Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
514 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

ވައިކަރަދޫ ޒުވާން ދަނޑުވެރިޔަކު މިފަހަރު ހެއްދީ "އަލްމަންޑް" ގަހެއް
Thiladhunmathi News

ވައިކަރަދޫ ޒުވާން ދަނޑުވެރިޔަކު މިފަހަރު ހެއްދީ "އަލްމަންޑް" ގަހެއް

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ އަކީ ޒަމާނުންސުރެއް ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ތަފާތު އާވައްތަރުގެ ގަސްއިންދުމުގައި ވައިކަރަދޫ ޒުވާނުން ވަނީ ތަފާތު ތަޖުރިބާތައް ކޮށްފައެވެ. އެގޮތުން މީގެ މަހެއްހާ ދުވަސް ކުރިން ވައިކަރަދޫ ޒުވާނަކުވަނީ ހަނޑޫ ހައްދާ އެއިން ބަތްވެސް ކައްކާފައެވެ. އެކަންވަނީ ރާއްޖޭގެ ގިނަބަޔެއްގެ ސަމާލުކަން ހޯދާފައެވެ. މިފަހަރު އަލްމަންޑަކުން ގަސްފަޅުވާ އާ ތަޖުރިބާއެއްކޮށްފައިވަނީ ހދ. ވައިކަރަދޫ ކޮކްނަޓްވިލާ އާދަމް ނަސީމް އެވެ. 28 އަހަރުގެ މިޒުވާނާ ފާހަގަކޮށްލެވެނީ...

ފޮޓޯއިން ވާހަކަ "ތަކަފަތި ކަމަނަ"، މާއުނގޫދޫ ޒުވާނުންގެ މަސައްކަތް ވަރަށް ސަޅި!
Thiladhunmathi News

ފޮޓޯއިން ވާހަކަ "ތަކަފަތި ކަމަނަ"، މާއުނގޫދޫ ޒުވާނުންގެ މަސައްކަތް ވަރަށް ސަޅި!

“ތަކަފަތި ކަމަކަ” އަކީ ށ. މާއުނގޫދޫ އަށް އުފަން އުމުރުން 21 އަހަރުގެ އިބްރާހީމް ޒަޔާން އާއި އެރަށުގެ ޒުވާން ކުދިންކޮޅެއްގެ ބުރަ މަސައްކަތުން ގެނެސްދީފައިވާ ވަރަށް ޝައުގުވެރި “ފޮޓޯއިން ވާހަކަ” އެކެވެ. ށ. މާއުނގޫދޫގެ ހިތްގައިމު ވަލު ތެރޭގައި ގަނާފައިވާ މަންޒަރު ތަކެކެވެ. އެރަށުގެ ކުއްޅަވަށް ފަލުގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދީފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. ހޮބީއެއްގެ ގޮތުގައި ފޮޓޯ ނަގަންފެށި ޒަޔާން މި ފޮޓޯ ސްޓޯރީއާއި ގުޅެގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ “ތަކަފަތި ކަމަނަ” އަކީ […]

އައްޔަގެ ހަދިޔާއެއް: ހޮސްޕިޓަލަށް 99 ފޭސް ޝީލްޑް، ތައްޔާރުކުރާނެ ގޮތުގެ ވީޑިއޯވެސް
Column

އައްޔަގެ ހަދިޔާއެއް: ހޮސްޕިޓަލަށް 99 ފޭސް ޝީލްޑް، ތައްޔާރުކުރާނެ ގޮތުގެ ވީޑިއޯވެސް

ކޯވިޑް19 ގެ ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު މިކަމުން އަރައިގަތުމަށް އެކިފަރާތްތަކުން އަންނަނީ އެމީހަކަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތް ކުރަމުންނެވެ. އެމީގެއްގެ ހުރި ލަޔާގަތާއި ގާބިލިއްޔަތުކަން ހުރި މިންވަރަކުން މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފަހަރު މި ފާހަގަ ކޮށްލަނީ ކުޅުދުއްފުށި ސިޓީއަށް އުފަން ޒުވާނެއްގެ ވާހަކައެވެ. ކުރިން ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރެއްވި އަލީ ޒަކަރިއްޔާ / އާވެހި ގެ ވާހަކަ އެވެ. މެޑިކަލްގެ ދާއިރާއިން ކިޔެވުމަށްފަހު އެދާއިރާގައި ޚި...

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނު އުވާލަން ގޮވާލައި ހިއުމަން ރައިޓްސް ވޮޗުން 82 ސަފުހާގެ ރިޕޯޓެއް!
International

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނު އުވާލަން ގޮވާލައި ހިއުމަން ރައިޓްސް ވޮޗުން 82 ސަފުހާގެ ރިޕޯޓެއް!

އިންޑިއާއިން ފާސްކޮށްފައިވާ ނަސްލީ ތަފާތުކުރުމުގެ ރަށްވެހިކަމުގެ ގާނޫނާއި، އެފަދަ ސިޔާސަތުތައް އުވާލުމަށް ގޮވާލައި ހިއުމަން ރައިޓްސް ވޮޗުން 82 ސަފްހާގެ ރިޕޯޓެއް ނެރެފިއެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ، އިންޑިއާއިން ފާސްކޮށްފައިވާ ރަށްވެހިކަމުގެ ގާނޫނުގެ ސަބަބުން އިންޑިއާގެ އާބަދީގައި ހިމެނޭ އެތައް މިލިއަން މުސްލިމުންގެ ހައްގުތައް ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. މި ގާނޫނުގެ ދަށުން، މުޅި އިންޑިއާގައި ރައްޔިތުންގެ ދަފްތަރެއް އެކުލަވާލައި، ގަވާއިދާ ޚިލާފަށްއުޅޭ “ހިޖުރަވެރިން” ބޭރ...

ޓްރަމްޕްގެ ބަރު ހަތިޔާރުގެ ބޭނުން ނުހިފި އެތައް ހާސް ފުރާނައެއް ގެއްލެނީ
Report

ޓްރަމްޕްގެ ބަރު ހަތިޔާރުގެ ބޭނުން ނުހިފި އެތައް ހާސް ފުރާނައެއް ގެއްލެނީ

ބާރާއި، ނުފޫޒުގެ ވެރިން ކަމަށް ދައުވާކުރަމުން ދުނިޔޭގެ “ރަސްގެ ފާނު”ގެ ބޯޑު އަޅުވައިގެން އޮތް އެމެރިކާ ވަނީ ކުޑަ ވައިރަހެއްގެ ކުރިމަތީ ގޮތް ހުސްވެފައެވެ. 2019 ވަނަ އަހަރު ޑިސެމްބަރު 31 ވަނަ ދުވަހު ޗައިނާގެ ވުހާން ސިޓީއިން ފެތުރެން ފެށި ކޮވިޑް-19 ބަލި ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު މިހާތަނަށް 1,806,440 އަށް އަރާފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 535,385 މީހުންނަކީ އެމެރިކާގެ މީހުންނެވެ. ބައެއް މަސްދަރުތައް ބުނާގޮތުން ކޮވިޑް ފެތުރެން ފެށުމާއިއެކު އެމެރިކާގެ ރައީސްގެ […]

ކޮވިޑް-19: ފަސޭހަކޮށްލަން އަދި މާ އަވަސް!
Report

ކޮވިޑް-19: ފަސޭހަކޮށްލަން އަދި މާ އަވަސް!

ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19ގެ ނުރައްކާ ކުޑަވެއްޖެ ކަމަށްބަލައި، ފަސޭހަ ކޮށްލައި ރައްކާތެރިވުން ކުޑަކުރުން އަދި މާއަވަހެވެ. ދުނިޔޭގައި ބަލި ފެތުރޭ ނިސްބަތަށް ކުޑަ މަޑު ޖެހުމެއް އައި ނަމަވެސް މި ބައްޔަކީ އެންމެ މީހެއްގެ ފަރާތުންވެސް އެތައް ބައެއް، ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ބައްޔަކަށް ވާއިރު، އަދިވެސް ރައްކާތެރިކަން އޮތީ އިޖުތިމާއީ ގައިދުރުކަން އިސްކޮށް ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައިގެންނެވެ. އެޔާއިއެކު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އަމު...

ކޮވިޑް-19 އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތަފްސީލް އާންމު ކޮށްފި
Raajje

ކޮވިޑް-19 އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތަފްސީލް އާންމު ކޮށްފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތަފްސީލް ސަރުކާރުން ހާމަކޮށްފިއެވެ. ފިނޭންސް މިނިސްޓްރީއިން ހާމަކުރެއްވި ސަރުކާރުގެ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތަފްސީލް  1. ވާކިން ކެޕިޓަލް ލޯނު އަދި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ލޯނު ދޫކުރުން. މި ލޯނުތައް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް...

ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 1,346,566 އަށް، 74 ހާސް މަރު!
International

ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 1,346,566 އަށް، 74 ހާސް މަރު!

