ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުން މެޖިސްޓްރޭޓެއްގެ މަގާމު ގެއްލިއްޖެ
ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމްގެ މަގާމު ގެއްލިއްޖެ އެވެ. ޖޭއެސްސީން ބުނީ ސިވިލް ކޯޓުގައި ނިމިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ދަރަނި އިސް މެޖިސްޓްރޭޓް މުއާވިޔަތު ދައްކާފައިނުވާ ކަމަށެވެ. އަދި ޖޭއެސްސީގެ ތަހުގީގު ކޮމެޓީގައި އޭނާ އެކަމަށް އެއްބަސްވެފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެހެންވެ، އިސް މެޖިސްޓްެރޭޓް މުއާވިޔަތުގެ ކިބައިން ފަނޑިޔާރުކަމުގެ އެ...