މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
3,003 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ނޭކުރެންދޫ އިން 50 ގޯތި ދޫކުރަނީ
Thiladhunmathi News

ނޭކުރެންދޫ އިން 50 ގޯތި ދޫކުރަނީ

ނޭކުރެންދޫ އިން 50 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ނޭކުރެންދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވީ، އެރަށުން މީހުން ދިރިއުޅުމަށްޓަކައި 2000 އަކަ ފޫޓާއި 3000 އަކަފޫޓާއި ދެމެދުގެ 50 ގޯތި ދޫކުރުމަށް އެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް އެދި ހުށައެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން މިމަހުގެ 28 ވާ އާދިއްތަ ދުވަހުން ފެށިގެން އަންނ...

ޖަޕާންގެ ޖޭޑީއެސްއިން ދޭ ސްކޮލާޝިޕް އެއްބަސްވުމުގައި ސޮއި ކޮށްފި
Raajje

ޖަޕާންގެ ޖޭޑީއެސްއިން ދޭ ސްކޮލާޝިޕް އެއްބަސްވުމުގައި ސޮއި ކޮށްފި

ޖަޕަނީޒް ގަރާންޓް އެއިޑް(ޖޭޑީއެސް)ގެ ފަރާތުން އަންނަ އަހަރަށް ދިވެހިރާއްޖެއަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޮލާޝިޕް އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. އަދި ޖޭޑީއެސްގެ ފަރާތުން ސޮއިކުރެއްވީ، ރެސިޓެންޓް ރެޕްރެޒެންޓޭޓިވް މޮޓޮ ޓަކީއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޙަސަން ވަނީ ޖަޕާނުން ރާއްޖެއަށް ވެމުން ގެ...

ރައީސް މުލަކަތޮޅު ފަސް ރަށަކަށް ވަޑައިގަންނަވަނީ
Raajje

ރައީސް މުލަކަތޮޅު ފަސް ރަށަކަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ފަސް ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން މިޢްވާން މުޙައްމަދު މިއަދު ވިދާޅުވީ، ރައީސް ޞާލިޙް މި އޯގަސްޓު 27 އިން 29 އަށް މުލަކަތޮޅުގެ ފަސް ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ފަސް ރަށަކީ، ރަތްމަންދޫ، މަޑުއްވަރީ، ދިއްގަރު، ވޭވަށް އަދި މުއްޔެވެ. މި ދަތުރުފުޅުގައި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިން...

ސިންގަޕޫރު ސަފީރުކަމަށް ތަސްމީން ޢައްޔަނުކުރައްވައިފި
Raajje

ސިންގަޕޫރު ސަފީރުކަމަށް ތަސްމީން ޢައްޔަނުކުރައްވައިފި

ދިވެހި ރާއްޖެއިން، ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަޙްމަދު ތަސްމީން ޢަލީ މިއަދު ޢައްޔަނުކުރައްވައި، ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފިއެވެ. ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރިން ކުރެއްވި ތަސްމީނަށް ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އަޙްމަދު ތަސްމީން ޢަލީއަކީ، އިނގިރޭސި ވިލާތުގެ، ޔުނިވަރސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރަ...

ކެމެރާ ހަރުކުރުން ލާޒިމްކޮށް ޓެކްސީ ގަވައިދަށް ބަދަލެއް
Raajje

ކެމެރާ ހަރުކުރުން ލާޒިމްކޮށް ޓެކްސީ ގަވައިދަށް ބަދަލެއް

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން ލާޒިމްކޮށް، ޓެކްސީ ގަވައިދަށް އިސްލާހު ގެނެސްފި އެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އިއްޔެ ވަނީ އިސްލާޙުތަކާއެކު ”ޓެކްސީ ޤަވާޢިދު” ގެޒެޓް ކޮށްފައެވެ. އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މިޤަވާޢިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރަން ފަށަނީ އިއްޔެ އިން ފެށިގެން ހަމަސް ދުވަސް ފަހުންނެވެ. މި ގަވައިދަށް އަލަށް ގެނައި އިސްލާޙްތަކުގެ ތެރެއިން އެއް އިސްލާޙަކީ ޓެކްސީގެ ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ޑޭޝް ކެމެރާއިން ރެކޯ...