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 1,346,566 އަށް އަރައިފިއެވެ. އަދި މިބަލީގައި މިހާތަނަށް 74,697 މީހުން މަރުވެއްޖެއެވެ. ކޮވިޑް-19 މުޅި ދުނިޔެ ،7 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 8:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ޕޮޒިޓީވް މީހުންގެ ޢަދަދު: 1,346,566 މަރުވި މީހުންގެ ޢަދަދު: 74,697 ރަނގަޅުވި މީހުންގެ ޢަދަދު: 278,695   ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް 2020 ޖެނުއަރީ 19، 100 މީހުން […]

އިސްރާއީލުގެ ހެލްތު މިނިސްޓަރުގެ ދެމަފިރި ކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
International

އިސްރާއީލުގެ ހެލްތު މިނިސްޓަރުގެ ދެމަފިރި ކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިސްރާއީލުގެހެލްތު މިނިސްޓަރު ޔައުގޫބު ލިޓްސްމަންއާއި އޭނާގެ އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އިސްރާއީލުގެ ހެލްތު މިނިސްޓަރުގެ އޮފީހާއި ހަވާލާދީ “ޓައިމްސް އޮފް އިޒްރޭލް”އިން ބުނީ ލިޓްސްމަންއާއި އޭނާގެ އަނބިކަނަބަލުން ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެނުމާއެކު އެ ދެމަފިރިކަނަބަލުން ޓެސްޓްކުރުމުން އެ ދެމަފިރިކަނބަލުންވެސް އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމުގައެވެ. Health Minister Litzman, wife test positive for coronavirus https://t.co/KKCZmtDGeJ — The Times of Israel (@TimesofI...

އެހީތެރިވާށެވެ! ދީލަތިކަމުގެ އަތްތައް ހުޅުވައިލާށެވެ!
News

އެހީތެރިވާށެވެ! ދީލަތިކަމުގެ އަތްތައް ހުޅުވައިލާށެވެ!

ކޮވިޑް-19ގެ މިހާލަތުގެ ސަބަބުން ގޭ ބަންދުގައި ތިބެން ޖެހިފައި މިވާ ދަނޑިވަޅުގައި އެންމެ ބޮޑު އެކުވެރިއަކަށް ވެފައި މިއޮތީ މީސް މީޑިއާއެވެ. އަބަދުމެ މި އިނދެވެނީ މީސް މީޑިއާ ކިޔާލަ ކިޔާލައެވެ. ދޮން އިބުރާޙީމް ރޭ ފަތިހު ފުރައިފި އެނގޭ ހެއްޔެވެ؟ ދޮން އިބުރާޙީމް ފަސް ކުދިންނާއިއެކު ރޭ ފަތިހު ރަށަށް ފުރައިފިއެވެ. އޭނާ މާލޭގައި ހުރި އެޕާޓްމަންޓް ކުލި ދައްކައި، އަނބި ދަރިންގެ ޚަރަދު ބަރަދު ބަލަހައްޓަމުންއައީ ޓެކްސީ ދުއްވައިގެންނެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ދަތުރުތައް ހުއްޓި، […]

ސަމާލުވޭ! ވަގުން "ނުނިދާނެ"!
Report

ސަމާލުވޭ! ވަގުން "ނުނިދާނެ"!

ހަލާލެއް ހަރާމެއް ބެލުމެއްނެތި މީހުންގެ ހައްޤު މުދާ ”އޮޅުވާލައިގެން ދިރުވާލާ” ޒަމާނީ ވަގުންގެ ވާހަކަ ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެމީހުން “ނުނިދާނެ” އެވެ! ރޭވުންތައް ރާވަމުންދާނީ އޮޅުވާލައިގެން ނަހަމަ މަންފާއެއް ހޯދުމަށް ކަންކުރާނެ ގޮތަކާއި މެދުގައިއެވެ. ކާރިސާއެއްގެ ވަގުތުގައިވެސް އެމީހުން ބަލާނީ ކޮންމެސް މޮޅު އުކުޅެއް ބޭނުންކޮށްގެން ނިކަމެތި ރައްޔިތުމީހާ އަތުން “ފޭރެވޭނެ” ގޮތެކެވެ. ވަގުން ދެނެގަންނަން ޖެހޭ! މީހުންނަށް އޮޅުވާލައިގެން ރީތި ސްޓޯރީތައް އަތުރާލައިގެން ފޭރި ގަންނަމުންދާ މިދެނ...

"މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުން" ހިތުން ނުފިލި ވަޢުދު!
Report

"މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުން" ހިތުން ނުފިލި ވަޢުދު!

