Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
528 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

ފުލުހުންނަށް ދިން ޕްރޮމޯޝަން ހުއްޓުވަން އޭސީސީއަކަށް ނޭންގޭނެ: އޭޖީ
Raajje

ފުލުހުންނަށް ދިން ޕްރޮމޯޝަން ހުއްޓުވަން އޭސީސީއަކަށް ނޭންގޭނެ: އޭޖީ

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރު އެންގި ނަމަވެސް އެގޮތަށް ބާރު އެ ކޮމިޝަނަށް ނޯންނާނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރުމުން އެ ކޮމިޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލު ކުރަންޖެހޭނެ ކަމަށް ބުނެ އެވެ. އެ […]

ހުސައިންގެ ގާތިލަށް އޭނާގެ މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
Raajje

ހުސައިންގެ ގާތިލަށް އޭނާގެ މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ

މީގެ 11 އަހަރު ކުރިން މާލޭގައި ގޭންގަކުން ގޮސް ހަމަލާދީ މަރާލި ހުސައިން ވަހީދުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މީހާއަށް ހުސައިންގެ މަންމަ މައާފް ދިނުމުން އޭނާ މަރުގެ އަދަބުން މިއަދު ސަލާމަތްވެއްޖެ އެވެ. ޑިސެމްބަރު، 2013 ގައި މ. އައިޝާ, ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ […]

މޭރީގެ މަރު: އެންމެ ފަހުން ލަމްހާގެ ދައްތަ ކޯޓުގައި ހެކިބަސް ދީފި
Raajje

މޭރީގެ މަރު: އެންމެ ފަހުން ލަމްހާގެ ދައްތަ ކޯޓުގައި ހެކިބަސް ދީފި

ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، އެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ދައްތަގެ ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރާނެ ކަމުގެ އިންޒާރާ އެކު, އޭނާގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެ ކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުލަތުން […]

ބޮޑު އަލިފާނުގެ ސަބަބުން ގެއްލުންވި ގެތަކަށް ބަދަލު ދިނުން ފަސްކުރަން އަންގައިފި
Raajje

ބޮޑު އަލިފާނުގެ ސަބަބުން ގެއްލުންވި ގެތަކަށް ބަދަލު ދިނުން ފަސްކުރަން އަންގައިފި

މާލޭގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ބައެއް ގެތައް އަނދައި ހުލިވި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ. ކެމިކަލް ރައްކާކުރާ ގުދަނެއްގައި ސެޕްޓެމްބަރު, 2019 ގައި ހިނގި އެ އަލިފާނުގެ ހާދިސާ ކޮންޓްރޯލްނުވެ, ކައިރީގައި ހުރި އެތައް ގެއެއް އަނދައި, ބޭނުން ނުކުރެވޭ މިންވަރަށް ގެއްލުންވި އެވެ. އޭގެ ތެރެއިން ހ. އީވާއު […]

މިސްކިތެއްގައި އޮތް ޚަތިމެއް ވީދާލި މީހަކު ހައްޔަރުކޮށްފި
Raajje

މިސްކިތެއްގައި އޮތް ޚަތިމެއް ވީދާލި މީހަކު ހައްޔަރުކޮށްފި

މިސްކިތެއްގައި އޮތް ކީރިތި ޤުރުއާންގެ ހަތިމެއް ވީދާލި މީހަކު ހައްޔަރުކޮށްފި އެވެ. އެ މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ މަންނާނެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފަ އެވެ. ފުލުހުން ހުށަހަޅާފައިވާ ހާދިސާ ރިޕޯޓުން އޭނާ މިސްކިތުގައި އޮތް ހަތިމެއްގައި ދަތްއަޅައި ވީދާލައިފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ. އެ އަމުރުގައި މަންނާން ބަންދުގައި ބެހެެއްޓުމަށް އަމުރު ކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ […]

ކޯސްޓްގާޑް ބިލްޑިން ހެދުމުގައި މީހެއްގެ ގެއަކަށް ގެއްލުންވެ, ދެ ލައްކަ ރުފިޔާގެ ބަދަލެއް ދޭން ހުކުމްކޮށްފި
Raajje

ކޯސްޓްގާޑް ބިލްޑިން ހެދުމުގައި މީހެއްގެ ގެއަކަށް ގެއްލުންވެ, ދެ ލައްކަ ރުފިޔާގެ ބަދަލެއް ދޭން ހުކުމްކޮށްފި

ކޯސްޓްގާޑް ބިލްޑިންގް އެޅުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މީހެއްގެ ގެއަށް ގެއްލުންވި މައްސަލާގައި 230،000ރ. ގެ ބަދަލެއް އެ މީހާ އަށް ދިނުމަށް ރެއިންބޯ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ކުރީގެ ކޯސްޓްގާޑް ބިލްޑިން ހުރި ތަނުގައި އަޅާފައިވާ 10 ބުރީގެ އިމާރާތުގެ ސަބަބުން ހ. ބުޗާގެއާގެ އަށް ގެއްލުންވާތީ އެ ގޭގެ ވެރިފަރާތެއް ފާތިމަތު ނަތާޝާ މުހައްމަދު ސިވިލް ކޯޓުގައި ދައުވާކުރީ ޑިފެންސް މިނިސްޓްރީގެ އިތުރުން ރެއިންބޯ ކޮންސްޓްރަކްޝަނާ ދެކޮޅަށެވެ. އިމާރާތުގެ މަސައްކަތް […]

މޭރީ މަރާލި މައްސަލައިން މާވިން ސަލާމަތް ކުރާނެ ކަމަށް ލަމްހާ ބުނި: ނަރުހެއް
Raajje

މޭރީ މަރާލި މައްސަލައިން މާވިން ސަލާމަތް ކުރާނެ ކަމަށް ލަމްހާ ބުނި: ނަރުހެއް

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ސަލާމަތް ކުރާނެ ކަމަށް އެ މައްސަލާގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބުނި ކަމަށް ލަމްހާއާ އެކު މަސައްކަތްކުރި ނަރުހަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. މޭރީ އޮކްޓޫބަރު 2021 ގައި މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި […]

ސައްމާހު ބަންދު ނުކުރަން ސުޕްރީމް ކޯޓުން ވެސް މިފަހަރު ތާއީދު
Raajje

ސައްމާހު ބަންދު ނުކުރަން ސުޕްރީމް ކޯޓުން ވެސް މިފަހަރު ތާއީދު

ގްރޫޕަކުން ގޮސް މަރާލި މޫސާ އަހުމަދު މަނިކުގެ މަރުގެ މައްސަލާގައި ދައުވާލިބޭ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ ބަންދު ނުކުރެވޭނެ ހައި ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ. ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކަށް 2017 ވަނަ އަހަރު މާލޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އޮތީ ހައި […]

އެމްއޭސީއެލްގެ އެމްޑީގެ ކާރު ވަގަށް ނެގި މައްސަލާގައި ދެ މީހުންނަށް ދައުވާކޮށްފި
Raajje

އެމްއޭސީއެލްގެ އެމްޑީގެ ކާރު ވަގަށް ނެގި މައްސަލާގައި ދެ މީހުންނަށް ދައުވާކޮށްފި

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށްފި އެވެ. އެމްއޭސީއެލްގެ އެމްޑީގެ ކާރު އެއާޕޯޓުގައި އޮއްވާ މިދިޔަ އޭޕްރީލް މަހު ވަގަށް ނެގި މައްސަލާގައި ޕީޖީން ބުނީ އެ މައްސަލާގައި ދައުވާކުރީ  މ. ސީނިއަސުރުމާގޭ މުހައްމަދު ހައިޝަމާއި މ. މޮޑަންހޯމް އަހުމަދު ނިޒާމްގެ މައްޗަށް ކަމަށެވެ.  އެ މީހުންގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ. އަދި […]

އޮޅުވާލައިގެން ދޮޅު ލައްކަ ރުފިޔާގެ މުދާ ހޯދުމުން ދޮޅު އަހަރަށް ޖަލަށް
Raajje

އޮޅުވާލައިގެން ދޮޅު ލައްކަ ރުފިޔާގެ މުދާ ހޯދުމުން ދޮޅު އަހަރަށް ޖަލަށް

ފޭސް ސްލިޕްތަކެއް ފޮނުވައިގެން ފިހާރައަކުން 172،000 ރ. ގެ ރުފިޔާގެ މުދާ ހޯދި މީހަކު ދޮޅު އަހަރެއްހާ ދުވަހަށް ޖަލަށްލައި, އެ ފައިސާ ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. ސ. ހިތަދޫ، ދާގަނޑުކެކުރިގޭ ޝަފީއު ޝިހާބް ގެ މައްޗަށް އެ ހުކުމް އައީ 2022 އިން ފެށިގެން އޮކްޓޫބަރު، 2022 އާ ހަމައަށް އެކި ފަހަރުމަތިން ޅ. ހިންނަވަރުގައި ހުންނަ ފިހާރައަކުން 172،000 ރުފިޔާގެ މުދާ ނެގުމަށްފަހު ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށް […]

