އަނިޔާވެރި ނަތަންޔާހޫގެ ދަޢުވަތަކަށް މޯދީ އިޒްރޭލަށް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފަށްޓަވައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅާ ގުޅޭގޮތުން މޯދީ ވިދާޅުވީ، އިންޑިއާއާއި އިޒްރޭލާ ދެމެދު އޮތީ ވަރުގަދަ އަދި ގިނަ ދާއިރާތަކެއް ހިމެނޭ އިސްތިރާތީޖީ ބައިވެރިވުމެއް ކަމަށެވެ. އަދި ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ދެ ޤައުމުގެ...