ކޯވިޑް-19: އެންމެ ގިނައިން ބަލި ޖެހުނު 4 ވަނަ ޤައުމަކަށް އިންޑިއާ، އިހުމާލެގެ އަޑުތަކެއް!
ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އެންމެ ގިނައިން ޖެހުނު މީހުން ނިސްބަތްވާ ޤައުމުތަކުގެ ލިސްޓުގެ 4 ވަނަ އަށް އަވަށްޓެރި އިންޑިއާ އަރައިފިއެވެ. އިއްޔެވެސް އަލަށް 11320 މީހުން ޕޮޒިޓިވް ވެފައިވާ އިންޑިއާގައި އެބަލި ޖެހޭމީހުންނާއިމެދު އަމަލު ކުރަމުންދާ ގޮތާއިމެދު ނުރުހުންވެ އެ ޤައުމުގެ ސްޕްރީމް ކޯޓުން ވަނީ އިންޑިއާގެ ސަރަހައްދީ ސަރުކާރުތަކަށާއި، މައި ސަރުކާރަށް އިންޒާރުގެ ނޯޓިސް ފޮނުވާފައެވެ. އެއް ހާދިސާއެއްގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނުނީ ކުނިލޮރީއެއްގެ ތެރެއިން ކަމަށާއި، ބަލިމީހުންތައް...