ހެލްތް ޕްރޮމޯޓިން ސްކޫލް ކޮންފަރެންސް ފަށައިފި
Raajje

ހެލްތް ޕްރޮމޯޓިން ސްކޫލް ކޮންފަރެންސް ފަށައިފި

ހެލްތް ޕްރޮމޯޓިންގް ސްކޫލް ކޮންފަރެންސް ރޭ ފަށައިފިއެވެ. “ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް” އަކީ ހެލްތް ޕްރޮމޯޓިންގ ސްކޫލް ޕޮލިސީ ތަންފީޒްކުރުމަށް ބާރުއެޅުމަށާއި، ކޮންފަރެންސްގައި ބައިވެރިވާ ސްކޫލުތަކުގައި ހެލްތް ޕްރޮމޯޓިންގ ސްކޫލްގެ ޑައިމެންޝަންތަކަށް ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރުމަށާއި، ސްކޫލްތަކުގެ ތަޖުރިބާތައް ހިއްސާކުރުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ ތީމަކީ ” ސަސްޓެއިން ގުޑް ޕްރެކްޓިސަސް، އެމްބްރޭސް އިނޮވޭޝަންސް އެންޑް...

''ޤައުމެއް ބިނާކުރުމުގައި ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ ޢިލްމީ ދިރާސާތައް''
Raajje

''ޤައުމެއް ބިނާކުރުމުގައި ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ ޢިލްމީ ދިރާސާތައް''

ޤައުމެއް ބިނާކުރުމުގައި، ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ، ޢިލްމީ ދިރާސާތައް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވާ، “ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2022″ އިފްތިތާޙްކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ މި އޯގަސްޓް 22 އިން 23 އަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގެ ޝިޢާރަކީ، ”ޤައުމު ބިނާކުރުމަށް ދިރާސާކުރުން” އެވެ. މި ކޮންފަރެންސް އި...

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ޞަފާތު
Raajje

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ޞަފާތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ޞަފާތު އަޙްމަދު ޒާހިރު، މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޞަފާތު އަޙްމަދު ޒާހިރު މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ. ވުމަން އެންޑް ޑިމޮކްރަސީ ޖަމްޢިއްޔާގެ ފައުންޑަރ އަދި ރައީސްގެ މަޤާމުގައި ވެސް ހުންނެވި ޞަފާތަކީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމު ފުރުއްވުމާއި ފައިނޭންޝިއަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒް...

އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ހުޅުވާލައިފި އެވެ. އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހޯމް މިނިސްޓްރީއިން މި ހުޅުވައިލީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މި ދައުރުގެ 13 މެންބަރުންގެ މުއްދަތު، 14 ޑިސެމްބަރު 2022 ގެ ނިޔަލަށް ހަމަވާތީ އެވެ. ހޯމް މިނިސްޓްރީން އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ، މީޑިއާ ތަމްސީލު...

ބިލެއްފަހީ ސްކޫލުގައި ހަތަރު ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އަޅަން ހަވާލުކޮށްފި
Thiladhunmathi News

ބިލެއްފަހީ ސްކޫލުގައި ހަތަރު ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އަޅަން ހަވާލުކޮށްފި

ށ. ބިލެއްފަހީ ސްކޫލުގައި ހަތަރު ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އަޅަން މިއަދު ހަވާލުކޮށްފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެޑިޔުކޭޝަނުން މިނިސްޓްރީން ވިދާޅުވާގޮތުގައި މި މަޝްރޫޢުއަށް 17,367,860.66 ރުފިޔާ ޚަރަދު ވާނެއެވެ. އަދި މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. ށ. ބިލެތްފަހީ ސްކޫލަކީ 143 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދާ ސްކޫލެކެވެ. އެޑިޔުކޭ...

