ދުބާއީ ޤުރްއާން މުބާރާތުގެ 2 ވަނަ އަދި 3 ވަނަ ބުރުގައިވެސް ނަބީޙް ކިޔަވައިފި
ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ދިވެހިރާއްޖެ ތަމްސީލުކުރަމުންދާ އަލްޙާފިޡް އަޙްމަދު ނަބީޙް މުބާރާތުގެ 2 ވަނަ އަދި 3 ވަނަ ބުރުގައިވެސް ކިޔަވައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، ދުބާއީ އިންޓަނޭޝަނަލް ޤުރްއާން ކޮމްޕެޓިޝަން ގައި ދިވެހިރާއްޖެ ތަމްސީލު ކުރަމުންދާ އަލްޙާފިޡް އަޙްމަދު ނަބީޙް މުބާރާތުގެ 2 ވަނަ ބުރު އަދި 3 ވަނަ ބުރުގައިވެސް ކިޔަވާފައިވާ ކަމަށެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވި ގޮތުގައި ނަބީޙުގެ ކިޔެވުން އަޑުއަހާފައި ޙާޒިރުވެތިބި […...