Skip to main content

ޝެއިޚް ޝަފީއު އަބްދުﷲ

Viewer
🇲🇻 ތިލަދުން Desk
56 Stories
1 Reads

Published on ތިލަދުން (Thiladhun) by ޝެއިޚް ޝަފީއު އަބްދުﷲ

ސަގާފަތް ދިރުވުމުގައި ބަލާންވީ ކަންކަން
Column

ސަގާފަތް ދިރުވުމުގައި ބަލާންވީ ކަންކަން

ދުނިޔެވީ ނަޒަރަކުން ބަލާއިރު ވެސް ކޮންމެކޮންމެ ސަގާފަތަކީ ދިރުވާން ޖެހޭ އެއްޗެއް ނޫނެވެ. ސަގާފަތެއް ބަޔަކު މީހުންގެ ތެރެއިން އިންދިރާސްވެ ނެތޭނީ، ތަފާތު ސަބަބުތަކާ ހުރެއެވެ. މި ސަބަބުތަކުގެ ތެރޭގައި، އެ ސަގާފަތަކަށް ޢަމަލުކުރާން ޖެހޭ ބޭނުން ނެތި ދިއުމާއި، އެ ސަގާފަތެއް އެހެން ސަގާފަތަކަށް ބަދަލުވެ ދިއުމާއި، އެ ސަގާފަތަކީ ރަނގަޅު ސަގާފަތެއް ނޫންކަމުގައި ދެކިގެން އެ މުޖުތަމަޢަކުން އެ ސަގާފަތެއް ދޫކޮށްލުން ހިމެނެއެވެ. މީގެ އިތުރުން ވެސް ސަގާފަތްތައް ނެތި އިންދިރާސްވާ ވަރަށް ގިނަ […]

سُبُحَانَ اللهِ މި ޛިކުރަކީ މަތިވެރި ޛިކުރެކެވެ.
Column

سُبُحَانَ اللهِ މި ޛިކުރަކީ މަތިވެރި ޛިކުރެކެވެ.

” سُبُحَانَ الله” މި ޛިކުރަކީ މަތިވެރި ޛިކުރެކެވެ. މި ޛިކުރު ކިޔާ މީހަކަށް އެތައް ސަވާބަކާއި ދަރުމައެއް ލިބޭނޭ ކަމަށް ވާރިދުވެފައިވެއެވެ. މިއީ، އެތަކެއް ޙަޤީޤަތްތަކެއް އެކުލެވޭ، މާނަ ފުން ޛިކުރެކެވެ. އަވަސް ނަޒަރެއްގައި، ދިވެހި ބަހުން މި ކަލިމައިގެ މާނައަށް ބަލަންޏާ، މި ކަލިމައިގެ މާނައަކީ، “މާތް ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ!” “سبحان الله” މި ޛިކުރުކުރުމުގެ ބޭނުމަކީ، އަޅާގެ އަމިއްލަ ނަފްސުން އެ އިލާހު ހުސްޠާހިރުވަންތަ ކުރުމެވެ. އެހެނީ، އިންސާނީ ހިތަކީ އެނބުރޭ […]

މާއްދިއްޔަތުގެ ބަލިމަޑުކަމުން އަރައިގަތުމަށް، އުޚުރަވީ ޙަޔާތަށް ނަޒަރު އަމާޒުކުރަންޖެހޭ!
Column

މާއްދިއްޔަތުގެ ބަލިމަޑުކަމުން އަރައިގަތުމަށް، އުޚުރަވީ ޙަޔާތަށް ނަޒަރު އަމާޒުކުރަންޖެހޭ!

މުސްލިމެއްގެ ނަޒަރު އަބަދުވެސް ހުންނަން ވާނީ އާޚިރަތަށެވެ. ކަންކަމުގައި ވިސްނާ ފިކުރު ކުރާނީ އަބަދުވެސް އާޚިރަތް ހިތްމައްޗަށް ގެނެސްގެންނެވެ. ތިމާ މިކުރާ ކަމުން އުޚުރަވީ ޙަޔާތަށް އޮތީ ކޮން ފައިދާއެއްތޯ ވިސްނާ ޙާލުގައެވެ. މުސްލިމު އަޅާގެ މުޅި ޙަޔާތަކީ އަޅުކަމެއް ކަމުގައި ވެގެން ދާ ސަބަބަކީ ވެސް މިއީ ކަމުގައި ބުނެވިދާނެއެވެ. ​ކާފަރުންނާއި މާއްދިއްޔަތަށް ޣަރަޤުވެފައި ތިބި މާއްދިއްޔަތުގެ އަޅުންނާ ޚިލާފަށް ޙަޔާތުގެ މައިދާނުގައި އުޅޭ އުޅުމުގައި މާއްދީ ވިސްނުމެއް އިސްކުރުމުގެ ބަދަލުގައި އަބަދުވެސް މުސް...

އުޙުދު ހަނގުރާމައިގައި މުސްލިމުން "ބަލިވުމުން" ލިބުނު ބައެއް ފައިދާ
Column

އުޙުދު ހަނގުރާމައިގައި މުސްލިމުން "ބަލިވުމުން" ލިބުނު ބައެއް ފައިދާ

އުޙުދު ހަނގުރާމައިގެ ވާހަކަތައް ކިޔަމުންދާއިރު، ނަބިއްޔާ صلى الله عليه وسلم ހުންނެވުމާ އެކު ވެސް މުސްލިމުންނަށް އެ ހަނގުރާމައިން ބޮޑެތި ގެއްލުންތައް ކުރިމަތިވި ކުރިމަތިވުމާ މެދު ހައިރާންވެއެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބެނީ ޚުދު ނަބިއްޔާ صلى الله عليه وسلم އަށް ތަފާތު އެކިއެކި އަނިޔާތަކާއި ޒަޚަމްތައް ލިބިވަޑައިގަތުމުންނެވެ. އެހެނީ، އެއީ މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ އެ އިލާހުގެ ނަބިއްޔާއެވެ. އެފަދަ ގެއްލުންތަކެއް މުސްލިމުންނަށް ލިބި، ކާފަރުންނަށް އުފާވެރިކަމެއް ކަމަށް އެ ހަނގުރާމަވެގެން […]

މާތް ﷲގެ ދީނަށް ދަޢުވަތު ދިނުން
Column

މާތް ﷲގެ ދީނަށް ދަޢުވަތު ދިނުން

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނަށް ދަޢުވަތު ދިނުމަކީ، ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ވަޒީފާއެވެ. އެންމެ މަތިވެރި، އެންމެ މާތް ވަޒީފާއެވެ. މާތް ﷲ ގެ ދީނަށް ދަޢުވަތު ދިނުމޭ ބުނުމުން، ބައެއް މީހުންގެ ހިތަށް އަރަނީ، އެއީ ހަމައެކަނި ޢިލްމުވެރީންގެ ޒިންމާއެއް ކަމުގައެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ތެދެކެވެ. ޢިލްމުވެރީންނަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ވާރުތަވެރީންނެވެ. އެ ބޭކަލުން ވާރުތައިގެ ގޮތުގައި ދީނާރެއް ދިރުހަމެއް ދުލެއް ނުކުރައްވައެވެ. ދޫކުރެއްވީ ޢިލްމެވެ. އެ ޢިލްމު ލިބިއްޖެ މީހަ...

ހާޖަރުގެފާނުގެ ވާހަކައިން ޢިބްރަތް ހާސިލުކުރުން
Column

ހާޖަރުގެފާނުގެ ވާހަކައިން ޢިބްރަތް ހާސިލުކުރުން

އިބްރާހީމް ޢަލަހިއްސަލާމް އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރުގެފާނާއި ތުއްޕުޅު ދަރިފުޅު އިސްމާޢީލުގެފާނާއިގެން       މާތް ﷲ ގެ އަމުރުފުޅަށްބައިތުލްމަޤްދިސުން މައްކާއަށް ވަޑައިގަތެވެ. އެއިރު އިސްމާޢީލުގެފާނަކީ ހަމައެކަނި ކިރުފޮދު ހިއްޕަވާ ތުއްޕުޅު ބޭފުޅެކެވެ. މައްކާގެ ބިމަށް ވަޑައިގެން އެކަލޭގެފާނު އެ ދެ މައިން އެ ތަނުގައި ބައިތިއްބެވިއެވެ. އަދި އަރިހުގައި ކަދުރު ކޮތަޅަކާއި ފެން ހަމެއް ބެހެއްޓެވިއެވެ. އެއަށް ފަހު، އެ ދެ މައިން ދޫކުރައްވައި އެކަލޭގެފާނު ވަޑައިގަންނަވަން ފެއްޓުމުން، ހާޖަރުގެފާނު އ...

އާޑަފުރައްސާރަ: މުޖުތަމަޢުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ނުބައި ވަބާއެއް
Column

އާޑަފުރައްސާރަ: މުޖުތަމަޢުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ނުބައި ވަބާއެއް

އާޑަކިޔުމަކީ މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމެވެ. ދީނީ ނަޒަރަކުން ބަލާއިރު، އާޑަފުރައްސާރަ ކުރުމަކީ ވަރަށް ބޮޑަށް ނަހީކުރައްވައި މަނާ ކުރައްވާފައިވާ ކަމެކެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި މި ނުބައި ވަބާ ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ކިރިޔާވެސް ތިމާ ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެނަމަ، އެންމެ ފަސޭހައިން ކުރާ ކަމަކަށް ވެފައި މި އޮންނަނީ އާޑަކިޔުމެވެ. މުސްލިމުންނަކީ މާތް ﷲ އެންގެވި ގޮތަށް އެބައިމީހުންގެ އުޅުމާއި ގުޅުންތައް ބައްޓަން ކުރާންޖެހޭ ބައެކެވެ. އެގޮތުން މާތް ނަބި...

ސަމާލުވާންޖެހޭ އެ ކަރުދާސްކޮޅު! ތިބާ ސުވަރުގެއަށް ވައްދައިފާނޭ ސަބަބަކަށް ވެސް ވެދާނެ
Column

ސަމާލުވާންޖެހޭ އެ ކަރުދާސްކޮޅު! ތިބާ ސުވަރުގެއަށް ވައްދައިފާނޭ ސަބަބަކަށް ވެސް ވެދާނެ

قال الله تعالى: وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ (އަލްޙައްޖު: 32) މާނައީ: “އަދި اللَّه ގެ ޝިޢާރުތަކަށް މާތްކޮށްހިތާމީހާ (ދަންނާށެވެ) ފަހެ، ހަމަކަށަވަރުން، އެކަންތައްވަނީ، ހިތްތަކުގެ ތަޤްވާވެރިކަމުގެ ތެރެއިންނެވެ.” މި ކަރުދާސްކޮޅުގައި މިވަނީ ވަރަށް މަތިވެރި އާޔަތެކެވެ. މި އާޔަތުގައި ވަނީ މާތް ﷲ ގެ ޝިޢާރުތައް މަތިވެރި ކުރާ މީހަކު އެކަން ކުރާނީ އޭނާ ހިތުގައި ހިނގާ ތަޤްވާވެރިކަމެއްގެ ސަބަބުން ކަމަށް ބަޔާންކުރައްވާފައެވެ. މި ކަރުދާސްކޮޅުގައި މިފަދައިން މާތް […]

ޢަރުޝީގެ ހިޔާވަހިކަމުގެ ޝަރަފު ލިބޭނޭ ހަތް މީހަކުވެއެވެ.
Column

ޢަރުޝީގެ ހިޔާވަހިކަމުގެ ޝަރަފު ލިބޭނޭ ހަތް މީހަކުވެއެވެ.

ޤިޔާމަތް ދުވަހަކީ، ހުރިހާ ޚަލްޤުތައް، މާތް ﷲ ގެ ޙަޟްރަތަށް ޖަމާކުރެވޭ ދުވަހެވެ. އެދުވަހުގެ ބިރުވެރިކަމާއި ބެހޭގޮތުން ގިނަގުނަ އާޔަތްތަކާއި ޙަދީޘްތައް ވާރިދުވެގެން އައިސްފައިވެއެވެ. ނަމަވެސް، އެދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުން މާތް ﷲ ރައްކައުތެރި ކުރައްވައި، އާމާންކަން ދެއްވަވައި، އެ އިލާހުގެ ޢަރްޝިކޮޅުގެ ހިޔާވަހިކަން ދެއްވަވާ ހަތް ބައެއް ވެއެވެ. ޢަރްޝީގެ ހިޔާވަހިކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘް: ކީރިތިރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. ” سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ...

ނަމާދު ޤާއިމް ކުރުމަށް އަމުރުކުރުން: ތަރުބިއްޔަތުގެ މުހިންމު ރުކުނެއް!
Column

ނަމާދު ޤާއިމް ކުރުމަށް އަމުރުކުރުން: ތަރުބިއްޔަތުގެ މުހިންމު ރުކުނެއް!

އިސްމާޢީލް عليه السلام، އެކަލޭގެފާނުގެ އަނބިދަރީން ތަރުބިއްޔަތު ކުރެއްވި މަތިވެރި ތަރުބިއްޔަތަށް އިޝާރާތް ކުރައްވައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيًّا ‎(سورة مريم:55) މާނައީ: [އަދި އެކަލޭގެފާނުގެ އަހުލުންނަށް (އެބަހީ: އަނބިދަރީންނަށް) ނަމާދު ޤާއިމް ކުރުމަށާއި، ޒަކާތް ދީ އުޅުމަށް، އެކަލޭގެފާނު އަމުރުކުރައްވާ ކަމުގައި ވިއެވެ. އަދި އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި، ރުއްސުން ލައްވައިފައިވާ ބޭކަލަކު ކަމުގ...

ފަލްސަފީ ޢިލްމުލްކަލާމާއި އިސްލާމީ ސާފުސީދާ ފިޠުރަތުގެ ޢަޤީދާ!
Column

ފަލްސަފީ ޢިލްމުލްކަލާމާއި އިސްލާމީ ސާފުސީދާ ފިޠުރަތުގެ ޢަޤީދާ!

އިސްލާމީ ޢަޤީދާއަކީ ސާފުސީދާ ޢަޤީދާއެކެވެ. މާތް ނަބިއްޔާ ﷺ ގެ ޒަމާނާއި، އެއަށް ފަހު އެކަލޭގެފާނު އަވަހާރަވުމަށް ފަހު ޞަޙާބީންގެ ޒަމާނުގައި ވެސް މި ކަން އޮތީ މި ގޮތަށެވެ. އީމާންކަމުގެ ރުކުންތަކުގައި ހިމެނޭ 6 ކަންތަކަކީ އެ ބޭކަލުންގެ ހިތުގައި ބިންވަޅު ނެގިފައިވާ ކަންކަމެވެ. އެ ކަންކަމާ އެ ބޭކަލުން ޖަދަލުކުރައްވާ ނުއުޅުއްވައެވެ. އެއީ އެ ކަންކަމުގެ ސާފު ކަމުންނެވެ. އެހެނީ، އެއީ ފިޠުރަތުގެ ޢަޤީދާއެވެ. އެއީ ބަލައިލި ކޮންމެ ދިމާލަކުން ވެސް އެ ކަންކަމަށް […]

އިބްރާހީމްގެފާނު ދަރީން ތަރުބިއްޔަތު ކުރެއްވި ގޮތުގެ މަތިވެރި ނަމޫނާ!
Column

އިބްރާހީމްގެފާނު ދަރީން ތަރުބިއްޔަތު ކުރެއްވި ގޮތުގެ މަތިވެރި ނަމޫނާ!

އިބްރާހީމްގެފާނު، އެކަލޭގެފާނަށް ޞާލިޙު ހެޔޮ ދަރިފަސްކޮޅެއް ދެއްވުން އެދި މާތް ﷲ އަށް ގިނަގިނައިން ދުޢާކުރެއްވިއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި އިބްރާހީމްގެފާނުގެ މި ދުޢާފުޅު ޒިކުރު ކުރައްވައިފައި ވެއެވެ. رَبِّ هَبْ لِي مِنَ الصَّالِحِينَ ‎(الصافات: 100) މާނައީ: [އަޅުގެ ވެރިރައްބެވެ! މި އަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!] މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ، އިބްރާހީމްގެފާނުގެ މި ދުޢާ އިޖާބަކުރައްވައި، އެކަލޭގެފާނަށް އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނު ދެއްވިއެވެ. މާތް ﷲ ގެ މި ނިޢުމަތަށް...

"އޭ އިންސާނާއެވެ! ތިބާއަކީ ދުވަސްތަކެކެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ތިބާގެ ގައިން އުނިވެގެންދާ ބައެކެވެ."
Column

"އޭ އިންސާނާއެވެ! ތިބާއަކީ ދުވަސްތަކެކެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ތިބާގެ ގައިން އުނިވެގެންދާ ބައެކެވެ."

ކަންނެތްކަމެވެ. ލަސްކުރުމެވެ. ފަރުވާލެއް ނެތުމެވެ. ފިލްމާއި ޑްރާމާ ބެލުމެވެ. ބޭކާރު ވާހަކަތައް ދެއްކުމެވެ. ބޭނުމެއް ނެތް ގޮތުގައި ރޭހަތަރުދަން ހޭލާ ހުރުމެވެ. މާނައެއް ނެތް އެތައް ވަގުތެއް މީސްމީޑިއާގައި ހޭދަކުރުމެވެ. މިހިރީ މުޅީން ވެސް މީސްތަކުންގެ ވަގުތު ބޭކާރުވެގެންދާ ކަންކަމެވެ. މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައި މިވާ ވަގުތަކީ އަޅުގަނޑުމެންގެ ޙަޔާތެވެ. ޙަޔާތުން އުނިވެގެންދާ ކޮންމެ ދުވަހަކީ އަޅުގަނޑުމެންގެ މަރާ ކައިރި ކުރަމުންދާ ދުވަހެކެވެ. އެހެންކަމުން، ޢަރަބި ބަހެއްގައި ވެއެވެ. ” يَا إِنْسا...

ބުއްދި އާ މެދު ކިބުރުވެރިވެއްޖެނަމަ، މަގު އޮޅިގެން ދިޔުން އޮންނާނީ ދާދި ގާތުގައި
Column

ބުއްދި އާ މެދު ކިބުރުވެރިވެއްޖެނަމަ، މަގު އޮޅިގެން ދިޔުން އޮންނާނީ ދާދި ގާތުގައި

ބުއްދި އަކީ މާތް ﷲ އިންސާނަކަށް ދެއްވާނެ އެންމެ އަގުހުރި އެއް ނިޢުމަތެވެ. ބަނީއާދަމު ކަރާމާތްތެރިކުރައްވައި، އެހެން މަޚްލޫޤުންތަކުންގެ މައްޗަށް އެ އިލާހު މަތިވެރި ކުރެއްވީ ބުއްދީގެ ނިޢުމަތުންނެވެ. ހެވާއި ނުބައި އިންސާނާއަށް ދެނެގަނެވޭނީ އެ ބުއްދީގެ ބޭނުން ކޮށްގެނެވެ. ކައުނާއި ދުނިޔޭގައި ވާހާ ކަންކަމަށް އެއްވެސް އިސްތިންސާއެއް ނެތި، ނަޒަރު ހިންގައި، ވިސްނައި ބަލައި، ފިކުރުކުރުމަށް އެ އިލާހު އެންގެވީ މި ސަބަބާ ހުރެއެވެ. އެހެނީ، ބެލި ކޮންމެ ދިމާލަކުންވެސް ފެނިގެން ދާނީ އެ އިލާހުގެ […]

ވަޑިއެއްގެ ވާހަކައިން ލިބޭ ޢިބްރަތް!
Column

ވަޑިއެއްގެ ވާހަކައިން ލިބޭ ޢިބްރަތް!

އެއްޒަމާނެއްގައި އުޅުނު ވަރަށް މޮޅު ވަޑިއެކެވެ. މުޅި އުމުރު ވަޑާން ކުރުމުގައި އޭނަ ހޭދަކުރިއެވެ. މިގޮތުގައި ދިގު މުއްދަތެއް ފާއިތު ވުމަށް ފަހު، ޤުދުރަތީ ޤާނޫނުގައި އޮންނަ ގޮތުން މާވަޑިޔާއަށް ވެސް މުސްކުޅި ޢުމުރުގެ ހަރުފަތްތަކަށް އަރާން ޖެހުނެވެ. މުސްކުޅިކަމާ އެކު، މަސައްކަތުގައި ލިބިހުރި ތޫނުފިލިކަމުގެ މައްޗަށް ލޯބޯ ކޮށިވުމުގެ އުނިކަން މަތި ވެގެން ދިޔުމުން، މަސައްކަތާ ދުރަށް ގޮސް، ޙަޔާތުގައި ބާކީ އޮތް ދުވަސްތައް އަނބިދަރިންނާ އެކު ހޭދަކުރަން އޭނަ ނިންމިއެވެ. މަސައްކަތް ހުއްޓައިލުމަށް ނިންމުމަށް...