އެއްޖިންސުން ގުޅުންހިންގި މައްސަލަ: ހަތަރު މީހަކަށް ދައުވާކޮށްފި
Raajje

އެއްޖިންސުން ގުޅުންހިންގި މައްސަލަ: ހަތަރު މީހަކަށް ދައުވާކޮށްފި

ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ހުށަހަޅައިފި އެވެ. ޕީޖީ އޮފީހުން ވިދާޅުވީ، ބަނގްލަދޭޝް ރައްޔިތަކާއި، އިތުރު ބަޔަކު އެއްޖިންސުން ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ 18 އޮގަސްޓު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކ...

ތަމްރީނު ހޯދަން ދިވެހި ނޫސްވެރިންނާ އެޑިޓަރުން އިންޑިއާ އަށް
Raajje

ތަމްރީނު ހޯދަން ދިވެހި ނޫސްވެރިންނާ އެޑިޓަރުން އިންޑިއާ އަށް

އިންޑިއާގެ އެމިޓީ ޔުނިވާސިޓީ (ނޮއިޑާ) އިން އިންތިޒާމުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ނޫސްވެރިންނާއި އެޑިޓަރުންގެ ވަފުދެއް އިންޑިއާ އަށް މިއަދު ފުރައިފި އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ “އިން ސަރވިސް ޓްރެއިނިންގެ އޮފް އެޑިޓަރސް އެންޑް ޖަރނަލިސްޓްސް އޮފް މޯލްޑިވްސް” ގެ ނަމުގައި އިންޑިއާގެ އެމިޓީ ޔުނިވާސިޓީ އިން އިންތިޒާމްކުރާ 8 ދުވަހުގެ މި ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުރި ދިވެހި ނޫސްވެރިންނާއި އެޑިޓަރުންގެ ވަފުދުގައި ޖުމްލަ 20 ފަރާތެއް ހިމެނޭ ކ...

ފުނަދޫގައި ފުލުހުން ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި
Thiladhunmathi News

ފުނަދޫގައި ފުލުހުން ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ 85 ވަނަ ފުރާވަރު ކޭމްޕެވެ. ފުނަދޫ ސްކޫލްގެ 117 ދަރިވަރުން ވަނީ މި ކޭމްޕު ފުރިހަމަކޮށްފައެވެ. ފުނަދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމުމުގެ ރަސ...

އަށް ރަށެއްގައި އައުޓް ޑޯ ވޮލީކޯޓު އަޅަން ހަވާލުކޮށްފި
Raajje

އަށް ރަށެއްގައި އައުޓް ޑޯ ވޮލީކޯޓު އަޅަން ހަވާލުކޮށްފި

އަށް ރަށެއްގައި އައުޓް ޑޯ ވޮލީކޯޓު އަޅަން ޔޫތު މިނިސްޓްރީން ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ. އެރަށްތަކުގައި އައުޓްޑޯ ވޮލީކޯޓު ތަރައްޤީކުރުމަށް ޔޫތު މިނިސްޓްރީން މިއަދު ހަވާލުކުރީ ޓްރިޕަލް އެއިޓް އަދި ބްރިލިއަންޓް ކޮމްޕެނީ އާއެވެ. މިއަދު ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ދަށުން ހދ. ކުރިނބީ، ޅ. ކުރެންދޫ އަދި ބ. ދަރަވަންދޫ ގައި ވޮލީކޯޓު ތަރައްޤީކުރުމަށް ހަވާލުކޮށްފައި ވަނީ ޓްރިޕަލް އެއިޓް އަށެވެ. މޯގެ އިތުރުން ހއ. ހޯރަފުށި، ހދ. ވައިކަރަދޫ، ނ. މާފަރު އަދި ބ. ކިހާދޫގެ އިތުރުން […]

ޅައިމަގުގައި ކުރިއަށް ގެންދިޔަ ޖަމާއަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ޅައިމަގުގައި ކުރިއަށް ގެންދިޔަ ޖަމާއަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ށ. ޅައިމަގުގައި ކުރިއަށް ގެންދިޔަ ޖަމާއަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ޕްރޮގްރާމަކީ ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ޅައިމަގުގެ ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން މި މަހުގެ 19 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގައި ހަތަރު ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މީގެ ކުރިން ވެސް ވަނީ މުހިންމު ހަރަކާތްތަކެ...