މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ބާރަ އަހަރު ކުޅުމަށް ފަހު ޑެހެއާ ޔުނައިޓެޑް ދޫކޮށްލަން ނިންމައިފި
Sports

ބާރަ އަހަރު ކުޅުމަށް ފަހު ޑެހެއާ ޔުނައިޓެޑް ދޫކޮށްލަން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލްކީޕަރ ޑޭވިޑް ޑެހެއާ ބާރަ އަހަރު އެ ޓީމަށް ކުޅުމަށްފަހު، އެ ޓީމް ދޫކޮށްލަން ނިންމާފައިވާކަން އޭނާ ހާމަކޮށްފިއެވެ. އުމުރުން 32 އަހަރުގެ ޑެހެއާ ޔުނައިޓެޑް ދޫކޮށްލަން ނިންމާފައިވާކަން ހާމަކުރީ ހޮނިހިރު ދުވަހުގެ ރޭ ސޯސަލް މީޑިއާ މެދުވެރިކޮށެވެ. އޭނާބުނީ ޔުނައިޓަޑްގައި ހޭދަކުރި ދުވަސްތަކުގެ މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. އެކަމަކު، މިއީ ކެރިއަރުގައި “އާ ޗެލެންޖަކާ ކުރިމަތިލާން” ވީ ވަގުތު ކަމަށެވެ. ޑެހެއާ ޔުނައިޓެޑާއިއެކު ހަދާފައިވާ...

ހިރިމަރަދޫ ޑޮމިނޭޓާސްގެ ފުޓްސަލް މުބާރާތާއި ފައިގަތަޅާ ފޯރި ފަށައިފި
Thiladhunmathi News

ހިރިމަރަދޫ ޑޮމިނޭޓާސްގެ ފުޓްސަލް މުބާރާތާއި ފައިގަތަޅާ ފޯރި ފަށައިފި

ހދ. ހިރިމަރަދޫ ކުލަބް ޑޮމިނޭޓާސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، އެ ކުލަބުގެ ފުޓްސަލް މުބާރާތާއި ފައިގަތަޅާ މުބާރާތް ފަށައިފިއެވެ. ފިރިހެނުންނަށް ހާއްސަ ކޮށްގެން “ޑޮމިނޭޓާސް ފުޓްސަލް ކަޕް 2023” ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް ފަށާފައިވަނީ ރޭގައެވެ. ރޭ މި މުބާރާތުގެ ދެ މެޗު ކުޅުނެވެ. ފުރަތަމަ މެޗުގައި ރޭ 20:30 ގައި ބައްދަލުކުރީ އެފްސީ ޓައިޓަންސްއާއި އެމްޑަބްލިއުއެސްސީއެވެ. މި މެޗު 11-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޓައިޓަންސްއެވެ. […]

އާސެނަލް ދޫކޮށް ޝަކާ ލެވަކޫސަން އަށް
Sports

އާސެނަލް ދޫކޮށް ޝަކާ ލެވަކޫސަން އަށް

ސްވިޒަލެންޑާއި އާސެނަލްގެ ވެސް ކެޕްޓަންކަން ކުރަމުން އަންނަ ގްރޭނިޓް ޝަކާ، އާސެނަލް ދޫކޮށް ޖަރުމަނު ލީގުގެ ބަޔާން ލެވަކޫސަންއާއި ގުޅިއްޖެއެވެ. އުމުރުން 30 އަހަރުގެ ޝަކާ އާސެނަލާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި އޭނާ މިވަނީ އާސެނަލް ދޫކޮށް 25 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގެ ދަށުން ފަސް އަހަރުގެ އެއްބަސްވުމެއްގައި ލެވަކޫސަންއަށް ސޮއި ކޮށްފައެވެ. ޝަކާ އާސެނަލާއި ގުޅިފައި ވަނީ ޖަރުމަނުގެ ބްރޫޝިއާ މޮންޗެންގްލެޑްބަކްގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު 2016 ވަނަ […]

ހަނިމާދޫން ޓޫރިޒަމް ވިޔަފާރިއަށް 40 އަހަރަށް ބިން ކުއްޔަށް ދޫކުރަނީ
Thiladhunmathi News

ހަނިމާދޫން ޓޫރިޒަމް ވިޔަފާރިއަށް 40 އަހަރަށް ބިން ކުއްޔަށް ދޫކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން، ޓޫރިޒަމް ވިޔަފާރި ކުރުމަށް 40 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ ރަށުގެ ޓޫރިޒަމް ޒޯނުން، ޓޫރިޒަމް ވިޔަފާރި ކުރުމަށް 10000 (ދިހަހާސް އަކަފޫޓް) ގެ 4 ބިން 40 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށާއި، އަދި 5000 (ފަސްހާސް […]

ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން "ތުރުކީ މެސީ" ރެއާލަށް
Sports

ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން "ތުރުކީ މެސީ" ރެއާލަށް

“ތުރުކީ މެސީ” ގެ ނަމުން މަޝްހޫރުކަން ހޯދަމުން އަންނަ، ތުރުކީގެ ޒުވާން މިޑްފީލްޑަރ އާރްދާ ގުލާ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅިއްޖެއެވެ. ތުރުކީ ލީގުގެ ފެނަބާޗޭއަށް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ ގުލާ ރެއާލާއި ގުޅިފައިވަނީ 20 މިލިއަން ޔޫރޯ (22 މިލިއަން ޑޮލަރު)ގެ އަގަކަށެވެ. ގުލާ ވަނީ ނިމިދިޔަ ސީޒަންގައި ފެނަބާޗޭގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް ހަތަރު ލަނޑު ޖަހައިދީ ހަތަރު ލަނޑު ޖަހަން […]

އެއްބަސްވުން އައުކުރުން ނޫން ގޮތެއް އެމްބާޕޭއަކަށް ނެތް
Sports

އެއްބަސްވުން އައުކުރުން ނޫން ގޮތެއް އެމްބާޕޭއަކަށް ނެތް

ކުރިއަށް އޮތް ސީޒަންގައި އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ބޭނުންނަމަ، އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކުރުން ނޫންގޮތެއް ނޯންނާނެ ކަމުގައި އެ ކުލަބުގެ ރައީސް ނަސީރު އަލް ޚެލައިފީ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ އެ ޓީމްގެ ކޯޗުކަމާއި ދާދި ފަހުން ހަވާލުވި ސްޕެއިންގެ ލުއިސް އެންރީކޭ، ތައާރަފް ކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައެވެ. އުމުރުން 24 އަހަރުގެ ފްރާންސް ކެޕްޓަން އެމްބާޕޭއާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް އަލް ޚެލައިފީ ބުނީ އެމްބާޕޭ ޓީމްގައި […]

ޕީއެސްޖީގެ ކޯޗަކަށް އެންރީކޭ ހަމަޖައްސައިފި
Sports

ޕީއެސްޖީގެ ކޯޗަކަށް އެންރީކޭ ހަމަޖައްސައިފި

ކުރިން ބާސެލޯނާއަށާއި ސްޕެއިންގެ ގައުމީ ޓީމަށް އިރުޝާދުދިން ލުއިސް އެންރީކޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗަކަށް ހަމަޖައްސައިފިއެވެ. އުމުރުން 53 އަހަރުގެ އެންރީކޭ ޕީއެސްޖީގެ ކޯޗުކަމަށް ހަމަޖައްސާފައި މިވަނީ މިދިޔަ ސީޒަންގައި ޕީއެސްޖީއަށް ފްރާންސް ލީގު ކާމިޔާބު ކޮށްދިން ކްރިސްޓޮފަރ ގަލްޓިއާ ސީޒަން ނިމުމާއިއެކު އެ ޓީމްގެ ކޯޗުކަމުން ވަކިކުރުމުން އެ މަގާމު ހުސްވެފައި ވަނިކޮށެވެ. އެންރީކޭ ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވެފައި މި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. އެންރީކޭ ކޯޗިން...

ބްރެޒިލްގެ ކޯޗަކަށް އަންޗެލޮޓީ
Sports

ބްރެޒިލްގެ ކޯޗަކަށް އަންޗެލޮޓީ

ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އަންޗެލޮޓީ އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަންގެ ނިޔަލަށް ހަމަވުމުން، ބްރެޒިލްގެ ކޯޗުކަމާއި ހަވާލުވާން ނިންމާފައިވާ ކަމުގައި ބްރެޒިލްގެ ފުޓްބޯލް ކޮންފެޑެރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރިގުއޭޒް ބުނެފިއެވެ. އަންޗެލޮޓީ ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. ރިޕޯޓްތައް ބުނާގޮތުން ރެއާލުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރަމުން އަންނަ އަންޗެލޮޓީގެ އެއްބަސްވުން ރެއާލުން އާކުރަން ބޭނުންވެއެވެ. ފަސްފަހަރު ވޯލްޑ...

ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފިރްމީނޯ ސައުދީގެ އަލް-އަހްލީއަށް
Sports

ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފިރްމީނޯ ސައުދީގެ އަލް-އަހްލީއަށް

ޖޫން މަހުގެ ނިޔަލަށް ލިވަޕޫލާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެ ކުލަބް ދޫކޮށް، ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ސައުދީ ލީގުގެ އަލް-އަހްލީއާއި ގުޅިއްޖެއެވެ. އުމުރުން 31 އަހަރުގެ ފިރްމީނޯ އަލް-އަހްލީއާއި ގުޅިފައި މިވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ފިރްމީނޯ ލިވަޕޫލާއި ގުޅިފައި ވަނީ 2015 ވަނަ އަހަރު ޖަރުމަނު ލީގުގެ ޓީމެއް ކަމަށްވާ ހޮފެންހެއިމުންނެވެ. ލިވަޕޫލާއިއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ފިރްމީނޯ ވަނީ، ލިވަޕޫލަށް ކުޅެދިން 362 މެޗުގައި 11...

ހޯރަފުށީ ޖީއެސް ވޮލީބޯޅަ މުބާރާތް ޑިސެމްބަރު 20 ގައި ފަށަނީ
Thiladhunmathi News

ހޯރަފުށީ ޖީއެސް ވޮލީބޯޅަ މުބާރާތް ޑިސެމްބަރު 20 ގައި ފަށަނީ

ހއ.ހޯރަފުށީ ކުލަބް ޖީއެސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ޖީއެސް ވޮލީބޯލް ޓޯނަމެންޓް 2023” މި އަހަރުގެ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ފަށަން އެ ކުލަބުން ތާވަލު ކޮށްފިއެވެ. މި މުބާރާތަކީ ހޯރަފުށީގެ ކުލަބް ޖަމްޢިއްޔާތަކަށާއި ސަރުކާރު އޮފީތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި، އަމިއްލަ ކުންފުނިތަކަށާއި، ވިޔަފާރިތަކަށް ހުޅުވާލައިގެން ހޯރަފުށީ ކުލަބް ޖީއެސްގެ ފަރާތުން ކުރިއަށް ގެންދާ މުބާރާތެކެވެ. ސެޕްޓެމްބަރ މަހުގެ ތިންވަނަ ދުވަހު މި މުބާރާތުގައި ޓީމް ރަޖިސްޓަރީ ކުރުމަށް ހުޅު...

ފާއިތުވި ފަނަރަ އަހަރު ޕްރިމިއާ ލީގުގެ އެންމެ މޮޅު ޓީމަކީ ޗެލްސީ – ޕޮޗެޓީނޯ
Sports

ފާއިތުވި ފަނަރަ އަހަރު ޕްރިމިއާ ލީގުގެ އެންމެ މޮޅު ޓީމަކީ ޗެލްސީ – ޕޮޗެޓީނޯ

ފާއިތުވި ފަނަރަ ވަރަކަށް އަހަރުތެރޭ ޕްރިމިއާ ލީގުގެ އެންމެ މޮޅު އެންމެ ކާމިޔާބު ޓީމަކީ ޗެލްސީ ކަމުގައި އެ ޓީމްގެ ކޯޗުކަމާއި ދާދި ފަހުން ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޗެލްސީ ޕްރިމިއާ ލީގުގެ ގަދަބާރަކަށް ހެދީ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަހަމިވިޗް 2003 ވަނަ އަހަރު އެ ކްލަބް ގަތުމަށް ފަހުއެވެ. މިގޮތުން ފާއިތުވި އަހަރުތަކުގައި ޕްރިމިއާ ލީގުގެ ޓީމްތަކުގެ ތެރެއިން އެންމެ ގިނަ ތަށި ހޯދާފައި ވަނީ ވެސް ޗެލްސީންނެވެ. އެ ޓީމުން 2004 […]

ސައުދީ ލީގުގެ އަލް-އިއްތިފާޤްގެ ކޯޗަކަށް ޖެރާޑް ހަމަޖައްސައިފި
Sports

ސައުދީ ލީގުގެ އަލް-އިއްތިފާޤްގެ ކޯޗަކަށް ޖެރާޑް ހަމަޖައްސައިފި

އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރ ސްޓީވެން ޖެރާޑް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް-އިއްތިފާޤްގެ ކޯޗަކަށް ހަމަޖައްސައިފިއެވެ. އަލް-އިއްތިފާޤުން އެ ޓީމްގެ ކޯޗަކަށް ޖެރާޑް ހަމަޖެއްސިކަން އިޢުލާންކުރި ނަމަވެސް، ޖެރާޑްގެ ކޮންޓްރެކްޓާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް އެ ޓީމުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ. ވުމާއެކު އެ ކުލަބުން އޭނާއާއިއެކު ހަދާފައި ވަނީ ކިތައް އަހަރު ދުވަހުގެ އެއްބަސްވުމެއްކަން ސާފެއް ނުވެއެވެ. 2016 ވަނަ އަހަރު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އޭނާ ކޯޗިން ކެރިއާ ފަށާ...

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވެބްސައިޓް ޑިޒައިންކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާއިރު، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެ...

މިލާން ދޫކޮށް ޓޮނާލީ ނިއުކާސަލަށް ސޮއިކޮށްފި
Sports

މިލާން ދޫކޮށް ޓޮނާލީ ނިއުކާސަލަށް ސޮއިކޮށްފި

އިޓާލިއަން ލީގުގެ އޭސީ މިލާނަށް ކުޅެމުން އައި އިޓަލީގެ ޒުވާން މިޑްފީލްޑަރ ސަންޑްރޯ ޓޮނާލީ ނިއުކާސަލަށް ސޮއިކޮށްފިއެވެ. އަންނަ ސީޒަންގައި ނިއުކާސަލުން ޗެމްޕިއަންސް ލީގުގައި ވާދަކުރާނެއެވެ. ޓޮނާލީއަކީ މި ޓްރާންސްފާ މާކެޓްގައި އެ ޓީމުން ސޮއި ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ. އުމުރުން 23 އަހަރުގެ ޓޮނާލީ ނިއުކާސަލާއި ގުޅިފައި މި ވަނީ 55 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުން ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މިލާނުން 2021/22، ސީޒަންގައި އިޓާލިއަން ލީގު ކާމިޔާބުކުރި އިރު އެ […]

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަޒްޕިލްކުއޭޓާ އެތްލެޓިކޯ މެޑްރިޑަށް
Sports

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަޒްޕިލްކުއޭޓާ އެތްލެޓިކޯ މެޑްރިޑަށް

ޗެލްސީއަށް ކުޅެމުންއައި ސްޕެއިންގެ ފުލްބެކް ސެޒާ އަޒްޕިލްކުއޭޓާ، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ. ޗެލްސީއާއިއެކު އަޒްޕިލްކުއޭޓާ ހަދާފައިވާ އެއްބަސްވުން ޖޫން މަހުގެ ނިޔަލަށް ހަމަވިއިރު، އޭނާ މިވަނީ ފްރީ ޓްރާންސްފާއެއްގައި ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން އެތުލެޓިކޯއަށް ސޮއި ކޮށްފައެވެ. އަޒްޕިލްކުއޭޓާ ހޯދުމުގެ މަސައްކަތް އިޓަލީގެ އިންޓަ މިލާނުން ވެސް ކުރިއެވެ. ނަމަވެސް އިޓަލީއަށް ބަދަލުވުމުގެ ބަދަލުގައި އޭނާ ބޭނުންވީ އަމިއްލަ ގައުމުގައި އާއިލާ ކައިރީ ކެރިއާގެ ބާކީބައި...