ރޯދަ ވީއްލުމަށްޓަކައި ސިފައިން ޖަހާ "ނާބަ ބަޑި"
ނާބަބަޑިއަކީ ރަމަޟާންމަހު އިރު އޮއްސިއްޖެކަން އެންގުމަށް މާލޭގައި ސިފައިން ޖަހައި އުޅުނު ބަޑިއެކެވެ. ހަރޯދައިގެ ދުވަސްތަކުގައިވެސް މި ބަޑިޖަހާ އުޅުނެވެ. ބޮޑު ދެހިތީގައި ނާބަ ފަށަންވީމާ ޖަހައި އުޅުނު ތިން ބަޑިއަށްވެސް ނާބަބަޑި ޖެހުމޭ ކިޔައެވެ. ނާބައަކީ މަޣްރިބު ނަމާދަށް މާލޭ ހުކުރު މިސްކިތު މުންނާރުން ބަންގި ގޮވާ ނިމުމާއި ވިދިގެން ނާބުސްޚާނުން ޖަހައި އުޅުނު ބެރެކެވެ. ރަސްމީ ބެރުޖެހުން އޮންނަ ރޭރެއަށް ނާބަ ޖަހައި އުޅުނީ އެބެރުގެ ފަހުގައެވެ. ބޮޑު ދެހިތީގައި ޖަހާއުޅުނީ ހިތިގެ ދޮށުގައެވެ. […]