މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

އިހަވަންދޫ ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފި
Thiladhunmathi News

އިހަވަންދޫ ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކުލަބް ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. 125 ބައިވެރިންނާއިއެކު މި މުބާރާތް ފަށާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރެއެވެ. މި މުބާތުގެ ކިޔެވުން އިހަވަންދޫ މަދަރުސާގައި ކުރިއަށް ގެންގޮސްފައިވާއިރު، މި މުބާރާތުގެ ކިޔެވުން ނިންމާލާފައި ވަނީ އިއްޔެއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން ކުރިއަށް މި އޮތް ހަފްތާތެރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ އެއްވަނައަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް […]

ބަޔާން ކަޓުވާލައި މެންޗެސްޓާ ސިޓީ ސެމީއަށް
Sports

ބަޔާން ކަޓުވާލައި މެންޗެސްޓާ ސިޓީ ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބަޔާން މިއުނިކް ކަޓުވާލުމަށްފަހު މެންޗެސްޓާ ސިޓީ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ފާއިތުވި ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ކުޅެފައި ވަނީ ސިޓީގެ ދަނޑުގައެވެ. އެ މެޗު ސިޓީން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއިންނެވެ. ރޭ ދެވަނަ ލެގުގެ މެޗު ބަޔާންގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. ސިޓީއަށް ސެމީގެ ޖާގަ […]

މިފަހަރު ދޫކުރާނީ 2500 އަކަފޫޓުގެ 200 ގެވަޅު: ހަނިމާދޫ ކައުންސިލް
Thiladhunmathi News

މިފަހަރު ދޫކުރާނީ 2500 އަކަފޫޓުގެ 200 ގެވަޅު: ހަނިމާދޫ ކައުންސިލް

ހދ.ހަނިމާދޫން 2500 އަކަފޫޓުގެ 200 ގެވަޅު ދޫކުރުމަށް އެ ރަށު ކައުންސިލުން މިއަދު ނިންމައިފިއެވެ. ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 88 ވަނަ އާންމު ޖަލްސާގައި މިއަދު ނިންމާފައި ވަނީ ލޭންޑް ޔޫސް ޕްލޭނުގައި ހަނިމާދޫން ގެވަޅު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން 2500 އަކަފޫޓުގެ 200 ގެވަޅު އެ ރަށުގައި މީހުން ދިރިއުޅުމަށް ދޫކުރުމަށެވެ. ހަނިމާދޫން މީހުން ދިރިއުޅުމަށް ގެވަޅު ދޫނުކުރާތާ ބާރަ އަހަރަށް ފަހު މިހާރު އޮތް ކައުންސިލުން ވަނީ މި އަހަރުގެ ޖަނަވަރީ މަސް ތެރޭ […]

ހިލާލް އަތުން ބަލިވެ ރޮނާލްޑޯގެ އަލް ނަސްރަށް ލީގު ހޯދުމަށް ހުރަސްތަކެއް
Sports

ހިލާލް އަތުން ބަލިވެ ރޮނާލްޑޯގެ އަލް ނަސްރަށް ލީގު ހޯދުމަށް ހުރަސްތަކެއް

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރާއި އަލް ހިލާލް ބައްދަލުކުރި މެޗު ހިލާލުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ހިލާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިއީ ނަސްރުގެ ކޯޗްގެ މަގާމުގައި ހުރި ރޫޑީ ގާސިއާ އެ މަގާމުން ވަކިކުރި ފަހުން ނަސްރުން ކުޅުނު ފުރަތަމަ މެޗެވެ. ބައެއް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގާސިއާ ނަސްރުގެ ކޯޗްކަމުން ވަކިކޮށްފައި ވަނީ ރޮނާލްޑޯއާއި […]

އަހަރުތަކަކަށް ފަހު މިލާން ޗެމްޕިއަންސް ލީގުގެ ސެމީއަށް
Sports

އަހަރުތަކަކަށް ފަހު މިލާން ޗެމްޕިއަންސް ލީގުގެ ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމްތަކުގެ ތެރޭގައި ހިމެނޭ އިޓަލީގެ އޭސީ މިލާން ގިނަ އަހަރުތަކަކަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި މިލާން ބައްދަލު ކޮށްފައި ވަނީ ނަޕޯލީއާއެވެ. މި ދެ ޓީމް ބައްދަލުކުރި ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ މިލާންގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މިލާނުންނެވެ. ދެވަނަ […]

ޗެލްސީ ކަޓުވާލައި ރެއާލް ސެމީއަށް
Sports

ޗެލްސީ ކަޓުވާލައި ރެއާލް ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޗެލްސީ ކައުޓާވާލައި، ސެމީ ފައިނަލުން ޗެމްޕިއަން ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ބައްދަލުކުރި ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ކުޅެފައި ވަނީ ރެއާލްގެ ދަނޑުގައެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރެއާލުންނެވެ. ރޭ ދެވަނަ ލެގުގެ މެޗު ޗެލްސީގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ވެސް ރެއާލުން ވަނީ 2-0 ގެ ނަތީޖާއިން […]

ލީޑްސް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް
Sports

ލީޑްސް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުޅި މެޗު ކޮންޓްރޯލްކޮށް ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކޯޑީ ގަކްޕޯއެވެ. ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން […]

ހަނިމާދޫން އަނެއްކާ ވެސް ގެވަޅުދޫކުރަނީ
Thiladhunmathi News

ހަނިމާދޫން އަނެއްކާ ވެސް ގެވަޅުދޫކުރަނީ

ހދ. ހަނިމާދޫން ގެވަޅު ދޫކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް، ކުރިއަށް އޮތް އެ ކައުންސިލުގެ އާންމު ބައްދަލުވުމަށް އެޖެންޑާ ކޮށްފިއެވެ. ލޭންޑް ޔޫސް ޕްލޭނުގައި ހަނިމާދޫއިން ގެވަޅު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ދޫކުރެވެން ހުރި މިންވަރަށް ގެވަޅު ދޫކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް، މި މަހު 19 ވަނަ ދުވަހު އޮންނަ އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 88 ވަނަ އާންމު ބައްދަލުވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. ހަނިމާދޫއިން މީހުން ދިރިއުޅުމަށް ގެވަޅު ދޫނުކުރާތާ […]

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމްޢިއްޔާ ޖަމާޢަތްތަށެވެ. މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މިޓީން މި މަހުގެ 19 ވަނަ ދުވަހު...

ގެޓާފޭ އަތުން ބާސާއަށް ޕޮއިންޓެއް
Sports

ގެޓާފޭ އަތުން ބާސާއަށް ޕޮއިންޓެއް

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ގެޓާފޭ ބައްދުލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ގެޓާފޭގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. މި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި 13 ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު ބާސާއަށް އޮތެވެ. ނަމަވެސް ރޭ މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު މިވަގުތު ބާސާ އޮތީ ދެވަނާގައި އޮތް ރެއާލް މެޑްރިޑަށްވުރެ 11 ޕޮއިންޓް އިތުރަށް ހޯދައިގެން ތާވަލުގެ އެއްވަނާގައެވެ. ބާސާއަށް 29 […]

ފޮރެސްޓް އަތުން މޮޅުވެ ޔުނައިޓެޑް ތިންވަނައަށް
Sports

ފޮރެސްޓް އަތުން މޮޅުވެ ޔުނައިޓެޑް ތިންވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޔުނައިޓެޑް ޖެހިލައިފިއެވެ. މިރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ޔުނައިޓެޑަށް އަނިޔާގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާއިރު މިރޭ ގިނަ ބަދަލުތަކަކާއިއެކު ނިކުމެ ހޯދި މޮޅަކީ މި ހަފްތާގައި ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ސެވިއްޔާ ދަނޑުގައި އެ ޓީމާއި ދެކޮޅަށް ނުކުންނަ […]

ވެސްޓް ހޭމްއާއި އެއްވަރުވެ އާސެނަލް ޕްރެޝަރަށް
Sports

ވެސްޓް ހޭމްއާއި އެއްވަރުވެ އާސެނަލް ޕްރެޝަރަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާއި ވެސްޓް ހޭމް މިރޭ ބައްދަލުކުރި މެޗު އެއްވަރުވެ ދެ ޕޮއިންޓް ގެއްލި އާސެނަލް ޕްރެޝަރަށް ވެއްޓިއްޖެއެވެ. މިރޭ ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތް އާސެނަލްގެ އަތުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި މި ވަނީ ހަތަރު ޕޮއިންޓް ގެއްލިފައެވެ. މިދިޔަ ހަފްތާގައި އާސެނަލްއާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި އާސެނަލުން […]

ކަޑިޒް އަތުން ރެއާލަށް މޮޅެއް
Sports

ކަޑިޒް އަތުން ރެއާލަށް މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި ކަޑިޒް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ކަޑިޒްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި ހަފްތާ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޗެލްސީގެ ދަނޑުގައި ޗެލްސީއާއި ދެކޮޅަށް ރެއާލް ނުކުންނަންޖެހޭތީ، ކޯޗް އެންޗެލޯޓީ ވަނީ ރޭ މެޗުގައި އެ ޓީމްގެ ފުރަތަމަ އެގާރާގައި ހިމެނިގެން އާންމުކޮން ކުޅެމުން އަންނަ ބައެއް […]

ބްރައިޓަން އިން ފަހަތުން އަރާ ޗެލްސީ ބަލިކޮށްފި
Sports

ބްރައިޓަން އިން ފަހަތުން އަރާ ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ބްރައިޓަން ބައްދަލުކުރި މެޗުގައި ޗެލްސީން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުންއަރައި ދެ ލަނޑު ޖަހައި، ބްރައިޓަން އިން ޗެލްސީގެ މައްޗަށް ކުރި ހޯދައިފިއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި މިރޭ ބްރައިޓަންއާއި ދެކޮޅަށް ނުކުތްއިރު، ޗެލްސީއަށް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް މޮޅުވެވިފައި ނުވެއެވެ. ފަސްމެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވިއިރު އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެއްވަރުވީ މި މަހު ފަސްވަނަ ދުވަހުގެ ރޭ ލިވަޕޫލާއި ދެކޮޅަށް […]

ހަނިމާދޫ ކެތިއަރާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ހަނިމާދޫ ކެތިއަރާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ކެތިއަރާ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރު މުބާރާތުގައި ދެ ޖިންސްގެ ޓީމްތަކަށް ވެސް ބައިވެރިވެވޭނެއެވެ. ކަނބަލުންގެ މަސްރޭސް ޢީދު ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ފިރިހެނުންގެ މަސް ރޭސް އޮންނާނީ ވަޅު އީދު ދުވަހުއެވެ. މި މުބާރާތުގައި ޒަމާނީ އާލާތްތައް ނުވަތަ ސްޕޯޓްސް ފިޝިންގެ އާ...