Skip to main content

ޢާޠިފާ ޒަކަރިއްޔާ

Viewer
🇲🇻 ތިލަދުން Desk
16 Stories
4 Reads

ނޫރަލީގެ ހއ. މާރަންދޫ

Published on ތިލަދުން (Thiladhun) by ޢާޠިފާ ޒަކަރިއްޔާ

ވާހަކަ: ނާ ބަންނަ އަޑިގަނޑު - 8 (ފަހު ބައި)
Thiladhunmathi News

ވާހަކަ: ނާ ބަންނަ އަޑިގަނޑު - 8 (ފަހު ބައި)

ކުރީ ޢަދަދާއި ގުޅޭ: ވެހެމުން ދިޔަ ބޯ ވާރޭގެ ތިކިތައް ހީވަނީ ދަލޭކަ އިން ކޮޓަރީގެ ފުރާޅު ފޫއަޅުވައިލާފައި އައިސް އެނދު މައްޗަށް އޮހިގެންފާނެ ހެންނެވެ. އިރުއިރުކޮޅާ މައްޗަށް ބަލައިލެވެއެވެ. އެއިން ކޮންމެ ފަހަރަކު ވެސް ދަލޭކައަށް ފެންނަނީ އެނދުގެ ވަށައިގެން ދަމާފައިވާ ހުދު ފަށުއި ފޮތީގެ ސަނދުވާއެވެ. ސަނދުވާއިން ފެށިގެން ގޮސް އެނދުގެ ތިރީ ކައިރިއާ ހަމައަށް ހުރި ހުދު ފަށުއި ފޮތީގެ ފަރުދާ ހަރުކޮށްފައެވެ. މި ފަރުދާތައް ހުރީ ސަނދުވާ ހިފެހެއްޓުމަށް އެނދުގެ ހަތަރު […]

ވާހަކަ: ނާ ބަންނަ އަޑިގަނޑު (7 ވަނަ ބައި)
Column

ވާހަކަ: ނާ ބަންނަ އަޑިގަނޑު (7 ވަނަ ބައި)

ކުރީ ޢަދަދާއި ގުޅޭ: ހުޅަނގު އުތުރުން ޖެހެމުން ދިޔަ ނަލަ ވައިގައި ހޯރަފުށީ ބައްތެލި ދަތުރުކުރަމުން އައިސް މާލެ އަތޮޅު ގާފަރު ފަސްދީ ކުރިއަށް އައިސް ކަގި ކަނޑުން މާލެއާ ދިމާއަށް މިސްރާބު ހިފައިލިތަނާ ހެން ވައި ރޯޅި ގަދަވެލައި، ކަނޑުގެ ލޮނުގަނޑު ކުޑައިކޮށް ކެކިލައި އުފެއްދި ބާނީގައި ބައްތެލި ދެ ފަރާތަށް ތަންކޮޅެއް ބޮޑަށް ހަލުވާ ގޮތް ވެއްޖެއެވެ. މިއީ، ބައްތެލި މާލެ އަންނަން ފުރިތާ ހަތަރު ވަނައަށް ވީ ދުވަހެވެ. އިރު އޮއްސުމާ ދާދި […]

ވާހަކަ: ނާ ބަންނަ އަޑިގަނޑު (6 ވަނަ ބައި)
Thiladhunmathi News

ވާހަކަ: ނާ ބަންނަ އަޑިގަނޑު (6 ވަނަ ބައި)

ކުރީ ޢަދަދާއި ގުޅޭ: “މެންދުރަށް ތި ތައްޔާރުކުރަނީ ކޯއްޗެއްތަ؟” ދަލޭކަ ބަދިގެ ތެރޭގައި އުޅެނިކޮށް، ދަލޭކަގެ އެކުވެރި ރުގިއްޔާ ބަދިގެ ދޮރުމައްޗަށް ހުއްޓި އެހިއެވެ. “މާޅޮސް ކެޔޮކޮޅެއް މަޑުކޮށްލަނީ.” އުނދުނުގެ ދަރުތައް މަގަތަށް ދަމާލައި ގިނި މަޑުކޮށްލަމުން ދަލޭކަ ބުންޏެވެ. “ގޭގޭ ދޮށަށް ތިޔަ ހިނގަނީ މިހާރު މެންދުރަށް ކެއްކީތަ؟” އެންމެން އަވަދިނެތި މެންދުރަށް ކައްކަން އުޅޭ މި ވަގުތުގައި ރުގިއްޔާ މިހެން އައިސް މި ތާ ހުއްޓުނީމާ އެ ވާހަކަ ނުދައްކައެއް ދަލޭކައަކަށް ނުހުރެވުނެވެ. “މި […]

ވާހަކަ: ނާ ބަންނަ އަޑިގަނޑު (5)
Thiladhunmathi News

ވާހަކަ: ނާ ބަންނަ އަޑިގަނޑު (5)

ކުރީ ޢަދަދާއި ގުޅޭ: “އާހ! ހާދަ މީރު ވަހެކޭ މި ދުވަނީ.” ދެ ލޯ މަރައިލައްވައި އެތެރެއަށް ނޯއް ދަމާލައްވަމުން ސުލައިމާނުދީދީ ވިދާޅުވިއެވެ. “އެހެރަ ފެންނަ އުނިގަސްތަކުގައި ހުރި އުނިމާތަކުން ދުވާ ވަހެއް.” ސުލައިމާނުދީދީއާ ފެއަށް ޖެހިލަމުން ސިތާރާ ބުނެލިއެވެ. އޭރު ވެސް ސިތާރާގެ ކަނާތް އޮތީ ސުލައިމާނުދީދީގެ ވާތު އަތުތެރޭގައެވެ. “މި އޮއް ވަލަށް ވަންނަ އިރު ކައިރި ފަށުގައި ހުންނާނީ ހުސް އުނިގަސް. ރޭގަނޑުވެގެން އަންނަ އިރު، އެ ގަހުގައި ފޮޅިފައި ހުންނަ މާތަކުން […]

ވާހަކަ: ނާ ބަންނަ އަޑިގަނޑު (4)
Thiladhunmathi News

ވާހަކަ: ނާ ބަންނަ އަޑިގަނޑު (4)

ކުރީ ޢަދަދާއި ގުޅޭ: ސުލައިމާނު ދީދީމެން އެ ގެއިން ނުކުންނެވީމާ، ދަލޭކަ މުޅޯށި ހިފައިގެން އައިސް މެދުގެއަށް އެޅިފައި ހުރި ފުޅިތޮށިތައް ނަގައި އެއަށް އަޅަން ފަށައިފިއެވެ. މާވަޑި ޢަލީ ޖެހި ބުދެއްހެން ގާވެފައި ބޮޑުއަށި މަތީގައި އިނެވެ. އައްޔަށް ސިފަވަމުން ދަނީ ބުޅާ މަސްގަނޑަށް ބަލާ ފަދައިން ސުލައިމާނު ދީދީ ދަލޭކައާ ދިމާއަށް ކަޅިއަޅަމުން ދިޔަ މަންޒަރެވެ. ދަތްކުނޑިވިކައިލުމާ އެކު ދެ އަތް މުށްކަވައިލެވުނެވެ. “އަހަރެންގެ ހަލާލު އަނބިމީހާއާ ދިމާއަށް އޭނާއަށް އެ ވައްތަރަށް ބަލަން ކެރުނީ […]

ވާހަކަ: ނާ ބަންނަ އަޑިގަނޑު (3)
Thiladhunmathi News

ވާހަކަ: ނާ ބަންނަ އަޑިގަނޑު (3)

ކުރީ ޢަދަދާއި ގުޅޭ: ދަލޭކައަށް ވިސްނައިދޭން ޢަލީ މަސައްކަތްކުރަމުން ދަނިކޮށް މިސްކިތުން މުދިންބޭ ޢިޝާ ނަމާދަށް ގޮވިއަޑު އިވިއްޖެއެވެ. ޢަލީ، ދަލޭކައާ ފެއަށް ޖެހިލައި ދަލޭކަގެ ދެ އަތްތިލާގައި ހިފައިލިއެވެ. “އެ އިވެނީ މިސްކިތަށް އަންނާށޭ ކިޔައި މުދިންބޭ ގޮވާ އަޑު. އަހަރެން މި ދަނީ ވުޟޫކޮށްލައިގެން އެ ދިމާއަށް. ދަލޭކަ ވެސް ނަމާދުކޮށްގެން އަވަހަށް ތައްޔާރުވޭ. އެ ދީދީ ވަޑައިގަންނަވަން ވާއިރަށް ގޭތެރެ ވެސް ކުޑަކޮށް ރަމަތަކޮށްލަން ވާނެއެއްނުދޯ.” މިހެން ބުނެ ދަލޭކަގެ އަތުން ދޫކޮށްލުމަށް […]

ވާހަކަ: ނާ ބަންނަ އަޑިގަނޑު (2)
Thiladhunmathi News

ވާހަކަ: ނާ ބަންނަ އަޑިގަނޑު (2)

ކުރީ ޢަދަދާއި ގުޅޭ: ބައްދަލުވާން ނިންމި ވަގުތު ޖެހުނު އިރު ތިން ކުދިން ވެސް ތިބީ ޙަސަންބޭމެންގެ ގޭ ދޮރުމަތީގައެވެ. އޭރު ޢިޝާ ނަމާދުން އައިސް ކައިގެން ދުފައިލަން ދިމާ އެނދުގައި ޖައްސާލައިގެން ޙަސަންބެ އިނެވެ. އުނގުމަތީގައި ހުޅުވައިލާފައި އޮތް މަޑިސީލައިން ހާވަހާވައިގެން އެކި އެއްޗެހި ނަގައި އަނގައަށް އަޅައި ދުފުންގަނޑު ވަރުކުރަމުން ގެންދެއެވެ. “އައްސަލާމް ޢަލައިކުމް.” ފާތިނާ ސަލާންގޮވައިލިއެވެ. މި އަޑަށް ދޮރާ ދިމާއަށް ޙަސަންބެ ބަލާލައިފިއެވެ. މުސްކުޅިވެ ލޯބޯ ކޮށިވެފައިވުމުގެ ސަބަބުން ދުރު އެހައި...

ވާހަކަ: ނާ ބަންނަ އަޑިގަނޑު (ފުރަތަމަ ބައި)
Thiladhunmathi News

ވާހަކަ: ނާ ބަންނަ އަޑިގަނޑު (ފުރަތަމަ ބައި)

މޫސުމީ ރީތި ދުވަހެކެވެ. ކަނޑު އޮތީ ތެޔޮފާންލައިފަ އެވެ. އިރުދޮށުން މަޑުމަޑުން ޖެހެމުން ދިޔަ ނަލަ ވައިގައި ރިޔާނެގި ކުދި ބޮއްކުރާ ފަހަރުތައް އަތޮޅުގެ ބޭރު ދުނީގައި ދުއްވައިލަ ދުއްވާލައި އެ ތިބީ ލޮނުކަމެއް އަތުޖެހޭތޯއެވެ. ރޭގަނޑު ކާލާނެ ފިލޮޅެއް ނޫނީ ގިޔުޅެއް ނަމަވެސް ނަނުގައި ގަނޭތޯއެވެ. ވަދާ ނުކުމެ މި އުޅޭ ކުދި ދޯނިފަހަރުގެ ހަރަކާތްތަކަކީ ބަލައި ފޫހިނުވާނެ މަންޒަރެކެވެ. ޢަޞުރުން ދަށް ވެ ޖައްވަށް ހަވީރުގެ ފިނިކަށް ވެރިވި މި ހިތްގައިމު ވަގުތުގައި ރަށުގެ […]

ވާހަކަ: ފޮނިން ލީ ހިތި ރަހަ 
News

ވާހަކަ: ފޮނިން ލީ ހިތި ރަހަ 

މިލަދުންމަޑުލު ބަރަވެލިފުށީ ތުއްތު ސީދީގޭ ބަނބުކެޔޮ ގަސްދޮށުގައި ތިބެ މިއަދު ވެސް އަންހެންވެރިން ދައްކަމުން އެ ދަނީ އެއްކަލަ ދޮން ހުސޭނުގެ ވާހަކައެވެ. މި މީހުންގެ ވާހަކަ އަޑުއަހައިލީމާ، މި ދޮން ހުސޭނަކަށް ހިތް ނުކިޔާ މާމައެއް މަންމައެއް ބޮޑު ދައިތައެއް ދައްތައެއް ވެސް އެ ރަށުގައި އުޅޭނެހެނެއް ހިޔެއް ނުވެއެވެ. ދޮން ހުސޭނާ ހެދި މޮޔަވެފައި ތިބީ ހަމައެކަނި އެ ރަށުގެ ފުރާވަރުގެ އަންހެން ކުދިންނެއް ނޫނެވެ. އެކަމަކު މީގެ އެއްވެސް ލިސާނެއް ނެތް އެކަކު […]

Report

ބޮޑު ތަކުރުފާނާއި ރެހެންދި

ބޮޑު ތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުުރުފާނުލް އަޢުޡަމް ސިރީ ސަވާއްދީއްތަ މަހާރަދުންނަކީ، ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް އެ ބޭފުޅަކަށް ޓަކައި ނިސްބަތްވެވޭ ޤައުމީ ބަޠަލެވެ. ޕޯޗުގީޒުންގެ ފަނަވަރަކަށް އަހަރުވީ އަޅުވެތިކަމުން މި ލޮބުވެތި ދިވެހި ފަސްގަނޑު ސަލާމަތްކުރެއްވި ކުޅަދާނަ މުޖާހިދެވެ. “ދެ ޙާޖީންނާއި ދަންޑެހެލާ ގޮވައިގެން އޭގެ ތިން ބަޠަލުން (އުތީމު ތިންބެއިން) ” ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވެވި ގެރިއްލާ ހަނގުރާމައިގައި އެންމެ އިސްކޮށް ހުންނެވި ފަހުލަވާނެވެ. ދިވެހި...

ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިރިފަދަ އެއްޗެކޭ
Column

ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިރިފަދަ އެއްޗެކޭ

ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިފަދަ އެއްޗެކޭ އޭގެ ދެ ފަރާތް ބުނެދެވޭން އޮންނާނެ ހޭ؟ ނޯންނާނެޔޭ! ދުވަސްވަރަކީ ހއ. ކެލާގައި އިނގިރޭސީން ތިބި ދުވަސްވަރެވެ. އެ މީހުން ބަނޑަހަޖަހައިގެން ތިބީ ކެލާ ތުނޑީކޮޅުގައެވެ. “ރަސްކަން” ކުރަމުން ދަނީ ކެލާގެ ހިތްގައިމު ތުނޑީގައެވެ. އެ ތަނުގައި ދެ ފަންގިފިލާއަށް ވާ ގޮތަށް ޢިމާރާތްކޮށްފައިވާ ރާޑަރު ގެއެއް ހުރެއެވެ. އަދި ހަތިޔާރުތައް ލައި ރައްކާކޮށްފައިވާ ބަޑި ގުދަނެއް ވެސް ހުރެއެވެ. މީގެއިތުރުން، އިނގިރޭސީން ދިރިއުޅުމަށް ޓަކައި ގެދޮރު އަޅާފައި […]

ފިނިފެންމަލުގެ ދާނުގައި ތަޢުލީމު ޙާޞިލެއް ނުކުރެވޭނެ
Report

ފިނިފެންމަލުގެ ދާނުގައި ތަޢުލީމު ޙާޞިލެއް ނުކުރެވޭނެ

ހަނދާން ހުންނަން ފެށިއިރު ވެސް ދޮންތަ ކިޔަވަމުން ދަނީ މާލޭގައެވެ. އޭރު ތުއްތައާއި ކުޑާއްތަ ކިޔަވަނީ ހޯރަފުށީގައެވެ. ދޮންތަ ކިޔަވައި ނިމުނުތަނާ މި ދެ ދައްތަ ވެސް ކިޔަވަން މާލެ ގެންދަވައިފިއެވެ. ކިޔެވުން ރަނގަޅަށް ނުނިމެނީސް ތުއްތަ ނިޔާވެއްޖެއެވެ. (ތުއްތަގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާށި! އާމީން!) ދެން ކުޑާއްތަ އެކަނި މާލޭގައި ކިޔަވަމުން ދަނިކޮށް އެންމެ ފަހުން އަހަރެންނަށް ވެސް ކިޔަވަން މާލެ ދާން ފުރުޞަތު ލިބިއްޖެއެވެ. އެއީ، ދައްތަމެން ކިޔަވަން މާލެ ގެންނެވީއްސުރެން އަހަރެން އިންތިޒާރުކުރަމުން [...

