ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރަން ކަރެކްޝަނަށް ބޮޑީ ވޯން ކެމެރާ ހޯދަން ސޮއިކޮށްފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޕްރިޒަން އޮފިސަރުން ތެރެއިން ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޓްރަޔަލްއެއްގެ ގޮތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަށް، އެ ތަކެތި ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. ބޮޑީ ވޯން ކެމެރާ ދިވެހިރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާއެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއ...