މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (03:15 އިން 08:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
290 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

އެމްބާޕޭގެ ގޯލުން މޮޅުވެ ޕީއެސްޖީ ފައިނަލަށް
Sports

އެމްބާޕޭގެ ގޯލުން މޮޅުވެ ޕީއެސްޖީ ފައިނަލަށް

ފްރެންޗް ކަޕް ފައިނަލުން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން ޖާގަ ހޯދައިފިއެވެ. ފްރެންޗް ކަޕް ސެމީ ފައިނަލުގައި ރޭ ޕީއެސްޖީއާއި ރެނެސް ބައްދަލުކުރި މެޗު، ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ފައިނަލުގައި ޕީއެސްޖީ ބައްދަލު ކުރަން ޖެހޭނީ ލިޔޯންއާއެވެ. ލިޔޯން ވަނީ ސެމީ ފައިނަލުގައި 3-0 ގެ ނަތީޖާއިން ވެލެންސިއެންސް ބަލިކޮށްފައެވެ. ރޭ މެޗުގައި ޕީއެސްޖީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. މެޗުގެ 40 ވަނަ މިނެޓުގައި […]

ބިލްބާއޯ ބަލިކޮށް އެއްވަނާގައި ރެއާލަށް އަށް ޕޮއިންޓްގެ ލީޑެއް
Sports

ބިލްބާއޯ ބަލިކޮށް އެއްވަނާގައި ރެއާލަށް އަށް ޕޮއިންޓްގެ ލީޑެއް

އެތުލެޓިކް ބިލްބާއޯ ބަލިކޮށް ރެއާލް މެޑްރިޑުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ 2-0 ގެ ނަތީޖާއިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. ދެ މެޗުގެ ސަސްޕެންޝަނަށް ފަހު ޖޫޑް ބެލިންހަމް ވަނީ ރޭ ރެއާލުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. ރޭ މެޗުގައި ރެއާލުން ޖެހި ދެ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ރޮޑްރިގޯއެވެ. ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި ބްރަހިމް ޑިއާޒް ދިން […]

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ހަނިމާދޫއިން ބިން ދޫކުރަނީ
Thiladhunmathi News

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ހަނިމާދޫއިން ބިން ދޫކުރަނީ

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ހދ.ހަނިމާދޫއިން ދިގުމުއްދަތަށް ބިން ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް އެ ރަށުން ދޫކުރަން ހަމަޖެހިފައި ވަނީ 5000 (ފަސްހާސް) އަކަފޫޓުގެ 7 ބިމެވެ. މި ބިންތައް ދޫކުރަނީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުގެ 10:30 ގައި […]

ތިލައުތުރު ފުޓްސަލް މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2024” ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މުބާރާތް ހޯސްޓް ކުރާރަށަކުން މުބާރާތުގެ ކުރިއަށް ގެންދިޔުމުގެ އެންމެހާ އިންތިޒާމް ހަމަޖައްސަން ޖެހެއެވެ. މިކަމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 16 އޭޕްރިލްގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެދި ރަޖިސްޓަރީ ކުރަން ޖެހެއެވެ. ރަޖިސްޓަރީވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވ...

ނެއްލައިދޫ އެންމެ އަލިގަދަ ތަރިއަކަށް މިންހާ
Thiladhunmathi News

ނެއްލައިދޫ އެންމެ އަލިގަދަ ތަރިއަކަށް މިންހާ

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ނެއްލައިދޫ އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތް 1445 ” ޝަރަފްވެރި އެއްވަނަ ހޯދައި އަލިގަދަ ތަރީގެ މަގާމް މިންހާ ޢަބްދުލްމުޙައިމިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް ކުރިއަށް ގެންގޮސްފައި ވަނީ ދެ ރެއަކަށް ބަހާލައިގެންނެވެ. ފައިނަލުގެ ފުރަތަމަ ކިޔުން އޮތީ ބުރާސްފަތި ދުވަހުގެ ރެއެވެ. މުބާރާތުގެ ދެވަނަ ކިޔުމާއި ނަތީޖާ ފާޅުކުރުން އޮތީ ރޭ ބޭއްވި ގްރޭން ފިނާލޭ ޝޯގައެވެ. ފައިނަލުގައި ވާދަކޮށްފައި ވަނީ އެންމެ […]

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރީގެ ޝަރަފް ރީޝް އަށް
Thiladhunmathi News

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރީގެ ޝަރަފް ރީޝް އަށް

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރީގެ ޝަރަފް، ދިއްދޫ/ ވައްޓަރު ޢާއިޝަތު ރީޝް ނަސީމް ހޯދައިފިއެވެ. “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” އަކީ ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން އެ އަތޮޅު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. މި މުބާރާތުގެ ގްރޭން ފިނާލޭ ޝޯ ރޭ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި ބާއްވާފައިވާއިރު، ޝޯ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދެވެ. މި މުބާރާތުގެ […]

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ހޮވުން މިރޭ
Thiladhunmathi News

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ހޮވުން މިރޭ

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ގްރޭން ފިނާލޭ ޝޯ މިރޭ އޮންނާނެއެވެ. މުބާރާތުގެ ފައިނަލުގެ ފުރަތަމަ ކިޔުން ރޭ ބާއްވާފައިވާއިރު، މުބާރާތުގެ ގްރޭން ފިނާލޭ މިރޭ އޮންނާނެއެވެ. މިރޭ ޝޯގައި ވެސް ފަސް ބައިވެރިންގެ ކިޔެވުންތައް ފެނުގެންދާނެއެވެ. މިގޮތުން ކޮންމެ ބައިވެރިއަކަށް ބަލައިގެން ކިޔުމުން ސުވާލަކާއި ނުބަލާ ކިޔުމުން ސުވާލެއްގެ އިތުރުން ދީނީ އިލްމުންނާއި ޤުރުއާނުގެ ބައިން […]

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ބުރު މިރޭ
Thiladhunmathi News

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ބުރު މިރޭ

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ފައިނަލުގެ ފުރަތަމަ ކިޔުން މިރޭ އޮންނާނެއެވެ. މި މުބާރާތް ރާވާލާފައި ވަނީ ފައިނަލު ވެސް ދެ ރެއަކަށް ބަހާލައިގެން ކުރިއަށް ގެންދާގޮތަށެވެ. މިގޮތުން މުބާރާތުގެ އެންމެ މޮޅު ފަސްބައިވެރިންގެ ކިޔެވުންތައް މިރޭ ޝޯގައި ފެނިގެންދާނެއެވެ. މިރޭ ވަނަ ހޮވުމެއް ނޯންނާނެއެވެ. މި ފަސް ބައިވެރިންނާއިއެކު ބާއްވާ ގްރޭން ފިނާލޭ ޝޯ އޮންނާނީ […]

ކުޅުދުއްފުށި ސިޓީ ވޮލީބޯލް އެރީނާ ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީ ވޮލީބޯލް އެރީނާ ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމްގެ “ވޮލީބޯލް އެރީނާ” ގައި ތަރައްގީ ކުރި ޒަމާނީ ފެންވަރުގެ ދެ އައުޓްޑޯ ވޮލީކޯޓް ރަސްމީކޮށް ހުޅުވައިފިއެވެ. ވޮލީބޯލް އެރީނާ ހުޅުވުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާއިރު، ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ރަސްމީކޮށް އެރީނާ ހުޅުއްވައި ދެއްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ. އެ އެރީނާ ހުޅުވާފައި މިވަނީ އެތަނުގައި ރެސްޓްރޮމްއަކާއި ލައިވްކުރެވޭ ހަޓަކާއި އެކުއެވެ. އަދި ދެ ކޯޓްގައި ވ...

އުތީމު އެންމެ އަލިގަދަ ތަރިއަކަށް މަރްޔަމް އަނާޔާ
Thiladhunmathi News

އުތީމު އެންމެ އަލިގަދަ ތަރިއަކަށް މަރްޔަމް އަނާޔާ

ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން ކުރިއަށް ގެންދިޔަ “އުތީމް އެންމެ އަލިގަދަތަރި” ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ މަރްޔަމް އަނާޔާ ހަބީބް ހޯދައިފިއެވެ. މި މަހު 19 ވަނަ ދުވަހު ފެށި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ބައިވެރިންނާއިއެކު ފައިނަލް ޝޯ ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. ފައިނަލް ޝޯގައި އެންމެ މަތިން މާކްސް ހޯދައި އުތީމްގެ […]

ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތު ފައިނަލަށް ބައިވެރިން ހޮވައިފި
Thiladhunmathi News

ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތު ފައިނަލަށް ބައިވެރިން ހޮވައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތް 1445 ” ގެ ފައިނަލަށް ބައިވެރިން ހޮވައިފިއެވެ. މުބާރާތުގެ ފައިނަލަށް ބައިވެރިން ހޮވާފައި ވަނީ މިދިޔަ ހަފްތާ ބަންދުގައި ބޭއްވި މުބާރާތުގެ ދެވަނަ ބުރަށް ފަހުއެވެ. އެ ބުރުގައި 13 ބައިވެރިން ވަނީ ކިޔަވާފައެވެ. ފައިނަލުން ފުރުސަތު ލިބިފައި ވަނީ އެ ބުރުން އެންމެ މަތިން މާކްސް ހޯދި ފަސް ބައިވެރިންނެވެ. އެ ބައިވެރިންނަކީ: އާޢިޝަތު މަލްދާ / ވާދީ […]

އިންގްލެންޑް އަތުން ބްރެޒިލް މޮޅުކޮށްދިނީ، ޒުވާން ފޯވާޑް އެންޑްރިކް
Sports

އިންގްލެންޑް އަތުން ބްރެޒިލް މޮޅުކޮށްދިނީ، ޒުވާން ފޯވާޑް އެންޑްރިކް

ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ބްރެޒިލުން އިންގްލެންޑް ބަލިކޮށްފިއެވެ. އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބްރެޒިލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބްރެޒިލުން ކާމިޔާބުކުރި ހަމައެކަނި ލަނޑި 80 ވަނަ މިނެޓުގައި ޖަހައިދިނީ އެންޑްރިކެވެ. އޭނާ ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގެ ފަހުބައިގައި ބަދަލު ކުޅުންތެރިއެއް ގޮތުގައެވެ. އުމުރުން 17 އަހަރުގެ އެންޑްރިކަކީ މިހާރު ބްރެޒިލް ލީގުގެ ޕަލްމޭރާސް އަށް […]

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލަށް ބައިވެރިން ހޮވައިފި
Thiladhunmathi News

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލަށް ބައިވެރިން ހޮވައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ފައިނަލަށް ބައިވެރިން ހޮވައިފިއެވެ. ދެވަނަ ބުރުގެ ދެވަނަ ޝޯއިން ޖާގަ ހޯދި ދިހަ ބައިވެރިންނާއިއެކު ރޭ ޝޯ ކުރިއަށް ގެންގޮސްފައިވާއިރު، ރޭ ވަނީ ފައިނަލަށް ބައިވެރިން ހޮވާފައެވެ. ފައިނަލުން ފުރުސަތު ލިބިފައި ވަނީ ރޭ ޝޯގައި އެންމެ މަތިން މާކްސް ހޯދި 5 ބައިވެރިންނަށެވެ. އެ ބައިވެރިންނަކީ: މުބާރާތުގެ ފައިނަލުން ޖާގަ […]

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލަށް ބައިވެރިން ހޮވުން މިރޭ
Thiladhunmathi News

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލަށް ބައިވެރިން ހޮވުން މިރޭ

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ފައިނަލް ބުރަށް ބައިވެރިން ހޮވުން މިރޭ އޮންނާނެއެވެ. މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ރޭގެ ކިޔުން ރޭ ބާއްވާފައިވާއިރު، ރޭ ވާދަކޮށްފައި ވަނީ ދެވަނަ ބުރުން ޖާގަ ހޯދި 15 ބައިވެރިންނެވެ. މުބާރާތުގެ ދެވަނަ ބުރުގެ ކޮންމެ ރެއެއްގައި 5 ބައިވެރިން މުބާރާތާއި ވަކިވާން ޖެހޭއިރު، ރޭ ވަނީ މިރޭ އޮންނަ […]

ވައިކަރަދޫ ކަނު އަނދިރީގައި ހަތަރު ދުވަސް، ރައްޔިތުން ތަކުލީފެއްގައި
Thiladhunmathi News

ވައިކަރަދޫ ކަނު އަނދިރީގައި ހަތަރު ދުވަސް، ރައްޔިތުން ތަކުލީފެއްގައި

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އެއް އިންޖީނު ހަލާކުވެ އެ ރަށުން ކަރަންޓްގެ ހިދުމަތަށް ބުރޫއަރާފައި އޮންނަތާ ހަތަރު ދުވަސް ވެއްޖެއެވެ. ވައިކަރަދޫ ފެނަކައިން އެ ރަށަށް ކަރަންޓް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން އަންނަ ދެ އިންޖީނުގެ ތެރެއިން މައްސަލަ ޖެހިފައިވަނީ ބޮޑު އިންޖީނަށެވެ. މީގެ ދެ ދުވަސް ކުރިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ވައިކަރަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމ...