ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ (1)
ފިނޭ ފަގީރު ކޮއި ނުވަތަ ލަންކާ ކަލޭފާނާ ބެހޭގޮތުން ކިޔާ އުޅެނީ އެއީ ހދ. ފިނޭއަށް އުރުނު ކަސަބުލަންކާގެ ނަވަކުން ވަޑައިގެންނެވި ވަލީވެރި ބޭކަލެއްކަމަށެވެ. ކަސަބުލަންކާއަކީ ދިވެހިރާއްޖެ އިސްލާމް ކުރެއްވި ކަމަށްބުނެވޭ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީ ނިސްބަތްވެ ވަޑައިގަންނަވާ މަޣުރިބުކަރަ (މޮރޮކޯ) ގެ އައްސޭރިފަށުގައި އޮންނަ ބޮޑު ސިޓީއެކެވެ. ލަންކާ ކަލޭފާނު ނުވަތަ ފިނޭ ފަގީރުކޮޔަކީ ކަނޑުމަތީގައި ކަޅުހިލަދައިގައި ދަތުރުކުރައްވައި، މަގުމަތީގައި ހެދިފައި ހުންނަ ވާރޭފެންކޯރުން ކަޅުބިލަ މަސްބޭނުންފަދަ...