Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,126 Stories
251 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލާގެ ހުކުމް އިއްވަން ތާވަލްކޮށްފި
Parliament

މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލާގެ ހުކުމް އިއްވަން ތާވަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގެ އަޑުއެހުންތައް މިމަހު ވަނީ ނިންމާލައިފަ އެވެ. އެ މައްސަލާގެ ހުކުމް އަންނަ ބުދަ ދުވަހުގެ ހެނދުނު އިއްވަން މިހާރު ވަނީ ތާވަލްކޮށްފަ […]

ގެއްލުނު ލިޓަންގެ މައްސަލާގައި ނިޒާމް އުމުރަށްޖަލަށް
Raajje

ގެއްލުނު ލިޓަންގެ މައްސަލާގައި ނިޒާމް އުމުރަށްޖަލަށް

ރާއްޖޭގައި މަސައްކަތްކުރި ބިދޭސީއަކު ގެއްލުނު މައްސަލާގައި މުހައްމަދު ނިޒާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޑިވިލިމާލެއިން 2022 ގައި ބޯޓަކުން ފުރިފަހުން ބަންގްލަދޭޝްގެ ލިޓަން ވަނީ ގެއްލިފަ އެވެ. އެ މައްސަލާގައި އޭނާއާ އެކު އެ ބޯޓުން ދަތުރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާކުރަނީ އޭނާ މޫދަށް ވައްޓާލައިގެން މަރާލި ކަމަށް ބުނެ އެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކުރިން ނިންމުމަށްފަހު ނިޒާމް 25 އަހަރަށް ޖަލަށްލާން […]

މެމްބަރުންގެ ގޮނޑި ގެއްލުން ހުއްޓުވަން ސުޕްރީމް ކޯޓުން އަމުރެއް ނުދިން
Raajje

މެމްބަރުންގެ ގޮނޑި ގެއްލުން ހުއްޓުވަން ސުޕްރީމް ކޯޓުން އަމުރެއް ނުދިން

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ނިމެންދެން ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ފަދަ ކަމެއް ނުކުރަން ވަގުތީ އަމުރަކަށް […]

މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ހުކުމާ ހަމައަށް
Raajje

މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ހުކުމާ ހަމައަށް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ހުކުމާ ހަމައަށް ހިނގައްޖެ އެވެ. މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ. އެ މައްސަލާގެ އަޑުއެހުމެއް އަހަރަކަށް ވުރެ ގިނަ ދުވަސް...

ސާހިލް ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
Raajje

ސާހިލް ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މާލޭގައި ރަހުމް ކުޑަ ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާލިބޭ ސާހިލް އަލީ ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މާލޭގެ ގެއެއްގެ ތެރޭގައި 2023 ވަނަ އަހަރު ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ. ސިއްރުކޮށްގެން ގެންދާ އެ ޝަރީއަތުގައި އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާތީ، އޭނާ ތިން […]

ގެއްލުނު ބިދޭސީ މީހާއާއެކު ދަތުރުކުރި ނިޒާމްގެ މައްޗަށް ކުށް ސާބިތުވެއްޖެ
Raajje

ގެއްލުނު ބިދޭސީ މީހާއާއެކު ދަތުރުކުރި ނިޒާމްގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވީނުވީއެއް ނޭނގި ގެއްލިފައިވާ ބިދޭސީ މީހާގެ މައްސަލާގައި ދައުލަތުން ދައުވާކުރި މުހައްމަދު ނިޒާމްގެ މައްޗަށް މަރުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޑިސެމްބަރު، 2022 ގައި ބަންގްލަދޭޝްގެ ލިޓަން ގެއްލުނީ ބޯޓެއްގައި ވިލިމާލެއިން ފުރިފަހުންނެވެ. ދައުލަތުން ތުހުމަތުކުރި ގޮތުގައި އެ ބޯޓުން އޭނާއާއެކު ދަތުރުކުރި ގދ. ތިނަދޫ މަނާރު މުހައްމަދު ނިޒާމް ވަނީ މޫދަށް ވައްޓާލައިގެން ލިޓަން މަރާލައިފަ އެވެ. އެ މައްސަލާގައި ނިޒާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް […]

މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
Raajje

މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ. ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓުން ހުކުމްކުރީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލާގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ޣާލިބް […]

މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލާގެ އަޑުއެހުމެއް އަންނަ ހަފްތާގައި
Raajje

މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލާގެ އަޑުއެހުމެއް އަންނަ ހަފްތާގައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ އަޑުއެހުމެއް އަންނަ ހަފްތާގައި ބާއްވަން ހަމަޖައްސައިފި އެވެ. މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ. އެ މައްސަލާގެ އަޑުއެހުމެއ...

ސީލައިފް މައްސަލާގައި ކުރި ހުރިހާ ދައުވާތަކުން އައްމަޓީ ސަލާމަތްވެއްޖެ
Raajje

ސީލައިފް މައްސަލާގައި ކުރި ހުރިހާ ދައުވާތަކުން އައްމަޓީ ސަލާމަތްވެއްޖެ

ފްލެޓް އަޅައިދޭނެ ކަމަށްބުނެ ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ ހުރިހާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުނުވެ މިއަދު ސަލާމަތްވެއްޖެ އެވެ. ސީލައިފުން ގިނަ ބައެއްގެ އަތުން ފައިސާ ނެގީ ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލު ކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް ފައިސާ ނެގުމަށްފަހު […]

މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ
Raajje

މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ހަމަޖައްސައިފި އެވެ. ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކުން އިން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން ކޯޓުން ހުކުމް ކުރުމުން އެ ހުކުމާ އެއްގޮތަށް އޭނާ ފައިސާ […]

ގްރޫޕަކުން ގޮސް މީހަކު މަރާލި މައްސަލަ: ދެ މީހުން ސަލާމަތްވެއްޖެ
Raajje

ގްރޫޕަކުން ގޮސް މީހަކު މަރާލި މައްސަލަ: ދެ މީހުން ސަލާމަތްވެއްޖެ

މާލޭގައި ފިހާރައެއްގެ ތެރޭގައި ގްރޫޕަކުން ތޫނު އެއްޗެހިން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ދައުވާލިބުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައި ފެބްރުއަރީ 2023 ގައި ސ. ހިތަދޫ އިރުމީޒު މުހައްމަދު އަހުމަދުދީދީއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. މަރަދޫފޭދޫ ރަށްދެބައިގޭ އިބްރާހިމް ފައިހް ނިޒާމާއި ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީގެ މައްޗަށެވެ. އެ ދެ […]

ފުލުހަކު މަރާލި ގާތިލް މެރުމަށް ހުކުމްކޮށްފި
Raajje

ފުލުހަކު މަރާލި ގާތިލް މެރުމަށް ހުކުމްކޮށްފި

ކ. ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ސާޖަންޓް އާދަމް ހަލީމަށް 2012 ވަނަ އަހަރު ހަމަލާދީ އޭނާ މަރާލީ އެރަށު ސުވާސާގޭ ސަމާހު ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް އޭނާ ނިކުމެ އުޅޭތީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުންނެވެ. ސަމާހުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން 2013 ވަނަ އަހަރު […]

ދެ އިންތިހާބު އެއްކޮށްލާ ވޯޓު ގާނޫނާ ހިލާފެއް ނޫން: ސުޕްރީމް ކޯޓް
Raajje

ދެ އިންތިހާބު އެއްކޮށްލާ ވޯޓު ގާނޫނާ ހިލާފެއް ނޫން: ސުޕްރީމް ކޯޓް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގެ ސުވާލު އޮތީ ގާނޫނާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ގާނޫނީ ވަކީލް އައިކް އަހުމަދު އީސަ އާއި ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ އެ ވޯޓު […]

ފެންނަ ނުފެންނަ ވޯޓުގެ މައްސަލާގެ ހުކުމް މާދަމާ އިއްވަނީ
Raajje

ފެންނަ ނުފެންނަ ވޯޓުގެ މައްސަލާގެ ހުކުމް މާދަމާ އިއްވަނީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގެ ހުކުމް މާދަމާ އިއްވަން ތާވަލްކޮށްފި އެވެ. ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމާފައިވަނީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު އެވެ. ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާގެ ފަރާތުން […]

ފުލުހަކު މަރާލި ގާތިލަށް ފުލުހުންގެ ދުވަހު ކުށް ސާބިތުވެއްޖެ
Raajje

ފުލުހަކު މަރާލި ގާތިލަށް ފުލުހުންގެ ދުވަހު ކުށް ސާބިތުވެއްޖެ

ކ. ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ފާހަގަކުރާ ފުލުހުންގެ ހިދުމަތުގެ ދުވަހު ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. ސާޖަންޓް އާދަމް ހަލީމަށް 2012 ވަނަ އަހަރު ހަމަލާދީ އޭނާ މަރާލީ އެރަށު ސުވާސާގޭ ސަމާހު ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް އޭނާ ނިކުމެ އުޅޭތީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. […]