މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ށ. އަތޮޅު ކައުންސިލުން މާލީ އެހީ ދިން ޖަމިއްޔާތަކުގެ މަސައްކަތާއެކު އުފާވެރިކަން
Thiladhunmathi News

ށ. އަތޮޅު ކައުންސިލުން މާލީ އެހީ ދިން ޖަމިއްޔާތަކުގެ މަސައްކަތާއެކު އުފާވެރިކަން

ށ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް، މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން އެ އަތޮޅު ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދިން ޖަމިއްޔާތަކުން ހިންގާ ޕްރޮޖެކްޓްތައް ނިމުމަކާއި ގާތައް އައިސްފައިވާކަމުގައި އެ ކައުންސިލުން ހާމަކޮށްފިއެވެ. އެ ކައުންސިލުން މި ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ތިން ޖަމިއްޔާއަކީ މާއުނގޫދޫ އެސޯސިއޭޝަން ފޯ އައިލެންޑް ޑިވެލ...

ހއ. އަތޮޅު މަދަރުސާގެ ޕީޓީއޭގެ މަސައްކަތު ދުވަހުން 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި
Thiladhunmathi News

ހއ. އަތޮޅު މަދަރުސާގެ ޕީޓީއޭގެ މަސައްކަތު ދުވަހުން 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ހއ. ހޯރަފުށީ ހުންނަ އެ އަތޮޅު މަދަރުސާގެ ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުން (ޕީޓީއޭ) ފަންޑަށް ފައިސާ ހޯދުމަށް ފާހަގަ ކުރެވުނު މަސައްކަތު ދުވަހު، އެ ފަންޑަށް ތިން ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އެ ސްކޫލުގެ ޕީޓީއޭ ފަންޑަށް ފައިސާ ހޯދުމަށް އެ ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން ގުޅިގެން ބޭއްވި މަސައްކަތު ދުވަހު ވަނީ، 301000.00 (ތިންލައްކަ އެއްހާސް) ރުފިޔާ ހޯދާފައެވެ. ކޮންމެ ގްރޭޑަކަށް ގްރޫޕެއް ހިމެނޭހެން ޖުމްލަ ބާރަ ގްރޫޕަކަށް ބަހާލައިގެން މަސައްކަތް […]

ބާރަށު ކައުންސިލް ޔުނިޓީ ކަޕް އަންހެން ބައިގެ ޗެމްޕިއަންކަން އޭލިއަންސް ކްއީންސް އަށް
Thiladhunmathi News

ބާރަށު ކައުންސިލް ޔުނިޓީ ކަޕް އަންހެން ބައިގެ ޗެމްޕިއަންކަން އޭލިއަންސް ކްއީންސް އަށް

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2022” ގެ އަންހެންބައިގެ ޗެމްޕިއަންކަން އޭލިއަންސް ކްއީންސް ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބާރަށު ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އޭލިއަންސް ކްއީންސްއާއި ވިއޯރާ ސްޕަރ ކްއީންސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އޭލިއަންސް ކްއީންސްއެވެ. މި މެޗުގެ […]

ފަސޭހަކަމާއިއެކު ކޮރެއާ ބަލިކޮށް ބްރެޒިލް ކުއާޓާއަށް
Sports

ފަސޭހަކަމާއިއެކު ކޮރެއާ ބަލިކޮށް ބްރެޒިލް ކުއާޓާއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ބްރެޒިލްއާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބްރެޒިލް ޖާގަ ހޯދައިފިއެވެ. ރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ބްރެޒިލް ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިފައެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ މޮޅަށް ކުޅެ ލަނޑުޖަހާނެ ގިނަ […]

ޕެނަލްޓީގައި ޖަޕާން ބަލިކޮށް ކްރޮއޭޝިއާ ކުއާޓާއަށް
Sports

ޕެނަލްޓީގައި ޖަޕާން ބަލިކޮށް ކްރޮއޭޝިއާ ކުއާޓާއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ކްރޮއޭޝިއާއާއި ޖަޕާން ބައްދަލުކުރި މެޗު ޕެނަލްޓީގައި ޖަޕާން ބަލިކޮށް ކްރޮއޭޝިއާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެހާފް ކުޅެ ނިމުނު އިރު ވެސް ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ވުމާއެކު މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކްރޮއޭޝިއާ މޮޅުވީ […]

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: މަޑުފެއްސާއި ބްލަޑް ބްރަދާސް މެޗަށް ހަމަހަމަ ނިމުމެއް
Thiladhunmathi News

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: މަޑުފެއްސާއި ބްލަޑް ބްރަދާސް މެޗަށް ހަމަހަމަ ނިމުމެއް

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މެޗުގައި ޓީމް މަޑުފެއްސާއި ބްލަޑް ބްރަދާސް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ. މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ޓީމް މަޑުފެއްސާއި ބްލަޑް ބްރަދާސް ބައްދަލު ކުރި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ ނަމްބަރު 12، ޚަލީލް ޖަމާލެވެ. މި މުބާރާތުގައި ޖުމްލަ ހަތަރު […]

