ކޯވިޑް ބަލީގައި ދަނގެތިން މީހަކު ނިޔާވެއްޖެ
ކޯވިޑް-19 ބަލީގައި އދ. ދަނގެތިން މީހަކު ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި ނިޔާވީ ދަނގެތީ ސިއްހީ މަރުކަޒުގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެއީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެކެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމުން މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 72 އަށް އަރާފައެވެ. އިއްޔެވެސް މިބަލީގައި މީހަކު ވަނީ ނިޔާވެފައެވެ. އެއީ ޏ. ކޯވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ […]