ރައީސްގެ އަރިއަތޮޅު ދަތުރުފުޅު: ތޮއްޑޫގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު އުތުރުބުރީގެ 6 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލު ކުރައްވައިފިއެވެ. ރައީސް ޞާލިޙް މިއަދު ހެނދުނު ފެއްޓެވި މިދަތުރުފުޅުގައި ދަތުރުފުޅުކުރައްވަން ހަމަޖެހިފައިވަނީ އއ. ތޮއްޑޫއަށާއި، ރަސްދޫއަށާއި، އުކުޅަހަށާއި، މަތިވެރިއަށާއި، ބޮޑުފޮޅުދޫ އަދި ހިމެންދޫއަށެވެ. މިގޮތުން މި ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުން ތޮއ...