Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
526 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

އައިޖީއެމްއެޗްގެ އިހުމާލުން ކުއްޖަކު މަރުވުމުން ދައުލަތުން ބަދަލު ދެނީ
Raajje

އައިޖީއެމްއެޗްގެ އިހުމާލުން ކުއްޖަކު މަރުވުމުން ދައުލަތުން ބަދަލު ދެނީ

އައިޖީއެމްއެޗުގެ އިހުމާލުން ތުއްތު ދަރިފުޅު މަރުވި މައްސަލައެއްގައި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން ދައުލަތުން ބަދަލު ދޭން ނިންމައިފި އެވެ. ސިިވިލް ކޯޓަށް ދެމަފިރިއަކު މިދިޔަ އަހަރު މައްސަލަ ހުށަހެޅީ އައިޖީއެމްއެޗްގެ އިހުމާލުން އެ މީހުންގެ ދަރިފުޅު މަރުވުމުން މާލީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.  އެކަމަކު، އެ ކޯޓުން މިދިޔަ ހަފުތާގައި ނިންމާފައިވަނީ އެ މައްސަލައިގައި ދެ ފަރާތުން ކޯޓުން ބޭރުން  އެއްބަސްވުމަކަށް އައިސްފައި ވާތީ، ދައުވާ ފޯމު ބާތިލްކޮށް، މައްސަލަ ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދެ...

ޕާކިސްތާނުގެ ޝެފަކު ރާއްޖޭގައި މީހަކު މަރާލި މައްސަލަ ހުކުމާ ހަމައަށް ދަނީ
Raajje

ޕާކިސްތާނުގެ ޝެފަކު ރާއްޖޭގައި މީހަކު މަރާލި މައްސަލަ ހުކުމާ ހަމައަށް ދަނީ

ހުޅުމާލޭ ހާންޖީ ރެސްޓްރެންޓްގައި ބިދޭސީއަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ އެތަނުގެ ޝެފެއް ކަމަށްވާ މުހައްމަދު އާބިދުގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ. ހާންޖީ ރެސްޓޯރެންޓްގައި 2022 ވަނަ އަހަރުގެ ރޯދަ މަހު ހިނގި ހަމަނުޖެހުމެއްގައި އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، ޕާކިސްތާނުގެ ޝެފެއް ކަމަށްވާ އާބިދުގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވީ އެ މައްސަލާގެ ހުލާސ...

އެކްސިޑެންޓް މައްސަލާގައި ހައްޔަރުކުރި ދެ މީހުން އެދުނީ ދަރިން ތިބޭތީ ބަންދުން ދޫކޮށްދޭން
Raajje

އެކްސިޑެންޓް މައްސަލާގައި ހައްޔަރުކުރި ދެ މީހުން އެދުނީ ދަރިން ތިބޭތީ ބަންދުން ދޫކޮށްދޭން

ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ދެ މީހަކު, އެ މީހުން ދަރިން ތިބޭތީ ކަމަށް ބުނެ ބަންދުން ދޫކުރަން އެދުނު ނަމަވެސް އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ހުޅުމާލޭގެ ވިނަރެސް ފްލެޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ, މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން ހުރި ސައިކަލެއްގައި ހުރި މީހެއްގެ ގައިގައި ޖެހި, ބޮޑެތި އަނިޔާތަކެއް އޭނާއަށް ލިބުނެވެ. އެ މައްސަލާގައި […]

މަންޑޭއަށް ކުރާ 100 ދައުވާގެ ޝަރީއަތުގައި ވަކީލަކު ހޯދަން 10 ދުވަސް
Raajje

މަންޑޭއަށް ކުރާ 100 ދައުވާގެ ޝަރީއަތުގައި ވަކީލަކު ހޯދަން 10 ދުވަސް

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) އަށް ވަކީލަކު ހަމަޖައްސަން 10 ދުވަސް މިއަދު ކޯޓުން ދީފި އެވެ. ކޭ ޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. މަންޑޭގެ އިތުރުން ރ. […]

ޒިޔަދަމް މަރާލުމުގައި ބައިވެރިވި މީހެއްގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި
Raajje

ޒިޔަދަމް މަރާލުމުގައި ބައިވެރިވި މީހެއްގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ލ. މުންޑޫގައި މަރާލި އަލީ ޒިޔަދަމްގެ މަރާލުމުގައި ބައިވެރިވި މީހާ އުމުރަށް ޖަލަށްލުމަށް ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. މުންޑޫގައި 2015 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި ޒިޔަދަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެ ރަށު ބީޗްވިލާ ސިފާމްގެ މައްޗަށެވެ. ޝަނޫންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެގެން މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވި ނަމަވެސް ސިފާމްގެ މައްޗަށް އިއްވީ އެކަމުގައި […]

ބީއެމްއެލްގެ އިސްވެރިންގެ މުސާރަ ހާމަކުރަން ނުޖެހޭނެ: ސުޕްރީމް ކޯޓް
Raajje

ބީއެމްއެލްގެ އިސްވެރިންގެ މުސާރަ ހާމަކުރަން ނުޖެހޭނެ: ސުޕްރީމް ކޯޓް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑާއި އިސްވެރިންގެ މުސާރައަކީ ވިޔަފާރީގެ ސިއްރުތަކެއް ކަމަށާއި އެ އެ މައުލޫމާތު ހާމަ ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ބީއެމްއެލްގެ ބޯޑާއި އިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ކުރިން އޮތީ ތާއީދު ކޮށްފަ އެވެ. އެ މައްސަލަ ބީއެމްއެލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަކީ […]

އާރްޓީއައި ގާނޫނު ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިންގޭނެ: ސުޕްރީމް ކޯޓް
Raajje

އާރްޓީއައި ގާނޫނު ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިންގޭނެ: ސުޕްރީމް ކޯޓް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އުސޫލުތައް ދައުލަތުގެ ކުންފުނިތަކުގެ މައްޗަށް ހިނގާ ގޮތަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި އޮތީ ރަނގަޅަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަކަށް ބުނެފައި ނެތް ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު އެކުލަވާލެއްވި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ...

ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް އެދި ޕީޖީން ސުޕްރީމް ކޯޓަށް
Raajje

ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް އެދި ޕީޖީން ސުޕްރީމް ކޯޓަށް

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ނެންގެވި ކަމަށް ބުނެ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ހައި ކޯޓުން ބާތިލްކުރީ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމުމަށް ފަހު އެވެ. އަދި އެ މައްސަލަ އަލުން […]

ޖިހާދުގެ މައްޗަށް ކުރި ދައުވާ ބޭރުކޮށްލައިފި
Raajje

ޖިހާދުގެ މައްޗަށް ކުރި ދައުވާ ބޭރުކޮށްލައިފި

ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭގެ) ގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ، 2013، ގައި ފިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލާގައި ދައުލަތުން ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ.  އެއީ ސަރުކާރުގެ […]

އަލީ ޒާހިރަށް 2.3 މިލިއަންގެ މައްސަލަ ސުޕްރީމް ކޯޓުން ނާކާމިޔާބު
Raajje

އަލީ ޒާހިރަށް 2.3 މިލިއަންގެ މައްސަލަ ސުޕްރީމް ކޯޓުން ނާކާމިޔާބު

ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ފަރާތުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. އެމްސީބީއަށް 2.3 މިލިއަން ރުފިޔާ ދައްކަން 2018 ވަނަ އަހަރު އަލީ ޒާހިރަށް ބޭންކުން އެންގީ އޭނާ މީހަކަށް 2.3 މިލިއަން ރުފިޔާގެ ޗެކެއް ދޫކުރުމުން އެކައުންޓްގައި ފައިސާ ނެތީސް ބޭންކުން އެ ޗެކަށް ފައިސާ ދޫކޮށްފައިވާތީ އެވެ. ބޭންކުން ޗެކަށް […]

ކުރީގެ ރައީސް އިބޫގެ އެމެރިކާ ދަތުރުފުޅުގެ ތަފްސީލު ދޭކަށް ނުޖެހޭނެ: ސަރުކާރު
Raajje

