Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
526 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

ޖިހާދަށް ދައުވާކުރާ މައްސަލަ ޕީޖީން އަލުން ހައި ކޯޓަށް ފޮނުވައިފި
Raajje

ޖިހާދަށް ދައުވާކުރާ މައްސަލަ ޕީޖީން އަލުން ހައި ކޯޓަށް ފޮނުވައިފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލަ ހައި ކޯޓުން އަނބުރާ ފޮނުވާލާފައި ވަނިކޮށް އެ މައްސަލަ ދައުލަތުން އަނެއްކާވެސް ހައި ކޯޓަށް ހުށަހަޅައިފި އެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު، ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަ...

ޖަލަށް ތަކެތި ވެއްދުމުގެ ތުހުމަތުވާ އޮފިސަރުން ބަންދުން ދޫކުރަން ޕީޖީން އެދެފި
Raajje

ޖަލަށް ތަކެތި ވެއްދުމުގެ ތުހުމަތުވާ އޮފިސަރުން ބަންދުން ދޫކުރަން ޕީޖީން އެދެފި

ޖަލަށް މަނާތަކެތި ވައްދައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ބަންދު ކޮށްފައިވާ ކަރެކްޝަންސްގެ ޖަލު އޮފިސަރުންތައް ބަންދުން ދޫކޮށްލަން ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ. ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިިޔާ އެކި ފަހަރު މަތިން ހޯދި މައްސަލާގައި ކަރެކްޝަންސްގެ 18 އަށް ވުރެ ގިނަ އޮފިސަރުން މިދިޔަ ޖޫން މަހު ހައްޔަރުކުރި ނަމަވެސް ދައުލަތުން ދައުވާކުރަނީ ފަސް މީހެއްގެ މައްޗަށެވެ. އެއީ ރ. އުނގޫފާރު […]

ފިނިފެންމާ މައްސަލާގައި ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް ބަދަލު ދޭން ޖެހިއްޖެ
Raajje

ފިނިފެންމާ މައްސަލާގައި ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް ބަދަލު ދޭން ޖެހިއްޖެ

ރިޔާސީ ލޯންޗު ގޮއްވާލި މައްސަލާގައި, މުހިންމު ހެކިތަކެއް ހުއްދަ ނެތި ގެންދިޔަ ކަމަށް ތުހުމަތުކޮށް ސިފައިންގެ ވަޒީފާއިން ވަކިކުރި މީހާއަށް ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަމަށް ހައި ކޯޓުން އިއްޔެެ ހުކުމްކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސެޕްޓެމްބަރު, 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލީ މައްސަލާގައި ސިފައިންގެ މީހެއް ކަމަށްވާ މޫސާ ޒަމީރު ހައްޔަރުކޮށް ޖަލަށްލީ ލޯންޗްގައި ހުރި ހެކިތަކެއް ހުއްދަ ނެތި ލޯންޗުން ބޭރަށް ގެންދިޔަ ކަމަށް ބުނެ […]

ޝާދިޔާ ބަންދުކުރި މައްސަލާގައި ބަދަލު ނަގައި ނުދެވޭނެ: ހައިކޯޓް
Raajje

ޝާދިޔާ ބަންދުކުރި މައްސަލާގައި ބަދަލު ނަގައި ނުދެވޭނެ: ހައިކޯޓް

ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ގާނޫނާ ހިލާފަށް ބަންދުކުރި މައްސަލާގައި ބަދަލު ނަގައި ނުދެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރި އެވެ. އޭގެ ތެރެއިން ޝާދިޔާ ފަސް ދުވަހަށް ބަންދުކުރީ ގާނޫނާ […]

ބައްސާމްގެ ދެ އެޕާޓްމެންޓް އަތުލި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި
Raajje

ބައްސާމްގެ ދެ އެޕާޓްމެންޓް އަތުލި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ބައްސާމުގެ ދެ ޕެންޓްހައުސެއް ފުލުހުން ވަނީ އަތުލައިފަ އެވެ. އެތަން އަތުލީ އެއް އަހަރުގެ ދުވަހުގެ މުއްދަތަކަށެވެ.  ބައްސާމްގެ ފަރާތުން އިއްޔެ ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި […]

ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ތިން މީހުންނަށް ދައުވާކޮށްފި
Raajje

ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ތިން މީހުންނަށް ދައުވާކޮށްފި

ހުޅުމާލޭގައި ނުރައްކާތެރިކޮށް ދުއްވި ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ގިނަ ދައުވާތަކެއް ކޮށްފި އެވެ. މިދިޔަ ޖުލައި މަހު ހުޅުމާލޭގެ ދެވަނަ ފޭސްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެ މައްސަލާގައި ހައްޔަރުކުރީ ކާރު ދުއްވަން އިން މ. ލޭންޑް އޮފް ގާޑެން […]

ކުޑަކުއްޖަކާ 12 އަހަރު ވަންދެން ބެހުނު ބޮޑުބޭބެ 15 އަހަރަށް ޖަލަށް
Raajje

ކުޑަކުއްޖަކާ 12 އަހަރު ވަންދެން ބެހުނު ބޮޑުބޭބެ 15 އަހަރަށް ޖަލަށް

ކުޑަކުއްޖަކަށް 12 އަހަރުގެ މުއްދަތަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ލ. އަތޮޅު ރަށެއްގެ މީހެއްގެ މައްޗަށް އެ ހުކުމް އައީ 2009 ވަނަ އަހަރުން ފެށިގެން 2021 ގެ ނިޔަލަށް އޭނާގެ އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ […]

އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައިކޯޓް
Raajje

އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައިކޯޓް

ރާއްޖޭގައި ހުންނަ  އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ރާއްޖޭގައި ހުންނަ ބައެއް އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރި ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމްގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކުރި އެވެ.  އެ މައްސަލަ ޝާދިޔާގެ […]