ފުލުހުންގެ އިންޓެލިޖެންސް މަރައިން ޕޮލިސް އަދި ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސް ދޯންޏަކުން 61 ކިލޯގުރާމްގެ ހެރޮއިން ހޯދައި، ހައްޔަރުކުރި މައްސަލައިގައި ހިމެނޭ 11 ދިވެހިންގެ ވަނަވަރު ފުލުހުން އާންމުކުރި އަޑު އަހާފައި އިއްޔެވެސް ހިތަށް އެރީ ހަމަ އެ ވަޢުދުގެ މަތީންނެވެ. 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އަޅުގަނޑު އެންމެ ހިތް ދަމައިގަތް ވަޢުދަކީވެސް އެއީއެވެ. ” ވަޠަން އެދޭ ގޮތަށް […]

1.4 މިލިއަން އޮންލައިން ފޮތް، މިނިސްޓަރ އައިޝަތު ޢަލީގެ އަގުހުރި ހަދިޔާއެއް!
Report

1.4 މިލިއަން އޮންލައިން ފޮތް، މިނިސްޓަރ އައިޝަތު ޢަލީގެ އަގުހުރި ހަދިޔާއެއް!

ކޮވިޑް-19 ގެ ސަބަބުން ސްކޫލްތަކާއި، ޔުނިސަރސިޓީ އަދި ކޮލެޖްތައް ބަންދު ކުރަންޖެހި ދަރިވަރުންނާއި، މުދައްރިސުން ގޭގައި ތިބެން ޖެހިފައިވާ މިދަނޑިވުގައި ތަޢުލީމާއި ބެހޭ ވަޒީރު އައިޝަތު ޢަލީގެ އަގުހުރި ހަދިޔާއެއް އެފަރާތްތަކަށް ފޮނުއްވައިފިއެވެ. އެކަމަނާ ކުރެއްވި ޓުވީޓެއްގައިވަނީ ހިލޭ 1.4 އޮންލައިން ފޮތް ކިޔާލެވޭ ލިންކެއް ހިއްސާ ކުރަށްވާފައިއެވެ. އެލިންކަށް ކްލިކް ކޮށްލުމުން ހިލޭ 1.4 މިލިއަން ފޮތް ކިޔާލެވޭ “ނޭސަނަލް އެމެޖެންސީ ލައިބްރަރީ”އަށް ވަދެވެއެވެ. For students, teachers and avid readers, here...

ބޭނުމީ އަވަހަށް ރާއްޖެ ދާން، މިއީ ހިތް ދަތި ދުވަސްތަކެއް: ދިވެހި ޢާއިލާއެއް
Report

ބޭނުމީ އަވަހަށް ރާއްޖެ ދާން، މިއީ ހިތް ދަތި ދުވަސްތަކެއް: ދިވެހި ޢާއިލާއެއް

މާބަނޑު އަންހެނެއް ހިމެނޭ ތިން އަން ހެނުންގެ ދިވެހި އެ ޢާއިލާ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު އިންޑިއާއަށް ދިޔައީ ބޭސްފަރުވާ އަށެވެ. ނަމަވެސް، އެ ޢާއިލާ ރާއްޖެ އަންނަން އޮތް ފްލައިޓް ކެންސަލްވެ، ތަޖުރިބާ ކުރަން ޖެހުނީ ހާސްކަމާއި، ހިތްދަތި ކަމުގެ ދުވަސްތަކެކެވެ. ފްލައިޓް ކެންސަލްވި މެސެޖް ލިބުނީ ފުރަން 4 ގަޑިއިރަށް ވެފައި ހުއްޓައި ތިން އަންހެނުންގެ ދިވެހި ޢާއިލާގެ ބޭސް ފަރުވާގެ ކަންތައް ދިޔައީ ވަރަށް ރަނގަޅަށެވެ. ހުރިހާ ކަމެއް ނިންމައި […]

ރައްޔިތުންގެ "މާލިމީ" ހުންނެވީ ރައްޔިތުނަށް ވާގޮތެއް ވާން!
Report

ރައްޔިތުންގެ "މާލިމީ" ހުންނެވީ ރައްޔިތުނަށް ވާގޮތެއް ވާން!

މިހިނގާ މާރިޗް މަހުގެ 25 ވީ ބުދަ ދުވަހު، ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ ހުންގާނުގައި ހިއްޕަވައިގެން ހުންނެވި، ރައީސް އިބްރާޙީމް މުޙައްމަދު ސާލިޙް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ރައްޔިތުންނާއި އެކު ރައްޔިތުންނަށް ވާގޮތެއް ވާންކަމަށެވެ. “އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކީގައި. ރައްޔިތުންނަށް ވާގޮތެއް ވާން. އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފި...