މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ފިނޭގައި ބާއްވާ މޭކަޕް ކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ފިނޭގައި ބާއްވާ މޭކަޕް ކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މޭކަޕްކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ނިންމާފައި ވަނީ މި ހިނގާ މެއި މަހުގެ ތެރޭގައެވެ. މި ކޯހުގައި ކޮންމެ ބައިވެރިއެއްގެ އަތުން 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައިވާއިރު، ކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ އެންމެ މަދުވެގެން ދިހަ ބައިވެރިން ހަމަވާ ނަމައެވެ....

އިތުރު ވަގުތުގެ ތެރޭ ލަނޑުޖަހައި ބްރައިޓަން އިން ޔުނައިޓެޑް ބަލިކޮށްފި
Sports

އިތުރު ވަގުތުގެ ތެރޭ ލަނޑުޖަހައި ބްރައިޓަން އިން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަންއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް 1-0 ގެ ނަތީޖާއިން ބްރައިޓަން މޮޅުވެއްޖެއެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބްރައިޓަން އަށް މެޗުގެ އިތުރު ވަގުތުގެ ތެރޭ ޕެނަލްޓީ ލިބިފައިވަނީ ބްރައިޓަން އިން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭ ޔުނައިޓެޑްގެ ޑިފެންޑަރ ލުކާ ޝޯގެ […]

33 އަހަރު ފަހުން ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކޮށްފި
Sports

33 އަހަރު ފަހުން ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކޮށްފި

އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި އުދިނޭޒީ ބައްދަލުކުރި މެޗުން ހޯދި ޕޮއިންޓާއިއެކު ނަޕޯލީން 33 އަހަރަށް ފަހު ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ. ނަޕޯލީން ލީގުގެ ޗެމްޕިއަނަކަން ކަށަވަރު ކޮށްފައި މިވަނީ ލީގުގައި ބާކީ ފަސް މެޗު އޮއްވައެވެ. މީގެ ކުރިން ނަޕޯލީން ދެ ފަހަރެއްގެ މަތީން ލީގު ކާމިޔާބު ކޮށްފައިވެއެވެ. އެއީ 1987 އަދި 1990 ގައެވެ. އެއީ އެ ޓީމުން ބަތަލެއްގެ މަޤާމް ދީފައިވާ އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުލުންތެރިޔާ […]

މަސްތުވާތަކެތީގެ ނެޓްވޯކް ބޮޑުވާތީ ނޮޅިވަރަމަށް ނުތަނަވަސްކަން
Thiladhunmathi News

މަސްތުވާތަކެތީގެ ނެޓްވޯކް ބޮޑުވާތީ ނޮޅިވަރަމަށް ނުތަނަވަސްކަން

ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ނޮޅިވަރަމުން 28 އަހަރުގެ އަންހެނަކު މަރާލާފައި އޮވާފެނުނެވެ. އެ މަރަށް ތުހުމަތުކުރެވި އޭނާގެ ފިރިމީހާ ހައްޔަރު ކުރެވުނެވެ. އެއީ މަސްތުވާތަކެތީގެ ދިގު މާޒީއެއް އޮތް މީހެކެވެ. މި އަހަރުތެރޭ ނޮޅިވަރަމް ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކުރިއެވެ. އެ މައްސަލާގައި އޭނާ ވަޒީފާއިން ވަކިކުރިއެވެ. މި ހަފްތާތެރޭ ނޮޅިވަރަމު ބަނދަރުން އެ ރަށު ސްކޫލްގެ އިސްލާމް ޓީޗަރު މަސްތުވާތަކެއްޗާއި އެކު ފުލުން ވަނީ ހައްޔަރު ކޮށްފައެވެ. މި ކަންކަމުން [...

