Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
526 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

ލަމްހާ ދޫކޮށްލި މައްސަލަ އިސްތިއުނާފަށް
Raajje

ލަމްހާ ދޫކޮށްލި މައްސަލަ އިސްތިއުނާފަށް

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ކުރަނީ މޭރީ މަރާލި ކަމުގެ ދައުވާ އެވެ. ލަމްހާގެ މައްޗަށް ކުރީބައިވެރިވިކަމުގެ ދައުވާ އެވެ. ނަމަވެސް ޝަރުތުތަކަކާއެކު ލަމްހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު އަމުރުކޮށްފަ އެވެ. އެ […]

ޖެނިފާއަށް ޑީއެމްޑީގެ މަގާމު ދޭން އެންގި މައްސަލަ ހައިކޯޓަށް
Raajje

ޖެނިފާއަށް ޑީއެމްޑީގެ މަގާމު ދޭން އެންގި މައްސަލަ ހައިކޯޓަށް

މޯލްޑިވިއަން އެއާލައިންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާއަށް އެ ވަޒީފާ އާއި ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި މައްސަލަ މޯލްޑިވިއަންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަންކުރީ ޑިސެމްބަރު 2018 ގަ އެވެ. އޭނާ މިދިޔަ ޖެނުއަރީ މަހު އެ މަގާމުން ވަކިކުރީ އެ ކުންފުނީގެ ބޯޑުން ނިންމައިގެންނެވެ. އެ މައްސަލަ […]

ޕާޓީ ބަދަލުކުރާ މެމްބަރުން އިސްތިއުފާދޭންޖެހޭ މާއްދާ ބާތިލްކުރަން ހައި ކޯޓަށް
Raajje

ޕާޓީ ބަދަލުކުރާ މެމްބަރުން އިސްތިއުފާދޭންޖެހޭ މާއްދާ ބާތިލްކުރަން ހައި ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާ ބާތިލް ކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ. އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާ އުވާލަން ހައި ކޯޓަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ. އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ ވަކި ސިޔާސީ […]

ބަންދު ދުވަސްތަކުގައި ފަނޑިޔާރުން ރަށުން ބޭރަށް ދާން ޖޭއެސްސީއަށް އަންގަން ޖެހޭނެ ގޮތަށް ހަދައިފި
Raajje

ބަންދު ދުވަސްތަކުގައި ފަނޑިޔާރުން ރަށުން ބޭރަށް ދާން ޖޭއެސްސީއަށް އަންގަން ޖެހޭނެ ގޮތަށް ހަދައިފި

ކޯޓުތަކުގެ ފަނޑިޔާރުން ހަފުތާ ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ދާނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން ކޮމިޝަން (ޖޭއެސްސީ) އަށް އަންގަންޖެހޭ ގޮތަށް އެ ކޮމިޝަނުން ހަމަޖައްސައިފި އެވެ. ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ނެރުނު ސާކިއުލާގައިވަނީ ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ފަނޑިޔާރުން އައްޔަންކޮށްފައިވާ ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އަންގަން ޖެހޭނެ ކަމަށެވެ. އެގޮތުން އުއްތަމަ ފަނޑިޔާރާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި...

އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ފޯނުތައް ނުބެލޭނެ: ހައި ކޯޓް
Raajje

އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ފޯނުތައް ނުބެލޭނެ: ހައި ކޯޓް

އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ފޯނުތައް ފުލުހުންނަށް ނުބެލޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ. އުމުރުން 14 އަހަރުގެ ކުއްޖަކަށް ތުހުމަތު ކުރެވޭ ކުށްތަކަކާ ގުޅިގެން އެ ކުއްޖާގެ ފޯނު ހިފެހެއްޓުމަށާއި ފޯނު ހުޅުވުމުގެ އަމުރެއް ނެރެދިނުމަށް އެދުމުން ޖުވެނައިލް ކޯޓުން ނިންމާފައި އޮތީ އެ ކުއްޖާއަށް 15 އަހަރު ނުވާތީ އެ ކުއްޖާގެ މައްޗަށް އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށެވެ.  އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން މިދިޔަ ހަފުތާގައި ހައި ކޯޓުން […]

މަންޑޭގެ އެޕާޓްމެންޓާއި މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓައިފި
Raajje

މަންޑޭގެ އެޕާޓްމެންޓާއި މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓައިފި

ކޭ ޕާކް ފްލެޓްތައް އޮޅުވާލައިގެން ގިނަ ބަޔަކަށް ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ)މުދާތަކާއި ޕެންޓްހައުސް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި އެވެ. ކޭ ޕާކް ފްލެޓްތައް ހަދަމުންދާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ މަންޑޭގެ މައްޗަށް ކުރެވޭ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުތަކާ ގުޅިގެން ނޮވެމްބަރު, 2023 އިން ފެށިގެން އޭނާގެ ޕެންޓްހައުސްއާއި އެ ތަނުގައި ހުރި އަގު ބޮޑު މުދާތައް ހުރީ ފުލުހުންގެ ބެލުމުގެ ދަށަށް އޮތީ ގެނެސްފަ […]

ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
Raajje

ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ އަނެއްކާވެސް ބަންދުން ދޫކޮށްލަަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. އޮކްޓޫބަރު، 2021 ގައި މޭރީގެ ފިރިމީހާ މާވިން އެސްވައިއާ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށް ބުނާ މައްސަލާގައި ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުން މިއަދު އެގޮތަށް ނިންމީ ޝަރީއަތް ނުނިމި ލަސްވެފައިވާތީ އޭނާގެ ފަރާތުން މިދިޔަ ހަފުތާގައި އެގޮތަށް އެދުމުންނެވެ. ލަމްހާ ދޫކޮށްލ...

މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި ދައުވާލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުނުވި
Raajje

މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި ދައުވާލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުނުވި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ ބޮލުގައި މަރުތޭލަކުން ޖަހައި, ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ އަހަރުގެ މެއި މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި މަރުތޭލަކުންޒަރީރުގެ ބޮލަށް ހަމަލާދިން މައްސަލާގައި ބައެއް މީހުން ކުރިން ހައްޔަރުކުރި އެވެ. އެ ހަމަލާގައި ޒަރީރުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އެ މައްސަލާގައި ދައުވާކުރީ މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ […]

ޝާދިޔާ އާއި ޝަޒްރާގެ މައްޗަށް ދައުވާކޮށްފި
Raajje

ޝާދިޔާ އާއި ޝަޒްރާގެ މައްޗަށް ދައުވާކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލާގައި ޑރ. ޝަޒްރާ އިބްރާހިމާއި އައިޝަތު ޝާދިޔާއަށް ދައުލަތުން ދައުވާކޮށްފި އެވެ. ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ އާއި ޑރ. ޝަޒްރާ މިދިޔަ އޮގަސްޓް މަހު ހައްޔަރު ކުރީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަ...

ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ
Raajje

ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އަލުން ބެލުމުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ޝަރީއަތް ފަށަން ތާވަލުކޮށްފި އެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ […]

ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތު ނުކުރެވޭނެ: ހައި ކޯޓް
Raajje

ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތު ނުކުރެވޭނެ: ހައި ކޯޓް

ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހައި ކޯޓުން މިގޮތަށް ނިންމީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު، މުހައްމަދު ރާގިބު އަހުމަދު ހައި ކޯޓުގައި ވަކާލާތު ކުރާތީ އެކަމަށް ޕްރޮސިކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއުތިރާޒުކުރުމުންނެވެ. ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ސިޔާސީ މަގާމުގައި ތިބެގެން ކޯޓުތަކާއި ޓްރ...

އިންޑިއާ އައުޓް ގަރާރުގެ މައްސަލަ ޔާމީންގެ ވަކީލުންނާ ހެދި ކޯޓުން ބޭރުކޮށްލައިފި
Raajje

އިންޑިއާ އައުޓް ގަރާރުގެ މައްސަލަ ޔާމީންގެ ވަކީލުންނާ ހެދި ކޯޓުން ބޭރުކޮށްލައިފި

“އިންޑިއާ އައުޓް” ހަރަކާތްތައް ހުއްޓުވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ރިޔާސީ ގަރާރު ބާތިލްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ. އިދިކޮޅު ފަރާތްތަކުން ހިންގަމުން ދިޔަ ހަރަކާތްތައް ހުއްޓުވަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް ބުނެ އެ ގަރާރު ބާތިލް ކުރަން ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅުއްވީ ސެޕްޓެމްބަރު, 2022 ގަ […]

ޖިހާދުގެ މައްސަލަ ދެވަނަ ފަހަރަށް ބޭރުކޮށްލުމުން ރިވިއުކުރަން ދައުލަތުން އެދެނީ
Raajje

ޖިހާދުގެ މައްސަލަ ދެވަނަ ފަހަރަށް ބޭރުކޮށްލުމުން ރިވިއުކުރަން ދައުލަތުން އެދެނީ

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުވާކުރާ މައްސަލަ ހައިކޯޓުން ބަލައިނުގަތުމުން އެ މައްސަލަ ރިވިއު ކުރަން ހުށަހަޅަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު، ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބު...

ޑެޕިއުޓީ ޕީޖީގެ މަގާމުން ސަމީރު އިސްތިއުފާ ދެއްވައިފި
Raajje

ޑެޕިއުޓީ ޕީޖީގެ މަގާމުން ސަމީރު އިސްތިއުފާ ދެއްވައިފި

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އަލީ ސަމީރު އިސްތިއުފާ ދެއްވައިފި އެވެ. ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ސަމީރު ޑެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަން ކުރެއްވީ މެއި، 2022 ގަ އެވެ. ސަމީރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެއަކީ ޕީޖީ އޮފީހުގައި އޭނާގެ އެންމެ ފަހު ދުވަސް ކަމަށެވެ. އަދި އެކުގައި މަސައްކަތްކުރި އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޑެޕިއުޓީ ޕީޖީއަކަށް ދެން މަހުމޫދު ސަލީމް އެކަންޏެވެ.އެ މަގާމަށް ބޭފުޅުން […]

ބައްސާމްގެ އެޕާޓްމެންޓް އަތުލި މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
Raajje

ބައްސާމްގެ އެޕާޓްމެންޓް އަތުލި މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރަން އެންގި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމުން އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ބައްސާމްގެ ފަރާތުން ހުށަހަޅައިފި އެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ބައްސާމުގެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރި ނަމަވެސް އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ކުރިން ނިންމި އެވެ.  އެ ނިންމުން ރިވިއު ކުރަން […]