Skip to main content

ޝެއިޚް ޝަފީއު އަބްދުﷲ

Viewer
🇲🇻 ތިލަދުން Desk
56 Stories
1 Reads

Published on ތިލަދުން (Thiladhun) by ޝެއިޚް ޝަފީއު އަބްދުﷲ

ރިބާގެ ނުރައްކާތެރިކަން
Column

ރިބާގެ ނުރައްކާތެރިކަން

ރިބާގެ މުޢާމަލާތަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ޢާންމުވެފައިވާ ވަބާއެކެވެ. ގިނަ ފަހަރަށް ރިބާގެ މުޢާމަލާތުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މެހިގަންނަނީ އެއްވެސް ވިސްނުމެއް، އެއްވެސް ފިކުރެއް ނެތިއެވެ. ކަމުގެ ނުރައްކާތެރިކަމަށް ބެލުމެއް ނެތިއެވެ. ރިބާގެ މުޢާމަލާތްތަކާއި ލޯނުތަކާއި އިންޓްރެސްޓަކީ މާ ބޮޑު ކަމެއް ކަމުގައި ނުދެކެއެވެ. އާދެ، ރިބާއަކީ ދީނީގޮތުން ބަލާއިރު އެންމެ ބޮޑު ހަތް ފާފައިގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ރިބާގެ މުޢާމަލާތުން އެއްކިބާ ނުވާ މީހުންނަށް މާތް ﷲ ވަނީ އެ...

މިއަދު އަޅުގަނޑުމެންގެ ތެރޭގައި ތެދުވެރިކަން ނެތިއްޖެ! ދޮގުވެރިކަން ފެތުރިއްޖެ!
Column

މިއަދު އަޅުގަނޑުމެންގެ ތެރޭގައި ތެދުވެރިކަން ނެތިއްޖެ! ދޮގުވެރިކަން ފެތުރިއްޖެ!

މުއުމިނުންގެ އެންމެ އަސާސީ އެއް ސިފައަކީ ތެދުވެރިކަމެވެ. ތެދުވެރިކަން ނެތް މީހަކީ ފުރިހަމަ މުއުމިނެއް ކަމުގައެއް ނުވެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި މުއުމިނުންނަށް އަމުރުކުރައްވައިފައިވަނީ، ތެދުވެރީންނާ އެކުގައި ވުމަށެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ (التوبة: 119) މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް ތަޤްވާވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!” މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވަ...

ދަރިންނަކީ ނިޢުމަތެއް އަދި އިމްތިޙާނެއް!
Column

ދަރިންނަކީ ނިޢުމަތެއް އަދި އިމްތިޙާނެއް!

ދަރިންނަކީ މާތް ﷲ ގެ ދެއްވުމެކެވެ. ނިޢުމަތެކެވެ. ދަރިންގެ ނިޢުމަތަކީ ކޮބައިކަން ދަނެގަންނަން ބޭނުންނަމަ ދަރިން ނިޢުމަތުން މަޙްރޫމުވެފައިވާ މީހެއް ކައިރިން ސުވާލު ކުރައްވާށެވެ. އަސަރާއެކު އެފަދަ މީހެއް އޭނަގެ އުދާސްތައް ކިޔައިދޭނެކަން ކަށަވަރެވެ. މާތް ﷲ އިރާދަކުރައްވާ އަޅަކަށް އެކަލާނގެ ދަރިން ދެއްވައެވެ. އަދި އިރާދަކުރައްވާ އަޅަކު އެކަމުން މަޙްރޫމު ކުރައްވައެވެ. އެކަމަށް އިޝާރާތްކުރައްވާ މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. لِّلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَخْلُقُ مَا ي...

ރޯދަ ކުރުކުރެވިދާނޭ މޮޅެތި ބައެއް ގޮތްގޮތް
Column

ރޯދަ ކުރުކުރެވިދާނޭ މޮޅެތި ބައެއް ގޮތްގޮތް

އާދެ، “ރޯދަކުރުކުރުމޭ” ބުނުމަކީ އެންމެ ރަނގަޅު ޢިބާރާތަކަށް ފަހަރެއްގައި ނުވެދާނެއެވެ. އެހެނީ، “ރޯދަކުރުކުރުން” ޢާންމުކޮށް ބޭނުންކުރެވެނީ ރޯދަ ހިފައިގެން ހުރެ އެ ދުވަހެއްގެ ވަގުތު ދުއްވައިލުމުގެ މާނައިގައެވެ. ނުވަތަ ރޯދަ ހިފައިގެން ހުރެ މުނިފޫހިފިލުވުމަށް ކުރެވޭ ކަންކަމަށެވެ. އެހެނަސް އެ ޢިބާރާތް ހަމަ އެ ގޮތުގައި ބޭއްވުމަށް ފަހު، މި ތަނުގައި އޭގެ މާނައަށް ބަދަލުތަކެއް ގެނެސް، ރަނގަޅު މާނައެއްގައި ބޭނުން ކުރުމަކީ މައްސަލައެއް ކަމަކަށް ނުފެނެއެވެ. މި ލިޔުމުގައި “ރޯދަކުރުކުރުން” މި މާނަކުރަނީ ރޯދަ...

އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރަން ވާނީ އިލާހީ ވަޙީގައި ވާ ފަދައިންނެވެ.
Column

އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރަން ވާނީ އިލާހީ ވަޙީގައި ވާ ފަދައިންނެވެ.

ނެތުމުގެ ތެރެއިން އިންސާނާ ވުޖޫދު ކުރައްވައި ދުނިޔޭގައި ލެއްވި ކަށަކުޅަދުންވަންތަ އިލާހަކީ ހަމަކަށަވަރުން މާތް ﷲ އެވެ. އޭނައަށް އިންސާނަކަށް ވުމުގެ ޙައްޤު ލިބިގެން ދިޔައީ އެ ޙައްޤު އެ އިލާހު ދެއްވުމުންނެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވަވައި އޭނާ އުޅޭނޭ ގޮތުގެ އިރުޝާދާއި ތަޢުލީމާތުތައް އެ އިލާހު ވަނީ ބާވައިލައްވާފައެވެ. އިލާހީ ރިސާލާތުގެ ގޮތުގައެވެ. ކޮންމެ އުންމަތަކަށް ވެސް ނަބީ ބޭކަލުން ފޮނުއްވެވިއެވެ. އެ ބޭކަލުން މެދުވެރިކުރައްވައި އިންސާނިއްޔަތަށް ހިދާޔަތުގެ ނޫރު ދެއްކެވިއެވެ. އަޅުގަނޑުމެންގެ އ...

ސެކިއުލަރިޒަމަށް ވަކާލާތު ކުރުން ހުއްދަ ވާނެތޯ؟
Column

ސެކިއުލަރިޒަމަށް ވަކާލާތު ކުރުން ހުއްދަ ވާނެތޯ؟

ސެކިއުލަރިޒަމަކީ އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުން ދީން އެކަހެރި ކުރުމެވެ. މާއްދީ ފަލްސަފާތަކުގެ މައްޗަށް ކަންކަމާއި ގޮތްގޮތް ކަނޑައަޅައި ނިންމުމެވެ. ‏ސެކިއުލަރިޒަމަކީ ނުވަތަ ޢަލްމާނިއްޔަތަކީ ފަހަރެއްގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް މައްސަލައަކަށް ނުވެދާނެއެވެ. އަދި ހުޅަނގުގެ ޤައުމުތަކުގައި މިއީ ވަރަށް ރަނގަޅު ފިކުރަކަށް ވެސް ވެދާނެއެވެ. އެހެނީ، ތަޙްރީފު ކުރެވިފައި ވާ ނަޞާރާދީނަކީ އިންސާނީ ޙަޔާތުގެ ހުރިހާ މައިދާންތަކެއް ހިމެނޭ ދީނެއް ނޫނެވެ. ވަޟުޢީ ބާޠިލު ހުރިހާ ދީންތަކުގައި ވެސް ކ...

އިސްލާމީ މުޖުތަމަޢެއް، އެއްޖިންސުން ގުޅުންހިންގާށާއި ފާހިޝްކަންކަމަށް ހޭނުވިޔަ ނުދޭށެވެ.
Column

އިސްލާމީ މުޖުތަމަޢެއް، އެއްޖިންސުން ގުޅުންހިންގާށާއި ފާހިޝްކަންކަމަށް ހޭނުވިޔަ ނުދޭށެވެ.

މާތް ﷲ ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް ގަދަފަދަ އަޒާބެއް ފޮނުއްވައި އެބައިމީހުން އެކީއެކަށް ހަލާކުކުރެއްވީ، އެބައިމީހުން އެކަލޭގެފާނަށް ނުކިޔަމަންތެރިވެ، ނުބައިކަން ބޮޑު ފާޙިޝް ޢަމަލެއް ކަމަށްވާ އެއްޖިންސުން ގުޅުން ހިންގުމަކީ އާންމު ކަމެއް ކަމަށް ހެދުމުގެ ސަބަބުންނެވެ. މިއީ ކުޑަކުޑަ ކަމެއް ނޫނެވެ. މިއީ ވަރަށް ބޮޑު، އަދި އެހާމެ ނުރައްކާތެރިކަމެކެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވެސް އެފަދަ ފާޙިޝް ކަންކަމަށް ބަޔަކު މީހުން އަރައިގަންނަނީ އެއްވެސް ބިރުވެތިކަމެއް ނެތިއެވެ. ހުޅަނގު ޤައުމުތަކ...

އިސްލާމީ ޝަރީޢަތަކީ މާތް މަތިވެރި ޝަރީޢަތެކެވެ.
Column

އިސްލާމީ ޝަރީޢަތަކީ މާތް މަތިވެރި ޝަރީޢަތެކެވެ.

އިސްލާމީ ޝަރިޢާތަކީ ވަރަށް މާތް މަތިވެރި ޝަރީޢަތެކެވެ. އެއީ ރައްބުލް ކާއިނާތުގެ ޝަރީޢަތެވެ. އިންސާނާ އުފެއްދެވި މަތިވެރި އިލާހުގެ ޝަރީޢަތެވެ. އިންސާނާގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ބާވައިލެއްވި ޝަރީޢަތެކެވެ. އެ ފަރާތަކީ އިންސާނާގެ ވެރި ރައްބެވެ. އިންސާނާއަށް އެންމެ ފައިދާ ހުރި އަދި އެންމެ މަސްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް އެ އިލާހު ކަމާ މެދަކު މުސްލިމަކު ޝައްކެއް ނުކުރާނެއެވެ. އެހެންކަމުން މި ނިކަމެތި އިންސާނާއަށް ޙިކްމަތްވަންތަ އިލާހުގެ ޝަރީޢަތަށް […]

ހައްދުފަހަނަޅުމުގެ ނިޝާންތަކާއި އެ ފިކުރުގެ ނުރައްކާތެރިކަން!
Column

ހައްދުފަހަނަޅުމުގެ ނިޝާންތަކާއި އެ ފިކުރުގެ ނުރައްކާތެރިކަން!

ހައްދުފަހަނަޅުމަކީ އުންމަތަށް ދިމާވެފައިވާ ވަރަށް ބޮޑު ނުރައްކަލެކެވެ. އެކަމުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ މުސްލިމުންނަށެވެ. އެހެނީ، ހައްދުފަހަނަޅި މީހުންގެ އުދަނގުލާއި ތުރާ އެންމެ ބޮޑަށް ތަޙައްމަލުކުރަން ޖެހޭ ބަޔަކީ އާންމު މުސްލިމުންނެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި ޚުދު އެކަލޭގެފާނަށް ވެސް އެފަދަ މީހުންގެ އުދަނގޫތައް ބަރުދާސްތުކުރައްވާން ޖެހިވަޑައިގަތެވެ. އެ މީހުންގެ ރޫޙާނީ ބައްޕަކަމަށްވާ ޛުލްޚުވެއިޞިރާ އެކަލޭގެފާނާ މުޚާޠަބުކޮށް ބުނީ، އޭ މުޙައްމަދެވެ! ކަލޭގެފާނު ޢަދުލުވެރިވާށެ...

އިސްލާމްދީން ސެކިއުލަރ ކުރެވިދާނެތަ؟ ބަރނަރޑް ލުވިސްގެ ނަޒަރު
Column

އިސްލާމްދީން ސެކިއުލަރ ކުރެވިދާނެތަ؟ ބަރނަރޑް ލުވިސްގެ ނަޒަރު

ސެކިއުލަރިޒަމް ނުވަތަ ޢަލްމާނީ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ފަތުރާން މަސައްކަތްކުރާ ބައެއް މީހުން ބުނާ އެއް ވާހަކައަކީ، ސެކިއުލަރިޒަމަކީ އިސްލާމްދީނާ ފުށުއަރާ ފިކުރެއް ނޫން ކަމުގައެވެ. އެޔާ ޚިލާފަށް، އެއީ އިސްލާމްދީނާ ގުޅޭ ފިކުރެއް ކަމުގައެވެ. އަދި އިސްލާމީ ޤައުމެއްގައި ސެކިއުލަރިޒަމް ޤާއިމުކުރުމަކީ އެންމެ އެދެވިގެންވާ ރަނގަޅު ކަމެއް ކަމުގައެވެ. މިފަދަ ވާހަކަތަކެއް މި ދެންނެވި ބީދައިން ދައްކާނީ، އިސްލާމްދީނުގެ އަސްލު ޙަޤީޤަތް ނޭނގޭ މީހަކު ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އަދި އެފަދަ މީހަ...

މިއީ ހިންމަތާއި މިންނަތުގެ އުންމަތެވެ.
Column

މިއީ ހިންމަތާއި މިންނަތުގެ އުންމަތެވެ.

ކާމިޔާބަކީ ހިންމަތާއި މިންނަތްކުރާ ބަޔަކަށް މާތް ﷲ މިންވަރުކުރައްވާ ކަމެކެވެ. ކާމިޔާބަކީ ދެއަތްއުރައިލައިގެން ތިބޭ ބަޔަކަށް ލިބޭ އެއްޗެއް ނޫނެވެ. މުސްލިމުންނަކީ ހީވާގިވާން ޖެހޭ ބައެކެވެ. ހިންމަތާއި މިންނަތް ކުރަންޖެހޭ ބައެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިސްލާމްދީން ފެތުރިގެން ދިޔައީ ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ މަތިވެރި ޞަޙާބީން ވަރުބަލިފުޅުކަމެއް ނެތި ކުރެއްވި މިންނެތް މަސައްކަތްޕުޅުންނެވެ. މާތް ﷲ ގެ ތައުފީޤާއި މަދަދާއި ހިދާޔަތު ލިބޭނީ އެފަދައ...

ސުވަރުގޭގެ ނިޢުމަތުގެ ޙަޤީޤަތަކީ، ޚިޔާލަށް ވެސް ނުގެނެވޭހާ ފުރިހަމަ އަގުމާތްވި ތަނެކެވެ.
Column

ސުވަރުގޭގެ ނިޢުމަތުގެ ޙަޤީޤަތަކީ، ޚިޔާލަށް ވެސް ނުގެނެވޭހާ ފުރިހަމަ އަގުމާތްވި ތަނެކެވެ.

ސުވަރުގެއަކީ ކޮން ތަނެއް ކަމެއް އެއްވެސް މުސްލިމަކަށް ނޭނގިއެއް ނޯންނާނެއެވެ. އެހެނީ، ސުވަރުގެއަކީ އެ ތަނެއް ހާސިލުކުރުމަށް ޓަކައި މުސްލިމު އަޅާ ރެޔާއި ދުވާލު މަސައްކަތް ކުރަމުންދާ ތަނެވެ. އަގުބޮޑު، މަތިވެރި ތަނެކެވެ. އެހެންކަމުން، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ. ” أَلَا إِنَّ سِلْعَةَ اللَّهِ غَالِيَةٌ” (رواه الترمذي ، 2450) މާނައީ، “ހަމަކަށަވަރުން މާތް ﷲ ގެ ސުވަރުގެއަކީ އަގުމާތްވި ތަނެކެވެ.” ސުވަރުގެއަކީ އެހައި މަތިވެރި ތަނަކަށްވަނީ، މާތް […]

ޢަލްމާނީ ފިކުރުގެ ނުރައްކާތެރިކަން! ދީން ދުރުކޮށް އެކަހެރި ކުރާން ގޮވައިލާ ފިކުރެއް
Column

ޢަލްމާނީ ފިކުރުގެ ނުރައްކާތެރިކަން! ދީން ދުރުކޮށް އެކަހެރި ކުރާން ގޮވައިލާ ފިކުރެއް

ޢަލްމާނީ ފިކުރު ނުވަތަ ސެކިއުލާ ފިކުރަކީ އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުން ދީން ދުރުކޮށް އެކަހެރި ކުރާން ގޮވައިލާ ފިކުރެވެ. ސިޔާސީ، އިޖުތިމާޢީ، ތަޢުލީމީ، އިޤްތިސާދީ، އަޚްލާޤީ މި ހުރިހައި ދާއިރާއަކުން ވެސް ދީން އެއްފަރާތްކޮށްލުމަށް ވަކާލާތު ކުރާ ފިކުރެކެވެ. އެއަށްފަހު އިންސާނީ ޙަޔާތުގެ މިހުރިހާ ދާއިރާތަކަކަށް ވެސް މާއްދީ ވިސްނުމާއި ޚިޔާލާއި ފިކުރުގެ މައްޗަށް ކަންކަން ތަރުތީބުކޮށް އެތުރުމަށް ގޮވައިލާ ފިކުރެކެވެ. ނަމަވެސް، އިސްލާމްދީނާ މެދު ވިސްނާލާއިރު، އިސްލާމްދީނަކީ ޝާމިލު ކާމިލު ދީނެކެވެ....

ޖިންސީ ފުރައްސާރަ، ބޮޑު ޖަރީމާއެއް!
Column

ޖިންސީ ފުރައްސާރަ، ބޮޑު ޖަރީމާއެއް!

މުޅި އިސްލާމީ ޝަރީޢަތް ބިނާވެފައި ވަނީ ފަސް މަޤްޞަދެއް ޙާސިލު ކުރުމުގެ މައްޗަށެވެ. ފަސް ކަމެއް ހިމާޔަތް ކުރުމަށެވެ. އެ ގޮތުން، ނަފްސާއި މުދަލާއި ބުއްދިއާއި ދީނާއި އަބުރު ރައްކައުތެރި ކުރުމަކީ އިސްލާމީ ޝަރީޢަތުގެ ފަސް ޟަރޫރިއްޔާތުގެ ތެރޭގައި ހިމެނޭ ފަސް ކަންތަކެވެ. މި ފަސްކަންތަކަށް ބަލާއިރު، އަބުރާއި ޢިއްޒަތް ހިމާޔަތް ކުރުމަށް އިސްލާމްދީނުގައި ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. އަނެކާގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމަކީ ބޮޑު ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ޖަރީމާއެކެވެ. އެއީ ބޮޑެތި […]

ރާއްޖޭގައި ވަރި ގިނަވުމުގެ ސަބަބު: ޒިނޭ އާންމުވުމާއި ކާވެންޏަށް މުޤައްދަސް މަޤާމެއް ނުދެވުން! 
Column

ރާއްޖޭގައި ވަރި ގިނަވުމުގެ ސަބަބު: ޒިނޭ އާންމުވުމާއި ކާވެންޏަށް މުޤައްދަސް މަޤާމެއް ނުދެވުން! 

މާތް ﷲ އާދަމުގެފާނާއި ޙައްވާގެފާނު ޚަލްޤުކުރެއްވީ ވަރަށް މާތް މަޤްޞަދަކަށް ޓަކައެވެ. އެއީ ދެމަފަރިން ގުޅިގެން އެކަކު އަނެކަކަށް އެހީތެރިވުމާއެކު، މާތް ﷲ އެއްކައުވަންތަކުރާ ޙާލުގައި، މާތް ﷲ އަށް އަޅުކަން ކުރުމެވެ. ކާވެނީގެ މުޤައްދަސް ގުޅުމުގެ ތެރެއިންނެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ((وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ)) (سورة الروم: 21) […]