މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,951 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޢާޠިފާ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކޮށްފި
Thiladhunmathi News

ޢާޠިފާ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކޮށްފި

ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް އެ ސިޓީގެ މެދު ދެކުނު ދާއިރާގެ އިންތިޚާބީ ކައުންސިލް މެންބަރު، ޢާޠިފާ ޢަލީ ޝައުގުވެރިކަން ފާޅުކުރަށްވައިފިއެވެ. ”ތިލަދުން”އިން ޢާޠިފާއާއި ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން އެބަހުރިކަމަށާއި، އެގޮތަށް ކުރިއަށް ވަޑައިގަންނަވަން ނިންމަވައިގެން ހުންނެވި ކަމަށެވެ. “މާތް ﷲގެ އިރާދަފުޅާއެކު އަޅުގަނޑު މިހިރީ ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލާން ނިންމައިގެން، އަޅުގަނޑަށް ތާއީދު ކުރާ ވަރަށް ގިނަ ފަރާތްތ...

ޝާހިދު އިންޑިއާގައި، 33 ގައުމެއްގެ މަންދޫބުންނާ ބައްދަލުކުރައްވައިފި
Raajje

ޝާހިދު އިންޑިއާގައި، 33 ގައުމެއްގެ މަންދޫބުންނާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް ޖުމްލަ 33 ގައުމެއްގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި އެވެ. މިނިސްޓަރު ޝާހިދު ދިއްލީގައި ތިއްބަވާ 33 ޤައުމެއްގެ ސަފީރުންނާއި މަންދޫބުންނާ ބައްދަލު ކުރަށްވާފައިވާއިރު، އޭގެ ތެރޭގައި ޗެކްރިޕަބްލިކް، ސްލޮވަކް ރިޕަބްލިކް، ޖޯޖިއާ، ޔޫކްރެއިން، ރޮމޭނިއާ، ސީބިއާ އަދި ހަންގޭރީ ފަދަ ޤައުމުތަކުގެ އެމްބެސަޑަރުން ހިމެނެއެވެ. ޝާހިދު ވަނީ، އެފްރިކާގެ ގިނަ ޤައުމުތަކެއްގެ އިސް ބޭފުޅުންނާއ...

3 ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމައިފި
Raajje

3 ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމައިފި

3 ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑާ އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ. އީސީއިން، އެ ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީއާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ވަނީ ތިން ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކެނޑުމަށް މަޝްވަރާކޮށްފައެވެ. އެ ތިން ފޮއްޓަކީ މިހާތަނަށް ނަތީޖާ ކަނޑަނާޅާ ތިން ފޮއްޓެވެ. އެ ތިން ފޮއްޓަކީ، މ. މުލައް، މ. މުލި އަދި ފ. ނިލަންދޫ ވޯޓު ފޮއްޓެވެ. އީސީއާއި، އެ ކޮމިޝަންގެ ޤައުމީ ލަފާދޭ […]

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 68 އަށް!
Raajje

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 68 އަށް!

ކޯވިޑް ބަލީގައި މީހަކު ނިޔާވެ، އެބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 68 އަށް އަރައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާއަށް އެޑްމިޓްކޮށްފައި އޮތް މީހެއް ކަމަށެވެ. އެމީހާއަކީ އުމުރުން 82 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ މިއަދު މެންދުރުކުރި 11:12 ހާއިރު ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ. އެންމެ ފަހުން ރާއްޖެއިން މިބަލީގައި މީހަކު ނިޔާވެފައިވަނީ ހުސްވި މާރިޗް މަހުގެ 31ވަނަ ދުވަހުއެވެ. ރާއްޖެއިން...

ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އުސޫލު އާންމުކޮށްފި
Raajje

ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އުސޫލު އާންމުކޮށްފި

ކޯވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކަރަންޓީނު ކުރުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލުގެނެސް، ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އުސޫލު އާންމުކޮށްފިއެވެ. އެ އުސޫލު އާންމުކުރަށްވައި، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރުނު އެންގުމުގައި ބުނީ، 2021 އެޕްރީލް 20 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، ލުއިތައް ދިނުމަށް ނިންމާފައިވާ ފިޔަވަޅުތައް އާންމުކުރާ ކަމަށެވެ. މިގޮތުން 20 އޭޕްރިލް 20...

13 އަހަރު ކުއްޖަކަށް ޖިންސީ ހާނިއްކަ ކުރިކަމުގެ ތުހުމަތުކުރެވޭ މީހަކު ހޯދަނީ
Raajje

13 އަހަރު ކުއްޖަކަށް ޖިންސީ ހާނިއްކަ ކުރިކަމުގެ ތުހުމަތުކުރެވޭ މީހަކު ހޯދަނީ

އުމުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ. މި މައްސަލައިގައި ތުހުމަތުގައި ހޯދަން ފުލުހުން ޢިއުލާންކޮށްފައި ވަނީ، ތ. ތިމަރަފުށި، އަސަރީގެ، 59 އަހަރުގެ ހަސަން ނިޒާރު އެވެ. ފުހުން ވިދާޅުވެފައި ވަނީ، އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ބޭނުންވަނީ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާ ހ...

ކިޔެވެނި ޕޯޓަލްގެ ކުރު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
News

ކިޔެވެނި ޕޯޓަލްގެ ކުރު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކައުންސިލަރުންނާއި ކައުންސިލް މުވައްޒަފުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މައްސޫލިއްޔަތު އަދާކުރުމަށާއި އެމީހުންގެ މަސައްކަތުގެ މައިދާނަށް ބޭނުންވާ މުހިއްމު މައުލޫމާތާއި ހުނަރު ދަސްކޮށްދިނުގެ ގޮތުން އާންމުނަނަށް އޮންލައިންކޮށް ލޯކަލް ކައުންސިލް އޮތޯރިޓީން (އެލްޖީއޭ) އިން ކުރު ކޯސްތަކެއް ހުޅުވާލާފިއެވެ. އެލްޖީއޭއިން ބުނީ މި ކޯސްތަކުގައި ބައިވެރިވެވޭނީ ކިޔެވި ޕޯޓަލް www.kiyeveni.mv ގައި ރެޖިސްޓްރީވުމަށްފަހުގައި ކަމަށެވެ. މި ޕޯޓަލުގެ މައިގަނޑު އެއް މަގުސަދަކ...

ޗައިނާ ސަފީރު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައި
Raajje

ޗައިނާ ސަފީރު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައި

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޖަންގް ލީ ޖޮންގް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް އޮފީހުގައ ިމިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސްއާއި، ޗައިނާގެ ސަފީރު ވަނީ ދިވެހިރާއްޖެއާއި، ޗައިނާއާ ދެމެދު އޮތް ޚާރިޖީ ގުޅުމާއި ދެޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގ...

މިމަހުގެ 11 އަދި 12 ވަނަ ދުވަހު ސަރުކާރު ބަންދު!
Raajje

މިމަހުގެ 11 އަދި 12 ވަނަ ދުވަހު ސަރުކާރު ބަންދު!

މިހިނގާ އަހަރުގެ އެޕްރީލް 11 އަދި 12 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. މިކަން ހާމަކުރަށްވާފައި ވަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި އެވެ. އެ ދެންނެވުމުގައި، މިހިނގާ އޭޕްރިލް މަހުގެ 11 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޞާލިޙް ކަނޑައެޅުއްވި ސަބަބެއްކަމަށް ވިދާޅުވެފައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން 2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއް...

މިދަތި ހާލަތުގައި ވެސް ރައީސް ޞާލިޙް އިސްކުރެއްވީ ރައްޔިތުން: ޝާހް
Thiladhunmathi News

މިދަތި ހާލަތުގައި ވެސް ރައީސް ޞާލިޙް އިސްކުރެއްވީ ރައްޔިތުން: ޝާހް

ކޯވިޑް-19 ބަލިމަޑުކަމާގުޅިގެން މުޅި ދުނިޔެއާއި، ރާއްޖެގެ އިޤްތިޞާދު ވެސް ހީނަރުވެފައި އޮތް ދުވަސްވަރެއްގައި ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތެއް ގުރުބާން ނުކުރަށްވާ ރައީސްއަކަށް ފެނުނީ މިއަދު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ. ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާޙް ކުރުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުނ...

