Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,127 Stories
290 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

ފުލުހަކު މަރާލި ގާތިލަށް ފުލުހުންގެ ދުވަހު ކުށް ސާބިތުވެއްޖެ
Raajje

ފުލުހަކު މަރާލި ގާތިލަށް ފުލުހުންގެ ދުވަހު ކުށް ސާބިތުވެއްޖެ

ކ. ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ފާހަގަކުރާ ފުލުހުންގެ ހިދުމަތުގެ ދުވަހު ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. ސާޖަންޓް އާދަމް ހަލީމަށް 2012 ވަނަ އަހަރު ހަމަލާދީ އޭނާ މަރާލީ އެރަށު ސުވާސާގޭ ސަމާހު ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް އޭނާ ނިކުމެ އުޅޭތީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. […]

ލަމްހާ އާއި މާވިންގެ މައްސަލާގެ ހުކުމް އަންނަ މަހު އިއްވަނީ
Raajje

ލަމްހާ އާއި މާވިންގެ މައްސަލާގެ ހުކުމް އަންނަ މަހު އިއްވަނީ

އައިޖީއެމްއެޗުގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް އަންނަ މަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ. ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ވަނީ ނިންމާލައިފަ އެވެ. އަދި އެ […]

އީރާނުން ދިން ފަހުގެ ހަމަލާއަށްފަހު ޔޫއޭއީގެ ޚާރިޖީ ސިޔާސަތަށް 180 ޑިގްރީގެ ބަދަލެއް
International

އީރާނުން ދިން ފަހުގެ ހަމަލާއަށްފަހު ޔޫއޭއީގެ ޚާރިޖީ ސިޔާސަތަށް 180 ޑިގްރީގެ ބަދަލެއް

އިއްޔެ އީރާނުން އަބޫދާބީގެ އިގްތިސާދީ ސަރަހައްދަށް ދިން ވަރުގަދަ ހަމަލާއަށްފަހު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެގައުމުގެ ޚާރިޖީ ސިޔާސަތު ބަދަލުކޮށް، ޑިޕްލޮމެޓިކް ހައްލަކަށް ދިއުމަށް ގޮވާލައިފިއެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން ޔޫއޭއީގެ ރޫހަށް އައި އެންމެ ބޮޑު ބަދަލު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މިދިޔަ މާރިޗު 28 ވަނަ ދުވަހު އީރާނުން ދިން މިސައިލް އަދި ޑްރޯން ހަމަލާތައް އަމާޒުވީ އަބޫދާބީގެ ޚަލީފާ އިކޮނޮމިކް ޒޯން (ކޭއީޒެޑްއޭޑީ) އަށެވެ. މި […]

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައްސަލާގައި ދެން އޮންނާނީ ހުކުމް
Raajje

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައްސަލާގައި ދެން އޮންނާނީ ހުކުމް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ. ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާގެ ފަރާތުން އެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސްގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮތް ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ އެވެ. […]

ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ބިލް ބާތިލުކުރަން ހުށަހެޅި މައްސަލަ ބަލައިނުގަތް
International

ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ބިލް ބާތިލުކުރަން ހުށަހެޅި މައްސަލަ ބަލައިނުގަތް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ގާނޫނު އަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލްވެފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ. ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މަޖިލީހުން ބިލެއް ފާސްކޮށްފައިވާއިރު, އެ ބިލާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ. އެ މައްސަލާގައި މަޖިލީހުގެ ކެންދޫ ދާއި...

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ ވޯޓު ހުއްޓުވުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
Raajje

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ ވޯޓު ހުއްޓުވުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ. އަންނަ މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއެކު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އާއި ވަކީލް އިބްރާހިމް ޝިޔާމާއި ރައްޔިތުންގެ […]

މޭރީ މަރާލުމުގެ ދައުވާލިބޭ މާވިން އިސްލާމްވެއްޖެ
Raajje

މޭރީ މަރާލުމުގެ ދައުވާލިބޭ މާވިން އިސްލާމްވެއްޖެ

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސް ޖަލުގައި ހުރެ އިސްލާމްވެއްޖެ އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު، 2021 މޭރީ މަރާލި އޭނާގެ ކަރަށާއި ބޮލަށް ދިން ހަމަލާތަކެއްގަ އެވެ. އެ މައްސަލާގައި މާވިންގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކުރާއިރު މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް އެކަމުގައި ބައިވެރިވުމުގެ ދައުވާ […]

ފޮތްތަކެއްގައި ފޮރުވައިގެން އެތެރެކުރި ޑްރަގް ނަގަން ދިޔަ މީހާ 18 އަހަރަށް ޖަލަށް
Raajje

ފޮތްތަކެއްގައި ފޮރުވައިގެން އެތެރެކުރި ޑްރަގް ނަގަން ދިޔަ މީހާ 18 އަހަރަށް ޖަލަށް

ފޮތްތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރި ކިލޯއެއްގެ މަސްތުވާތަކެތި ހުރި ފޮށިގަނޑު ނަގަން ދިޔަ މީހަކު 18 އަހަރަށް ޖަލަށްލައި، 75،000 ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމްކޮށްފި އެވެ. ސ. މީދޫ ހުދުވިލާގޭ އަލީ މުފާވިޒުގެ މައްޗަށް ދައުވާކުރީ ޑިސެމްބަރު، 2023 ގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފޮރުވާފައިވާ ހުރި ފޮތްތަކެއް ހުރި ފޮށިގަނޑެއް ނަގަން ޕޯސްޓް އޮފީހަށް އޭނާ ގޮސްފައިވާތީ އެވެ. އެ ފޮށިގަނޑަކީ އެހެން މީހެއްގެ ނަމުގައި އޮތް ފޮށިގަނޑެއް ކަމަށްވާތީ އޭނާ އެ […]

ގާސިމްގެ އާއިލާއަށް ނުގުޅަން ގާސިމްގެ ގާތިލަށް ހައި ކޯޓުން އަންގައިފި
Raajje

ގާސިމްގެ އާއިލާއަށް ނުގުޅަން ގާސިމްގެ ގާތިލަށް ހައި ކޯޓުން އަންގައިފި

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ އަދުހަމް މުހައްމަދުގެ ފަރާތުން އެއްވެސް މީހަކު ގާސިމްގެ އާއިލާއަށް ނުގުޅަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. ހުޅުމާލޭގައި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގާސިމް ހަސަންގެ ކަރަށް ވަޅިން ހަމަލާދީ މަރާލީ އޭނާ ޓެކްސީގައި ދަތުރު ކުރަމުން ދަނިކޮށެވެ. އެ މައްސަލާގައި އަދުހަމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ގާސިމްގެ ހުރިހާ ވާރިސުންގެ ވެސް އޭނާގެ ކިބައިން މަރަށް މަރު […]

ޑީއާރުޕީގެ ހަތަރު މިލިއަންގެ ދަރަނި އެންމެފަހުން ނަޝީދުގެ މައްޗަށް
Raajje

ޑީއާރުޕީގެ ހަތަރު މިލިއަންގެ ދަރަނި އެންމެފަހުން ނަޝީދުގެ މައްޗަށް

ޑީއާރުޕީން ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހޭނީ އެ ޕާޓީގެ އެންމެ ފަހުގެ މުހައްމަދު ނަޝީދު ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އާމިރު ހިންގި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީއަށް ފޯރުކޮށްދިން ހިދުމަތްތަކަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެ އެވެ. އެ މައްސަލަ ކޯޓުގައި އޮއްވާ އިލެކްޝަންސް ކޮމިޝަނުން ފަހުން […]

ފަސް ކިލޯގެ ޑްރަގް ހުރި ދަބަސް އެއާޕޯޓަށް ދޫކޮށްލާފައި ދާން އުޅުމުން އަތުލައިގަނެ, އުމުރަށް ޖަލަށް
Raajje

ފަސް ކިލޯގެ ޑްރަގް ހުރި ދަބަސް އެއާޕޯޓަށް ދޫކޮށްލާފައި ދާން އުޅުމުން އަތުލައިގަނެ, އުމުރަށް ޖަލަށް

ފަސް ކިލޯގެ ޑްރަގް ހުރި ދަބަހެއް ރާއްޖެ އެތެރެ ކުރުމަށްފަހު އެއާޕޯޓް ތެރެއަށް ދޫކޮށްލާފައި ފިލަން އުޅުނު ޕާކިސްތާނު މީހަކު އަތުލައިގަނެ, އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.   އަބްދުލްލަތީފް ބަލޮޗް ނަމަކަށްކިޔާ ޕާކިސްތާނު މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2025 ވަނަ އަހަރު އޭނާ ޕާކިސްތާނުން ރާއްޖެ އައުމަށްފަހު އޭނާ ގެނައި ދެ ދަބަހުގެ ތެރެއިން އެއް ދަބަސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބެލްޓަށް ދޫކޮށްލާފައި ދާން އުޅުމުން އޭނާ ހުއްޓުވައި, […]

ބޮޑު އެކްސިޑެންޓަކާ ގުޅިގެން 115,000ރ. އިން ޖޫރިމަނާކޮށްފި
Raajje

ބޮޑު އެކްސިޑެންޓަކާ ގުޅިގެން 115,000ރ. އިން ޖޫރިމަނާކޮށްފި

މީގެ ހަތް އަހަރު ކުރިން މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ލިބުނު އަނިޔާތަކަކާ ގުޅިގެން މީހަކު 115،200ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ހދ. ކުޅުދުއްފުށީ، ރަސްރީތި، އަލީ މުހައްމަދުގެ މައްޗަށް އެ ހުކުމް އައީ ޖޫން، 2018 ވަނަ ދުވަހުގެ ދަންވަރު ބޮޑުތަކުރުފާނު މަގުގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން އޭނާ ސައިކަލު ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެވަނަ ސައިކަލުގައި ދުއްވަން އިން […]

ސީރިއާއަށް ދިވެހިން ދިއުން މަނާކުރި ނިިންމުން ފަސް އަހަރު ފަހުން އުވާލައިފި
Raajje

ސީރިއާއަށް ދިވެހިން ދިއުން މަނާކުރި ނިިންމުން ފަސް އަހަރު ފަހުން އުވާލައިފި

ސީރިއާއަށް ދިވެހިން ދަތުރުކުރުން މަނާކޮށްފައި އޮތްއޮތުން ފަސް އަހަރު ފަހުން ދިވެހި ސަރުކާރުން އުވާލައިފި އެވެ.   ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައާ ގުޅިގެން އެ ގައުމަކީ ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ 2019 ވަނަ އަހަރު އެވެ. އެއީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ނިންމި ނިންމުމެކެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި އެކަން ވަނީ އުވާލައިފަ […]

ގަސްމުށިތަކެއްގެ ތެރޭގައި ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށް
Raajje

ގަސްމުށިތަކެއްގެ ތެރޭގައި ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށް

ގަސްމުށިތަކެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ސ. ހިތަދޫ، ވެހެތާނުގެ، އަބްދުﷲ ސޯދިގުގެ މައްޗަށް އެ ހުކުމް އައީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި 2024 ވަނަ އަހަރު ރާއްޖެ އައުމުން އޭނާ ހުއްޓުވައި ފާސް ކުރިއިރު އޭނާގެ ލަގެޖުން ފެނުނު ވާސްތަކެއްގެ ތެރެއިން 300 އެއްހާ ގްރާމްގެ މަސްތުވާތަކެތި ފެނުމުންނެވެ. ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު އިއްވި ހުކުމްގައި ބުނީ އެ ތަކެއްޗާ ގުޅިގެން […]

މައުމޫނަށް ކުރި ރިޝްވަތުގެ ފަސް ދައުވާއިން އޭނާ ސަލާމަތްވެއްޖެ
Raajje

މައުމޫނަށް ކުރި ރިޝްވަތުގެ ފަސް ދައުވާއިން އޭނާ ސަލާމަތްވެއްޖެ

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތު ފަސް ދައުވާ ސާބިތުނުވެ, އޭނާ މިއަދު ސަލާމަތްވެއްޖެ އެވެ. މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު މޯލްޑިވްސް ގޭހާއި މުއާމަލާތްކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރިޝްވަތުގެ ހަތް ދައުވާއެެއް އޭނާގެ މައްޗަށް އުފުލިއިރު,އޭގެ ތެރެއިން ދެ ދައުވާއެއް […]