ކުރީގެ ރައީސް އިބޫގެ އެމެރިކާ ދަތުރުފުޅުގެ ތަފްސީލު ދޭކަށް ނުޖެހޭނެ: ސަރުކާރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރައީސްކަމުގައި އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރިސިޓްތައް ހާމަ ނުކުރެވޭނެ ކަމަށް ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. އދ. ގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އިބޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފްކުރަން ކުރީގެ ސަރުކާރުގެ ދުވަސްވަރު ހުށަހެޅި […]

ޝަރުއީ ދާއިރާގެ އިސް މަގާމެއްގައި ހުރެ ރިޝްވަތު ހިފުމުން ޖޫރިމަނާ އަދަބެއް
Raajje

ޝަރުއީ ދާއިރާގެ އިސް މަގާމެއްގައި ހުރެ ރިޝްވަތު ހިފުމުން ޖޫރިމަނާ އަދަބެއް

ޝަރުއީ ދާއިރާގެ އިސް މަގާމެއްގައި ހުރެ ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މީހަކު މުޖުތަމައުއަށް ހިދުމަތް ކުރުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ހެޑްގެ މަގާމުގައި ކުރިން ހުރި ހައިލަމް މުހައްމަދުގެ މައްޗަށް ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ […]

ރައީސް އިބޫގެ އެމެރިކާ ދަތުރުފުޅުގެ ހަރަދުގެ މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ފަށަނީ
Raajje

ރައީސް އިބޫގެ އެމެރިކާ ދަތުރުފުޅުގެ ހަރަދުގެ މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ފަށަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރުމުގެ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. އދ. އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު ރައީސް އިބޫ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ކުރަން ހާމަކުރަން ކުރީގެ ސަރުކާރުން ދެކޮޅު ހެދި ނަމަވެސް އޭރުގެ އިންފޮމޭޝަން ކޮމިޝަނަރާއި ހައި ކޯޓުން ވެސް ނިންމީ އެ މައުލޫމާތު ދޭންޖެހޭނެ ކަމަށެވެ. އެ ނިންމުމާ ދެކޮޅަށް އޭރު […]

ލަމްހާގެ މައްސަލާގައި އިންޑިއާ ޑޮކްޓަރުންގެ ހެކިބަސް ނަގަން ހުރަސްތަކެއް, އޭޖީގެ ލަފާ ހޯދަނީ
Raajje

ލަމްހާގެ މައްސަލާގައި އިންޑިއާ ޑޮކްޓަރުންގެ ހެކިބަސް ނަގަން ހުރަސްތަކެއް, އޭޖީގެ ލަފާ ހޯދަނީ

ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި އިންޑިއާގެ ޑޮކްޓަރުންގެ ހެކިބަސް ނެގުމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާތީ އެޓާނީ ޖެނެރަލްގެ ލަފައަކަށް ފޮރިން މިނިސްޓްރީން އެދިފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރުވި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ކުރާއިރު، އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ދައުލަތުން ކުރަނީ އެކަމުގައި ބައިވ...

ޔާމީންގެ އެއް މިލިއަން ޑޮލަރު ހޯދަން ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ: ބީއެމްއެލް
Raajje

ޔާމީންގެ އެއް މިލިއަން ޑޮލަރު ހޯދަން ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ: ބީއެމްއެލް

އެންޓި ކޮރަޕްޝަނާ ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓަކަށް ކުރީގެ ރައީސް އަބްދުالله ޔާމީން ޔާމީން ޖަމާކުރި އެއް މިލިއަން ޑޮލަރު އަނބުރާ ދެވޭނީ އޭސީސީއަށް ކަމަށާއި އެ ފައިސާ ހޯދަން ބޭންކުގެ ގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުން ހައިކޯޓުގައި މިއަދު ބުނެފި އެވެ. އެސްކްރޯ އެކައުންޓަކަށް 2018 ވަނަ އަހަރު ޔާމީން އެއް މިލިއަން ޑޮލަރު ޖަމާ ކުރެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާތީ އޭސީސީއާ އެކު ހެދި […]