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ޖަހަން ފަށާނެ!
Raajje

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ޖަހަން ފަށާނެ!

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިނެއްކަމަށްވާ، ކޮވިޝީލްޑް ވެކްސިންގެ 2 ވަނަ ޑޯޒް މިއަދު ޖަހަން ފަށާނެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާގޮތުން މިއަދު ދެވަނަ ޑޯޒް ޖަހަން ފަށާނީ، ފެބްރުއަރީ 4-1 އާއި ދެމެދު ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށެވެ. މިއަދު ދެވަނަ ޑޯޒް ޖެހުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝެނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް، ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެ މަރުކަޒުތަކުގައި ވެކްސިން […]

ގައިދުރުކަމާއެކު ނަމާދުކުރަން ނިންމާފައިވާ ނިންމުން ނިމުމަކަށް
Raajje

ގައިދުރުކަމާއެކު ނަމާދުކުރަން ނިންމާފައިވާ ނިންމުން ނިމުމަކަށް

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި ގައިދުރުކޮށްގެން ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވާ ނިންމުން ނިމުމަކަށް ގެނެސްފިއެވެ. އެ ގޮތަށް އަމަލު ކުރަން ފަށާނީ މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރަން...

"ތާރީޚު އިސްލާމީ ދީބާ މަޙަލް"އަކީ، ރާއްޖޭގެ ތާރީޚުގެ އަގުހުރި ރަންމުތެއް: ރައީސް
Raajje

"ތާރީޚު އިސްލާމީ ދީބާ މަޙަލް"އަކީ، ރާއްޖޭގެ ތާރީޚުގެ އަގުހުރި ރަންމުތެއް: ރައީސް

އަލްޤާޞީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ “ތާރީޚް އިސްލާމި ދީބާ މަޙަލް” ފޮތަކީ، ރާއްޖޭގެ ތާރީޚުގެ ވަރަށް އަގުހުރި ރަންމުތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ވަނީ، ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ “ތާރީޚް އިސްލާމި ދީބާ މަޙަލް” ގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ނެރެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީޚާ ބެހޭގޮތުން، ޙަސަނ...

ރޯދަ އިނާޔަތް އަންނަ ބުރާސްފަތި ދުވަހު!
Raajje

ރޯދަ އިނާޔަތް އަންނަ ބުރާސްފަތި ދުވަހު!

ވަޒީފާ އާއި ބެހޭ ގާނޫނު ބުނާ، ރަމަޟާން އިނާޔަތް 8 އޭޕްރިލް 2020ގައި ސަރުކާރުގެ މުވައްޒަފުންނަށް ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ބުނެފިއެވެ. މިގޮތުން މިއަދު އެ މިނިސްޓްރީން އާންމުކުރި 1442ވަނަ އަހަރުގެ ރަމަޟާންމަހުގެ އިނާޔަތު ފައިސާދިނުމުގައި އަމަލުކުރާނެ ގޮތާއިގުޅޭ ސާކިއުލާގައި ބުނެފައި ވަނީ، ވަޒީފާއާއިބެހޭ ޤާނޫނުގައި ބުނާގޮތަށް، ރަމަޟާން އިނާޔަތުގެ ގޮތުގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް ދޭނީ 3000 ރުފިޔާ ކަމަށެވެ. މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދ...

މާލެ ސަރަހައްދުގެ ކާފިއު ނިމުމަކަށް
Raajje

މާލެ ސަރަހައްދުގެ ކާފިއު ނިމުމަކަށް

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށްލުއިދީ، މާލެ ސަރަހައްދުގެ ކާފިއު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިމުމަކަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމު ކުރި އެންގުމުގައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މާލެ ސަރަހައްދުގެ މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ވަނީ ނިމުމަކަށް ގެނެސްފައެވެ. މިއާއިއެކު...