ކުޑަކުއްޖަކާ ބެހިގެން 17 އަހަރަށް ޖަލަށްލި މީހަކު ހައިކޯޓުން ސަލާމަތްވެއްޖެ
Raajje

ކުޑަކުއްޖަކާ ބެހިގެން 17 އަހަރަށް ޖަލަށްލި މީހަކު ހައިކޯޓުން ސަލާމަތްވެއްޖެ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 17 އަހަރަށް ޖަލަށްލި މީހަކު ހައި ކޯޓުން އިއްޔެ ސަލާމަތްވެއްޖެ އެވެ. އަތޮޅު ތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވީ އެ ކުއްޖާއަށް އެހެން މީހަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް 2020 ވަނަ އަހަރު ފެންމަތިވުމުންނެވެ. އެ ކުއްޖާ ބުނެފައިވާ ގޮތުގައި އެ މީހާ ޖިންސީ ގޯނާކުރީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު އެވެ. އެ މީހާ 17 އަހަރަށް ޖަލަށްލުމަށް 2022 […]

ޝެފަކު މަރާލި މައްސަލާގައި މުހިންމު ހެކިންތައް ނުހޯދޭތީ ހެކިބަސް ނުނަގަން ނިންމައިފި
Raajje

ޝެފަކު މަރާލި މައްސަލާގައި މުހިންމު ހެކިންތައް ނުހޯދޭތީ ހެކިބަސް ނުނަގަން ނިންމައިފި

ރިސޯޓެއްގައި ޝެފަކު މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި މުހިންމު ހެކިންތައް ހޯދަން ކުރި މަސައްކަތުން އެ މީހުން ތިބި ތަނެއް ހޯދިފައި ނުވާތީ އެ މީހުންގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އެ މައްސަލާގައި ދައުލަތުން ހުށަހެޅި މުހިންމު ހެކިވެރިންތަކެއް […]

އަލްހާނަށް ދައުވާކުރާ މައްސަލަަ ރިވިއުކުރަން އެދެފި
Raajje

އަލްހާނަށް ދައުވާކުރާ މައްސަލަަ ރިވިއުކުރަން އެދެފި

ކިންގްސް ކެޕިޓަލް ކުންފުނިން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، މީހުންގެ އަތުން ފައިސާ އަތުލުމަށްފަހު ފައިސާ އަނބުރާ ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލަ ރިވިއުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދެފި އެވެ. ކިންގްސް ކެޕިޓަލްސްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި ސްކީމްގެ މައްސަލާގައި އަލްހާންގެ އިތުރުން ދައުލަތުން ދ...

ދައުވާތަކާއި ބަންދު މީހުންގެ މައްސަލަ މުރާޖާކުރަން އެދެން ހުޅުވާލައިފި
Raajje

ދައުވާތަކާއި ބަންދު މީހުންގެ މައްސަލަ މުރާޖާކުރަން އެދެން ހުޅުވާލައިފި

ޖިނާއީ މައްސަލަތަކުގައި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކުރަން އެދުމުގެ ފުރުސަތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށް ހުޅުވާލައިފި އެވެ. އޮފީހުން ބުނީ އެ އޮފީހުން ދައުވާ ކޮށްފައި ތިބި މީހުންނާއި އެކި މައްސަލަތަކުގައި ބަންދުގައި ތިބި މީހުން މައްސަލަ މުރާޖާކުރަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން މީހުން ބަންދުގައި ތިބޭ މައްސަލަ އަބަދުވެސް ރާއްޖޭގައި ބޮޑެވެ. އެކަމަށް ހައްލެއް ގެނެވެން އ...

ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާ ސާބިތެއްނުވި
Raajje

ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާ ސާބިތެއްނުވި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ޝިޔާމްގެ ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ އޮފިސަރަކު ބެހެއްޓި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޝިޔާމްގެ މައްޗަށް ކުރީ ރަސްމީ […]

ޖަލަށް މަނާތަކެތި ވެއްދި މައްސަލާގައި އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފި
Raajje

ޖަލަށް މަނާތަކެތި ވެއްދި މައްސަލާގައި އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފި

މާފުށީ މަނާ ތަކެތި ވައްދައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލާގައި ދައުލަތުން ދައުވާކުރި  ފަސް އޮފިސަރުންގެ ތެރެއިން ތިން މީހަކާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ދައުލަތުން ހަދައިފި އެވެ. މިދިޔަ ޖޫން މަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި ފަހަރު މަތިން ހޯދި މައްސަލާގައި 18 މީހަކު ހައްޔަރުކުރި ނަމަވެސް ދައުލަތުން ދައުވާކުރަނީ ފަސް މީހަކަށެވެ.  އެ މައްސަލާގައި ދައުލަތުން ދައުވާ […]

އިޔާޒްގެ އަނބިކަނބަލުން ހައްޔަރުކުރީ އެމްބަސީތަކުގެ ޝަކުވާ ލިބޭތީ: ދައުލަތް
Raajje

އިޔާޒްގެ އަނބިކަނބަލުން ހައްޔަރުކުރީ އެމްބަސީތަކުގެ ޝަކުވާ ލިބޭތީ: ދައުލަތް

ޑރ. އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ހައްޔަރުކުރީ އެމްބަސީތައް ކައިރީގައި މުޒާހަރާކުރާ މައްސަލާގައި ދިވެހި ސަރުކާރަށް އެމްބަސީތަކުގެ ޝަކުވާ ލިބެން ފެށުމުން ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލި މައްސަލާގައި ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު ޝަރުތުތަކާ އެކު ވަނީ ދޫކޮށްލައިފަ އެވެ. ޝާދިޔާ ބަންދުކުރި […]