Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,127 Stories
304 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

ޓެކުހަށް މަކަރު ހެދުމުގެ ގިނަ ދައުވާތަކެއް އަލީ ލަތީފާއި އިކްލީލްގެ މައްޗަށް ކުރަން ކޯޓަށް
Raajje

ޓެކުހަށް މަކަރު ހެދުމުގެ ގިނަ ދައުވާތަކެއް އަލީ ލަތީފާއި އިކްލީލްގެ މައްޗަށް ކުރަން ކޯޓަށް

ކޮވިޑް-19 ގެ ދުވަސްވަރު ރާއްޖޭގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދީގެން ހޯދި އާމްދަނީގެ މައުލޫމާތު ސިއްރުކޮށް, ގަސްދުގައި ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލާގައި ޑރ. އަލީ އަބްދުالله ލަތީފާއި ޑރ. އިކްލީލް ޝަރީފްގެ މައްޗަށް ދައުވާތަކެއް ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތަހުގީގުކުރި އެ މައްސަލާގައި އެ ދެ ޑޮކްޓަރުންގެ މަސްލަހަތު އޮންނަ އައިލެންޑް ހެލްތް ސޮލިއުޝަންސް އާއި ޕައިނިއާ މޯލްޑިވްސްއިން އާމްދަނީގެ މައުލޫމާތު އޮޅުވާލައި...

މައުމޫނަށް ކުރާ ރިޝްވަތުގެ ދައުވާތަކުގެ ހުކުމްކުރުން ފަސްކޮށްފި
Raajje

މައުމޫނަށް ކުރާ ރިޝްވަތުގެ ދައުވާތަކުގެ ހުކުމްކުރުން ފަސްކޮށްފި

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާތަކުގެ ގުޅޭގޮތުން ހުކުމް އިއްވުން ފަސްކޮށްފި އެވެ. މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު މޯލްޑިވްސް ގޭހާއި މުއާމަލާތްކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރިޝްވަތުގެ ހަތް ދައުވާއެެއް އޭނާގެ މައްޗަށް އުފުލިއިރު,އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ […]

ބައްސާމަށް އިތުރު 23 އަހަރުގެ ޖަލު ހުކުމަކާއި 44 މިލިއަންގެ ޖޫރިމަނާއެއް
Raajje

ބައްސާމަށް އިތުރު 23 އަހަރުގެ ޖަލު ހުކުމަކާއި 44 މިލިއަންގެ ޖޫރިމަނާއެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލާގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިތުރު 23 އަހަރަށް ޖަލަށްލައި, ބޮޑު ޖޫރިމަނާއެއް ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި ކުރިން ވެސް ނުވަ އަހަރުގެ މުއްދަތަށް ޖަލަށްލާފައިވާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ […]

ޖަލު ހުކުމެއްގައި ހުރި ބައްސާމްގެ މައްޗަށް އިތުރު ދެ ކުށެއް ސާބިތުވެއްޖެ
Raajje

ޖަލު ހުކުމެއްގައި ހުރި ބައްސާމްގެ މައްޗަށް އިތުރު ދެ ކުށެއް ސާބިތުވެއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި 9 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިތުރު ދައުވާތަކެއް ސާބިތުވެއްޖެ އެވެ. ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާކުރީ ފީފާއިން އެފްއޭއެމަށް ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) ބޭނުންކޮށްގެން އަމިން އެވެނިއުގެ ޕެންޓްހައުސްއެއް ގަތް ކަމަށް […]

މަންޑޭގެ މައްޗަށް 397 އަހަރުގެ ޖަލު ހުކުމެއް
News

މަންޑޭގެ މައްޗަށް 397 އަހަރުގެ ޖަލު ހުކުމެއް

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މަންޑޭ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ކުރިއިރު އޭގެ ތެރެއިން 94 ދައުވާއެއް ވަނީ ސާބިތުވެފަ އެވެ. އެއީ ރާއްޖޭގެ ރެކޯޑެކެވެ. މަންޑޭގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ ޓެކުމުގެ 46 ދައުވާއެއްގައި 368 […]

