ފްލެޓް ގަތުމަށާއި ގެދޮރު އިމާރާތްކުރަން 2 ލައްކަ ރުފިޔާގެ އިކުއިޓީ ހަމަޖައްސައިދޭ އާ ޕްރޮގްރާމަކަށް ހުޅުވާލަނީ
އަމިއްލަ ބިމުގައި ގެދޮރު ބިނާކުރުމަށާއި ފްލެޓް ގަތުމަށް ބޭނުންވާ އިކުއިޓީ ފައިސާ ހަމަޖައްސަން ދަތިވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމުގެ އާ ޕްރޮގްރާމެއް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒީމް މުހައްމަދު ވިދާޅުވީ، ބޭންކުތަކުން ގެދޮރުވެރިކަމުގެ ލޯނު ނެގުމުގަ...