ފިރުޢައުނުގެ ވާހަކަ
ފިރުޢައުނުގެ ނަމުން މަޝްހޫރުވެފައި ވަނީ ސަލާމް ލެއްވި މޫސާގެފާނުގެ ޒަމާނުގައި މިޞްރުގައި އުޅުއްވި ރަސްގެފާނެވެ. ފިރުޢައުނުންނަކީ ކުރީ ޒަމާނެއްގައި މިޞްރުގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންނަށް ދެވިފައި އޮންނަ ލަޤަބެކެވެ. ސަލާމްލެއްވި މޫސާގެފާނުގެ ޒަމާނުގައި އުޅުއްވި ފިރުޢައުނުގެ ވާހަކަ އަޅުގަނޑުމެންނަށް އެނގެނީ ކީރިތި ޤުރުއާނުންނެވެ. އެއީ ފަސާދަކުރުމުގައި އަރާހުރި މީހެކެވެ. ކީރިތި ޤުރުއާނުގެ 10 ވަނަ ސޫރަތް ކަމުގައިވާ ޔޫނުސް ސޫރަތުގެ 90 ވަނަ އާޔަތާއި 91 ވަނަ އާޔަތާއި 92 ވަނަ އާޔަތުގައި މާތްﷲ ވަ...