މަންޑޭގެ މައްޗަށް މާދަމާ އަދަބު ކަނޑައަޅަނީ
Raajje

މަންޑޭގެ މައްޗަށް މާދަމާ އަދަބު ކަނޑައަޅަނީ

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ފައިސާ ނެގި މައްސަލާގައި ގިނަ އަދަދެއްގެ ދައުވާތައް ސާބިތުވި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް މާދަމާ އަދަބު ކަނޑައަޅަން ނިންމައިފި އެވެ. ފްލެޓް ވިއްކުމުގެ ނަމުގައި އެކި މީހުންގެ އަތުން މަންޑޭ ފައިސާ ނެގި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެއް […]

އައިއެސްގެ މެމްބަރަކަށް އުޅުނުކަން ސާބިތުވެ, ހޫދު 23 އަހަރަށް ޖަލަށް
Raajje

އައިއެސްގެ މެމްބަރަކަށް އުޅުނުކަން ސާބިތުވެ, ހޫދު 23 އަހަރަށް ޖަލަށް

އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް, ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ވ. ދެލްވައްތަ ހޫދު ހައްޔަރުކުރީ ބޭރުގެ ތަހުގީގީ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖެނުއަރީ، 2022 ގައި މާލެއިންނެވެ. އެ މައްސަލާގައި ހޫދުގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފަސް ދައުވާއެއް ދައުލަތުން ކުރި އެވެ. އޭގެ ތެރެއިން ބައެއް ތިން ދައުވާއެއް ދައުވާތައް ސާބިތުވެ، އޭނާ […]

މަންޑޭގެ މައްޗަށް 90 އަށް ވުރެ ގިނަ ދައުވާ ސާބިތުވެއްޖެ
Raajje

މަންޑޭގެ މައްޗަށް 90 އަށް ވުރެ ގިނަ ދައުވާ ސާބިތުވެއްޖެ

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ކުރި 100 އަށް ވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކޭ ޕާކްގެ ފްލެޓް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 104 ދައުވާއެއް ކުރި އެވެ. އޭގެ ތެރެއިން މިއަދު ސާބިތުވާ ކަމަށް ނިންމީ […]

ޝަމްއާން ބަންދުން ދޫކޮށްލައިފި
Raajje

ޝަމްއާން ބަންދުން ދޫކޮށްލައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިއަދު ބަންދުން ދޫކޮށްލައިފި އެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު ފަސް ލައްކަ ރުފިޔާ ފޭރުނު ކަމަށް ތުހުމަތުކޮށް، މަގާމުން ވަކިކޮށް ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ މާޗް މަހު އެވެ. ކްރިމިނަލް ކޯޓުން މިއަދު ޝަމްއާން ބަންދުން ދޫކޮށްލަން އަމުރުކުރީ ދައުލަތުން އެގޮތަށް އެދުމުންނެވެ. އޭނާ ބަންދުން ދޫކޮށްލީ ފުރުން މަނާ ކުރުމަށްފަހު އަދި ކޯޓަށް ހާޒިރުވުމާއި ހެއްކަށް ނުފޫޒު ފޯރުވޭ ފަދަ […]

ޝަރީއަތް ފަސްކުރަން މަންޑޭ އެދުނަސް, ހުކުމް ހޮނިހިރު ދުވަހު
Raajje

ޝަރީއަތް ފަސްކުރަން މަންޑޭ އެދުނަސް, ހުކުމް ހޮނިހިރު ދުވަހު

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްސަލާގެ އަޑުއެހުން ފަސްކުރަން މަންޑޭގެ ފަރާތުން އެދި އެ މައްސަލާގައި މިއަދު ކޯޓަށް ހާޒިރު ނުވުމުން ހުކުމް އިއްވުން ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ. ކޭ ޕާކް ހަދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް މަންޑޭގެ މައްޗަށް […]

ކުއްޖަކު މަރާލުމަށްފަހު ފޮށްޓަަކަށްލާަފައި މޫދަށް އެއްލާލި އެކަކު 12 އަހަރަށް ޖަލަށް
Raajje

ކުއްޖަކު މަރާލުމަށްފަހު ފޮށްޓަަކަށްލާަފައި މޫދަށް އެއްލާލި އެކަކު 12 އަހަރަށް ޖަލަށް

ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ބައިވެރިވި 17 އަހަރުގެ ކުއްޖާ 12 އަހަރަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ. ޖޫން، 2021 ގައި 13 އަހަރުގެ ކުއްޖާ މަރާލުމަށްފަހު ފޮށްޓަކަށްލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ ހުޅުމާލޭ ފޭސް 2 ގެ މޫންނެވެ. އެ މައްސަލާގައި އޭރު އުމުރުން 17 އަހަރުގެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ […]

ގިނަ ބަޔަކަށް ލަނޑުދިން ޝިފާއު 109 އަހަރަށް ޖަލަށް
Raajje

ގިނަ ބަޔަކަށް ލަނޑުދިން ޝިފާއު 109 އަހަރަށް ޖަލަށް

ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ އެކި ކުންފުނިތަކުގެ އަތުން އޮޅުވާލައިގެން މުދާ ހޯދި ހުސައިން ޝިފާއު 109 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި ޝިފާއުގެ މައްޗަށް ކުރި 23 ދައުވާއެއް ވަނީ ސާބިތުވެފަ އެވެ. އެއީ މަކަރާއި ހީލަތް ހެދުމާއި މަނީލޯންޑްރިންގެ އިތުރުން ސައްހަ ނޫންލިޔުމެއް ދިނުމުގެ ދައުވާތަކެވެ. އެ […]

ގިނަ ބަޔަކަށް ލަނޑުދިން ޝިފާއުގެ މައްޗަށް ހުރިހާ ދައުވާއެއް ސާބިތުވެއްޖެ
Raajje

ގިނަ ބަޔަކަށް ލަނޑުދިން ޝިފާއުގެ މައްޗަށް ހުރިހާ ދައުވާއެއް ސާބިތުވެއްޖެ

ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން މުދާ ހޯދި މައްސަލާގައި އޭނާގެ މައްޗަށް ކުރި 23 ދައުވާ ސާބިތުވެ, އޭނާއަށް 70 އަހަރުގެ ޖަލު ހުކުމެއް އިއްވަން ދައުލަތުން މިއަދު އެދެފި އެވެ. ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި ޝިފާއުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ އަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާ އެކެވެ. […]

ފަޒުލްގެ މައްޗަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް: ޕީޖީ
Raajje

ފަޒުލްގެ މައްޗަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް: ޕީޖީ

އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އައިޓީ ހެޑް އަބްދުﷲ ޝުހޫދުގެ މައްޗަށް ދައުވާ ކުރެވޭ މިންވަރުގެ ހެއްކެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ. ފަޒުލާއި ޝުހޫދުގެ މައްޗަށް ތުހުމަތު ކުރަނީ އެޗްޑީސީގެ ސާވާގައި ހުރި ލިޔުންތަކެއް ނައްތާލި ކަމަށް ބުނެ އެވެ. ނަމަވެސް ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލާގައި ފަޒުލާއި ޝުހޫދުގެ މައްޗަށް […]

ބައްސާމް ނެގި ފީފާގެ ދިފާއު ހައި ކޯޓުން ވެސް ނާކާމިޔާބު
Raajje

ބައްސާމް ނެގި ފީފާގެ ދިފާއު ހައި ކޯޓުން ވެސް ނާކާމިޔާބު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލަ ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނެގި ދިފާއު ބަލައިނުގަތުމަށް ހައި ކޯޓުން ވެސް ނިންމައިފި އެވެ. ފީފާއިން އެފްއޭއެމްއަށް ދިން ފައިސާތައް އަމިއްލަ ބޭނުމަށް ބޭނުންކުރިކަން ސާބިތުވެ, ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ […]