ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ މެޑިކަލް ކޭންޕެއް ދިއްދޫގައި މިއަދު ފަށައިފިއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި މެޑިކަލް ކޭމްޕުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ ޚާއްސަ މެޑިކަލް ޓީމެއް ބައިވެރިވެއެވެ.

Ad
rt

މި މެޑިކަލް ކޭމްޕުގައި ބަލިމީހުން ބެލުމަށް ޓްރީޓޮޕް ހޮސްޕިޓަލުގެ 7 ސްޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ބައިވެރިވާއިރު އޭގެތެރޭގައި ކަށީގެ ބަލިތަކާއި، ކަރުންމަތީގެ ބަލިތަކާއި ހިތުގެބަލިތަކުގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ހިމެނެއެވެ.

މި ކޭމްޕެއް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅުގެ ރައްޔިތުންނަށް އަތޮޅުގައި ތިބެގެން ޞިއްޙީ ފަރުވާލިބޭނެ ފަސޭހަ މަގެއް ތަނަވަސް ކޮށްދިނުމާއި ،ރައްޔިތުންނަށް ފަސޭހަކަމާއެކު ޚާއްޞަ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި ސްކްރީނިންގ ޚިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ބަލިމީހުންނަށް އެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

މި ކޭންޕުގައި ބަލިމީހުންނަށް ޚިދުމަތްދެއްވުމުގައި ޙަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި ހިމެނެނީ

ޑރ. މޫސާ މަނިކް އިބްރާހިމް - ހިތުގެ ބަލިތަކުގެ ކޮންސަލްޓަންޓް

ޑރ. މުހައްމަދު ހަބީބު - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް

ޑރ. އަލީ މުޒުނީ - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް

ޑރ. ރާޖޭޝް ވާލަންދް - ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް

ޑރ. ތެހްޒީބް ފާރުޤީ - ފުއްޕާމޭގެ ބަލިތަކުގެ ކޮންސަލްޓަންޓް

ޑރ. ޕްރީތީ ސޮލޮމޮން - އަންހެނުންގެ ޚާއްޞަ ބަލިތަކުގެ ކޮންސަލްޓަންޓް

ރީބާ މޭރީ ތޮމިޗިއަން -ކްލިނިކަލް ޑައެޓީޝަން

ހއ. އަތޮޅުގެ ރައްޔިތުންނަށް ބައިވެރިވެވޭގޮތަށް ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލި ފުރުޞަތުގައި ގިނަ ޢަދަދެއްގެ ބަލިމީހުން ވަނީ ނަންނޯޓް ކޮށްފައެވެ.

މިއީ، ހއ. އަތޮޅު ކައުންސިލުން ބާއްވާ މިފަދަ ދެވަނަ ކޭންޕެވެ. 2023 ވަނަ އަހަރު ވެސް ވަނީ މިފަދަ ކޭންޕެއް ކުރިއަށް ގެންދެވިފައެވެ.