ބިސްގަނޑަކާ ހެދި ލަންކާގެ ޝެފަކު ރާއްޖޭގެ މަރާލި މައްސަލާގައި ކުށް ސާބިތުނުވި
ރާއްޖޭގެ ރިސޯޓެއްގައި ބިސްގަނޑެއް އަޅައި ނުދީގެން ހިންގި ހަމަނުޖެހުމެއްގައި ސްރީލަންކާގެ ޝެފަކު މަރާލި މައްސަލާގެ ދައުވާލިބުނު ލަންކާ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. އެއްލައިދޫ ރިސޯޓުގައި 2019 ވަނަ އަހަރު ބިސްގަނޑެއްގައި އަޅައި ނުދީގެން އުފެދުނު ހިތްހަމަނުޖެހުމުގައި ލަންކާގެ ޝެފަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން މި...