ރައީސްގެ ދެ ކަނބަލުން އުތުރުގެ ދެ އަތޮޅެއްގެ 8 ރަށަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އުތުރުގެ ދެ އަތޮޅެއްގެ 8 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރު ފުޅުގައި ރައީސްގެ ދެ ކަނބަލުން ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ށ. އަތޮޅުގެ 4 ރަށަކަށާއި، ރ. އަތޮޅުގެ 4 ރަށަކަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މިގޮތުން ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ށ. ޅައިމަގު، ށ. ފޯކައިދޫ، ށ. މާއުނގ...