އޮސަސޫނާ ބަލިކޮށް ބާސާއިން ލީގު ކާމިޔާބު ކުރުމާއި ގާތަށް
Sports

އޮސަސޫނާ ބަލިކޮށް ބާސާއިން ލީގު ކާމިޔާބު ކުރުމާއި ގާތަށް

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލީގުގެ ޗެމްޕިއަންކަން ހޯދުމާއި ފިޔަވަޅަކަށް ގާތަށް ބާސާ ޖެހިލައިފިއެވެ. ރޭ މެޗުގެ ބޮޑުބައި ދިހަ ކުޅުންތެރިނަނާއިއެކު ކުޅުނު އޮސަސޫނާގެ މައްޗަށް ބާސާއިން ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ރެއާލް މެޑްރިޑް ރޭ ވަނީ ރެއާލް ސޮސިއެޑާޑް އަތުން 2-0 ގެ ނަތީޖާއިން ބަލިވެފައެވެ. މި ނަތީޖާތަކާއިއެކު މިވަގުތު ބާސާ އެއްވަނާގައި އޮތީ ކުޅުނު 33 މެޗުން ލިބުނު 82 […]

ކޭވައިއެސް ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ އެއްވަނަ އަޝްފާ އަށް
Thiladhunmathi News

ކޭވައިއެސް ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ އެއްވަނަ އަޝްފާ އަށް

ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ރަންތަރި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތް އަޝްފާ އަސްލަމް ކާމިޔާބު ކޮށްފިއެވެ. ފާއިތުވި ރަމަޟާން މަހު ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ “ކުމުންދޫ ޔޫތު ސްޕޯޓްސް ރަންތަރި ޤުރުއާން މުބާރާތް 1444” އާއި “ކުމުންދޫ ޔޫތު ސްޕޯޓްސް މަދަހަ މުބާރާތް 1444” ނަތީޖާ ފާޅުކުރުމުގެ ޖަލްސާ މި ހަފްތާ ހޯމަ ދުވަހުގެ ހަވީރު ވަނީ ބާއްވާފައެވެ. އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައި […]

އިތުރަށް މެޗް ކުޅެގެން އާސެނަލް އެއްވަނައަށް
Sports

އިތުރަށް މެޗް ކުޅެގެން އާސެނަލް އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި އާސެނަލުން ވަނީ 3-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. މިއީ އާސެނަލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމް މޮޅުވި ފުރަތަމަ މެޗެވެ. މި މެޗުން މޮޅުވުމާއިއެކު ދެވަނާގައި އޮތް ސިޓީއަށްވުރެ ދެ މެޗު އިތުރަށް ކުޅެ އާސެނަލުން ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް […]

ދިއްދޫ އިންޓަ އޮފީސް ހަތަރުވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅުވާލައިފި
Thiladhunmathi News

ދިއްދޫ އިންޓަ އޮފީސް ހަތަރުވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅުވާލައިފި

ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “ދިއްދޫ އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ. މި މުބާރާތުގައި ކޮންމެ އޮފީހަކުން ވެސް ބައިވެރި ކުރެވޭނީ އެއް ޓީމެވެ. ނަމަވެސް ގިނަ އޮފީސްތަކެއް އެކުވެގެން ޓީމް އެކުލަވާލުމުގެ […...

ފުރުޞަތުގެ ބޭނުން ހިފާ ބަޔާން އެއްވަނައަށް
Sports

ފުރުޞަތުގެ ބޭނުން ހިފާ ބަޔާން އެއްވަނައަށް

ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބްރޫޝިއާ ޑޯޓްމަންޑް ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އެއްވަރުވުމުން އޭގެ ފައިދާނަގައި ރޭ މެޗު ކާމިޔާބުކޮށް ބަޔާނުން ޑޯޓްމަންޑް ފަހަތަށް ޖައްސާލައި ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ ބަޔާން ވަނީ 2-0 ގެ ނަތީޖާއިން ހާތާ ބާލިން ބަލިކޮށްފައެވެ. ހޮނިހިރު ދުވަހުގެ ރޭ ޑޯޓްމަންޑާއި ބޯކުމް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އެ މެޗުން […]

ސިޓީ އެއްވަނައަށް
Sports

ސިޓީ އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމްއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ސިޓީ ޖެހިލައިފިއެވެ. މިރޭ ފުލަމްގެ ދަނޑުގައި ސިޓީން ވަނީ 2-1 ގެ ނަތީޖާއިން ފުލަމް ބަލިކޮށްފައެވެ. މި މެޗުން މޮޅުވުމާއިއެކު ސިޓީއަށް ވަނީ ތާވަލުގެ އެއްވަނާގައި އާސެނަލްއަށް ވުރެ އެއް މެޗު މަދުން ކުޅެ އެއް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. މިވަގުތު ސިޓީ އެއްވަނާގައި އޮތީ 32 މެޗުން ލިބުނު 76 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް އާސެނަލަށް […]

މަސްތުވާ ތަކެއްޗާއިއެކު ނޮޅިވަރަމުން މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

މަސްތުވާ ތަކެއްޗާއިއެކު ނޮޅިވަރަމުން މީހަކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަމުން މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރު ކޮށްފިއެވެ. މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި ހަޔަރު ކޮށްފައި ވަނީ ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށިން ނޮޅިވަރަމަށް އައިވަގުތު ފުލުހުން އެ ރަށު ބަނދަރުމަތިން އޭނާ ބަލައި ފާސްކުރުމުގެ ތެރޭ މަސްތުވާތަކެތިކަމަށް ސައްކުކުރެވޭ އެއްޗެހި އަޅާފައިވާ ރަބަރު ޕެކެޓްތަކެއް އޭނާ އަތުން ފެނުމާއި ގުޅިގެންނެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނޮޅިވަރަމް ސްކޫލުގައ...

ޑޯޓްމަންޑަށް އެއްވަނަ ގެއްލުމުގެ ބިރާ ކުރިމަތިވެއްޖެ
Sports

ޑޯޓްމަންޑަށް އެއްވަނަ ގެއްލުމުގެ ބިރާ ކުރިމަތިވެއްޖެ

ޖަރުމަނު ލީގުގައި ރޭ ބޯކުމްއާއި ބްރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު އެއްވަރުވުމުން ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި ޑޯޓްމަންޑް ކުރިމަތިލާން ޖެހިއްޖެއެވެ. ރޭ ބޯކުމްގެ ދަނޑުގައި ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ޑޯޓްމަންޑް އޮތީ އެއް މެޗު އިތުރަށް ކުޅެ ދެވަނާގައި އޮތް ބަޔާން މިއުނިކަށް ވުރެ ދެ ޕޮއިންޓް އިތުރަށް […]

ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސްހިބަރެއް ބާނައިފި
Thiladhunmathi News

ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސްހިބަރެއް ބާނައިފި

ށ. ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސް ހިބަރެއް ބާނައިފިއެވެ. ފުނަދޫ ހުވަނދު، ހުސައިން ވަހީދު ބޭނި މި މަސްހިބަރުގެ ބަރިދަނިގައި 308 ކިލޯ އަދި ދިގުމިނުގައި 12 ފޫޓް 7 އިންޗި ހުއްޓެވެ. މިއީ މިހާތަނަށް ފުނަދޫއަށް ބޭނި އެންމެ ބޮޑު މަސްހިބަރެވެ. އޭނާ މި ހިބަރު ބާނާފައި ވަނީ އިއްޔެ މެންދުރުފަހު ފުނަދޫ އިރުން 11 މޭލު ބޭރުންނެވެ. މި ހިބަރު އެ ރަށަށް ގެނެސްފައި ވަނީ ދޯންޏަށް ތުންގަނޑުން ބައެއް ނަގައި އައްސައި […]

ޓޮޓެންހަމްއާއި ޔުނައިޓެޑް އެއްވަރުވުމުގެ ފައިދާ ނިއުކާސަލަށް
Sports

ޓޮޓެންހަމްއާއި ޔުނައިޓެޑް އެއްވަރުވުމުގެ ފައިދާ ނިއުކާސަލަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ކުޅުނު މެޗު އެއްވަރުވުމުން، ގަދަ ހަތަރެއްގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ނިއުކާސަލަށް އޭގެ ފައިދާ ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމުން ވަނީ ފުރަތަމަ ހާފުގައި އެ ޓީމް ކޮޅަށް ޔުނައިޓެޑުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. […]

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ އަޟްހާ އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 04 މެއ...