މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (03:15 އިން 08:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
290 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

އެންމެ މެޗަކުން ވެސް ބަލިނުވެ ލީގު ނިންމައި، ލެވަކޫސަން ތާރީހުގެ ތެރެއަށް
Sports

އެންމެ މެޗަކުން ވެސް ބަލިނުވެ ލީގު ނިންމައި، ލެވަކޫސަން ތާރީހުގެ ތެރެއަށް

ޖަރުމަނު ލީގުގައި މި ސީޒަންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ބަޔާން ލެވަކޫސަން އިން ލީގު ނިންމައި ތާރީހީ ކާމިޔާބެއް ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލެވަކޫސަން އިން ވަނީ އޮއުސްބާގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރިހޯދާފައެވެ. ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެވަކޫސަން އިން ފަސް މެޗު އޮއްވައި ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ވަނީ ކަށަވަރު ކޮށްފައެވެ. ރޭ މެޗަށް ފަހު އެ ޓީމާއި ޝީލްޑް ހަވާލުކުރިއިރު، މިއީ އެ ޓީމްގެ […]

އަމަލުތައް ބެހެއްޓިގޮތުން އަލެގްރީއަށް މަގާމް ގެއްލިއްޖެ
Sports

އަމަލުތައް ބެހެއްޓިގޮތުން އަލެގްރީއަށް މަގާމް ގެއްލިއްޖެ

ޔުވެންޓަސްއާއި އެތުލާންޓާ ބައްދަލުކުރި އިޓާލިއަން ކަޕް ފައިނަލް މެޗަށްފަހު އަމަލުތައް ބެހެއްޓިގޮތުން، ޔުވެންޓަސްގެ ކޯޗުކަމުން މަސިމިލިއާނޯ އަލެގްރީ، ވަކިކޮށްފިއެވެ. ޔުވެންޓަސްއާއި އެތުލާންޓާ ބައްދަލުކުރި އިޓާލިއަން ކަޕްގެ ފައިނަލް މެޗު ކުޅެފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ. އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަން ކަން ހޯދީ ޔުވެންޓަސްއެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު ހަތަރު ވަނަ މިނެޓުގައި ޖަހައިދިނީ ވްލަހޮވިޗެވެ. ރެފްރީ މެޗު ނިންމާލި ވަގުތު އަލެގްރީ ވަނީ ހަތަރުވަނަ އޮ...

އިހަވަންދޫ މައި ކަޕް އަނެއްކާ ވެސް ފަށަނީ
Thiladhunmathi News

އިހަވަންދޫ މައި ކަޕް އަނެއްކާ ވެސް ފަށަނީ

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އިހަވަންދޫގައި ބާއްވާ ފޯރިގަދަ މައި ކަޕް ފުޓްބޯޅަ މުބާރާތް މި އަހަރު ފަށަން ނިންމާފައިވާ ކަމުގައި އިހަވަނަދޫ ކްލަބް ޕޯލްސްޓާއިން ހާމަކޮށްފިއެވެ. އިހަވަންދޫ މައި ކަޕް ފުޓްބޯޅަ މުބާރާތަކީ 2007 ވަނަ އަހަރު، އޭރު ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އެހީތެރިކަމާއިއެކު އެ ރަށުގައި ހިންގަން ފަށާފައިވާ މުބާރާތެކެވެ. މި މުބާރާތް ފުރަތަމަ ހަތަރު އަހަރު ކުރިއަށް ގެންގޮސްފައި ވަނީ އިހަވަންދޫގެ ޓީމްތަކަށް ހާއްސަކޮށްގެންނެވ...

ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިހަވަންދޫ ބަނދަރުތެރޭ ފައިބަރު މަސައްކަތް ކުރުން މަނާވާނެ
Thiladhunmathi News

ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިހަވަންދޫ ބަނދަރުތެރޭ ފައިބަރު މަސައްކަތް ކުރުން މަނާވާނެ

ހއ.އިހަވަންދޫ ބަދަނދަރުތެރޭ އެއްވެސް ސިފައެއްގައި ފައިބަރގްލާސް މަސައްކަތް ކުރުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 148 ވަނަ އާންމު ބައްދަލުވުމުގައެވެ. އެ ކައުންސިލުން ބުނީ ގިނަ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބެމުންދާތީއާއި އެ މަސައްކަތަކީ ސިއްހަތަށް ނުރައްކާތެރި ކަމަކަށްވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ބަނދަރުތެރޭ ފައިބަރގްލާސްއާއ...

މާރަންދޫ ބަދަހި ކަޕް، ހޭންޑް ބޯލް އަދި ފުޓަސްލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Sports

މާރަންދޫ ބަދަހި ކަޕް، ހޭންޑް ބޯލް އަދި ފުޓަސްލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ މާރަންދޫގައި ބާއްވާ ބަދަހި ކަޕް ހޭންޑް ބޯލް އަދި ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި މުބާރާތްތަކަކީ އެ ރަށުގެ މުއައްސަސާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތްތަކެކެވެ. ފުޓްސަލް މުބާރާތް ފިރިހެން ބޭފުޅުންނަށް ހާއްސަކޮށްފައިވާއިރު، ހޭންޑް ބޯލް މުބާރާތް ބާއްވަނީ ކަނބަލުންނަށެވެ. މި މުބާރާތް ރާވާ ހިންގަނީ މާރަންދޫ ކައުންސިލާއި އެ ރަށު އިޖުތިމާއީ މަރުކަޒު ގުޅިގެންނެވެ. މި ދެ މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނ...

"ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024" ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

"ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024" ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024” ފުޓްބޯޅަ މުބާރާތް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމިއްޔާ ޖަމާއަތްތަކަށެވެ. މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މިޓީން މި މަހުގެ 20 ވަނަ ދުވަހު...

އުތީމު ސްކޫލުގައި ފުރަތަމަ ފަހަރަށް އޭލެވެލް އަށް ކިޔަވައިދޭން ފަށަން މަސައްކަތް ކުރަނީ
Thiladhunmathi News

އުތީމު ސްކޫލުގައި ފުރަތަމަ ފަހަރަށް އޭލެވެލް އަށް ކިޔަވައިދޭން ފަށަން މަސައްކަތް ކުރަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގައި ފުރަތަމަ ފަހަރަށް އޭލެވެލް އަށް ކިޔަވައިދޭން ފެށުމަށް މަސައްކަތް ފަށައިފިއެވެ. އުތީމް ކައުންސިލާއި ޣާޒީ ބަންޑާރައިން ސްކޫލާއި ގުޅިގެން ކުރިއަށް އޮތްއަހަރު އެ ރަށުގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުމަށް ވަމުން އަންނަ ތައްޔާރީތައް ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރައްވަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މަސައްކަތް ކާމިޔާބު ކުރުމަށް ދެ ޕްލޭނެއް ގެންގުޅުއްވާ ކަމަށެވެ. އަބްދުﷲ […]

ޓޮޓެންހަމް ބަލިކޮށް ސިޓީން ލީގު ކާމިޔާބު ކުރުމާއި ވަރަށް ގާތަށް
Sports

ޓޮޓެންހަމް ބަލިކޮށް ސިޓީން ލީގު ކާމިޔާބު ކުރުމާއި ވަރަށް ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ވިދިވިދިގެ ހަތަރުވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމާއި ވަރަށް ގާތަށް ސިޓީ ޖެހިލައިފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. ސިޓީއާއި ޓޮޓެންހަމް ރޭ ބައްދަލު ކުރި މެޗަކީ ގިނަ ސަބަބުތަކާއި ހުރެ ވަރަށް ހާއްސަ މެޗެކެވެ. ރޭ މެޗަށް ސިޓީ ނުކުތްއިރު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ސިޓީއަށް ވުރެ އެއް މެޗު އިތުރަށް […]

ފަހުވަގުތު ލިވަޕޫލާއި އެއްވަރުކޮށް ވިލާއިން އުންމީދު ދަމަހައްޓައިފި
Sports

ފަހުވަގުތު ލިވަޕޫލާއި އެއްވަރުކޮށް ވިލާއިން އުންމީދު ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި އެސްޓަންވިލާ ބައްދަލުކުރި މެޗު އެއްވަރުވެ، ލިބުނު ޕޮއިންޓާއިއެކު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ވިލާއިން ކުރަމުން އަންނަ އުންމީދު އައުވެއްޖެއެވެ. ޔޫރަޕްގެ ރަނގަޅު ރެކޯޑްތަކެއް އޮތް އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެސްޓަން ވިލާއާއި ލިވަޕޫލް ރޭ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ރޭ ލިބުނު ޕޮއިންޓާއިއެކު އެސްޓަންވިލާ މިވަގުތު ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައި އޮތީ […]

ސޮސިއެޑާޑް ބަލިކޮށް ބާސާ އެއް ފިޔަވަޅު ކުރިއަށް
Sports

ސޮސިއެޑާޑް ބަލިކޮށް ބާސާ އެއް ފިޔަވަޅު ކުރިއަށް

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިންނެވެ. ލީގުގައި ހަތަރު މެޗު ބާކީ އޮއްވައި ރެއާލް މެޑްރިޑުން ވަނީ ލީގު ޗެމްޕިއަންކަން ހޯދާފައެވެ. ރޭ މެޗަށް ނުކުތްއިރު ބާސާ އޮތީ ޕޮއިންޓް ތާވަލުގެ ތިން ވަނާގައެވެ. ރޭ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބާސާ ދެވަނާގައި އޮތީ ކުޅުނު 35 މެޗުން […]

ލެވަކޫސަން ބަލިނުވެ 50 މެޗު ހަމަކޮށްފި
Sports

ލެވަކޫސަން ބަލިނުވެ 50 މެޗު ހަމަކޮށްފި

ރޭ ޖަރުމަނު ލީގުގައި ރަށުން ބޭރުގައި ބޮކުމްއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ލެވަކޫސަންއިން ބަލިނުވެ 50 މެޗު ހަމަކޮށްފިއެވެ. ރޭ ބޮކުމްގެ ދަނޑުގައި ލެވަކޫސަން އިން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ބޮކުމް ބަލިކޮށްފައެވެ. މި ސީޒަންގައި އާދަޔާ ހިލާފް މޮޅަށްކުޅެ، ތަފާތު ނަތީޖާތަކެއް ނެރެމުން އަންނަ ލެވަކޫސަންއަކީ މިހާރު ބަލިނުވެ އެންމެ ގިނަ މެޗު ކުޅެފައިވާ ޓީމެވެ. ކުރިން މި ރެކޯޑް އޮތީ ޕޯޗުގަލްގެ ބެންފީކާގެ އަތުގައެވެ. ބެންފީކާއިން ވަނީ […]

ފުލަމް ބަލިކޮށް ސިޓީ ތަށި ދިފާއުކުރުމާއި ގާތަށް
Sports

ފުލަމް ބަލިކޮށް ސިޓީ ތަށި ދިފާއުކުރުމާއި ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ފުލަމް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ލީގު ކާމިޔާބު ކުރުމާއި ދާދި ގާތަށް ސިޓީ ޖެހިލައިފިއެވެ. ރޭ ފުލަމްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. ފާއިތުވި ތިން ސީޒަންގައި ވެސް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައި ވަނީ ސިޓީންނެވެ. ފާއިތުވި އަށް ސީޒަނަށް ބެލިނަމަވެސް ލީގު ހޯދުމުގައި ސިޓީ އުޅެނީ އެހެން ޓީމްތަކަށްވުރެ މާ ބޮޑަށް ވެސް ކުރީގައެވެ. ފާއިތުވި […]

ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ފަށައިފި
Thiladhunmathi News

ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ފަށައިފި

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން އިންތިޒާމް ކޮށްގެން އިހަވަންދޫގައި ބާއްވާ، ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ފަށައިފިއެވެ. ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މި އަހަރު ބައިވެރިވެފައި ވަނީ 9 ޓީމެކެވެ. މިދިޔަ އަހަރު ވެސް މި މުބާރާތް ވަނީ ބާއްވާފައެވެ. މިދިޔަ އަހަރު މުބާރާތުގައި 10 ޓީމް ބައިވެރިވިއެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އިހަވަންދޫ ޔުނައިޓެޑް ޔޫތެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވި […]

ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާކަން އެމްބާޕޭ ޔަގީން ކޮށްދީފި
Sports

ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާކަން އެމްބާޕޭ ޔަގީން ކޮށްދީފި

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ ކިލިއަން އެމްބާޕޭ މި ސީޒަނަށް ފަހު އެ ޓީމް ދޫކޮށްލަން ނިންމާފައިވާކަން ފުރަތަމަ ފަހަރަށް މީޑިއާގައި އޭނާ ހާމަކޮށްފިއެވެ. އެމްބާޕޭ މިކަން ކަށަވަރު ކޮށްދީފައި ވަނީ ހުކުރު ދުވަހު ސޯސަލް މީޑިއާގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ. އެ ޕޯސްޓްގައި އޭނާ ބުނީ މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަން ޖެހޭވަގުތު ޖެހުމުން ވާހަކަ ދައްކާނެކަމަށް އަހަރެން އަބަދުވެސް މިއައީ ބުނަމުން ކަމަށާއި، މި ސީޒަނަކީ އޭނާ ޕީއެސްޖީއަށް ކުޅޭނެ […]

މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ: މެޓް
Raajje

މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ: މެޓް

މިހިނގާ މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެކަމުގައި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ހުޅަނގު މޫސުމުގެ އަސަރުތައް އާންމުކޮށް މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާ ތެރޭ ދެކުނުގެ އަތޮޅުތަކަށް ކުރާ ކަމަށެވެ. އަދި އޭގެ ފަހުން ހުޅަނގު މޫސުމުގެ އަސަރުތައް މެދު ރާއްޖެ ތެރެއަށް ފޯރައި މި މަސް ނިމޭއިރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށެވެ. އެ […]