ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 18 ކިލޯގެ ޑްރަގާ ހަވާލުވާން ދިޔަ މީހާ ދޫކޮށްލައިފި
ރާއްޖެއަށް ވައިގެމަގުން އެތެރެކުރަން އުޅެނިކޮށް ދާދިފަހުން އަތުލައިގަތް 18 ކިލޯގެ ޑްރަގްގެ މައްސަލާގައި, އެތަކެއްޗާ ހަވާލުވާންދިޔަ ބިދޭސީ މީހާގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ އިންޑިއާގެ ބެންގަލޫރު މަގުން ރާއްޖެ ގެނަައި އެއާ ކާގޯ ޝިޕްމަންޓުގައި 18.62 ކިލޯ ހުރި އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 26 މިލިއަން ދިވެހި ރުފިޔާއަށް އަރަ އެވެ. އެ ތަކެތި އަތުލައިގަތީ ކަސްޓަމްސުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މައްސަލާގައި, އެ […]