ހދ.ކުޅުދުއްފުށީ އިސްރަށްވެހިންނަށް މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
ހދ.ކުޅުދުއްފުށީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން “އިސްރަށްވެހިންގެ މައިޒާން” ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޕަބްލިކް އެފެއަރޒް އެންޑް ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓްގެ ފަރާތުން ހިންގާ އަމާންވެށި ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކުޅުދުއްފުށީ އިސްރަށްވެހިންނަށް ތަފާތު ގިނަ މައުލޫމާތުތަކެއް ވަނ...