މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,961 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ފޯނު ފިހާރައެއްގެ ފުރާޅުން ޓިނުނަގައިގެން ވައްކަންކުރި ދެ މީހަކު ހައްޔަރުކޮށްފި
Raajje

ފޯނު ފިހާރައެއްގެ ފުރާޅުން ޓިނުނަގައިގެން ވައްކަންކުރި ދެ މީހަކު ހައްޔަރުކޮށްފި

މާލޭ ސިޓީގެ ފޯނު ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެންވަދެ، ފޯނުތަކެއް ވަގަށްނެގި ދެ މީހަކު، ފޯނުތަކާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ށ. ބިލެތްފަހި/ކްރެސްޓް، ޢަލީ ފައުޒާންއާއި، ތ. ތިމަރަފުށި/މާފޮޅޭގެ، ޢަބްދުﷲ ސިމާޙުއެވެ. މި ދެ މީހުންގެ އުމުރަކީ ވެސް 31 އަހަރެވެ. މި ދެމީހުން ފޯނުތައް ވަގަށް ނެގީ މާލޭ ސިޓީގެ މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅު ނަގައިގެންނެވެ. އެ ދެމީހުން ވަނީ އެ ފިހާރައަށް ވަދެ […]

ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 198 އަށް
Raajje

ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 198 އަށް

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވިދާޅުވިގޮތުގައި ނިޔާވީ އުމުރުން 55 އަހަރުގެ އަންހެނެކެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެހެންކަމުން މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 198 އަށް އަރާފައެވެ. މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 38 އެވެ. މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 […]

100% ބޭރު ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގޭ ގޮތްހަދައިފި
Raajje

100% ބޭރު ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގޭ ގޮތްހަދައިފި

ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގޭގޮތަށް، ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް އިސްލާހް ގެނެސްފިއެވެ. މިގޮތުން އެފްޑީއައި ޕޮލިސީއަށް އިކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހް ވަނީ މިއަދު ހަވީރު ސަރުކާރުގެ ގެޒެޓުކުރި އާންމުކޮށްފައެވެ. އެފްޑީއައި ޕޮލިސީގައި ކުރިން އޮންނަނީ 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓެއް ނުކުރެވޭ ގޮތަށެވެ. ކުރިން އެ ޕޮލިސީބުނާގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75...

ބިލު އޮތީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް: ނައިވާދޫ ކައުންސިލް
Thiladhunmathi News

ބިލު އޮތީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް: ނައިވާދޫ ކައުންސިލް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލުއޮތީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް ކަމަށް ހދ. ނައިވާދޫ ކައުންސިލުން ބުނެފިއެވެ. ނައިވާދޫ ކައުންސިލުން މިހެން ބުނެފައި ވަނީ، އެކައުންސިލްގެ ނައިބު ރައީސް އަހްމަދު ފާއިޒު ފިޔަވާ އަނެއް 4 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ ނޫސް ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އަކު...

އިންޑިއާއަށް ބަރޯސާވެގެން ތަރައްގީގެ އެންމެ އުހަށް ދެވޭނެ ގޮތެއް ނުވިސްނޭ: އުގައިލް
Raajje

އިންޑިއާއަށް ބަރޯސާވެގެން ތަރައްގީގެ އެންމެ އުހަށް ދެވޭނެ ގޮތެއް ނުވިސްނޭ: އުގައިލް

އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ރާއްޖެ ދާންބޭނުންވާ ތަރައްގީގެ އުހަށް ދެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ. އުގައިލް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ވެސް  ނޫން ކަމަށެވެ. އެހެންކަންއޮތްއިރު، އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް އުގައިލް ވިދާޅުވިއެވެ. “އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން. ވ...

ފުނަދޫގައި ކަރަންޓީނުކޮށްފައިވާ ގެއަކަށް ދިޔަ މީހަކު ޖޫރިމަނާކޮށްފި
Thiladhunmathi News

ފުނަދޫގައި ކަރަންޓީނުކޮށްފައިވާ ގެއަކަށް ދިޔަ މީހަކު ޖޫރިމަނާކޮށްފި

ށ. ފުނަދޫގައި ހޯމް ކަރަންޓީނުގައި ބަޔަކު ތިބި ގެޔަކަށް، އުސޫލާއި ހިލާފަށް ވަތް މީހަކު މިއަދު 5 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު ”ތިލަދުން”އަށް ވިދާޅުވީ، އާންމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން ބެލި ބެލުމުން، އެރަށުގައި ހޯމްކަރަންޓީނުގައި ބަޔަކު ތިބި ގެޔަކަށް އުސޫލާ ހިލާފަށް މީހަކު ވަތް ކަމުގެ މައުލުމާތު މިއަދު ލިބުނު ކަމަށެވެ. އެކަން ފުނަދޫގައި ތިއްބަވާ ފުލުހުންނަށް އެންގުމުން، އުސޫލާއި ހިލާފަށް އެ ގެއަށް ވަތް […]

މެއި ހައެއްގެ ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި
Raajje

މެއި ހައެއްގެ ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާއިގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ، މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. އެ އޮޕަރޭޝަން ހިންގަމުން ދަނީ، ފުލުހުންނާއި ސިފައިންނާއި […]

ހަނިމާދޫން ރޭ ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް
Thiladhunmathi News

ހަނިމާދޫން ރޭ ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް

ކޯވިޑްގެ ހާލަތުގެ ސަބަބުން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ހދ. ހަނިމާދޫން ރޭ ނެގި ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު އެރަށުން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން ރޭނެގި 31 ސާމްޕަލްގެ ނަތީޖާ މިރޭ ލިބިފައިވާ ކަމަށާއި، އެ ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެފައިވާ ކަމަށެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި […]

ހަނިމާދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރާއެކު އިތުރު ދެމީހަކު ޕޮޒިޓިވްވެ ރަށަށް އިތުރު ހާސްކަން
Thiladhunmathi News

ހަނިމާދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރާއެކު އިތުރު ދެމީހަކު ޕޮޒިޓިވްވެ ރަށަށް އިތުރު ހާސްކަން

ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަށްވާ ޑޮކްޓަރަކާއެކު އިތުރު ދެމީހަކު އެރަށުން ޕޮޒިޓިވްވެ، އެ ރަށަށް އިތުރު ހާސްކަން ކުރިމަތިވެއްޖެއެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު އެރަށުން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން 32 ސާމްޕަލެއް ނަގައި، ހަމަ އެދުވަހު ކުޅުދުއްފުށީ […]

އިތުރު މީހަކު ނިޔާވެ ރާއްޖޭގެ އަދަދު 193އަށް އަރައިފި
Raajje

އިތުރު މީހަކު ނިޔާވެ ރާއްޖޭގެ އަދަދު 193އަށް އަރައިފި

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ އުމުރުން 60 އަހަރުގެ މީހެކެވެ. އެއީ އަންހެނެކެވެ. މިއީ މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި 193 ވަނަ މީހާއެވެ. މިބަލީގައި އިއްޔެ ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެއީ 56 އަހަރުގެ މީހެކެވެ. މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 33 އެވެ. މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު […]

ކޯވިޑް ބަލީގައި 56 އަހަރުގެ މީހަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި 56 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ އުމުރުން 56 އަހަރުގެ މީހެކެވެ. އެއީ އަންހެނެކެވެ. މިބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވުމުން މިހާރު ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި ޖުމްލަ މީހުންގެ އަދަދު މިވަނީ 192 އަށް އަރާފައެވެ. މިބަލީގައި އިއްޔެ މީހަކު ނިޔާވެފައެއް ނުވެއެވެ. މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 32 އެވެ. މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 […]

ޝާހިދުގެ ޗެފް ޑި ކެބިނެޓް މަގާމަށް އިންޑިއާގެ ޑެޕިޔުޓީ އެމްބެސެޑަރު
Raajje

ޝާހިދުގެ ޗެފް ޑި ކެބިނެޓް މަގާމަށް އިންޑިއާގެ ޑެޕިޔުޓީ އެމްބެސެޑަރު

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައިވާ ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲގެ ޝާހިދުގެ ޗެފް ޑި ކެބިނެޓްގެ މަގާމަށް މަގާމަށް އިންޑިއާއިން އދ. އަށް ކަނޑައަޅާފައިވާ ޑެޕިޔުޓީ ޕާމަނަންޓް ރެޕްރެޒެންޓިވް ނަގަރާޖް ނައިޑޫ ކުމާރު ހަމަޖައްސައިފި އެވެ. އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިޚާބުވެ ވަޑައިގަތީ މި ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި 143 ވޯޓުން ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. އެ އިންތިޚާބުގައި […]

150 ރެންޑަމް ސާމްޕަލް ނެގެޓިވްވެ، މިލަންދޫ އާންމު ހާލަތަށް ދިއުމުގެ އުންމީދުގައި
Thiladhunmathi News

150 ރެންޑަމް ސާމްޕަލް ނެގެޓިވްވެ، މިލަންދޫ އާންމު ހާލަތަށް ދިއުމުގެ އުންމީދުގައި

ކޯވިޑް-19ގެ ސަބަބުން މޮނިޓަރިން ހާލަތުގައި އޮތް ށ. މިލަންދޫ އެހާލަތުން އާންމު ހާލަތަކަށް ދިއުމަށް ރަށުގައި ބަލި ފެތުރިފައިވާ މިންވަރު ވަޒަން ކުރުމަށް ނެގި 150 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވްވެއްޖެއެވެ. އެރަށުގައި ބަލިފެތުރިފައި ވޭތޯ ބެލުމަށް އެންމެފަހުން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނެގީ ހުސްވި މޭމަހު ފަހުކޮޅުއެވެ. އެ ސާމްޕަލްތައް ވެސް ވަނީ ނެގެޓިވްވެފައެވެ. އެފަހަރު 200 ރެންޑަމް ސާމްޕަލެއް ނެގިއެވެ. މިލަންދޫ ސިއްހީ މަރުކަޒުން މިރޭ ވިދާޅުވީ، އެރަށް މޮނިޓަރިން ހާލަތުން އާންމު ހާލަތަކަށް […]

މިނިސްޓަރު މަޚްލޫފު މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި
Raajje

މިނިސްޓަރު މަޚްލޫފު މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މަޚްލޫފް މަސްއޫލިއްޔަތުން އެކަހެރިކުރީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތުގެ މައްސަލައާއި އޭނާގެ މައްޗަށް ދައުވާ ކުރަން މިއަދު ފޮނުވުމުން ކަމަށެވެ. “ޕީޖީން ގޮތެއް ނިންމެވުމާއި ހަމައަށް މަޚްލޫފް މަސައްކަތުން އެކަހެރިވުމަށް ވާނީ އެންގިފައި” މަބްރޫކް ވިދާޅުވިއެވެ. އެމްއެމްޕީއާރުސީ...

ހަނިމާދޫ ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވެއްޖެ، ސްކޫލް ދަރިވަރެއް ހިމެނޭ!
Thiladhunmathi News

ހަނިމާދޫ ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވެއްޖެ، ސްކޫލް ދަރިވަރެއް ހިމެނޭ!

ހދ. ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، އެ ދެބެންނަކީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެބެންކަމަށެވެ. އޭގެ ތެރޭގައި ހަނިމާދޫ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރަކު ހިމެނެއެވެ. “އަލާމާތްތައް ހުރެގެން އެ ދެބެން ދެއްކީ، ރޯގާގެ އަލާމާތް ހުއްޓަސް އަޅުގަނޑުމެން މިދަނީ ޓެސްޓް ކުރަމުން، އިއްޔެ ކުރީ ދުވަހު […]