Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
284 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

އިހަވަންދޫގައި ކުރިޔަށް ގެންދިޔަ އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ތަމްރީން ނިންމާލައިފި
Thiladhunmathi News

އިހަވަންދޫގައި ކުރިޔަށް ގެންދިޔަ އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ތަމްރީން ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ކުރިއަށް ގެންދިޔަ އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސްއާއި އިހަވަންދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ޖުމްލަ 12 ބައިވެރިންނާއިއެކު އިހަވަންދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހު 21 އިން 26 އަށެވެ. ‏މި ތަމްރީނު ޕްރޮގްރާމުގައި، މަހުން ތައްޔާރު...

ފޯރިގަދަ ފުނަދޫ ޔުނިޓީ ކަޕްގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކޮމަންޑޫ ސްޕޯޓްސް އަށް
Thiladhunmathi News

ފޯރިގަދަ ފުނަދޫ ޔުނިޓީ ކަޕްގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކޮމަންޑޫ ސްޕޯޓްސް އަށް

ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބޭއްވި “ޔުނިޓީ ކަޕް 2025” ވޮލީ މުބާރާތުގެ ޗެމްޕިއަންކަން، އެ އަތޮޅު ކޮމަންޑޫއަށް ނިސްބަތްވާ، ކޮމަންޑޫ ސްޕޯޓްސް އިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ފުނަދޫ ވޮލީ ކޯޓުގައި ކުޅެފައިވާއިރު ފައިނަލް މެޗުގައި ބައްދަލުކުރީ ކޮމަންޑޫ ސްޕޯޓްސްއާއި ޒޮލޭންއެވެ. މި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބު ކޮށްފައި ވަނީ ކޮމަންޑޫ ސްޕޯޓްސް އިންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ 30/28، 25/19، […]

ހަނިމާދޫގައި ޕާސްޕޯޓްގެ ހިދުމަތް ފެށުމަށް ސަރުކާރުން އެދުނު އިންތިޒާމްތައް ކައުންސިލުން ހަމަޖައްސައިދީފި
Thiladhunmathi News

ހަނިމާދޫގައި ޕާސްޕޯޓްގެ ހިދުމަތް ފެށުމަށް ސަރުކާރުން އެދުނު އިންތިޒާމްތައް ކައުންސިލުން ހަމަޖައްސައިދީފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ޕާސްޕޯޓުގެ ހިދުމަތާއި އައިޑީ ކާޑްގެ ހިދުމަތް ފެށުމަށް، ސަރުކާރުން އެ ރަށު ކައުންސިލުގައި އެދުނު އިންތިޒާމްތައް އެ ކައުންސިލުން ހަމަޖައްސައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހދ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހަނިމާދޫއަށް ވަޑައިގެން ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހަނިމާދޫގައި ޕާސްޕޯޓް ހެދުމުގެ ހިދުމަތާއި އައިޑީ ކާޑްގެ ހިދުމަތް ފެށުމަށްޓަކައި، އެކަން...

ހަތަރުވަނަ ޑިވިޝަންގެ ޓީމެއް އަތުން ބަލިވެ ކަރަބޯ ކަޕުން ޔުނައިޓެޑް ކަޓައިފި
Sports

ހަތަރުވަނަ ޑިވިޝަންގެ ޓީމެއް އަތުން ބަލިވެ ކަރަބޯ ކަޕުން ޔުނައިޓެޑް ކަޓައިފި

އިނގިރޭސި ފުޓްބޯޅައިގެ ހަތަރުވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ގްރިމްސްބީ ޓައުން އަތުން ބަލިވެ ކަރަބޯ ކަޕްގެ ދެވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިއެވެ. ރޭ ގްރިމްސްބީ ޓައުންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ގްރިމްސްބީ ޓައުން އިން ކުރި ހޯދީ 11-12 އިންނެވެ. މިއީ ލީގު ކަޕްގައި ޔުނައިޓެޑް ހަތަރު ވަނަ ޑިވިޝަނުގެ ޓީމެއް އަތުން ކެޓި […]

ޕެނަލްޓީގައި ޒިގްޒެގް ބަލިކޮށް ކަނޑިތީމް ފައިނަލަށް
Thiladhunmathi News

ޕެނަލްޓީގައި ޒިގްޒެގް ބަލިކޮށް ކަނޑިތީމް ފައިނަލަށް

ކުޅުދުއްފުށި ޗެމްޕިއަންޝިޕް ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި، ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖްގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައި ކަނޑިތީމުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކަނޑިތީމުން ކުރި ހޯދާފައި ވަނީ 7-6 ގެ ނަތީޖާއިންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި […]

