ހެޔޮއެދޭ ފަރާތަކުން ގޮއިދޫގައި ބިނާކުރާ އައު މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ހެޔޮއެދޭ ފަރާތަކުން ށ.ގޮއިދޫގައި ބިނާކުރާ އައު މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. ގޮއިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ރަށު ކައުންސިލްގެ ރައީސް އިބްރާހީމް ޝާހިދުއެވެ. ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި އަދި ލައިބްރަރީ ހިމެނޭހެން އިމާރާތް ކުރާ މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދ...