Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,127 Stories
304 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

އުދައްޔުގެ މަރު: ސަލާމަތްވި މީހާގެ މައްސަލާގައި ދައުލަތުން ހައި ކޯޓަށް
Raajje

އުދައްޔުގެ މަރު: ސަލާމަތްވި މީހާގެ މައްސަލާގައި ދައުލަތުން ހައި ކޯޓަށް

ގއ. މާމެންދޫގައި އަހުމަދު އުދައްޔު މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވެ ސަލާމަތްވި މީހެއްގެ މައްސަލަ އިސްތިއުނާފް ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ފެބްރުއަރީ, 2021 ގައި ގްރޫޕަކުން ގޮސް އުދައްޔުއަށް ހަމަލާދީ މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. އެހެންވެ, އެ ދެ މީހުން މެރުމަށް އެ ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. ނަމަވެސް […]

ލަމްހާ އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް
Raajje

ލަމްހާ އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާ އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި ކަމަށް ބުނެ މޭރީގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލާގައި އޮކްޓޫބަރު, 2021 އިން ފެށިގެން ބަންދުގައި ބެހެއްޓުމަށްފަހު މި...

ބައްސާމްގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
Raajje

ބައްސާމްގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާތަކަށް ހިނާޔާތްތެރިވި މައްސަލާގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިތުރު ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ބައްސާމްގެ ކުރިން ޖަލަށްލީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް, ބޭނުންކުރި މައްސަލާގައި ހިޔ...

ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ބާތިލްކޮށް, މައްސަލަ އަލުން ބަލަން އަންގައިފި
Raajje

ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ބާތިލްކޮށް, މައްސަލަ އަލުން ބަލަން އަންގައިފި

ބޯޓެއްގެ މައްސަލާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާއާ ގުޅިގެން ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި އެވެ. ކައިޒީން އޭނާގެ ބައްޕަ، އިބްރާހިމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ކައިޒީން ދީގެން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާތީ އެ ބޯޓު އޭނާގެ […]

ޔާމީން ކޯޓަށް ހާޒިރުނުވެ, ދިއްދޫއަށް ފުރައިވަޑައިގަތުމުން ކޯޓުގެ އިންޒާރު
Raajje

ޔާމީން ކޯޓަށް ހާޒިރުނުވެ, ދިއްދޫއަށް ފުރައިވަޑައިގަތުމުން ކޯޓުގެ އިންޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލާގެ ޝަރީއަތަށް މިއަދު ހާޒިރުނުވެ, ހއ. ދިއްދޫއަށް ވަޑައިގަތުމަށް ފުރައިވަޑައިގަތުމުން އެމަނިކުފާނާ މެދު ގާނޫނީ ފިޔަވަޅު އެޅިދާނެކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ. ޔާމީން މިއަދު ދިއްދޫއަށް ވަޑައިގަތުމަށް ފުރައިވަޑައިގަތީ ހއ. އަތޮޅު ކައުންސިލް އެވޯޑު “ތިލައުތުރު އެވޯޑް 2025” ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށެވެ. ނަމަވެސް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނަށް ދައުވާކުރާ މައްސަލާގެ އަޑުއެހުމެއް މިއަދު ތ...

ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ދިން ހުއްދަ ހައި ކޯޓުން ބާތިލްކޮށްފި
Raajje

ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ދިން ހުއްދަ ހައި ކޯޓުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑް ކުންފުނިން ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ބީއެމްއެލްއަށް ދީފައިވާ ހުއްދަ ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ. ހެވީލޯޑް ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުން ވިއްކާލަން އިއުލާންކުރީ ލ. ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑެވެ. […]

ލަންކާ ޝެފަކު މަރާލި މައްސަލާގައި ދައުލަތުން ހައި ކޯޓަށް
Raajje

ލަންކާ ޝެފަކު މަރާލި މައްސަލާގައި ދައުލަތުން ހައި ކޯޓަށް

ރާއްޖޭގެ ރިސޯޓެއްގައި ސްރީލަންކާގެ ޝެފަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ލަންކާ މީހާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ލަންކާގެ ޝެފަކަށް 2019 ވަނަ އަހަރު ހަމަލާދީ މަރާލީ އެއްލައިދޫ ރިސޯޓުގަ އެވެ. އެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް […]

ކުޑަކުއްޖެއްގެ ގައިގައި އަތްލި މީހަކު އެއް މަހަށް ޖަލަށް
Raajje

ކުޑަކުއްޖެއްގެ ގައިގައި އަތްލި މީހަކު އެއް މަހަށް ޖަލަށް

ކުޑަކުއްޖެއްގެ ގައިގައި އަތްލި އަންހެނަކު އެއް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ކްރިމިނަލް ކޯޓުން ބުނީ އެ އަންހެން މީހާ ޖަލަށްލާން ހުކުމްކުރީ މިދިޔަ ހަފުތާގައި ކަމަށެވެ. ނަމަވެސް އެއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ އެ މައްސަަލާގެ ތަފްސީލެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ. އެ މީހާގެ މައްޗަށް ކޯޓުން އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ގާނޫނުލްއުގޫބާތު އޮންނަ ގޮތުން މީހެއްގެ ރުހުމެއް ނެތި ގައިގައި އަތްލުމަކީ […]

ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
Raajje

ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ބައްސާމްގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާކުރީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ދިން ތެރެއިން 10،000 ޑޮލަރު (154،000ރ.) ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި ކަމަށް މައްސަލާގަ އެވެ. ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ ޑޮލަރު މާރުކުރަން އެފްއޭއެމްއިން ދިން އެ ފައިިސާ ބައްސާމްގެ އަމިއްލަ […]

މަނީ ލޯންޑްރިންގެ ދައުވާތަކުން ސަން ކުންފުނި ސަލާމަތްވެއްޖެ
Raajje

މަނީ ލޯންޑްރިންގެ ދައުވާތަކުން ސަން ކުންފުނި ސަލާމަތްވެއްޖެ

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރީ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ފައިސާތަކެއް ލޯންޑާކޮށްދިން ކަމަށް ބުނެ އެވެ. އެމައްސަލާގައި ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހެވެ. އެދުވަހުގެ ތާވަލްގައި އެ މައްސަލަ […...

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން 12 އަހަރަށް ޖަލަށް
Raajje

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން 12 އަހަރަށް ޖަލަށް

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ރިޝްވަތު ހިފިކަން ސާބިތުވެ, އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ. ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު އެ ކުންފުންޏަށް ބައެއް ތަކެތި ގަތުމަށް ހަވާލުކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ ކުރި ހަތް ދައުވާގެ ތެރެއިން ދެ ދައުވާއެއް ވަނީ ސާބިތުވެފަ އެވެ. މައުމޫންގެ މައްޗަށް […]

ބައްސާމްގެ މައްސަލާގައި ހުކުމް އިއްވަން ތައްޔާރުވެއްޖެ
Raajje

ބައްސާމްގެ މައްސަލާގައި ހުކުމް އިއްވަން ތައްޔާރުވެއްޖެ

އެފްއޭއެމްގެ ކުރީގެ ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް ނިމި, ހުކުމް އިއްވަން ތައްޔާރުވެއްޖެ އެވެ. ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން، ބައްސާމްގެ އެކައުންޓަކަށް ޖަމާކުރި މައްސަލާގަ އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އ...

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަކަށް މުހައްމަދު އިސްމާއިލް
Thiladhunmathi News

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަކަށް މުހައްމަދު އިސްމާއިލް

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް މުހައްމަދު އިސްމާއިލް އައްޔަން ކުރައްވައިފި އެވެ. ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމަށް 2020 ވަނަ އަހަރު އައްޔަން ކުރެއްވި މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލަށް ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވީ އެ މަގާމަށް ކުރިމަތިލެއްވި ފަނޑިޔާރުންނާ އިންޓަވިއު ކުރުމަށްފަހު މިއަދު ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުންޏެވެ. ޖޭއެސްސީން ބުނިގޮތުގައި އެ ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާއަށް މަގާމުގެ ފަ...

ފުއްގިރި މައްސަލާގައި އޭސީޕީ ރިޔާޒް ހާޒިރުކުރުމާ މެދު ގޮތެއް ނިންމަނީ
Raajje

ފުއްގިރި މައްސަލާގައި އޭސީޕީ ރިޔާޒް ހާޒިރުކުރުމާ މެދު ގޮތެއް ނިންމަނީ

ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގައި ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުން ފަސްކޮށް, އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ކޯޓަށް ހާޒިރުކުރުމާ މެދު ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ. ޔާމީނަށް ދައުވާކުރަނީ ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގެ ހެކިބަސް ނެގުމުގެ […]

މަޝްއަރު އުމްރާ ގްރޫޕްގެ ވެރިޔާ ތިން އަހަރަށް ޖަލަށް
Raajje

މަޝްއަރު އުމްރާ ގްރޫޕްގެ ވެރިޔާ ތިން އަހަރަށް ޖަލަށް

އުމްރާއަށް މީހުން ގެންދިއުމާ ގުޅޭ އެކި މައްސަލަތައް ކުރިމަތިވެފައިވާ މަޝްއަރު ގްރޫޕުން ދޫކުރި ޗެކެއް ބައުންސްވި މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އަލީ ފާރިޝް ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މަޝްއަރު ގްރޫޕުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި މީހުންގެ އަތުން ފައިސާ ނެގުމާއި އަދި އުމްރާއަށް މީހުން ގެންދިއުމަށްފަހު އެ މީހުން އަނބުރާ ނުނެގެނެވިގެން އެކިފަހަރުމަތިން މައްސަލަތައް ކުރިމަތިވެފައިވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި އެ ކުންފުނީގެ ވެރިޔާ ފާރިޝްގެ...