އިންގްލެންޑް ކުއާޓާއަށް
Sports

އިންގްލެންޑް ކުއާޓާއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ސެނެގާލް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން އިންގްލެންޑް ޖާގަ ހޯދައިފިއެވެ. ރޭ ގަތަރުގެ އަލްބައިތު ސްޓޭޑިއަމްގައި ސެނެގާލްއާއި ދެކޮޅަށް ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މުބާރާތުގައި އިންގްލެންޑުން ދައްކަމުން އަންނަ މޮޅު ކުޅުން ރޭގެ މެޗުގައި ވެސް އެ ޓީމުން ވަނީ ތަކުރާރު ކޮށްފައެވެ. އަދި މެޗުގައި ގިނަ ފުރުޞަތުތަކެއް އެ ޓީމުން ވަނީ ހޯދާފައެވެ. މެޗުގެ ބާރަވަނަ […]

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ދެވަނަ މެޗު ކާމިޔާބުކުރީ ޓީމް މަޑުފެހި
Thiladhunmathi News

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ދެވަނަ މެޗު ކާމިޔާބުކުރީ ޓީމް މަޑުފެހި

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު މަޑުފެހި ޓީމުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ޓީމް މަޑުފެއްސާއި ސްޕަރ ސްޓާ ބައްދަލުކުރި މެޗު، މަޑުފެހި ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މަޑުފެހި ޓީމްގެ ޖޯޒީ ނަމްބަރު 19، މުޙައްމަދު އަހުސަމްއެވެ. މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. […]

ޗެމްޕިއަން ފްރާންސް ކުއާޓާއަށް، ފްރާންސަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ޖިރޫޑަށް
Sports

ޗެމްޕިއަން ފްރާންސް ކުއާޓާއަށް، ފްރާންސަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ޖިރޫޑަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ޕޮލެންޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފްރާންސުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ފްރާންސުންނެވެ. އެ ޓީމުން މެޗުގެ 13 ވަނަ މިނެޓުގައި ވަނީ ޕޮލެންޑްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ފްރާންސްގެ މިޑްފީލްޑަރު ޗޫމެނީ […]

ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްބޯޅަ މުބާރާތް ފަށައި، ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްބޯޅަ މުބާރާތް ފަށައި، ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ކުޅުންފަށައި، ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފުޓްބޯޅަ މުބާރާތުގެ ކުޅުން ރޭ ފޯކައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބްލަޑް ބްރަދާސްއާއި ޔަންގް ވިނާސް ރިކްރިއޭޝަން ކްލަބެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބްލަޑް ބްރަދާސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ […]

ބާރަށު ކައުންސިލް ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޭލިއަންސް ސްޕޯޓްސްއަށް
Sports

ބާރަށު ކައުންސިލް ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޭލިއަންސް ސްޕޯޓްސްއަށް

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2022” ގެ ޗެމްޕިއަންކަން އޭލިއަންސް ސްޕޯޓްސްއިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހުކުރު ދުވަހުގެ ރޭ ބާރަށު ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އޭލިއަންސް ސްޕޯޓްސްއާއި ވިއޯރާ ސިޓީއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 7-7 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީން 11-10 […]

އިމަގު ޖަމިއްޔާގެ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

އިމަގު ޖަމިއްޔާގެ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ އިހަވަނަދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ “ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތް 2023” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ އިމަގު ޖަމިއްޔާއިން އިސްނަގައިގެން އިހަވަންދޫ ޕޮލިސްޓޭޝަނާއި ގުޅިގެން، އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އިހަވަންދޫގައި ދިރިއުޅޭ ޒުވާނުން ފުޓްބޯޅައަށް އޮންނަ ޝައުގުވެރިކަން އިތުރު...

އޮސްޓްރޭލިއާ ބަލިކޮށް އާޖެންޓީނާ ކުއާޓާއަށް
Sports

އޮސްޓްރޭލިއާ ބަލިކޮށް އާޖެންޓީނާ ކުއާޓާއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާއާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ވެސް ފެނިގެންދިޔައީ ލިބޭ ބޯޅަ ހިފަހައްޓައިގެން ގޭމް ޑޮމިނޭޓް ކުރަން މަސައްކަތް ކުރި ތަނެވެ. މިގޮތުން ފުރަތަމަ ހާފުގެ ބޮޑުބައި ކުޅެވުނު އިރު […]

"އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި
Thiladhunmathi News

"އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިރޭ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ. މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީ...

އެމެރިކާ ބަލިކޮށް ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ނެދަލެންޑްސްއަށް
Sports

އެމެރިކާ ބަލިކޮށް ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ނެދަލެންޑްސްއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އެމެރިކާ ބަލިކޮށް ނެދަލެންޑްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު ނެދަލެންޑްސް ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނެދަލެންޑްސް އިން ކުޅުނު ނަމަވެސް، މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތު ލިބިފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި އެމެރިކާގެ ޕުލިސިޗަށް ވަނީ ނެދަލެންޑްސްގެ […]