ތަފާތު ބޮޑުކޮށް ވެސްޓްހޭމް ބަލިކޮށް ޗެލްސީން ފުރަތަމަ މޮޅު ހޯދައިފި
Sports

ތަފާތު ބޮޑުކޮށް ވެސްޓްހޭމް ބަލިކޮށް ޗެލްސީން ފުރަތަމަ މޮޅު ހޯދައިފި

އިނގިރޭސް ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީ ބައްދަލުކޮށްފައި ވަނީ ކްރިސްޓަލް ޕެލަސްއާއިއެވެ. އެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ރޭ ރަށުން ބޭރުގައި ބޮޑު މޮޅެއް ހޯދައި ޗެލްސީން މިވަނީ ފުރަތަމަ މޮޅު ހޯދާފައެވެ. ރޭ ޗެލްސީގެ ފުރަތަމަ އެގާރާހައި ކޯލް ޕާމާ ހިމެނި ނަމަވެސް، މެޗަށް ވާމްއަޕް ކުރަނިކޮށް އޭނާއަށް އަށް ވަނީ އަނިޔާވެފައެވެ. ވުމާއިއެކު ކޯޗު […]

ގައުމީ އިނާމުދިނުން އުތީމުގައި، މިއީ މާލެއިން ބޭރުގައި ގައުމީ އިނާމުދޭ ފުރަތަމަ ފަހަރު
Thiladhunmathi News

ގައުމީ އިނާމުދިނުން އުތީމުގައި، މިއީ މާލެއިން ބޭރުގައި ގައުމީ އިނާމުދޭ ފުރަތަމަ ފަހަރު

ސަރުކާރުން މި އަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ފާހަގަކޮށް، އެ ރަށުގައި ގައުމީ ޖަލްސާ ބާއްވައި އެ ޖަލްސާގައި ގައުމީ އިނާމު ދިނުމަށް ނިންމާފައިވާއިރު، މިއީ މާލެއިން ބޭރުގައި ގައުމީ އިނާމުދޭ ފުރަތަމަ ފަހަރެވެ. ޖެހިޖެހިގެން ދެ އަހަރު އުތީމުގައި ރަސްމީ ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާއިރު، ގައުމީ ދުވަހަށް އެ ރަށުގައި އަންނަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. ގައުމީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަ...

ހަނިމާދޫގައި ބޭއްވި ރައްޔިތު ބައްދަލުވުމަށް ދިޔައީ އެންމެ 3 މީހުން
Thiladhunmathi News

ހަނިމާދޫގައި ބޭއްވި ރައްޔިތު ބައްދަލުވުމަށް ދިޔައީ އެންމެ 3 މީހުން

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރުމަށް ރޭ ބޭއްވި، އާންމު ރައްޔިތު ބައްދަލުވުމަށް ހާޒިރުވެފައި ވަނީ އެންމެ 3 މީހުންނެވެ. 21 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 21:00 ގައި ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި، ރައްޔިތު ބައްދަލުވުން އޮންނާނެކަން އެ ކައުންސުލުން އިއުލާން ކޮށްފައި ވަނީ މި ހިނގާ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. އެ އިއުލާނުގައި ބުނެފައިވަނީ ރައްޔިތު ބައްދަލުވުމުގައި ހަނިމާދޫ ކައުންސިލަށް ލިބޭ އަމްދަނީ އިން ކުރާ […]

ފުޓްބޯޅައަށް 75 އަހަރު ފުރޭ މުނާސަބާއާއި ގުޅޭ ލޯގޯ ފަރުމާކުރަން ހުޅުވާލައިފި
Sports

ފުޓްބޯޅައަށް 75 އަހަރު ފުރޭ މުނާސަބާއާއި ގުޅޭ ލޯގޯ ފަރުމާކުރަން ހުޅުވާލައިފި

ދިވެހިރާއްޖޭގައި ފުޓްބޯޅަ ކުޅޭތާ 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި، އެ މުނާސަބަތު ފާހަގަ ކުރުމަށް އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތަކާއި، އެކިއެކި ހަރަކާތްތަކާއި ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ލޯގޯ އާއި ބްރޭންޑިންގެ ތައްޔާރު ކުރުމުގެ ފުރުސަތު ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. ފަރުމާކޮށް ހުށަހަޅަންޖެހޭ ބްރޭންޑް އައިޑެންޓިޓީގެ ތެރޭގައި ހިމެނެނީ ލޯގޯ، ކަލަޕެލެޓް، ޓައިޕޯގްރަފީ އަދި މިތަކެތި ބޭނުންކުރާ ގޮތުގެ ގަ...

ހަނިމާދޫގައި ބެހެއްޓި ފަންޑްފޮށިތަކުން ލިބުނު ފައިސާގެ އެހީ ފަލަސްތީނަށް ފޯރުކޮށްދީފި
Thiladhunmathi News

ހަނިމާދޫގައި ބެހެއްޓި ފަންޑްފޮށިތަކުން ލިބުނު ފައިސާގެ އެހީ ފަލަސްތީނަށް ފޯރުކޮށްދީފި

ފަލަސްތީނުގެ ގައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމް އަހުންނާއި އުހްތުންނަށް އެހީތެރިކަން ފޯރުކޮށްދުނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހަނިމާދޫ ކައުންސިލުން އެ ރަށުގައި ބެހެއްޓި ފަންޑް ފޮށިތަކުން ލިބިނު ފައިސާއިން އެހީތެރިކަން ފޯރުކޮށްދީފައެވެ. ހަނިމާދޫ ކައުންސިލުން އިސްނަގައިގެން މި ހަރަކާތް ހިންގާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ހަނިމާދޫގެ ބައެއް ތަންތަނުގައި ދެ ހަފްތާގެ މުއްދަތަށް ފަންޑްފޮށި ބަހައްޓައިގެން 88492.25 ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް ކައުންސިލުން މި ފައިސާ އިންޓަނޭޝަނަލް އެއިޑް...

ކުޅުދުއްފުށީ މަސްމާރުކޭޓްގައި ދެ އަހަރު ދުވަހު މަސްކަނޑުމުގެ ފުރުސަތު
Thiladhunmathi News

ކުޅުދުއްފުށީ މަސްމާރުކޭޓްގައި ދެ އަހަރު ދުވަހު މަސްކަނޑުމުގެ ފުރުސަތު

ހދ.ކުޅުދުއްފުށީ މަސްމާރުކޭޓުގައި ހުސްވެފައިވާ މަސްކެނޑުމުގެ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސްމާރުކޭޓުގައި މަސްކެނޑުމަށް ހާއްސަ ކޮށްފައިވާ 8 ޖާގާގައި ރަޖިސްޓަރީވެގެން މަސްކެނޑުމުގެ ހިދުމަތް ދެ އަހަރުގެ މުއްދަތަށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅުއްވާ ފަރާތްތަކުގެ އަދަދު 08 (އަށެއް) ވުރެން އިތުރުވެއްޖެނަމަ ފޯމް ހުށަހަޅުއްވ...

ތިލަދެކުނު ވޮލީ މުބާރާތް ފިރިހެން 8 ޓީމާއި އަންހެން 6 ޓީމާއިއެކު ގައުމީ ދުވަހު ފަށަނީ
Thiladhunmathi News

ތިލަދެކުނު ވޮލީ މުބާރާތް ފިރިހެން 8 ޓީމާއި އަންހެން 6 ޓީމާއިއެކު ގައުމީ ދުވަހު ފަށަނީ

ހދ.އަތޮޅުގެ ގިނަ ރަށްތަކަކުން ވާދަކުރާ “ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025” ގައުމީ ދުވަހު (24 އޮގަސްޓް) ނައިވާދޫގައި ފަށާނެއެވެ. ހދ.އަތޮޅު ކައުންސިލުން އިންތިޒާމްކުރާ މި މުބާރާތުގައި ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަން ހިމެނެއެވެ. ދެ މުބާރާތް ވެސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ނައިވާދޫގައެވެ. ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވާ 8 ޓީމް: ކްލަބް ކޮރަލްސް (ކުޅުދުއްފުށި) ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ (ހަނިމާދޫ) ކުމުންދޫ ސްޕޯޓްސް ކްލަބް (ކުމުންދޫ) ނޮޅިވަރަމް ޒުވާނުންގެ ގުޅުން (ނޮޅިވަރަމް) ނައިވ...

ކޮފްސީ ސިރަޕު ރާއްޖޭގައި މަނާކޮށްފި
Raajje

ކޮފްސީ ސިރަޕު ރާއްޖޭގައި މަނާކޮށްފި

ރޯގާއާއި ކެއްސުމަށް، އާއްމުގޮތެއްގައި ކުޑަކުދިންނަށް ދޭ ބޭހެއްކަމަށްވާ ކޮފްސީ ސިރަޕު ރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މަނާކޮށްފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ވިއްކާ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއްތޯ ކަށަވަރުކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެމަސައްކަތްތަކުގެތެރެއިން ބޭހުގެ މާކެޓް ސާވެއިލަންސް ކުރަނިކޮށް، ކޮފްސީ ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން މިއަދުން...

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދީފި
Thiladhunmathi News

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދީފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، އެކަމުގެ ނިންމުން ފާހަގަކޮށްފިއެވެ. މި ޕްރޮޖެކްޓް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފައި ވަނީ ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ދިވެހި ފުލުހުން އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެންނެވެ. މި ޕްރޮޖެކްޓްގެ ނިމުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާފަ...

އެމްބާޕޭގެ ލަނޑުން މޮޅުވެ ރެއާލުން ފެށުން ރަނގަޅުކޮށްފި
Sports

އެމްބާޕޭގެ ލަނޑުން މޮޅުވެ ރެއާލުން ފެށުން ރަނގަޅުކޮށްފި

ސްޕެނިޝް ލީގުގެ އައު ސީޒަނުގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ ރެއާލުގެ ދަނޑުގައި އޮސަސޫނާއާއި ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ރެއާލުން މި ސީޒަނަށް ތައްޔާރުވުމަށް ގެނައި ތިން ކުޅުންތެރިންނަށް ވެސް ރޭ މެޗުގައި ވަނީ ކުޅުމުގެ ފުރުސަތު ދީފައެވެ. އެގޮތުން ފުރަތަމަ އެގާރާގައި ހިމެނިގެން އާނޯލްޑާއި ކަރޭރާސް ވަނީ ކުޅެފައެވެ. އަދި ދެވަނަ […]