ ތަފާސް ހިސާބުތައް ޢާންމުކޮށްފި

ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ ވޭތުވެދިޔަ 11 މަސްދުވަހުގެ ތަފާސް ހިސާބުތައް ޢާންމުކޮށްފިއެވެ. އެ ހޮސްޕިޓަލުގައި ވޭތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި 128 މުއައްޒަފުން މަސައްކަތް ކޮށްފަވެއެވެ. އޭގެ ތެރޭގައި 15 މެޑިކަލް ޑޮކްޓަރުންނާއި 32 ނަރުހުން ހިމެނެއެވެ. ވޭތިވެދިޔަ 11 މަސްދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުން އައުޓް ޕޭޝަންޓުންގެ ގޮތުގައި 28214 ބަލިމީހުން ވަނީ ޚިދުމަތް ހޯދާފައެވެ. ލެބޯޓްރީގެ ޚިދުމަތް 94969 މީހުން ހޯދާފައިވާ އިރު އެކްސް-ރޭ ނަގާފައިވަނީ 2864 ބަލިމީހުންނެވެ. އަދި ބަނޑުގައިވާ...

އެކުވެރި ޢަރަބި ޢިމާރާތުން 13 ޤައުމަކަށް ވިސާ ދިނުން މަޑުޖައްސާލައިފި
International

އެކުވެރި ޢަރަބި ޢިމާރާތުން 13 ޤައުމަކަށް ވިސާ ދިނުން މަޑުޖައްސާލައިފި

އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އިން13 ޤައުމަކަށް އައު ވިސާ ދިނުން މަޑުޖައްސާލައިފިއެވެ. ޔޫއޭއީ އިން ވިސާ ދިނުން މަޑުޖައްސާލާފައިވާ ޤައުމުތަކުގެ ތެރޭގައި ގިނައީ މުސްލިމު ޤައުމުތަކެވެ. އޭގެ ތެރޭގައި އިރާން، ތުރުކީ، ސީރިޔާ، ސޯމާލިޔާ ހިމެނެއެވެ. އެ ޤައުމުގެ ސަރުކާރުން ހާމަ ކުރި ގޮތުގައި އަލަށް އެ ޤައުމުގައި ވަޒީފާ އަދާކުރަން ބޭނުންވާ މީހުން ހިމެނޭ ގޮތަށް މި ޤައުމުތަކުގެ މީހުންނަށް އައު ވިސާ ވަކި ގޮތެއް އަންގަންދެން ދުކުރުން މެދުކަނޑާލަން ވަނީ ނިންމާފައެވެ. މި […]

އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ފައިނަލުގައި އަޝްފާޤަށް ވޯޓު ލައިފިންތަ؟
Sports

އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ފައިނަލުގައި އަޝްފާޤަށް ވޯޓު ލައިފިންތަ؟

އޭއެފްސީ ބްރެކެޓް ޗެލެންޖުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު ވާދަކުރަމުން އެބަދެއެވެ. އޭއެފްސީގެ ފަރާތުން، ވޭދުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ކުޅުންތެރިޔަކު ޖަހާފައިވާ އެންމެ ރީތި ގޯލު ހޮވުމަށް ބާއްވާ މި މުބާރާތުގެ ފައިނަލްގައި ވޯޓު ލުން މިހާރު ދަނީ ކުރިޔަށެވެ. ރާއްޖޭގެ އަޝްފާޤު ފައިނަލުގެ އެއްކޮޅުގައި ވާދަ ކުރަމުންދާ އިރު، އަނެއްކޮޅުން ވާދަކުރަނީ ސައުތު ޗައިނާގެ ޗަން ސިއު ކީ އެވެ. މީގެ 6 ހަފްތާ ކުރިން 32 […]

ނަތެންޔާހޫ އަދި ސަޢުދީގެ ވަލީ އަޙްދު ސިއްރުން ބައްދަލު ކުރިކަމުގެ އަޑުތަކެއް
International

ނަތެންޔާހޫ އަދި ސަޢުދީގެ ވަލީ އަޙްދު ސިއްރުން ބައްދަލު ކުރިކަމުގެ އަޑުތަކެއް

އިޒްރާޢީލުގެ ކެބިނެޓް މިނިސްޓަރެއް ހާމަ ކުރި ގޮތުގައި، އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތެންޔާހޫ ވަނީ ސަޢުދީ އަރަބިއްޔާއަށް އެ ޤައުމުގެ ވަލީ އަޙްދު މުހައްމަދު ބިން ސަލްމާންއާއި ބައްދަލުކުރުމަށް ބައްދަލުކުރުމަށް ގޮސްފައެވެ. ދުނިޔޭގެ ޚަބަރު ފަތުރާ ނޫސްތަކުން ބުނާ ގޮތުގައި މި ސިއްރު ބައްދަލުވުންތަކުގައި އެމެރިކާގެ ސެކްޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އާދިއްތަ ދުވަހު ހިނގި މި ބައްދަލުވުމަކީ އިޒްރާއީލުގެ ފަރާތުން ޢަރަބި ޤައުމުތަކުގެ ރުހުން ހޯދުމަށް ކުރި ދަތުރެ...

ޗައިނާއިން ހަނދަށް ދިޔުމަށް ތައްޔާރުވާން ފަށައިފި
International

ޗައިނާއިން ހަނދަށް ދިޔުމަށް ތައްޔާރުވާން ފަށައިފި

ޗައިނާއިން އިންސާނަކާއި ނުލާ ހަނދަށް ދިޔުމަށް މަސައްކަތް ފަށައިފިއެވެ. ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ޤައުމަކަށް ކުރެވިފައިނުވާ ކަމެއް ކަމަށްވާ ހަނދުން ތަހުލީލު ކުރުމަށް ސާންޕަލް ގެނައުމަށް ޗައިނާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ބެއިޖިންގް އިން ސްޕޭސް ސްޓޭޝަނެއް ހެދުމަށް ބިލިޔަނުން ޚަރަދު ކުރަމުން އަންނަ އިރު، އެ ޤައުމުގެ އެންމެ ބޮޑު އަމާޒަކީ 2022 ވަނަ އަހަރު އެ ޤައުމުގެ ޖައްވީ އިދާރާ ޤާއިމުކޮށް އިންސާނުން ޖައްވަށް ފޮނުވުމެވެ. ‘ޗަންގޭ-5 ޕްރޯބް’ ގެ […]

ސައުދީ އަރަބިޔާގައި ޖީ-20 ސަމިޓް ބާއްވައިފި
International

ސައުދީ އަރަބިޔާގައި ޖީ-20 ސަމިޓް ބާއްވައިފި

ޖީ-20 ސަމިޓް ބޭއްވުނު ފުރަތަމަ ޢަރަބި ޤައުމެއްގެ ލަޤަބު ސަޢުދީ އަރަބިޔާއަށް ލިބި އެ ޤައުމުގައި ސަމިޓް ބާއްވައިފިއެވެ. އިއްޔެ ބޭއްވުނު މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ކޯވިޑް-19 ގެ ކަންކަމާއި، އަޑިއަށް ދަމުންދާ ޤައުމުތަކުގެ އިޤްތިޞާދާއި ބެހޭ ގޮތުންނެވެ. 2 ދުވަހަށް ބަހާލަފައިވާ މި ސަމިޓްގައި ދުނިޔޭގެ ވަރުގަދަ ޤައުމުތަކުން ވަނީ ބައިވެރިވެފައެވެ. ދުނިޔޭގެ މި ޤައުމުތަކުން ‘ވާރޓުއަލް’ ކޮށް މި ސަމިޓުގައި ބައިވެރިވުމަށް ނިންމާފައިވާ އިރު، ގިނަ ބަޔަކު ގޮވާލާފައިވަނީ މި ސަމިޓުގައ...

ފިނީގެ ޠޫފާނެއް އައިސް ރަޝިޔާގެ ބޮޑު ބައެއް އަނދިރީގައި
International

ފިނީގެ ޠޫފާނެއް އައިސް ރަޝިޔާގެ ބޮޑު ބައެއް އަނދިރީގައި

ފިނީގެ ބޮޑު ޠޫފާނެއް ރަޝިޔާގެ އިރުމަތީގެ އަވަތަކަށް ކުރިމަތިވެ، ގިނަ ހިސާބުތަކުން ކަރަންޓު ގޮސްފިއެވެ. ރަޝިޔާގެ ޕްރިމޯސްކީ ހިސާބުތަކަށް ބޯކޮށް ސްނޯ ފައިބާ، އެ ހިސާބުތަކުގެ ފިނިހޫނުމިން އުޅެނީ ވަރަށް ދަށް ކޮށެވެ. މި ހިސާބަަށް ބޯކޮށް ސްނޯ ވެހުމުގެ ސަބަބުން، ރަޝިޔާގެ ސަރުކާރުން މިހާރު ވަނީ މި ހިސާބަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފަ އެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، ހުކުރު ދުވަހުން ފެށިގެން ކަރަންޓު ގޮސްފައިވާއިރު، ގިނަ ދުވަސްތަކަކަށް ކަރަންޓު ނުލިބި އުޅެން ޖެހިދާނެ […]