ޤާނޫނީ ކުށެއް!
Column

ޤާނޫނީ ކުށެއް!

އާދައިގެ މަތިން އަތޮޅުވެރިޔާ އުޅުއްވަމުން ގެންދަވަނީ އެކިއެކި ކަންކަން ހައްލުކުރެއްވުމުގައި އަވަދިނެތިއެވެ. އަތޮޅުގެ ތަރައްޤީއަށް ކުރަން ހުރި މަޝްރޫޢުތައް ކުރިއަށް ގެންދަވާނެ ގޮތަކާމެދު މަޝްވަރާތައްކުރެއްވުމާއި އެކި ކަންކަމުގައި އަތޮޅު އޮފީހަށް އާއްމުން ހުށައަޅާފައިވާ ޝަކުވާތަކަށް ހައްލެއް ހޯއްދަވައި ދެއްވުމުގައެވެ. އަތޮޅު އޮފީހުގެ އެހެން މުއައްޒަފުން ވެސް އަތޮޅުވެރިޔާގެ ލަފާފުޅާ އެއްގޮތަށް ކަންތައްތައް ހަމަޖެއްސުމުގައި ކޮޅުކޮޅަށް ހެލިފެލިވަމުން ގެންދެއެވެ. މިއީ މެދު ރާއްޖެތެރެއޭ ކިޔާ ސަރަހައްދު...

ޙަކީމްބޭ ގޯތި ޙައްވަ ދައިތަ
Report

ޙަކީމްބޭ ގޯތި ޙައްވަ ދައިތަ

ހއ. ދިއްދޫ އަންޑާޕޫލްގޭ، ޙަކީމްބޭ ގޯތި ޙައްވަ ދައިތައަކީ އަހަރެންގެ އެންމެ ފުރަތަމަ މަދަރުސީ ޙަޔާތުގެ ބެލެނިވެރިޔާއެވެ. ޙައްވަ ދައިތައާއެކު އެންމެ ދުރު ހަނދާނަކަށް ވަނީ އަހަރެންގެ އުމުރުން 7 އަހަރުގައި ޙައްވަ ދައިތަގެ ބެލެހެއްޓުމުގެ ދަށަށް އަހަރެން ދިޔަ ދިޔުމެވެ. އެހެން ނަމަވެސް، އޭގެ އެތަކެއް އަހަރު ކުރިން، އަހަރެމެންގެ އާއިލާއާއި ޙައްވަ ދައިތައާ ވަނީ ގުޅިފައެވެ. ހއ. އާއި ހދ. އެއްކޮށް ތިލަދުންމަތީގެ ނަމުގައި ނޮޅިވަރަންފަރުގައި އަތޮޅުގެ އަތޮޅުވެރިކަން ހިނގަމުން ދިޔަ ދުވަސްވަރު، އަހަރެންގެ […]

ތަކަންމާރަންދޫ
Column

ތަކަންމާރަންދޫ

ތަކަންދުއާއި މާރަންދުއަކީ ބޮޑު ތިލަދުއްމައްޗަށް ނިސްބަތްވާ ދެ ރަށެވެ. ތާރީޚީ ގޮތުން ބަލާއިރު، ބޮޑު ތަކުރުފާނުގެ ބޭބޭފުޅު އަލި ތަކުރުފާނުގެ މަންމާފުޅަކީ މާރަންދޫ ތޭރަވާ މުދިން ކަލޭގެގެ ދަރިކަނބަލެކެވެ. އަލި ތަކުރުފާނު ހުންނެވީ މާރަންދޫގެ ކަތީބުކަމުގައެވެ. ނަމަވެސް ކައިވެނި ބައްލަވައިގެންނެވީ ތަކަންދޫ ބޭކަނބަލަކާއެވެ. އަނބިކަނބަލުންނާއެކު ދިރިއުޅުއްވީ މާރަންދޫގައެވެ. ޖޯގުރަފީ ގޮތުން ބަލާއިރު މިއީ ވަރަށް ކައިރީގައި އޮންނަ ދެ ރަށެވެ. ކުރީގައި އިދާރީ ހިންގުމަށް އަތޮޅުގެ ރަށްތަައް ތިން ބައަކަށް ބަހައި...