ކޯރާޑިއަކުން ހަމަލާދިން މައްސަލައެއްގެ ވީޑިއޯ ފުލުހުންގެ އަތުން ގެއްލުމުން އެންމެން ދޫވެއްޖެ
Raajje

ކޯރާޑިއަކުން ހަމަލާދިން މައްސަލައެއްގެ ވީޑިއޯ ފުލުހުންގެ އަތުން ގެއްލުމުން އެންމެން ދޫވެއްޖެ

މާލޭގައި ގޭންގަކުން ގޮސް ޒުވާނަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލާގައި ފުލުހުންނަށް ލިބުނު ވީޑިއޯ ފުޓޭޖްތައް ފުލުހުންގެ އަތުން ގެއްލުމުން, އެ މައްސަލާގައި ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މީގެ ހަ އަހަރު ކުރިން 2017 ވަނަ އަހަރު ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ގޮސް ޒުވާނަކަށް ކޯރާޑިއަކުންނާއި ތޫނު އެއްޗެހި ބޭނުންކޮށްގެން އޭނާގެ ބޮލަށާއި ބުރަކަށްޓަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ހަތަރު މީހެއްގެ މައްޗަށެވެ. ކްރިމިނަލް ކޯޓު...

ނައީމާގެ މަރުގެ މައްސަލާގައި ބައެއް ހެކިތައް ސިއްރުކޮށްފި
Raajje

ނައީމާގެ މަރުގެ މައްސަލާގައި ބައެއް ހެކިތައް ސިއްރުކޮށްފި

ނ. މަނަދޫގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ބައެއް ހެކިތައް ސިއްރު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ. ނައީމާ ދިރިއުޅޭ ގޭގައި މިދިޔަ އަހަރު އޭނާ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ރަށުގެ ތިން މީހެއްގެ މައްޗަށެވެ. އެއީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި ފެހިވިލާގޭ އަހުޒަމް އަބްދުއްޝަކޫރާއި އަދި ވިނަރެސް، ހުސައިން ފަވާޒުގެ މައްޗަށެވެ. އެ މައްސަލާގައި، ތޫނު […]

އިންޑިއާ އެމްބަސީގައި ރޯކުރަން އައްބާސް ގޮވައެއް ނުލާ: ވަކީލް
Raajje

އިންޑިއާ އެމްބަސީގައި ރޯކުރަން އައްބާސް ގޮވައެއް ނުލާ: ވަކީލް

އިންޑިއާގެ އެމްބަސީގައި ހުޅުޖަހަން އައްބާސް އާދިލް ރިޒާ ގޮވާލާފައި ނުވާނެ ކަމަށް އޭނާގެ ވަކީލް ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ. މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް އަދާ ކުރައްވަމުން ގެންދަވާ އައްބާސްގެ މައްޗަށް ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ ދައުލަތުން ކުރަނީ 2022 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވާލައި ޓްވީޓް ކުރެއްވުމާއި ކްލަބް ހައުސްގައި ވާހަކަ ދައްކަވަމުން މާލޭގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް […]

ވަކިކުރަން ނިންމި އޮފިސަރުންގެ ވަޒީފާގެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަނީ
Raajje

ވަކިކުރަން ނިންމި އޮފިސަރުންގެ ވަޒީފާގެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަނީ

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ އިސް އޮފިސަރުންނަށް ވަޒީފާ އަނބުރާ ދިނުމުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން އެދުމުން ހައި ކޯޓުން މިއަދު އެ ފުރުސަތު ދީފި އެވެ. ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން 2021 ވަނަ އަހަރު ދިން ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން ހަތް އޮފިސަރަކު ވަކިކުރަން ނިންމި އެވެ. އެއީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް […]

ޒިޔަދަމްގެ ގާތިލަކު އުމުރަށް ޖަލަށްލި މައްސަލަ ހައި ކޯޓުގައި ފަށައިފި
Raajje

ޒިޔަދަމްގެ ގާތިލަކު އުމުރަށް ޖަލަށްލި މައްސަލަ ހައި ކޯޓުގައި ފަށައިފި

ލ. މުންޑޫގައި މީގެ ހަތް އަހަރު ކުރިން މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި އަލީ ސިފާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު ހައިކޯޓުގައި މިއަދު ފަށައިފި އެވެ. މާޗް, 2014 ގައި ޒިޔަދަމް މަރާލި މައްސަލައިގައި އަލީ ސިފާމް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު ހަމަ އެ މައްސަލައިގައި އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫން މެރުމަށް ވަނީ 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ […]