Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,665 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

މިނިވަން 60ގެ ލޯގޯ ފަރުމާކޮށްގެން އެއްވަނައަށް ހޮވުނު ފަރުހާދަށް އިނާމު ހަވާލުކޮށްފި
Thiladhunmathi News

މިނިވަން 60ގެ ލޯގޯ ފަރުމާކޮށްގެން އެއްވަނައަށް ހޮވުނު ފަރުހާދަށް އިނާމު ހަވާލުކޮށްފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި، އެންމެ ރަނގަޅު ކަމަށް ހޮވުނު ލޯގޯގެ ފަރުމާވެރިޔާ، ހދ. ނޭކުރެންދޫ، ވާރޭވިލާ ފަރުހާދު އިބްރާހީމަށް އިނާމު ހަވާލުކޮށްފި އެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، 30,000 ރުފިޔާގެ ފައިސާގެ އިނާމު ފަރުހާދާ ހަވާލުކޮށްދެއްވީ އެ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އަދި މި ބައްދަލުވުމުގައި ވަޒީރު ވަނީ ފަރުހާދަށް މަރުހ...

ނ. މަނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
Raajje

ނ. މަނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ނ. މަނަދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަނަދޫގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި ސިޔާސަތުގެ ދަށުން މ...

ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި
Business

ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި

ނ. ކެނދިކުޅުދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް އެމްޓީސީސީން އިއްޔެ ފަށައިފިއެވެ. މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ކެނދިކުޅުދުއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ބިން ބޮޑު އެ ރަށުގައި މިހާތަނަށް ބަހުގެ ހިދުމަތް ދެމުން އައީ ހަމައެކަނި ސްކޫލްތަކަށެވެ. ނަމަވެސް އެމްޓީސީސީން މިހާރު މި ހިދުމަތް ފެށުމާއެކު ރަށުގެ އާންމު ރައްޔިތުންނަށްވެސް މި ހިދުމަތް ލިބެން ފަށާފައިވެއެވެ. އެމްޓީސީސީން މި ހ...

އިންޑިއާގައި ކުރިއަށްގެންދިޔަ ވީއައިޕީ ސެކިއުރިޓީ ޓްރެއިނިންގ 10 ފުލުހަކު ފުރިހަމަކޮށްފި
Raajje

އިންޑިއާގައި ކުރިއަށްގެންދިޔަ ވީއައިޕީ ސެކިއުރިޓީ ޓްރެއިނިންގ 10 ފުލުހަކު ފުރިހަމަކޮށްފި

އިންޑިއާގެ ނޮއިޑާ ވީ.އައި.ޕީ ސެކިއުރިޓީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ ވީ.އައި.ޕީ ސެކިއުރިޓީ ޓްރެއިނިންގގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ 10 ފުލުހުން ބައިވެރިވެ، ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފިއެވެ. އިންޑިޔާގެ ސެންޓްރަލް ރިޒަރވް ޕޮލިސް ފޯސްގެ ފަރާތުން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ މި ޖުލައި މަހުގެ 8 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީނެކެވެ. މި ތަމްރީނުގައި ޕްރޮޓެކްޓިވް ސެކިއުރިޓީ ޓެކްޓިކްސް، ވެޕަންސް ޓްރެއިނިންގ، ޓ...

އީޒެޕް ގެ ކަސްޓަމަރުންނާއި ޑްރައިވަރުންނަށް ޤިބްލައިގެ އުމްރާ ދަތުރުތަކެއް ލިބޭ ޕްރޮމޯޝަނެއް!
Business

އީޒެޕް ގެ ކަސްޓަމަރުންނާއި ޑްރައިވަރުންނަށް ޤިބްލައިގެ އުމްރާ ދަތުރުތަކެއް ލިބޭ ޕްރޮމޯޝަނެއް!

ގިނަ އަދަދެއްގެ ހިދުމަތްތައް ހިމެނޭ އީޒެޕުން އެ އެޕްލިކޭޝަން ބޭނުންކުރާ ޑްރައިވަރުންނާއި ކަސްޓަމަރުންނަށް ޤިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުގެ އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން އީޒެޕްގެ ކާރު/ޕިކަޕު އަދި ސައިކަލް ޑްރައިވަރުންނަށް ޖޫންމަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހުގެ 30 (2025) ވަނަ ދުވަހުގެ ނިޔަލަށް ނަގާ ކޮންމެ ދަތުރަކުންވެސް އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. “މި އުޅެނީ ކަސްޓަމަރުންނަށް ވެސް ޑްރައިވަރުންނަށް ވެސް ޢުމްރ...

އެމެރިކާގެ އެލާސްކާއަށް 7.3 މެގްނިޓިއުޑްގެ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި
International

އެމެރިކާގެ އެލާސްކާއަށް 7.3 މެގްނިޓިއުޑްގެ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

އެމެރިކާގެ އެލާސްކާގެ ޖަޒީރާ ސަރަހައްދަކަަށް މިއަދު އައި ވަރުގަދަ ބިންހެލުމަކާ ގުޅިގެން ސުނާމީގެ އިންޒާރު ދީފިއެވެ. އެމެރިކާގެ ނެޝަނަލް ވެދަރ ސަރވިސްއިން ބުނީ މި ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 7.3 މެގްނިޓިއުޑް ރެކޯޑްކުރެވުނު ބިންހެލުމެއް ކަމަށެވެ. ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ހާމަކުރި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ސޭންޑް ޕޮއިންޓުން 54 މޭލު ދެކުނުގައެވެ. ސޭންޑް ޕޮއިންޓަކީ އެލާސްކާގެ އެންމެ ބޮޑު ސިޓީ އެންކަރޭޖުން 600 މޭލު ދެކުނު-ހުޅަނގުގައި އޮންނަ ޕޮޕޮފް ޖަޒީރާގެ ހުޅަނގު...

މިއަދު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ: ސްޓެލްކޯ
Business

މިއަދު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ: ސްޓެލްކޯ

ސްޓެލްކޯއިން މާލޭ ސަރަހައްދުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ މިއަދު މެންދުރުފަހުގެ ވަގުތުތަކުގައި މާލެ އަދި ހުޅުމާލެ ފުރުތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް އެ ކުންފުނިން ބުނެފިއެވެ. ސްޓެލްކޯއިން މިކަން ހާމަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެކުންފުނިން މާލެ އަދި ހުޅުމާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ، މިއަދު މެންދުރުފަހު 14:00 އިން ފެށިގެން 16:30 އަށް މާލެ ސިޓީގެ...

ގުޖުރާތުގެ ގަމްބިރާ ބުރިޖު ވެއްޓި 15 މީހުން މަރުވެއްޖެ
International

ގުޖުރާތުގެ ގަމްބިރާ ބުރިޖު ވެއްޓި 15 މީހުން މަރުވެއްޖެ

އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ ވަދޯދަރާގައި ހުރި ގަމްބިރާ ބުރިޖު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 15 އަށް އަރައިފި އެވެ. ވަދޯދަރާ އަދި އަނަންދް ގުޅުވައިދޭ މި ބުރިޖުގެ ބައެއް މަހިސާގަރު ކޯރަށް ވެއްޓުނީ އިއްޔެ ހެނދުނު 7:30 ހާއިރުއެވެ. މި ހާދިސާގައި ދެ ޓްރަކާއި، ބޮލެރޯއެއް އަދި ޖީޕެއް ކޯރަށް ވެއްޓިފައިވެއެވެ. މި ހާދިސާގައި އަދިވެސް 4 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މީހުން ހޯދުމަށް ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް […]

ނާސާގެ އެސްޓްރޮނޯޓަކު އެމެރިކާމަތިން ނެގި މިފޮޓޯގެ ހަޤީގަތަކީ ކޮބާ؟
International

ނާސާގެ އެސްޓްރޮނޯޓަކު އެމެރިކާމަތިން ނެގި މިފޮޓޯގެ ހަޤީގަތަކީ ކޮބާ؟

ނާސާގެ އެސްޓްރޮނޯޓު ނިކޯލް އެޔާސްގެ އެކްސް އެކައުންޓްގައި އާންމު ކުރި ފޮޓޯ އަކަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. މިމަހުގެ 3 ވަނަ ދުވަހު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އެމެރިކާ އާއި ބުރެޒިލް މަތިން ދަތުރު ކުރަމުން ދަނިކޮށް އެޔާސް ނެގި މި ފޮޓޯ އެންމެ ފުރަތަމަ އާންމު ކުރުމާއި އެކު، އެ ފޮޓޯ އަކީ އޭއައި ޖެނެރޭޓަޑް ފޮޓޯ އެއް ކަމަށް ގިނަބަޔަކު ބުނެ ފާޑު ކިޔާފައިވެއެވެ. ނަމަވެސް އެއީ، އާންމުކޮށް ނުފެންނަ ނާދިރު […]

ފިއްލަދޫ ސްކޫލްގެ އިސްލާމް ޑިޕާރޓްމަންޓްގެ ފަރާތުން ސްކޫލަށް ޕޯޑިއަމެއް ހަދިޔާ ކޮށްފި
Thiladhunmathi News

ފިއްލަދޫ ސްކޫލްގެ އިސްލާމް ޑިޕާރޓްމަންޓްގެ ފަރާތުން ސްކޫލަށް ޕޯޑިއަމެއް ހަދިޔާ ކޮށްފި

ހއ. ފިއްލަދޫ ސްކޫލްގެ އިސްލާމް ޑިޕާރޓްމަންޓްގެ ފަރާތުން އެ ސްކޫލަށް ޕޯޑިއަމެއް ހަދިޔާކޮށްފިއެވެ. މި ޕޯޑިއަމަކީ ސްކޫލުގެ އެކި އެކި ހަރަކާތްތަކުގައި، ޚާއްސަކޮށް ރަސްމީ ޖަލްސާތަކުގައި އަދި އެހެނިހެން ރަސްމިއްޔާތުތަކުގައި ބޭނުންކުރެވޭނެ މުހިންމު ވަސީލަތެކެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް އެމީހުންގެ ޚިޔާލުތައް ފާޅުކުރުމަށާއި، ތަޤްރީރު ކުރުމުގެ ހުނަރު ދަސްކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ. ސްކޫލުގެ އިދާރާއިން މި ހަދިޔާއާ ގުޅިގެން އިސްލާމް ޑިޕާރޓްމަންޓްގެ މުވައްޒަފުންނަށް ޚާއްސަ ޝުކުރ...

އިމުގެ ތެރެއިން އީދު ފާހަގަކުރުމުން، ވައިކަރަދޫ އާއި ނޮޅިވަރަމަށް ސަލަފުގެ ހަނދާނީ ލިޔުން
Thiladhunmathi News

އިމުގެ ތެރެއިން އީދު ފާހަގަކުރުމުން، ވައިކަރަދޫ އާއި ނޮޅިވަރަމަށް ސަލަފުގެ ހަނދާނީ ލިޔުން

1446 ވަަނަ އަހަރުގެ އަޟްޙާ ޢީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ޖަމްޢިއްޔަތުއްސަލަފުން ހދ.ވައިކަރަދޫ ކައުންސިލަށާއި ހދ.ނޮޅިވަރަމު ޖަމްޢިޔަތުލް ރިސާލާ އަށް ހަނދާނީ ލިޔުންދީފިއެވެ. ރޭގައި ސަލަފުން ބޭއްވި ހަފުލާއެއްގައި ވަނީ ވައިކަރަދޫ އާއި ނޮޅިވަރަމުގެ އިތުރުން 6 ފަރާތަކަށް ހަނދާނީ ލިޔުން ދީފައެވެ. މި ހަފްލާގައި ހަނދާނީ ލިޔުން ލިބުނު އިތުރު ފަރާތްތަކަކީ އދ.ދަނގެތި ޖަމްޢިއްޔަތުލް ޤަލަމް، ގާފަރު ކައުންސިލް ،، ރ. ކިނޮޅަސް ކައުންސިލް، ދ.ކުޑަހުވަދޫ ޔުނައިޓެޑް އިސް...

ޒިންމާތަކުން ދުރުކޮށްގެން ދަރިން ބޮޑުކުރުމުގެ ނަތީޖާ އަކީ ކޮބާ؟
Column

ޒިންމާތަކުން ދުރުކޮށްގެން ދަރިން ބޮޑުކުރުމުގެ ނަތީޖާ އަކީ ކޮބާ؟

މިއަދުގެ ޒުވާނުންނާއި ކުޑަކުދިންގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް މައްސަލައަކީ އަމިއްލަ ޒިންމާ ނުނަގައި، މައިންބަފައިންގެ މައްޗަށް ބަރޯސާވެ ތިބުމެވެ. މިއީ ގިނަ ފަހަރަށް މައިންބަފައިންގެ ތަރުބިއްޔަތުގެ ސަބަބުން ދިމާވާ ކަމެކެވެ. ދަރިންނަށް ލޯބިދިނުމުގެ ނަމުގައި، އެކުދިންގެ ހުރިހާ ކަމެއް ކޮށްދީ، އެކުދިން ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީ، އެކުދިންގެ ޒިންމާތަކުން ދުރުކޮށް ބޮޑުކުރުމުގެ ސަބަބުން ދިމާވާ ނޭދެވޭ ނަތީޖާއެކެވެ. ގިނަ މައިންބަފައިން ހީކުރަނީ ދަރިންނަށް ލޯބިދިނުމަކީ އެކުދިންގެ ހުރިހ...

338 ގްރާމްގެ މަސްތުވާތަކެއްޗާއި މަނާބޭހާއި އެކު ޒުވާނަކު ހައްޔަރުކޮށްފި
Raajje

338 ގްރާމްގެ މަސްތުވާތަކެއްޗާއި މަނާބޭހާއި އެކު ޒުވާނަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަނާ ބޭހާއެކު 24 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ޖުލައި 2 ވަނަ ދުވަހުއެވެ. ފުލުހުން ހައްޔަރުކޮށްފައިވާ ފަރާތަކީ ށ. ކޮމަންޑޫ / ސާތީ، ޙުސައިން ޝާނިމު (24 އަހަރު) އެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން، އޭނާއާ ގުޅުންހުރި ތިން ތަނެއް ބަލައި ފާސްކުރުމުން، 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސ...

އުތުރަށް ހުދު ސަމާލު، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ
Thiladhunmathi News

އުތުރަށް ހުދު ސަމާލު، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ

އުތުރުގެ އަތޮޅުތަކަށް މިއަދު ހަވީރު 15:45 އިން ފެށިގެން 20:00 އާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފި އެވެ. މޫސުމާ ބެހޭ އިދާރާއިން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި ސަރަހައްދުގެ ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރާފާނެކަމަށް ލަފާކުރެވެއެވެ. މިވަގުތު ހަނިމާދޫގެ ފިނިހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސްގައެވެ. އެ ސަރަހައްދުގައި ގުގުރުމާއެކު ވިއްސާރަވެހޭކަމަށް ވެސް […]

އިސްލާމީ ކުތުބުޚާނާ ހުޅުވާނީ 15000 ފޮތާއެކު
Raajje

އިސްލާމީ ކުތުބުޚާނާ ހުޅުވާނީ 15000 ފޮތާއެކު

ސަލްމާން މިސްކިތުގައި ތަރައްޤީ ކުރަމުންދާ އިސްލާމީ ކުތުބުޚާނާ މި މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙްކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. އިސްލާމީ ކުތުބުޚާނާ ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން މިއަދު މަޝްވަރާކުރައްވާފައިވެއެވެ. މި ކުތުބުޚާނާ ހުޅުވިގެންދާއިރު 15 ހާސް ފޮތް ހިމެނޭނެކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ. މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔ...