މޫނު ބުރުގާއަކީ ޢިލްމުވެރީންގެ އިއްތިފާޤުން، މާތް މަތިވެރި ޝިޢާރެކެވެ.
މޫނު ބުރުގާއަކީ ހައްދު ފަހަނަޅައިފައިވާ ކަމުގެ ނިޝާނެއް ކަމަށް ބައެއް މީހުން ފާހަގަކުރެއެވެ. ނަމަވެސް ދީނީގޮތުން މި ކަން އޮތީ ދިމާ އިދިކޮޅަށެވެ. މޫނު ބުރުގާއަކީ ޢިލްމުވެރީންގެ އިއްތިފާޤުން، މާތް މަތިވެރި ޝިޢާރެކެވެ. ޢިލްމުވެރީންގެ މެދުގައި ޚިލާފު އޮތީ އަންހެނާގެ މޫނަކީ އައުރަތޯ ނުވަތަ ނޫންތޯއާ މެދުގައެވެ. ބައެއް ޢިލްމުވެރީންގެ އަރިހުގައި މޫނާއި ދެ އަތްތިލައަކީ ވެސް އައުރައެވެ. އަނެއް ބައި ޢިލްމުވެރީންގެ އަރިހުގައި އެއީ އައުރައެއް ނޫނެވެ. ނަމަވެސް ފޮރުވުން މަތިވެރި ކަމެކެވެ. މުސްތަޙައްބު ކަމެކެވެ...