Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,341 Stories
1,499 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ހުއްދަ ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކޮށް އޮފީސް ބަލައިފާސްކުރަނީ
Raajje

ހުއްދަ ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކޮށް އޮފީސް ބަލައިފާސްކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ބޭންކު އެކައުންޓްތައް ފްރީޒްކޮށް، އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ މ. ދަނބުގޯޅީގައި ހުންނަ ނައިޑް އިންވެސްޓްމެންޓުގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަން ކުރިއަށްގެންދަނީ، އެ ކ...

ލަންކާ ބަނދަރުން 463 ކިލޯގެ "އައިސް" މަސްތުވާތަކެތި އަތުލައިގަނެފި
International

ލަންކާ ބަނދަރުން 463 ކިލޯގެ "އައިސް" މަސްތުވާތަކެތި އަތުލައިގަނެފި

ސްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި ހުރި ދެ ކޮންޓޭނަރަކުން 463 ކިލޯއާ ގާތްކުރާ އަދަދަކަށް “އައިސް” (ކްރިސްޓަލް މެތަމްފެޓަމިން) މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މިއީ އެ ޤައުމުގެ ކްރައިމްސް އެންޑް ޓްރެފިކްއާ ހަވާލުވެ ހުންނެވި ސީނިއާ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގަތް ތަކެއްޗިކަމަށް އެގައުމުގެ ނޫހެއް ކަމުގައިވާ ނިއުސްވައަރ އިން ރިޕޯޓުކޮށްފައިވެއެވެ. ސްރީލަންކާ ފުލުހުންނާ ހަވާލާދީ އެނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮލަމްބޯ...

އިންޑިއާއިން އައި ފަސިންޖަރެއްގެ ލަގެޖުން 2 ކިލޯ ކެނަބިސް އަތުލައިގަނެފި
Raajje

އިންޑިއާއިން އައި ފަސިންޖަރެއްގެ ލަގެޖުން 2 ކިލޯ ކެނަބިސް އަތުލައިގަނެފި

އަވައްޓެރި އިންޑިއާއިން ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ކިލޯގެ ކެނަބިސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި، މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ 29 އޮގަސްޓް 2026 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ހިމެނެނީ އިންޑިއާއިން ރާއްޖެއައި އިންޑިއާގެ ފަސިންޖަރެކެވެ. އެ ފަސިންޖަރުގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ލަގެޖު ބަލައިފާސްކުރިއިރު، އޭގެ ތެރެއިން 2000 ގްރާމް (2 ކިލޯ) ގެ ކެނަބިސް ފެނިފައިވާ ކަމަށް ކަ...

ރާއްޖޭގެ ކަނޑުން ތެލާއި ގޭސް އަދި މަޢުދަންތައް ނެގުމުގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފި
Raajje

ރާއްޖޭގެ ކަނޑުން ތެލާއި ގޭސް އަދި މަޢުދަންތައް ނެގުމުގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، އެކަމާ ގުޅޭ ޤާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ 30 އޯގަސްޓް 2026 ވީ އާދީއްތަ ދުވަހު ކުރިއަށްގެންދެވި އެ މަޖިލީހުގެ ޖަލްސާގައެވެ. މި ނިންމެވުން ނިންމަވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަ...

އެއްގަމު ދަތުރުފަތުރުގެ ބިލު ތަޞްދީޤުކުރެއްވުން: ޢަމަލުކުރަން ފަށާނީ 30 ދުވަސް ތެރޭގައި
Politics

އެއްގަމު ދަތުރުފަތުރުގެ ބިލު ތަޞްދީޤުކުރެއްވުން: ޢަމަލުކުރަން ފަށާނީ 30 ދުވަސް ތެރޭގައި

އެއްގަމު ދަތުރުފަތުރުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސް މި ބިލު ތަޞްދީޤުކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ބިލު ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެން އައު ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ. މި ބިލަކީ 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 […]

17 ގެއެއް ބަލައިފާސްކޮށް، ޖުމުލަ 193 ގުރާމުގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
Raajje

17 ގެއެއް ބަލައިފާސްކޮށް، ޖުމުލަ 193 ގުރާމުގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރީއާއި، ކ. ކާށިދޫގެ އިތުރުން ސ. ހުޅުދޫ އަދި ހުޅުމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 17 ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަންތަކަކީ އެ ރަށްރަށުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މަޢުލޫމާތުތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަނ...

ނަފްސާނީ ނޭދެވޭ އަސަރުކޮށްފާނެ: ޓަވަރުން ވެއްޓުނު ކުއްޖާގެ މަންޒަރުތައް ނުފެތުރުމަށް އިލްތިމާސެއް
Raajje

ނަފްސާނީ ނޭދެވޭ އަސަރުކޮށްފާނެ: ޓަވަރުން ވެއްޓުނު ކުއްޖާގެ މަންޒަރުތައް ނުފެތުރުމަށް އިލްތިމާސެއް

އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓުނު ހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ. މި ހާދިސާގެ ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާގެ ތަފާތު އެކައުންޓްތަކާއި، ޕޭޖުތަކުގެ އިތުރުން ގްރޫޕުތަކުންވެސް މި ވީޑިއޯ ނެގުމަށް އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ...

މަސްވެރިކަން އަނދަވަޅުން ނަގައި، ހައްގު މިންވަރު ހޯދައިދެވޭނެ: ރައީސް
Politics

މަސްވެރިކަން އަނދަވަޅުން ނަގައި، ހައްގު މިންވަރު ހޯދައިދެވޭނެ: ރައީސް

މަސްވެރިކަމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކާއެކު، މަސްވެރިކަމުގެ ސިނާއަތް ވެއްޓިފައިވާ އަނދަވަޅުން ނަގައި ކޮޅަށްޖަހައި، މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުތައް ތަސްދީގުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ ފަޅުތަކާއި ފ...

ފޯކައިދޫގައި އެމްޑީޕީ ދިރުވުމުގައި އިސް ދައުރެއް އަދާކުރި ފަރީދު ޕީއެންސީ އަށް ސޮއިކޮށްފި
Thiladhunmathi News

ފޯކައިދޫގައި އެމްޑީޕީ ދިރުވުމުގައި އިސް ދައުރެއް އަދާކުރި ފަރީދު ޕީއެންސީ އަށް ސޮއިކޮށްފި

ށ. ފޯކައިދޫގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފިކުރު ދިރުވުމުގައި އިސް ދައުރެއް އަދާކުރި ހުސައިން ފަރީދު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ. ފަރީދަކީ ދެ ދައުރެއްގައި އެރަށު ކައުންސިލް މެމްބަރުކަން ވެސް ކޮށްފައިވާ މީހެކެވެ. އަދި އެރަށުގައި އެމްޑީޕީގެ ފިކުރު ދިރިވުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފަރީދު ޕީއެންސީއާ ގުޅިފައި މިވަނީ އެރަށުގެ އެމްޑީޕީގެ ބައެއް އިސް މެމްބަރުންނާއި އޭނާ އާއި ދެމެދު އުފެ...

ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަށްފަހު ސިޔާސީ ކަންކަމާ ދުރަށް ދާނަން: އަބްދުއްރަހީމް
Raajje

ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަށްފަހު ސިޔާސީ ކަންކަމާ ދުރަށް ދާނަން: އަބްދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދެއްވުމަށްފަހު ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީގެ “އަރާއިރު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ގޮތުން ހާސިލުކުރައްވަން ބޭނުންފުޅުވި މަގުސަދުތައް ހާސިލުވެފައިވާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބު ކުރެއްވުމަކީ އަދިވެސް ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ....

އިސްލާމްދީނަށް ނަފުރަތުކުރާ، ހެގްސެތު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަނީތަ؟
International

އިސްލާމްދީނަށް ނަފުރަތުކުރާ، ހެގްސެތު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަނީތަ؟

އެމެރިކާގައި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ނިޔަތެއް، އެމެރިކާގެ ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު، އޮތް ކަމަށް ބުނެ އެންބީސީ ނިއުސްއިން މިފަހުން ވަނީ ރިޕޯޓެއް އާންމުކޮށްފަ އެވެ. ހުކުރު ދުވަހު އެންބީސީ ނިއުސްއިން، މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމާ ބެހޭގޮތުން ހެގްސެތު އޭނާގެ އެންމެ ގާތް މީހުންނާއި މަޝްވަރާ ކުރި ކަމަށެވެ. އިސްލާމްދީނަށް ނަފުރަތުކުރުމާއި އިސްލާމޯފޯބިއާގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ހެގްސ...

ރޮނާލްޑޯގެ ކާމިޔާބު ލަނޑާއެކު އަލް ނަސްރުން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
Sports

ރޮނާލްޑޯގެ ކާމިޔާބު ލަނޑާއެކު އަލް ނަސްރުން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ސައުދީ ޕްރޯ ލީގުގައި ރޭ އަލް ތާއޫންއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، އަލް ނަސްރުން ސީޒަންގައި ދަމަހައްޓަމުން އަންނަ ރެކޯޑު ދަމަހައްޓައި ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރުގެ ކުރިއަށް ކުޅުނު މި މެޗުގައި، އޭނާ ވަނީ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމު މޮޅުކޮށްދިން ލަނޑު ޖަހާފައެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 978 ވަނަ ލަނޑެވެ. މި މެޗުން ލިބުނު ތިން […]

ފްލައިޓެއްގައި އިން މީހެއްގެ ގައިގައި އަތްލި ކަމަށް ބުނާ މައްސަލައެއް
Raajje

ފްލައިޓެއްގައި އިން މީހެއްގެ ގައިގައި އަތްލި ކަމަށް ބުނާ މައްސަލައެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓެއްގެ ތެރޭގައި އިން މީހަކު، އެހެން މީހެއްގެ ގައިގައި އަތްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުންގެ އިދާރާއިން މީޑިއާތަކަށް މިރޭ ހިއްސާކުރި މެސެޖެއްގައި ބުނީ، ފްލައިޓެއްގެ ތެރޭގައި މީހެއްގެ ގައިގައި އަތްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލް މީޑިއާގެ ތެރެއިން ކަމަށެވެ. ސޯޝަލް މީޑިއާއިން މިކަން ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންދ...

ނޯވޭގެ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި
Raajje

ނޯވޭގެ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ނޯވޭގެ ރަސްގެފާނު ހެރަލްޑް 5ވަނަ އަވަހާރަވުމާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ޔޯނަސް ގާރ ސްޓާރަރ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސްގެ މެސެޖުގައި، ރަސްގެފާނު ހެރަލްޑް 5ވަނަ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. ނޯވޭއަށް ކުރިމަތިވި މި ފުން ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އެ ޤައުމުގެ ޝާހީ ޢާއިލާއަށާއި، ނޯވޭގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ރައީސް ވަނީ ރައްދުކުރައް...

ފްލެޓް ގަތުމަށާއި ގެދޮރު އިމާރާތްކުރަން 2 ލައްކަ ރުފިޔާގެ އިކުއިޓީ ހަމަޖައްސައިދޭ އާ ޕްރޮގްރާމަކަށް ހުޅުވާލަނީ
Raajje

ފްލެޓް ގަތުމަށާއި ގެދޮރު އިމާރާތްކުރަން 2 ލައްކަ ރުފިޔާގެ އިކުއިޓީ ހަމަޖައްސައިދޭ އާ ޕްރޮގްރާމަކަށް ހުޅުވާލަނީ

އަމިއްލަ ބިމުގައި ގެދޮރު ބިނާކުރުމަށާއި ފްލެޓް ގަތުމަށް ބޭނުންވާ އިކުއިޓީ ފައިސާ ހަމަޖައްސަން ދަތިވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމުގެ އާ ޕްރޮގްރާމެއް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒީމް މުހައްމަދު ވިދާޅުވީ، ބޭންކުތަކުން ގެދޮރުވެރިކަމުގެ ލޯނު ނެގުމުގަ...